22 ޖޫން

June 22, 2016 4
ނުފެންނަ، އެކަމަކު އެ ހަގީގީ ކުލަތަކާއި އިހުސާސްތައް

އިމާރާތުގައި އަލިފާން ރޯވެ، މުޅި ތަނުގައި ވަނީ ހުޅު ހިފާފަ އެވެ. އަލިފާން ނިއްވަން ކިތަންމެ ގިނަ މަސައްކަތެއް ކުރިޔަސް، ހުޅުގަނޑު ބޮޑުވެ، އެކި ދިމަދިމާ އަށް ފެތުރެނީ އެވެ. އޭރު އަހަންނަށް ހުރެވުނީ އެ އިމާރާތުގެ ތެރޭގަ އެވެ. އެ ގޭގެ ހަތް ވަނަ ބުރީގެ އެޕާޓްމަންޓެއްގަ އެވެ. އެ ތަނުގައި ވެސް ވަނީ އަލިފާން ރޯވެފަ އެވެ. ސަލާމަތް ވާނެ...

21 ޖޫން

June 21, 2016 29
ފަސް މިނެޓް: މޮނިކޮން ޓެގް އުމަރުގެ ކަރަށް

މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ (މޮނިކޮން) ނިޒާމަކީ، ބޮޑެތި ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ހަރަކާތްތައް ހުންނަ ގޮތް، ވަކި ކަހަލަ އާލާތެއް (ޓެގް) ބޭނުންކޮށްގެން ބަލައި ދެނެގަތުމުގެ ނިޒާމެކެވެ. އެއީ އެ މީހުން، ތަހުގީގަށް ހައްޔަރުކުރެވޭ ވަރަށް ހެކި ނެތުމުން ނުވަތަ ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބައިތިއްބަން ނުފެންނަ...

20 ޖޫން

June 20, 2016 46
ސައުދީ އަށް ޝުކުރިއްޔާ އެކަމަކު މިއީ ބެހޭ ކަމެއް ނޫން

ސައުދީ އަަރަބިއްޔާ އިން ރާއްޖެ އަށް ދިން ކަދުރުގެ ބައެއް ފަސްޓް ލޭޑީ ފާތުމަތު އިބްރާހިމްގެ ޖަމިއްޔާއަކަށް ނަގައި، އެ ޖަމިއްޔާގެ ނަމުގައި ބަހަމުން ދިއުމުގެ މައްސަލަ "ފިނިކުރަން" ސައުދީ އެމްބަސީން މިދިއަ ހަފުތާގައި މަސައްކަތްކުރި އެވެ. އެ މަސައްކަތާ މެދު ދިވެއްސެއްގެ ހައިސިއްޔަތުން ސައުދީ އެމްބަސީ އަށް ބުނެލަން ޖެހެނީ މަންޒަރު...

18 ޖޫން

June 18, 2016 33
ކޭމްޕަކަށް ގެންގޮސް ލީމާ ވަޅި ހެރުން ހުއްޓޭނެތަ؟

މާރާމާރީގެ "މޫސުމެއް" އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް ކަހަލަ ކުއްލި ފިޔަވަޅެއް އާދެ އެވެ. "ހާއްސަ އޮޕަރޭޝަންތަކު"ގައި ފުލުހުން ނުކުމެ އެއްފަހަރާ އެތައް ބަޔަކު ހައްޔަރުކޮށް ތަންތަން ފާސްކޮށް ގޭންގުތަކުގެ "ޖަގަހަތައް" ރޫޅާލަ އެވެ. ސިފައިން މަގުމައްޗަށް ނެރެ އެވެ. އެއް ދުވަހެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލީމާ މިހާރު މި އުޅެނީ...

17 ޖޫން

June 17, 2016 47
އުމަރަކީ ރާއްޖޭގެ ސިރިސޭނާ އަށް ވެދާނެތަ؟

ރާއްޖޭގެ ވެރިކަންކުރާ ޕާޓީގެ ރިޔާސީ ޓިކެޓް ދިނުމުގެ މައްސަލާގައި އުޅޭ ޚިލާފުގެ ވާހަކަ ފަށާނީ އަވަށްޓެރި ސްރީ ލަންކާއާ ހިސާބުންނެވެ. އެ ގައުމުގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި މަހިންދަ ރާޖަޕަކްސަ އަށް ވެރިކަން ގެއްލުނީ ވަފާތެރި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި މައިތިރްޕަލާ ސިރިސޭނާ ކުއްލިއަކަށް އިސްތިއުފާ ދެއްވައި...

16 ޖޫން

June 16, 2016 81
ކޮލަމް ކުލަބަރި: މިހެން ތަރައްގީ ވާން ބޭނުންތަ؟

މީގެ ހަތަރު ވަރަކަށް އަހަރު ކުރި އެވެ. އަވަށްޓެރި ސްރީ ލަންކާގައި ކިޔަވަން އުޅުނު ދުވަސްވަރު އެ ތަނުގެ އިދިކޮޅު ލީޑަރަކާ ދިމާވެ ދެކެވުނު ވާހަކައެކެވެ. އޭނާ އެ ދުވަހު ބުންޏެވެ؛ ރައީސް...

June 16, 2016
އުގެއިލްގެ ހަދިޔާ: ހިމާޔަތަށް އެޅިދާނެ ފިޔަވަޅުތަކެއް

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެ ގޮތާ ބެހޭ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޕްރޮފެސަރު ހަސަން އުގެއިލް، އޭނާގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިއުއްވި...

15 ޖޫން

June 15, 2016 25
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އަނެއްކާ ކޮން ކަމެއް؟

ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެ ބޭފުޅުންގެ މެދުގައި ސިޔާސީ އެކި ކަންކަމުގައި ހިޔާލު ތަފާތުވެ، ބައެއް ކަންކަން ވަރަށް ގޯސް ހާލަތަކަށް ދާ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އެއް އިރެއްގައި ރައީސް ޔާމީން އެންމެ އިތުބާރުކުރެއްވި އަހުމަދު އަދީބަށް، ނައިބު...

14 ޖޫން

June 14, 2016 30
ކޮލަމް 27: ސަރުކާރުގެ ތެރެއިން އެހެން "ސަރުކާރެއް"

ސަރުކާރުގެ ތެރެއިން އެއްވެސް ކަމެއް ނުވެއްޖެ ނަމަ އޭރު އޭގެ ހައްލު އޮތެވެ؛ އެއީ އެމްއެމްޕީއާރުސީ އެވެ. ނައިބު ރައީސް އަހުމަދު އަދީބު އެތަނުގައި އޭރު (އެއީ، ރައީސް އަބްދުﷲ ޔާމީންގެ...

June 14, 2016 1
އުގެއިލްގެ ހަދިޔާ: ވިހަ މާއްދާތަކުން ރައްކާތެރިވުން

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރެވިދާނެ ގޮތާ ބެހޭ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ޕްރޮފެސަރު ހަސަން އުގެއިލް، އޭނާގެ އަމިއްލަ ދިރާސާ އާއި ތަޖުރިބާގެ މައްޗަށް ބިނާކޮށް ލިއުއްވި...

13 ޖޫން

June 13, 2016 97
ފަސް މިނެޓް: މި ފަހަރު ވެސް އަދީބުތޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތަކީ ރާއްޖޭގައި މިހާތަނަށް ހިންގި ކޮރަޕްޝަންގެ އެންމެ ބޮޑު ވައްކަން ކަމުގައި ބުނެވެ އެވެ. ދައުލަތުގެ ބަޖެޓަށް ވަންނަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް، ބައެއްގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްގެން ބޭނުންކުރި މައްސަލައިގައި މިހާރު ވަނީ...

11 ޖޫން

June 11, 2016 16
ކޮލަމް ށަވިޔަނި: މިކަހަލަ މީހަކު ދުށިންތަ؟

ބައްޕަ މަރުވީމާ އާއިލާ ބެލެހެއްޓުމުގެ ޒިންމާއާ އެކު ހަސަން ހުސެއިން ދީދީ މަސައްކަތަށް ނުކުތީ ވަރަށް ޅަ އުމުރުގަ އެވެ. އެންމެ ދޮށީ ބޭބެ ކޮއްކޮމެން ބަލަމުން ގޮސް އުމުރުން 20 އަހަރުގައި އަމިއްލަ ދިރިއުޅުމެއް ފެށި އެވެ. އެއީ 1940ގެ އަހަރުތަކެވެ؛ ފުވައްމުލަކެވެ. ކައިވެންޏާ އެކު އަންހެނުންގެ ގެއަށް ހަސަން ދީދީ ބަދަލުވީ އޭނާގެ ބައްޕަ...

09 ޖޫން

June 09, 2016 60
އަސްދަނޑި: މާލޭގައި ބޮޑު މިސްކިތެއް! ކީއްކުރަން؟

ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތަށް މަރުހަބާ ކިޔަމެވެ. ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މިފަދަ ބޮޑު، ރީތި އަދި ސައުދީގެ ރަސްގެފާނަށް ނިސްބަތްކޮށް ރާއްޖޭގައި މިސްކިތެއް އަޅާތީ އެކަމާ އުފާކުރަމެވެ. މިއީ ރާއްޖެ އަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކަށް ވާނެ އެވެ. އެތައް ބަޔަކު އެ މިސްކިތަކަށްޓަކައި ފަހުރުވެރިވާ،...

08 ޖޫން

June 08, 2016 6
މާރާމާރީ އާއި މަރު: ޖީލެއް ހަލާކުވިޔަ ނުދީ!

އަނެއްކާވެސް މާރާމާރީ އާއި މަރުގެ މޫސުމެކެވެ. ހަމަނުޖެހުން މަދުވެފައި އޮންނަތާ ދުވަސްތަކަކަށް ފަހު އެއް ފަހަރާ ދެ މަރެވެ. ޅަ ދެ ކުދިންގެ ފުރާނަ ހިނދުކޮޅެއްގެ ތެރޭގައި ދުއްވާލީ އެންމެ އަނިޔާވެރި ގޮތަށެވެ. ހަޔާތުގެ ބޮޑު ބައި ކުރިމަތީގައި އޮތް ދެ ކުދިންގެ ނިމުން އައީ އެ ކުދިން އިސްލާހު ވޭތޯ ވެސް ބަލާލާނެ ފުރުސަތު ވެސް ނުލިބެނީހެވެ.

07 ޖޫން

June 07, 2016 17
ކޮލަމް 27: މީހުން މެރުމުގެ އާ ޖީލެއް އުފަންވެއްޖެ!

އާންމުކޮށް ވާހަކަފުޅެއް ދައްކަވާ ނަމަ ރައީސް އަބްދުﷲ ޔާމީންް ދައްކަވާނީ އެމަނިކުފާނު އެ ވަގުތަކު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެންނެވި ކަމަކާ ދޭތެރޭ އެވެ. މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުން ގޭންގު ކުށްތަކާ ދޭތެރޭ ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ހުންނެވި ކަން ދޭހަވި އެވެ. އެ ވާހަކަފުޅު...

06 ޖޫން

June 06, 2016 28
"އުނދަގޫ" ވިޔަސް ހައްގުތަކެއް ނުހިފެހެއްޓޭނެ

މާލެއަކީ ކުޑަކުޑަ ތަންކޮޅެކެވެ. ބިންކޮޅުގެ ބޮޑުމިނަށް ބަލާއިރު، މި މާލޭގައި ދިރިއުޅޭ މީހުންގެ އަދަދަށް ނިސްބަތް ކުރާ ނަމަ ވަކިން ކުޑަ އެވެ. އަދި އެ އެންމެން ބޭނުންކުރާ އެއްގަމު އުޅަނދުތަކާއި އެ އުޅަނދުތައް ދުއްވަން އޮތް މަގުތަކުގެ ހަނިކަމަށް ބަލާއިރު މާލެ އިންތިހާ އަށް ކުޑަ އެވެ. އެހެންކަމުން މާލޭގެ މަގުތަކުގެ ބޭނުން ކޮންމެ...

05 ޖޫން

June 05, 2016 14
ގައުމީ ރޫޙަކީ އަޅެ ކޮބާ؟ އެ ރޫޙު އެބަ އޮތްތަ؟

ޕީޕީއެމާއި އެމްޑީޕީ އަށް ތާއީދުކުރުމަކީ ގައުމު ދެކެ ލޯބިވުން ހެއްޔެވެ؟ ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދުގެ ފަހަތްޕުޅުން އުޅުމަކީ ގައުމަށް ތެދުވެރިވުން ހެއްޔެވެ؟ މިހާރުގެ ރައީސް އަބްދުﷲ ޔާމީނަކީ އެންމެ މޮޅު ވިސްނުންފުޅު ގެންގުޅުއްވާ ރައީސް ކަމަށް ގަބޫލުކުރުމަކީ ގައުމީ ޒިންމާ އަދާކުރުން...

04 ޖޫން

June 04, 2016 10
ބޯހިޔާވަހިިކަން: މި ވާހަކަ ހުއްޓާލައިގެނެއް ނުވާނެ!

ދިރިއުޅުމައިގެން ހޭބޯނާރާ އުޅޭ އިރު އެންމެ ބޮޑު ހާސް ކަމަކީ ގެދޮރުގެ މައްސަލަ އެވެ. އަމިއްލަ ބޯހިޔާވަހިކަމެއް ނެތުމެވެ. ދައްކަން ޖެހޭ ކުލި ބޮޑުވަމުން ދިޔުމެވެ. މި ވަނީ ކިހިނެއްތޯ ވިސްނާލެވޭ ހެއްޔެވެ؟ މި ގޮތަށް ގަނަތެޅެން ނުޖެހޭނެކަން ގަބޫލުކުރެވޭ ހެއްޔެވެ؟

03 ޖޫން

June 03, 2016 36
ކޯލިޝަނުގައި އަދީބު ހިމެނޭ ސަބަބު އެނގެން ޖެހޭ

ސިޔާސީ މައިދާނުން އެންމެ ގިނައިން ފެނި ގެއްލެނީ ކޯލިޝަންތައް ކަމަށް ވެދާނެ އެވެ. ސިޔާސީ ބާރުވެރިކަން ހޯދަން އޮންނަ އެންމެ ފަސޭހަ ގޮތަކީ އެންމެން އެއްވެ އެއް މިސްރާބަކަށް ދަތުރު ފެށުން ކަމަށް ވިޔަސް ވަކި ހިސާބަކުން އެކި މީހުން އެކި ދިމާލަށް ދާން ބޭނުންވެ އެންމެ ފަހުން އެއްބަޔަކު ކަނޑަށް ފުންމާލައިގެން ސަލާމަތްވަނީ އެވެ. އަނެއް...

30 މެއި

May 30, 2016 4
އާރެއް ބާރެއް ނެތް ހަތަރު ވަނަ ބާރު!

އެއްވެސް އާރެއް ބާރެއް ނެތް، އެއްވެސް ގާނޫނެއް އިއުތިރާފް ނުވާ ބާރެކެވެ. އެކަމަކު ވެސް އެއީ ދައުލަތުގެ ހަތަރު ވަނަ ބާރޭ ބުނެ އެވެ. ނޫސްވެރިކަމާއި ނޫސްވެރިންނެވެ. ނަމަވެސް މިއަދު ގައުމުގައި ކަންތައް ގޮސްފައި އޮތް ހިސާބަކީ ދައުލަތުގެ ތިން ބާރު ވެސް މީޑިއާއާ ދެކޮޅަށް ފިސާރި ރަނގަޅަށް ފައި ވިއްދާފައި ތިބުމެވެ. ސަބަބެއް ކަމަށް ބުނަނީ...

26 މެއި

May 26, 2016 32
ކޮލަމް 27: ބިރުގަންނާނެ ކަމެއް ނެތް، ހައްގެއްވޭ

މި ވޭތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެވިއްޖެ އެވެ؛ މާ ބޮޑު ކަމެއް ނެތި އުޅެން ޖެހުމުން ދިމާވި މީހުންނާއި ފެނުނު މަންޒަރުތައް ވެސް ވަރަށް ތަފާތެވެ؛ އޭގެ ތެރެއިން އެއް ކަމަކީ ވޭތުވެދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި، ދުވަހަކު ވެސް އެ ވަރުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު ގޭގައި އިންނަން...