25 މާޗް

March 25, 2020 6
ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ސޫޕް

ކޮރޯނާވައިރަހާ ހަނގުރާމަކުރަމުންދާ މި ދުވަސްކޮޅު ކެއުމަށް ވެސް ރަނގަޅު ބަދަލެއް ގެނައުން ވަރަށް ބުއްދިވެރި އެވެ. އެގޮތުން ސިއްހީ ތަޖުރިބާކާރުންނާއި ޑައިޓީޝަނުން ދޭ އިރުޝާދުތަކާ އެއްގޮތަށް ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ކާނާ އަށް މި ދުވަސްވަރު ދޭ ސަމާލުކަން ބޮޑެވެ.

24 މާޗް

March 24, 2020 6
އެސްޓްރަބޯން:ލޭމްޕްކުކް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

ބަދިގެ އަށް ބޭނުންވާ ގިނަ ސާމާނުތަކެއް ވިއްކާ އެސްޓްރަބޯން އިން ރާއްޖެ އަށް "ލޭމްޕްކުކް"ގެ ނަމުގައި އާ ވައްތަރެއްގެ ތެއްޔެއް ތައާރަފްކޮށްފި އެވެ.

28 ފެބުރުއަރީ

February 28, 2020
ކައްކަން ކިހާ ވަގުތެއް ހޭދަކުރަން؟

ކެފޭ/ރެސްޓޯރަންޓާއި ޓޭކްއަވޭ އާއި ޑެލިވަރީ ފަދަ ހިދުމަތްތަކާ އެކު މިހާރު އަމިއްލަ އަށް ކެއްކުމަކީ ނެތެދެމުންދާ އާދައެކެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ބުރަކޮށް އުޅެން ޖެހުމެވެ. އޭގެ ނަތީޖާ އަކީ އަމިއްލަ ކައްކާލައިގެން ކާނެ ވަގުތެއް ނުލިބުމެވެ.

30 ޖެނުއަރީ

January 30, 2020
ކައްކާ ޝޯތަކުން ކުދިންގެ ސިއްހަތަށް ހެޔޮ އަސަރުކުރޭ

ކައްކާ ޝޯތައް ކުދިންނަށް ދެއްކުމުން ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް ހިތްޖެހޭ ކަމަށާއި އެއީ ކުދިންގެ ސިއްހަތަށް ލިބޭ ކުރިއެރުމެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2020
ޖައްވުގައި ކުކީޒް ފިހެ، ޓެސްޓްކުރަން ދުނިޔެ އަށް

ޖައްވީ ސްޓޭޝަން އައިއެސްއެސް އަށް ކުރާ ދިގު ދަތުރުތަކުގައި ކެއްކިދާނެ މިންވަރު ތަޖުރިބާކުރުމުގެ ގޮތުން އެ ތަނުގައި ފުރަތަމަ ފަހަރަށް ކުކީޒްތަކެއް ފިހެ އޭގެ ޓެސްޓްތަކެއް ހަދަން މި މަހުގެ 7 ވަނަ ދުވަހު ދުނިޔެ އަށް ގެނެސްފި އެވެ.

25 ޖެނުއަރީ

January 25, 2020 38
އެންމެ މީރު ރިހައިގެ ތެރޭގައި ރާއްޖޭގެ މަސްރިހަ

އޭޝިއާގެ ވަރަށް ގިނަ ގައުމުތަކަކީ ހަވާދުގެ ބާވަތްތަކަށް މަޝްހޫރު އަދި މީރު ހަވާދުގަނޑުން ތަފާތު އެކި ބާވަތްތަކުގެ ރިހަ ތައްޔާރުކުރަން މަޝޫހޫރު ގައުމުތަކެކެވެ. މި ސަރަހައްދުން މިކަމަށް އެންމެ ނަގާ ކިޔާ ގައުމުތައް ހިމެނޭ އިންޑިއާ އާއި ސްރީ ލަންކާ އަދި ޕާކިސްތާން ފަދަ ގައުމުތަކުގެ މަގުބޫލު ރިހަތަކުގެ ތެރޭގައި ދިވެހި ރިހައެއް...

19 ޖެނުއަރީ

January 19, 2020 3
"މާސްޓަޝެފް މޯލްޑިވްސް" ލޯންޗުކޮށްފި

ދުނިޔޭގެ މަޝްހޫރު ކައްކާ ޝޯ "މާސްޓަޝެފް" ގެ ދިވެހިރާއްޖޭގެ ވާޝަން "މާސްޓަޝެފް މޯލްޑިވްސް" ގެނެސްދޭން ޕީއެސްމުން ނިންމައި. އެ ޝޯ ރަސްމީކޮށް އިއްޔެ އިއުލާންކޮށްފި އެވެ.

18 އޮކްޓޯބަރ

October 18, 2019
"މާސްޓަ ޝެފް އިންޑިއާ" ގެ އާ ސީޒަނެއް

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ގައުމުތަކަށް ނިސްބަތްކޮށް ގެނެސްދޭ މަޝްހޫރު ކައްކާ ޝޯ "މާސްޓާ ޝެފް" ގެ އިންޑިއާ ވާޝަނުގެ އާ ސީޒަނެއް ގެނެސްދޭން ނިންމައި، އޭގެ އޮޑިޝަންތައް ފަށައިފި އެވެ.

10 އޮކްޓޯބަރ

October 10, 2019 41
ފިޔާގެ ބަދަލުގައި ބޭނުންކުރާނީ ކޮން އެއްޗެއް؟

އަވައްޓެރި އިންޑިއާގައި ފެން ބޮޑުވެ، ދަނޑުތައް ހަލާކުވުމުގެ އަސަރު ރާއްޖޭގެ ބަދިގެތަކަށް ވަރަށް ބޮޑަށް ކޮށްފި އެވެ. ފޮނިތަކެތި ފިޔަވާ ދިވެހިންގެ އެހެން ހުރިހާ ކެއުމެއްގައި ބޭނުންކުރާ ފިޔާ މަދުވެ، އަގު ވަނީ ރަނަށް ވެފަ އެވެ.

01 ސެޕްޓެމްބަރ

September 01, 2019 3
ޝެފެއްގެ ރޯލަށް ކައްކަން ދަސްކުރަން ޖެހުނު: ދިވްޔަންކާ

ކެއްކުމަކީ އެއް އިރެއްގައި ވެސް އެހާ ގަޔާވާ ކަމެއް ނޫން ކަމަށާއި ޝެފެއްގެ ރޯލު ކުޅެން ޖެހުމުން ކައްކަން ދަސްކުރަން ޖެހުނު ކަމަށް، ޓީވީ ބަތަލާ ދިވްޔަންކާ ތުރިޕަތީ ބުނެފި އެވެ.

04 ޖޫން

June 04, 2019 20
ޝެފް ސޮބާގެ ބައިނަލްއަގުވާމީ ކަނޑުކުކުޅާއި ފިހުނު މަސް

ކުޑައިރު ވެސް އޭނާގެ އެންމެ މީރު ކެއުމުގެ ތެރޭގައި ފިހުނު މަހާއި ކަނޑުކުކުޅު ހިމެނެ އެވެ. އެކަމަކު އޭނާ ބުނާގޮތުން، މި އެއްޗެހި މީރުކޮށް މި ކާލަނީ ހަމައެކަނި ދިވެހިން އެކަންޏެވެ. ޓޫރިސްޓުންނަށް މި އެހާ ކަމަކު ނުދެ އެވެ. ހާއްސަކޮށް ޔޫރަޕު މީހުންނަށެވެ.

01 ޖޫން

June 01, 2019
ކެންސަރު ބަލީގެ މީހުންނަށް ކައްކަން ދަސްކޮށްދޭ ސްކޫލެއް

ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ކެއުންތައް ކައްކަން ދަސްކޮށްދޭ ސްކޫލެއް އިނގިރޭސިވިލާތުގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.

11 މެއި

May 11, 2019 22
މަދީހާގެ ބަދިގެ ދިވެހި ކެއުންތަކުން ފުރިފައި

ކެއުމެއް ތައްޔާރުކޮށްލަން އެންމެ ފުރަތަމަ ބަދިއެއް ވެންނެވީ އުމުރުން 10 ވަރަކަށް އަހަރުގަ އެވެ. އަބަދުވެސް ކައްކާ ހިތްވެ އެވެ. އޭރު ގޭގެ ބޮޑެތި މީހުން އެކަމާ ދިމާކޮށް ވެސް ހަދަ އެވެ. މިއީ ވާނެ ކަމެއް ނޫން ކަމަށާއި މީރުކޮށް ކާ އެއްޗެހި ނެހެދޭނެ ކަމަށް ބުނެ އެވެ. އެއީ އޭނާއަށް ލިބިވަޑައިގެންނެވި ހިތްވަރެކެވެ.

07 މެއި

May 07, 2019 8
ޝިރަންގެ "ރަހަފަތް": މިއީ ދިވެހިންގެ އަސްލު ރަހަ

އަމިއްލަ އެޕާޓްމަންޓް، އުތީމު ގަނޑުވަރުގެ ސިފަތަކުން ޒީނަތްތެރިކުރާނީ ގައިމު ދިވެހިވަންތަ ކަންކަމަށް ލޯބިކުރާތީތާ އެވެ. ވޭތުވެދިޔަ ނުވަ އަހަރު އޭނާ އުޅުނީ އަމިއްލަ އެޕާޓްމަންޓް އެގޮތަށް ބަދަލުކޮށްގެންނެވެ. ދިވެހިވަންތަކަމުގެ އެ އިހުސާސްތައް އެހެން ގޮތަކަށް ތަޖުރިބާކުރުމުގެ މަސައްކަތް ވެސް އޭނާ މިވަނީ ފަށައިފަ އެވެ.

18 އެޕްރީލް

April 18, 2019 1
އިޓަލީގެ ކެއުން ކައްކަން ވާނީ އިޓަލީ ޝެފުން: އަލްޑޯ

އިޓަލީގެ ކެއުންތައް ކައްކަން ވާނީ ސީދާ އިޓަލީގެ ޝެފުން ކަމަށް، ސޭން ކާލޯގެ ގްރޫޕްގެ ދަށުން އެތައް ރެސްޓޯރަންޓެއް ހިންގަމުން އަންނަ އިޓަލީގެ މަޝްހޫރު ސެލެބްރިޓީ ޝެފް އަލްޑޯ ޒިލީ ބުނެފި އެވެ.

11 އެޕްރީލް

April 11, 2019
އަލަނާސި ޕިއްޒާގެ ބަހުސަށް ނިމުމެއް ނެތް

ޕިއްޒާއަކީ މިހާރު ވަރަށް ތަފާތު ގޮތްގޮތަށް ހަދަމުން އަންނަ މަގުބޫލު ކާނާއެކެވެ. ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ރަހަތަކާ ގުޅޭ ގޮތުން ޕިއްޒާ އަށް އެކި ގޮތްގޮތް އެބަ ހަދަ އެވެ.

06 އެޕްރީލް

April 06, 2019 1
ގަނޑުފިލުވަން ހޯދަންވީ މީގެ ބޯޑެއް

މަހާއި ތަރުކާރީގެ ބާވަތްތަކަކީ މިހާރު ގިނަ ބަޔަކު ފްރިޖްގައި ގަނޑުކޮށްގެން ގެންގުޅޭ އެއްޗިއްސެވެ. އެކަމަކު ކައްކަން ވެއްޖެ ނަމަ، ގަނޑުފިލުވައިލަން ވަގުތު ނަގާނެ އެވެ. އެހެންވެ ބިޒީކޮށް އުޅޭ މީހުންނަށް މިއޮތީ ވަރަށް ރަނގަޅު ހައްލެއް ހޯދައި ދީފަ އެވެ.

20 އޯގަސްޓް

August 20, 2018 2
ސްޕެގެޓީ ބިންދާނެ ގޮތް ވެސް ދިރާސާކޮށްފި

ނުރައްކާތެރި ބަލިތަކުން ސަލާމަތްވާނެ ގޮތެއް ނުހޯދިގެން އުޅޭއިރު، އެންމެ ރަނގަޅަށް ސްޕެގެޓީ ބިންދާލެވޭނެ ގޮތެއް ހޯދަން ސައިންސްވެރިން ވަގުތު ހޭދަކޮށްފާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. އެކަމަކު ސައިންސްވެރިން މިކަން މިއޮތީ ދިރާސާކޮށްފަ އެވެ.

05 ޖުލައި

July 05, 2018 4
ބޯޖަސް އޮލިވް އޮއިލް، އެތައް ފައިދާއެއް

ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވާ ކަމެކެވެ؛ އޮލިވް އޮއިލް އިން ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ ކަމެވެ. ދިރާސާ އަކަށް ފަހު، ދިރާސާ އަކުން އެކަން އިތުރަށް މި އަންނަނީ ޔަގީން ވަމުންނެވެ.

13 ޖޫން

June 13, 2018 3
"މިހާރު" ރެސިޕީ- މުސަންމާ ރިހަ

މި އަހަރުގެ ރޯދަ މަހު "މިހާރު" ގެ ކިޔުންތެރިންނަށް މި ގެނެސްދެނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގެ އެގްޒެކެޓިވް ޝެފް އިސްހާގް ސޯލިހްގެ ރެސިޕީތަކެވެ. އޭނާ އަކީ ކެއްކުމުގެ ދާއިރާގައި 30 އަހަރު ހޭދަކޮށް، އަދި ޕެރެޑައިސްގެ އިތުރުން ވެސް ރާއްޖޭގެ ބޮޑެތި އެހެން ރިސޯޓުތަކުގައި ރަހަ ހެޔޮވަރު ކުރުމަށް މަސައްކަތް ކޮށްފައިވާ ޝެފެކެވެ. ރާއްޖޭގެ...