07 ސެޕްޓެމްބަރ

September 07, 2017 9
ބްރެޒިލްގެ ކުރީގެ މިނިސްޓަރެއް ގެއިން ފައިސާ ފޮށިތަކެއް

ބްރެޒިލްގެ ކުރީގެ މިނިސްޓަރެއްގެ ގެއިން ނަގުދު ފައިސާ އަޅާ ފުރާފައި ހުރި ފޮށިތަކެއް ފުލުހުން އިއްޔެ ހޯދައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2017 21
އަދީބުގެ ފަރުވާއަށް ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދެފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އޭނާގެ ފަރާތުން ސިވިލް ކޯޓުގައި އެދިއްޖެ އެެވެ.

27 އޯގަސްޓް

August 27, 2017 1
ހެކި ނެތިގެން 20 އަހަރުވީ މައްސަލަ ދޫކޮށްލައިފި

އިސްލާމްއާބާދު (އޮގަސްޓް 27) - ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީގެ މައްޗަށް އުފުލާފައިވާ 20 އަހަރުވީ ކޮރަޕްޝަނުގެ މައްސަލާގައި އެކަށީގެންވާ ހެކި ނެތުމުން ކޯޓުން އެ މައްސަލަ ދޫކޮށްލައިފި އެވެ.

25 އޯގަސްޓް

August 25, 2017 5
ސެމްސަން ކުންފުނީގެ ވެރިޔާ ފަސް އަހަރަށް ޖަލަށް

ސޯލް (އޮގަސްޓް 25) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ސައުތު ކޮރެއާގެ ސެމްސަން ކުންފުނީގެ ވައިސް ޗެއާމަން ލީ ޖައި-ޔޮން އަށް ފަސް އަހަރުގެ ޖަލު ހުކުމެއް މިއަދު އިއްވައިފި އެވެ.

23 އޯގަސްޓް

August 23, 2017 13
ދައުލަތުން އުޅެނީ ސިޔާސީ ގޮތުން ފްރޭމް ކުރަން: އަދީބު

ދައުލަތުން ގިނަ އަދަދެއްގެ ދައުވާތަކެއް އޭނާއާ ދެކޮޅަށް ކުރަނީ ސިޔާސީ ގޮތުން ފްރޭމް ކުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

17 އޯގަސްޓް

August 17, 2017 17
ފަނޑިޔާރަށް އަދީބުގެ ޝަކުވާތަކެއް އޮއްސާލައިފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އާ ދައުވާތަކުގެ ޝަރީއަތް މިއަދު ފެށިއިރު، ހިނިތުން ވެވަޑައިގެން ހުންނަވައި ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަނޑިޔާރަށް ޝަކުވާގެ ފުނިވަރެއް އޮއްސާލައްވައިފި އެވެ.

August 17, 2017 3
މަޖިލީހުގެ ސެކިއުރިޓީންނަށް 5.2 މިލިއަން ރުފިޔާ!

ސާޖެންޓް އެޓް އާމްސްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓި 22 މީހަކު އެއްވެސް ޒިންމާއެއް އަދާނުކުރަނީސް މުސާރައިގެ ގޮތުގައި 5.2 މިލިއަން ރުފިޔާ ދީފައިވާ...

August 17, 2017 85
ޚިޔާނާތުގެ ފައިސާއިން ހޮވުނު މެމްބަރަކު ނެތް: ޕީޕީއެމް

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ބައެއް މެމްބަރުން ހޮވަން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު...

15 އޯގަސްޓް

August 15, 2017 85
ރައީސްގެ ވާހަކަފުޅުގެ މާނަ ދަނީ އޮޅުވާލަމުން: ޕީޕީއެމް

"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުން ދާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި...

August 15, 2017
ރާޖަޕަކްސާގެ އާއިލާގެ މެންބަރުން ރިޔާސީ ކޮމިޝަނަށް

ކޮލަމްބޯ (އޮގަސްޓް 15) - ސްރީ ލަންކާގެ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަން، ފައިނޭންޝަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް...

14 އޯގަސްޓް

August 14, 2017 333
"އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލެއް ނޫން"

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށާއި އޭގެ އިތުރުން އެ ފައިސާ...

August 14, 2017 52
ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ދައްކަވާ: ރައީސް

ދައުލަތަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭ ހުރިހާ ފަރާތްތަކަކުން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށާއި އަދި އެ ފައިސާ ދައުލަތަށް ހޯދައިދެއްވަން މަސައްކަތްފުޅު ކުރައްވާނެ...

13 އޯގަސްޓް

August 13, 2017 43
ޕީޕީއެމް ޖަގަހަ ހަދާ މައްސަލަ އޭސީސީން ބަލަން ފަށައިފި

މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަމުން އަންނަ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފި އެވެ.

12 އޯގަސްޓް

August 12, 2017 15
މާލޭހިޔާ ބިމުގައި ޖަގަހަ ހެދުމަކީ ކޮރަޕްޝަން: އިއްތިހާ

މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހެދުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް އިދިކޮޅު އިއްތިހާދުން މިއަދު ބުނެފި އެވެ.

10 އޯގަސްޓް

August 10, 2017 67
އެމްއާރުޑީސީން ހިންގި ބޮޑު "ޚިޔާނާތަކާ" ގުޅޭ އޯޑިއޯއެއް!

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް ބޭނުންވާ ވެހިކަލްތަކެއް ގަނެދޭން ހެޔޮ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ 2.7 މިލިއަން ޑޮލަރު ބޮޑު އަގެއް ހުށަހެޅި ކުންފުންޏަކަށް އެ މުއާމަލާތް ހަވާލުކުރި ކަމަށް ބެލެވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.

07 އޯގަސްޓް

August 07, 2017 5
ލަންކާގައި ވެރިކަން ކުރަނީ ވަގުންގެ ޕާޓީއަކުން ނޫން: ރަނިލް

ކޮލަމްބޯ (އޮގަސްޓް 7) - ސްރީ ލަންކާގައި ވެރިކަން ކުރަމުންދަނީ ވަގުންގެ ޕާޓީއަކުން ނޫން ކަމަށާއި ސަރުކާރުގެ ތެރޭން ކޮރަޕްޝަން ފުހެލާނެ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

05 އޯގަސްޓް

August 05, 2017 3
ގާސިމްގެ ވަކީލުންގެ ސިޓީއެއް ކްރިމިނަލް ކޯޓަށް

ކްރިމިނަލް ކޯޓުން ކުރިން ބާތިލްކޮށްފައި އޮތް މައްސަލައެއް އަލުން ބަލައިގަނެ، ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން އެ ކޯޓުގެ އާންމު މަޖިލީހުން ނިންމާފައިވާ ނިންމުމެއްގެ ކޮޕީ ހޯދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވަކީލުން އެ ކޯޓަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ.

02 އޯގަސްޓް

August 02, 2017 11
މޯލްޑިވިއަނުން ގެއްލުނު ފައިސާ ދެއްކުމަށް އަންގައިފި

މޯލްޑިވިއަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އިހުމާލުން އެތަނުގެ ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާތީ ހަފުތާއެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް މުވައްޒަފަށް އަންގައިފި އެވެ.

01 އޯގަސްޓް

August 01, 2017 11
މައުމޫންގެ ބަޔާން އޭސީސީން ނަގައިފި

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގެ އަށް ކުރި ޚަރަދުތަކާ ގުޅޭ ގޮތުން ނެރެފައިވާ އޮޑިޓް ރިޕޯޓުގެ މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ބަޔާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނަގައިފި އެވެ.

August 01, 2017 2
ޕާކިސްތާނުގެ ވަގުތީ ބޮޑު ވަޒީރަށް ވެސް ކޮރަޕްޝަނުގެ ތުހުމަތު

އިސްލާމްއާބާދު (އޮގަސްޓް 1) - ޕާކިސްތާނުގެ ބޮޑު ވަޒީރުގެ މަގާމަށް ވަގުތީ ގޮތުން ހަމަޖައްސަން ނިންމާފައިވާ ތެލާބެހޭ ކުރީގެ ވަޒީރު ޝާހިދު ޚައްގާން އައްބާސީގެ މައްޗަށް ކޮރަޕްޝަނުގެ...

August 01, 2017 24
އަދީބަށް އިތުރު 9 ދައުވާ، ޒިޔަތަށް 25 ދައުވާ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުރު ނުވަ ދައުވާއެއް އަދި...

31 ޖުލައި

July 31, 2017 40
ސްޓެލްކޯ ޝުކޫރަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވައިފި

ބޭރުގެ ފައިސާ ގަނެ ވިއްކުމުގެ ލައިސަންސް ނެތް އަމިއްލަ ކުންފުންޏަކުން ޑޮލަރު ގަތުމަށްޓަކައި އެޑްވާންސަށް ސްޓެލްކޯ އިން ފައިސާ ޚަރަދު ކުރި ކަމަށް ބުނާ މައްސަލާގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްޝުކޫރު (ސްޓެލްކޯ ޝުކޫރު) އާއި އެ ކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓްގެ ހެޑުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި...

24 ޖުލައި

July 24, 2017 4
އަދީބުގެ ބޭސްފަރުވާގެ މައްސަލަ ބަލައި ނުނިމޭ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައި ނުނިމޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

22 ޖުލައި

July 22, 2017 13
މީޑިއާ ނެޓުން ފަސް ލައްކަ ރުފިޔާ ދައްކައިފި

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަންތައް ހާމަވާ ގޮތަށް އަލް ޖަޒީރާ އިން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ރީބްރޯޑްކާސްޓް ކުރުމާ ގުޅިގެން މީޑިއާ ނެޓުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހުނު ފަސް ލައްކަ ރުފިޔާ އެ ކުންފުނިން ދައްކައިފި އެވެ.

20 ޖުލައި

July 20, 2017 25
ކޮމިޝަނަށް އާންމުންނަށް މައްސަލަ ހުށައެއްނޭޅޭނެ

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އުފެއްދެވި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީއަކީ އާންމުންނަށް މައްސަލަ ހުށަހެޅޭނެ ކޮމިޝަނެއް ނޫން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

July 20, 2017 5
ބްރެޒިލްގެ ކުރީގެ ރައީސްގެ މުދާތައް ހިފަހައްޓައިފި

ރިއޯ ޑި ޖެނީރޯ (ޖުލައި 20) - ކޮރަޕްޝަނުގެ ކުށުގައި ޖަލަށްލާން ހުކުމްކޮށްފައިވާ ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ހުރިހާ މުދަލެއް ހިފެހެއްޓުމަށް ކޯޓުން އަމުރު...

July 20, 2017 99
ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކޮމިޝަނެއް

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ ނަމުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ކޮމިޝަނެއް އުފައްދަވައިފި އެވެ.