29 ޖޫން

June 29, 2020
ވީޑިއޯ ކޮންފަރެންސުން ޝަރީއަތް ކުރެވޭ ބިލް ފާސްކޮށްފި

ޚާއްސަ ހާލަތްތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލަތަކުގެ ޝަރީއަތްތައް ކުރެވޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

24 ޖޫން

June 24, 2020 10
ހަމައެއްލަމައެއް ނެތް ކަމަކަށް ހައި ކޯޓުން ފުލްސްޓޮޕް

މަދަނީ އަދުލުގެ އިޖްރާއާތުތަކެއް ލިޔެވިފައި ނެތުމަކީ މަދަނީ އަދުލުގެ ނިޒާމުގައި އޮތް އެންމެ ބޮޑު ހުސްކަމެވެ. މަދަނީ ހައްގުތަކާ ގުޅިގެން އިންސާފު ހޯދުމަށް ދައުވާ ކުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިދީފައި އޮތަސް، އެކަމާ ބެހޭ ތަފްސީލީ އިޖްރާއާތުތަކެއް ނެތުމުން ނިޒާމުގެ ނާޖާއިޒް ފައިދާ ހޯދުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. ދައުވާ...

19 ޖޫން

June 19, 2020 7
"ޝަރީއަތް ފަށާފައި ދައުވާ އިސްލާހުކުރަން ނުގެންދެވޭނެ"

މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށާއި އަދި އަނބުރާ ގެންދާ މައްސަލަތައް އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމުގައި ބައެއް ކަންތައްތައް ކޯޓުތަކުން ބަލަންޖެހޭ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

17 ޖޫން

June 17, 2020 12
3.7 މިލިއަން ޑޮލަރު ދޭން ހިލްމީ އަށް ހުކުމްކޮށްފި

މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާއިލް ޝުޖާއު (އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން އިންމަ) އަށް 3.7 މިލިއަން ޑޮލަރު (57 މިލިއަން ރުފިޔާ) ދައްކަން ސަންލެންޑް ހޮޓެލްސްގެ އެއް ހިއްސާދާރު ހުސައިން ހިލްމީ (ސަންލޭންޑް ހިލްމީ) ގެ މައްޗަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

13 ޖޫން

June 13, 2020
ބިލަށް ބަދަލުތަކެއް، ވީޑިއޯ ޝަރީއަތްތަކަށް ޝަރުތުތަކެއް

ޖިނާއީ މައްސަލަތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ޚާއްސަ ޝަރުތުތަކެއް ހިމަނައިިި، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ބޮޑެތި ބަދަލުތަކަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ފާސްކޮށްފި އެވެ.

03 ޖޫން

June 03, 2020 3
ސިވިލް ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް

ސިިވިލް ކޯޓުގެ ޝަރީއަތްތައް ވެސް އޮންލައިންކޮށް ނުވަތަ ބަޔާން ބަދަލުކުރާ އުސޫލުން ކުރިއަށް ގެންދަން ނިންމައި، އެކަމާ ބެހޭ އުސޫލު އެ ކޯޓުން އާންމުކޮށްފި އެވެ.

02 ޖޫން

June 02, 2020 9
ސުޕްރީމް ކޯޓުގެ ޝަރީއަތެއް ފުރަތަމަ ފަހަރަށް ލައިވްކޮށް

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެތައް ކަމެއް ބަދަލުވެއްޖެ އެވެ. ކުރީގެ އާދަތައް ދޫކޮށްލަން ޖެހުނުއިރު، ކުރިން ނުފެންނަ އެތައް މަންޒަރެއް ފެންނަން ވެސް ފަށައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ފުރަތަމަ ފަހަރަށް މެމްބަރުން ގޭގައި ތިއްބަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ސުޕްރީމް ކޯޓުގެ ޝަރީއަތެއް...

21 މެއި

May 21, 2020
ލޮކްޑައުންގެ ތެރޭގައި ހައި ކޯޓަށް 22 މައްސަލައެއް

މާލެ ސަރަހައްދުު ލޮކްޑައުން ކޮށްފައިވާ މި މުއްދަތުގައި އޮންލައިންކޮށް 22 މައްސަލައެއް ހަައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް އެ ކޯޓުން ބުނެފި އެވެ.

20 މެއި

May 20, 2020 2
އިންސާފު ހޯދުން "ލޮކްޑައުންއެއް" ނުކުރެވޭނެ!

އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުގެ ޝަރީއަތެއް އެންމެންނަށް އިވޭ ގޮތަށް މި ފަހުން ލައިވްކުރި އެވެ. ފަނޑިޔާރުން ގޭގައި ތިއްބަވައިގެން އޯޑިއޯ ކޮންފަރެންސް ނިޒާމެއް މެދުވެރިކޮށް އަލަށް އެ ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދިޔައިރު، އެއް ފަނޑިޔާރަކު ޝަރީއަތުގައި ބައިވެރިވެވަޑައިގަތީ އޮޕަރޭޝަނަކަށް ފަހު...

19 މެއި

May 19, 2020 6
ޝަރީއަތްތައް އޮންލައިންކޮށް ފަށައިި، ލައިވްކުރަނީ

ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ފުރަތަމަ ފަހަރަށް އޮންލައިންކޮށް ފަށައި، އަދި ޓްވީޓާ އާއި ޔޫޓިއުބް މެދުވެރިކޮށް އެ ޝަރީއަތްތައް ލަައިވް ކުރަން އެ ކޯޓުން ނިންމައިފި އެވެ.

15 މެއި

May 15, 2020
އާއިލީ މައްސަލައެއްގެ ޝަރީއަތް އޮންލައިންކޮށް ގެންގޮސްފި

އާއިލީ މައްސަލައެއްގެ ޝަރީއަތެއް ވީޑިއޯ ކޮންފަރެންސްކޮށް ފުރަތަމަ ފަހަރަށް ކުރިއަށް ގެންގޮސްފި އެވެ.

08 މެއި

May 08, 2020
ބަންދުުގައިި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯކޮށް ފަށަނީ

ޝަރީއަތްތައް މެދުކަނޑާލާފައި ވިޔަސް، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

14 އެޕްރީލް

April 14, 2020 2
ބަންދު ތެރޭ އިސްތިއުނާފް މުއްދަތު ނުހިނގާނެ: ހައިކޯޓު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ހައި ކޯޓުގެ އިސްތިއުނާފް މުއްދަތު ވެސް ނުހިނގާ ގޮތަށް ހަމަޖައްސައިފި އެވެ.

12 އެޕްރީލް

April 12, 2020 4
ބަންދުކުރި މުއްދަތުގައި އިސްތިއުނާފް މުއްދަތު ނުހިނގާނެ

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ސުޕްރީމް ކޯޓުގެ އިސްތިއުނާފް މުއްދަތު ނުހިނގާ ގޮތަށް އެ ކޯޓުން ހަމަޖައްސައިފި އެވެ.

10 އެޕްރީލް

April 10, 2020 2
ބައެއް މައްސަލަތައް ހައި ކޯޓުން ކުރިއަށް ގެންދަނީ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި، ބައެއް މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ނިންމައި، އެކަމާ ބެހޭ އުސޫލެއް ހައި ކޯޓުން އެކުލަވާލައިފި އެވެ.

April 10, 2020 2
ބައެއް ޝަރީއަތްތައް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި ވިޔަސް، ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

09 އެޕްރީލް

April 09, 2020 4
ވަކި އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ފަށަނީ

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވިޔަސް، ވަކި އުސޫލުތަކެއްގެ ތެރެއިން ހުރިހާ ކޯޓުތަކެއްގެ ޝަރީއަތްތައް ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

08 އެޕްރީލް

April 08, 2020 5
ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ހިންގަން ޚާއްސަ ގަވައިދެއް

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދުގެ ބަޔަކަށް އަމަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ފަހު ޖިނާއީ މައްސަލަތަކުގައި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރުމަށް ޚާއްސަ ގަވާއިދެއް ސުޕްރީމް ކޯޓުން މިއަދު އެކުލަވާލައިފި އެވެ.

30 މާޗް

March 30, 2020 3
ވީޑިއޯކޮށް ޝަރީއަތް ގެންދިއުމުގެ އުސޫލު އެކުލަވާލައިފި

ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމާ ބެހޭ އުސޫލެއް ކްރިމިނަލް ކޯޓުން އެކުލަވާލައި، އަމަލު ކުރަން ފަށައިފި އެވެ.

19 މާޗް

March 19, 2020 2
ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ

ހުކުމްތަކާ ގުޅިގެންނާއި ކޯޓުތަކުން ދޭ ޚިދުމަތްތަކަށް ކޯޓުތަކަށް ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމައްސައިފި އެވެ.

18 މާޗް

March 18, 2020
ބަންދު ދުވަސްތަކުގައި އީމެއިލްއިން ކޯޓުގެ ޚިދުމަތް ދެނީ

ކޮރޯނާ ވައިރަސްއާ ގުޅިގެން، ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރުމާ ގުޅިގެން ކޯޓުތަކުގެ ޚިދުމަތްތައް އީމެއިލް އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ހޯދޭ ގޮތަށް ހަމަޖައްސައިފި އެވެ.