28 ނޮވެމްބަރ

November 28, 2016 12
އިބްތިހާލްގެ ބަނޑަށް ލޭ އެޅިފައި ހުރި: ޑޮކްޓަރު

މިދިޔަ އަހަރު ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ ބަނޑަށް ވަރަށް ބޮޑަށް ލޭ އެޅިފައި ހުރި ކަމަށާއި އެފަދަ ކަމެއް މެދުވެރިވާނީ ބޮޑު އަނިޔާއެއް...

November 28, 2016 1
ދިރުވާލައިގެން ޑްރަގް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ދިރުވާލައިގެން ބައި ކިލޯއެއްހާ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މީހަކު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

27 ނޮވެމްބަރ

November 27, 2016 24
އަމީން ފައިސަލަށް ކުރާ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި

އެމްޑީޕީ ވެރިކަމުގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.

26 ނޮވެމްބަރ

November 26, 2016 11
ކޮރެއާ މީހަކު ރާއްޖޭގައި ރޭޕް ކުރިކަން ސާބިތެއް ނުވި

ދެކުނު ކޮރެއާ އަންހެނަކު ރާއްޖޭގައި ރޭޕް ކުރި ކަމަށް ބުނެ ދިވެހި ތިން ފިރިހެނެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވެ، އެ މީހުން ސަލާމަތްވެއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2016 5
ނުހައްގު އަދަބުން ނޫސްވެރިން ސަލާމަތްކޮށްދީ: ރާއްޖެޓީވީ

ނުހައްގު އަދަބުން ރާއްޖެ ޓީވީގެ ޒުވާން ދެ ނޫސްވެރިން ސަލާމަތްކޮށްދޭން އެ ސްޓޭޝަނުން މިއަދު ގޮވާލައިފި އެވެ.

23 ނޮވެމްބަރ

November 23, 2016 16
ހެކި ހޯދި ގޮތުން ޓެރަރިޒަމްގެ ދައުވާ ސާބިތެއް ނުވި

ހަނގުރާމަވެރި ހަތިޔާރު އަމިއްލަ އަށް އުފެއްދި ކަމަށް ބުނެ ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް، ގާނޫނު އަސާސީއާ ޚިލާފަށް ހެކި ހޯދާފައި ވާތީ އެ ކުށް ސާބިތުނުވާ ކަމަށް...

November 23, 2016 2
އައްޑޫ ވިޔަފާރިވެރިޔާގެ މަރުގެ ޝަރީއަތް ސިއްރު ކޮށްފި

މިދިޔަ މެއި މަހުގެ ތެރޭގައި ސ. ހިތަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ވިޔަފާރިވެރިޔާ އަލީ އަބްދުﷲގެ މަރުގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރު ކޮށްފި އެވެ.

22 ނޮވެމްބަރ

November 22, 2016 3
މީހުން ޓްރެފިކްކޮށްގެން ފުރަތަމަ ފަހަރަށް ބަޔަކު ޖަލަށް

ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބަޔަކަށް ކުށް ސާބިތުވެ އެ މީހުން 10 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

November 22, 2016 1
އައްޔުބެ މަރަން ވަސީމް އެހީވުމުގެ ދައުވާ ސާބިތެއް ނުވި

ދ. ކުޑަހުވަދޫގައި އަނިޔާވެެރި ގޮތަކަށް މަރާލި އެރަށު ސަމަންދަރު އަލީ ހަސަން (އައްޔުބެ) މަރާލުމުގައި އެހީތެރިވެ ދިން ކަމަށް ބުނެ، އައްޔުބެ އަށް ދޮން ކާފަ ކިޔާ އިބްރާހިމް ވަސީމްގެ...

17 ނޮވެމްބަރ

November 17, 2016 29
ހުކުމުގެ މުއްދަތު ހަމަވެފައިވާތީ ގާސިމް ދޫކޮށްލައިފި

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމު ކުރި މައްސަލައިގައި ގާސިމް އަބްދުލްކަރީމް އަށް މަހަށް ޖަލަށް ލުމަށް، މިދިޔަ އަންގާރަ ދުވަހު ހުކުމް ކުރި އިރު ވެސް އެ މުއްދަތު ހަމަވެފައިވާތީ އޭނާ މިއަދު މިނިވަން ކޮށް ދޫކޮށްލައިފި އެވެ.

16 ނޮވެމްބަރ

November 16, 2016 10
ބަންދުގައި އަށް މަސްވެފައިވާތީ ގާސިމް ދޫކޮށްލަން އެދެފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް އާންމުކުރި ގާސިމް އަބްދުލްކަރީމް 8 މަހާއި 12 ދުވަހަށް ޖަލަށްލާން ހުކުމް ކުރިއިރު އެ މުއްދަތަށް ވުރެ ގިނަ ދުވަސް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ މިނިވަންކުރަން ގާސިމްގެ ވަކީލް އެދިވަޑައިގެންފި އެވެ.

15 ނޮވެމްބަރ

November 15, 2016 45
ހިޔާނާތް ފަޅާއަރުވާލި ގާސިމް 8 މަހަށް ޖަލަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން( އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.22 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައުލޫމާތުތަކެއް އާންމުކުރި ގާސިމް އަބްދުލްކަރީމް، އަށް މަހާއި 12 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

November 15, 2016 22
ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ނުބެލި!

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ފުލުހުން ތަހުގީގު ނުކުރަން...

November 15, 2016 19
އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށް ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

07 ނޮވެމްބަރ

November 07, 2016 17
ރިޔާޒުގެ ފޮޓޯތަކެއް ހެދި މީހެއްގެ ފޯނު އަތުލައިފި!

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދަށް ނިސްބަތްކޮށް، ހަޑިހުތުރު ފޮޓޯތަކެއް ހެދި ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

05 ނޮވެމްބަރ

November 05, 2016 9
މަހްލޫފަށް ދައުވަތު ދިނީ ހިތްދަތިކުރަން: އާއިލާ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކަން އެނގި ތިބެ، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާ އަށް ދައުވަތު ފޮނުވީ މަލާމާތްކޮށް، ހިތްދަތި ކުރުމަށް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

02 ނޮވެމްބަރ

November 02, 2016 8
ފިޔަވަޅު އެޅީ ކީއްވެ ކަމެއް ނޭނގެ: އަލީ ހުސެއިން

ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ ގޮތުން، ސުޕްރީމް ކޯޓުން މަނާކުރިއިރު އޭނާގެ ކުށެއް އަދި ފިޔަވަޅު އެޅި މައްސަލައެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ގާނޫނީ ވަކީލް، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2016 7
ރާއްޖެ އިން ބޭރުން މަހުލޫފް ފަރުވާ ހޯދަން ލަފާދީފި

ޖަލަށް ހުކުމް އިއްވާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް އެލާޖިކްވުމުގެ މައްސަލަ ސީރިއަސްވެ، ރާއްޖެ އިން ބޭރުން ފަރުވާ ހޯދަން ޑޮކްޓަރު މިއަދު ލަފާ ދީފައިވާ ކަމަށް އާއިލާ އިން ބުނެފި އެވެ.

31 އޮކްޓޯބަރ

October 31, 2016 29
ސުއޫދާއި އަލީ ހުސެއިން ވަކާލާތު ކުރުން މަނާ ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތު ކުރުން ވަގުތީ...

October 31, 2016 6
މަހްލޫފަށް ފަރުވާ ނުދިނުމަކީ އަނިޔާއެއް: ނަޝީދު

ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް އާލާސްކަންފުޅާ އުޅުއްވާއިރު އޭނާ އަށް ފަރުވާ ނުދިނުމަކީ ދޭ...

25 އޮކްޓޯބަރ

October 25, 2016
ދިފާއީ ވަކީލުން ގޮތުގައި ބަލައިގަންނަ އުސޫލު ލުއިކޮށްފި

ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ ވަކީލުންނަށް ވެސް ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލުންގެ ގޮތުގައި ކްރިމިނަލް ކޯޓަށް ބަލައިގަނެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

19 އޮކްޓޯބަރ

October 19, 2016 9
"ވެރިކަން ދަމަހައްޓަނީ ލީޑަރުން ގޮޅިއަށް ލައިގެން"

މި ސަރުކާރަށް ވެރިކަން ދެމެހެއްޓެން އޮތީ ސިޔާސީ ލީޑަރުން ޖަލު ގޮޅިއަށް ލައިގެން ކަން، އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އިން ވެސް އެނގޭ ކަމަށް ބުނެ އަދާލަތު ޕާޓީން ސަރުކާރަށް ފާޑުކިޔައިފި އެވެ.

17 އޮކްޓޯބަރ

October 17, 2016 40
އަލީ ވަހީދަށް ޓެރަރިޒަމްގެ ދައުވާކޮށްފި

މިދިޔަ އަހަރުގެ މެއި މަހު ކުރި މުޒާހަރާއާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، ދައުލަތުން ކްރިމިނަލް ކޯޓަށް މައްސަލަ ފޮނުވައިފި އެވެ.

06 އޮކްޓޯބަރ

October 06, 2016 18
ނާޒިމް އަބްދުއްސައްތާރު ހަ މަހަށް ސަސްޕެންޑްކޮށްފި

ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތްތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށް ގާނޫނީ ވަކީލު އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރު ހަ މަސް ދުވަހަށް ސަސްޕެންޑް ކުރަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

04 އޮކްޓޯބަރ

October 04, 2016
ވަކީލަކާ ނުލައި މައްސަލަ ހިންގުމުން ޖޭއެސްސީއަށް

ޖިނާއީ މައްސަލައެއްގައި ދައުވާލިބޭ މީހެއްގެ ވަކީލު އައްޔަންކޮށްފައި ވަނިކޮށް ވަކީލާއި ނުލައި މައްސަލަ ކުރިއަށް ގެންދިޔަ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ގާޒީއަކާ ދެކޮޅަށް ޖުޑިޝަލް...

October 04, 2016 17
މަހުލޫފް މިނިވަން ކުރަން ސަރުކާރަށް ހުށަހަޅަނީ

ދެ މައްސަލައެއްގައި 10 މަހަށް ޖަލަށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް މިނިވަންކޮށްދޭން، މަޝްވަރާތަކުގައި ސަރުކާރުގައި އެދޭނެ...

26 ސެޕްޓެމްބަރ

September 26, 2016 17
ގާސިމަށް ހުކުމް ކުރުން ނޮވެމްބަރަށް ފަސްކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތާ ގުޅޭ މައުލޫމާތުތަކެއް ލީކުކުރި މައްސަލާގައި ހައްޔަރުކޮށް، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދައި ހާމަކުރި ކަމުގެ ތުހުމަތުގެ ދައުވާ ކޮށްފައިވާ ބީއެމްއެލްގެ ކުރީގެ މުވައްޒަފު ގާސިމް އަބްދުލްކަރީމްގެ މައްޗަށް ހުކުމް ކުރުން އަންނަ...