06 ފެބުރުއަރީ

February 06, 2020
ދެ ފަރާތުން އެއްބަސްވާނަމަ،އެއްދުވަހުން ހެކިބަސް ނަގަނީ

ޖިނާއީ މައްސަލަތަކުގައި ދެ ފަރާތުން ދެކޮޅު ނަހަދާ ނަމަ، މައްސަލަތައް އަވަސް ކުރުމުގެ ގޮތުން ހުރިހާ ހެކިންގެ ހެކިބަސް އެއް ދުވަހެއްގައި ނެގުމަށް، ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

05 ފެބުރުއަރީ

February 05, 2020 7
ތަހުގީގުތަކުގައި ފުލުހުންނަށް އިތުރު ބާރުތަކެއް ދެނީ

ފުލުހުންނާއި ތަހުގީގީ އިދާރާތަކަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށާއި ހައްޔަރުކުރުމާއި ބަންދު ކުރުމުގެ ބައެއް އިޖްރާއާތުތަކަށް ބަދަލު ގެންނަން ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

04 ފެބުރުއަރީ

February 04, 2020 17
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ބޮޑު ކުށަކަށް ހަދަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށް ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ހަދަން ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

29 ޖެނުއަރީ

January 29, 2020 1
ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

28 ޖެނުއަރީ

January 28, 2020 11
ސިއްރު ހެކިނެގުން ހުއްޓުމަކަށް؛ ޕީޖީން ސުޕްރީމް ކޯޓަށް

ޖިނާއީ އިޖްރައާތުގެ ގާނޫނު މިހާރު އޮތް ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅުމާ އެކު، އެ މައްސަލަ ސުޕްރީމް ކޯޓުގައި...

January 28, 2020 7
ތުހުމަތު ވެސް، ހައްޔަރު ނުކުރާ ސަބަބު ވެސް ސީރިއަސް!

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މި ދުވަސްވަރު ފެންމަތި ވަނީ ފުލުފުލުންނެވެ. ތުއްތު ކުދިން ވެސް ޖިންސީ ޝިކާރައަކަށް ވުމުގެ މައްސަލަތައް ހުރި އިރު އެފަދަ މީހުންނާ...

15 ޖެނުއަރީ

January 15, 2020 6
މަތީ ކޯޓުތައް އިޖްރާއާތު ގާނޫނަށް ވުރެ މަތީގައި؟!

ލިޔެފައިވާ ތަފްސީލީ އުސޫލެއް ނުވަތަ އިޖްރާއާތެއް ނެތި ޝަރީއަތް ކުރި ޒަމާން މިހާރު ހިނގައްޖެ އެވެ. ޖިނާއީ އެކި މައްސަލަތަކުގައި އެކި ގޮތަށް ކޯޓުތަކުން އަމަލުކުރަމުން ދިޔަ ދިއުން ނިމުމަކަށް ގެނައީ ޖިނާއީ އިޖްރާއާތުގެ ގާނޫނުންނެވެ. އާދައިގެ މީހަކަށް ވިޔަސް، އަދި ސިޔާސީ ބޭފުޅެއްގެ މައްސަލައަކަށް ވިޔަސް މިހާރު ހިނގާނީ އެއް...

12 ޖެނުއަރީ

January 12, 2020 26
ޔާމީނަކީ ކުށްވެރިއެއް، ކަފާލާތު ދޭނީ ކިހިނެއް؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މަރުހަލާ ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކުރަން ހައި ކޯޓުގައި އެދިވަޑައިގަތުމުން އެކަން ލަސްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރެއްވުމާ އެކު، ގާނޫނީ ބަހުސެއް މި ވަނީ އުފެދިފަ އެވެ.

05 ޖެނުއަރީ

January 05, 2020 13
ޝަމީމަށް ޗެލެންޖް ބޮޑު، އެކަމަކު ޔަގީންކަން އެބަ އޮތް

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަކީ އެއްވެސް އިރެއްގައި ފަސޭހަ އަދި ކުޑަ ޒިންމާއެއް ވެސް ނޫނެވެ. ޖިނާއީ ދައުވާތަކާ ބެހޭ ހުރިހާ ކަންކަން ބެލެހެއްޓުމާއި ތަހުގީގުތަކާ މެދު ފާރަވެރިވުމުގެ ބޮޑު މަސްއޫލިއްޔަތު އޮތް އެ މަގާމާ ހަވާލުވެވަޑައިގަތް ހުސައިން ޝަމީމަކީ އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅެވެ. އެކަމަކު...

11 ޑިސެމްބަރ

December 11, 2019 11
ބަންދު ކޮޓަރިއަކުން ދުނިޔެއަށް: މި ހިސާބުން ނިމުނީތަ؟

"އިންސާފު ގާއިމް ވުމަކުން ނުފުދެ އެވެ. އިންސާފު ގާއިމްވުމާ އެކު، އިންސާފު ގާއިމްވާ ތަން ވެސް ފެންނަން ވާނެ އެވެ،" މިއީ މަޝްހޫރު މައްސަލައެއްގެ ހުކުމަކުން އުފަންވެގެން އައި ޖުމްލައެކެވެ. ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ގާނޫނީ މި ހަމައަކީ ގާނޫނީ ބޭފުޅުންގެ ވެސް ދުލު ކުރީ ބަހެކެވެ.

06 ޑިސެމްބަރ

December 06, 2019 15
ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އުސޫލު އިސްލާހުކުރަނީ

ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމެނޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.

05 ޑިސެމްބަރ

December 05, 2019 6
ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަނީ

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލައި، ރައީސް އޮފީހަށް ފޮނުވައިފި އެވެ.

09 އޮކްޓޯބަރ

October 09, 2019 5
އަތްދަށުން ދިޔަ ގޮތަށް ސިއްރު ހެކި "ގެއްލިއްޖެ"؟

ދައުލަތުގެ ބެލުމުގެ ދަށުގައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނަ މީހެއްގެ ސަބަބުން ހެކިވެރިޔަކަށް "އިގްތިސާދީ ގެއްލުމެއް" ލިބިދާނެ ކަމަށް ބުނެ ހެކިވެރިން ސިއްރު ކޮށްފައި އެބަ ހުއްޓެވެ. ހެކިބަސް ދޭ މީހާގެ ފަރާތުން ސާބިތުކުރަން ހުށަހަޅާ ކަންކަމުން އޭނާއަކީ ކާކުކަން ދައުވާ ލިބޭ މީހާއަށް އަދި އާންމުވެގެންވާ ގޮތުގައި...

02 އޮކްޓޯބަރ

October 02, 2019 13
ވާނުވާ އަށް ފަހު ވީނުވީ ނޭނގުން: ހައްލެއް ނެތީތަ؟!

ޖިނާއީ އަދުލުގެ ނިޒާމުގައި ތަރުތީބު ވެފައިވާ ގޮތުން އާންމު އުސޫލަކީ ޖިނާއީ އިޖްރާއާތުގެ މަރުހަލާތަކަށް މުއްދަތުތަކެއް ކަނޑައެޅިފައި އޮތުމެވެ. އެއީ ދައުވާ ކުރުން ކަމަށް ވިޔަސް އަދި ކުށް ސާބިތުވެގެން ކުރާ ހުކުމެއް ކަމަށް ވިޔަސް ނުވަތަ ތަހުގީގުގެ ބޭނުމަށްޓަކައި ކޯޓަކުން ނެރޭ އަމުރެއް ކަމަށް ވިޔަސް، އެކަމެއް ފެށޭނެ ވަގުތަކާއި...

03 ސެޕްޓެމްބަރ

September 03, 2019 2
ޖިިނާއީ ތަހުގީގުތަކާބެހޭ ގަވާއިދަށް އަމަލުކުރަން ފަށައިފި

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޖިނާއީ މައްސަލަތައް ފުލުހުން ތަހުގީގުކުރުމާ ބެހޭ ގަވާއިދު ހަދައި، އިއްޔެއިން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

12 ޖޫން

June 12, 2019 11
ކުދި ގޯސްތަކުން "ކުށްވެރިން" ދޫވުން: ނިމުމެއް ނެތް؟

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން އިޖްރާއީ އެކި މައްސަލަތަކާ ހެދި ދޫވުމަކީ އާ ކަމެއް ނޫނެވެ. ކޯޓު އަމުރެއް ނެތި ތަންތަނަށް ވަނުމާއި ކޯޓު އަމުރުގައިވާ ގަޑިއަށް ވުރެ ކުރިން ތަންތަނަށް ވަދެ ހެކި ހޯދުމުންނާއި ހައްޔަރުކުރުމަށް ފަހު ފުރިހަމަ ކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ނުކޮށް ހުރުމުން ވެސް ޖިނާއީ ބައެއް...

29 މެއި

May 29, 2019 33
މަގުމަތިން ގާނޫނު ތަންފީޒު ކުރުމަކީ ނުރައްކަލެއް!

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު އަބަދުވެސް އިވޭނީ ޖަލުތަކުގައި ކުށްވެރިންނަށް އަނިޔާކުރުމުގެ ވާހަކަތަކެވެ. އެތައް ބަޔަކަށް ޖަލުގައި ކުރި އެފަދަ ލާ އިންސާނީ އަނިޔާތަކާއި ގޮތް ނޭނގޭ މަރުތަކަށް މަޑުޖެހުމެއް އައީ ބޮޑު ލޭ އޮހޮރުވުންތަކަކާ ހަމައިންނެވެ. އެންމެ ފަހުން ފިއްތުންތައް ބޮޑުވެ، އޭރުގެ ސަރުކާރަށް ޖެހުނީ އެކަންކަން...

27 މާޗް

March 27, 2019 14
ކޮންމެ ކަމެއްގައި ހައްޔަރު! ދޫކޮށްނުލެވުނު ވިސްނުމެއް!

އާ ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާ އެކު އެންމެ ބޮޑު ބަދަލެއް އައީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކަމީ ދެބަސްވެވެން ނެތް ކަމެކެވެ. ކުރިން ނުލިބޭ އެތައް ހައްގުތަކެއް ލިބިދީ، ކުށް ކުށަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމާއި ބަންދުކުރުމުގެ ވެސް އާ އުސޫލުތަކެއް ތައާރަފްވި އެވެ. އޭގެ ކުރިން އޮތް ނޫ ގާނޫނު އަސާސީން...

09 ޖެނުއަރީ

January 09, 2019 2
އާ ސިޔާސަތާ އެކު ތަފާތެއް ފެންނާނެތަ؟

ޖިނާއީ އަދުލުގެ ނިޒާމަށް ފަހުގެ ތާރީޚުތަކުގައި ބޮޑެތި ބަދަލުތަކެއް ގާނޫނީ ގޮތުން އަތުވެއްޖެ އެވެ. ޖިނާއީ އަދުލުގެ ނިޒާމާ މެދު ބޭރުގެ ފަރާތްތަކާއި ގާނޫނީ ބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށާއި ޒަމާނީ ބަދަލުތަކެއް ތައާރަފް ކުރަން މުހިންމު ގާނޫނުތަކެއް ވެސް އުފަންވެއްޖެ އެވެ. އެކަމަކު އަދިވެސް އެ ނިޒާމާ މެދު...

28 އޮކްޓޯބަރ

October 28, 2018 11
މަޖިލީހަށް ކުރިމަތިލުމުގެ ފީ ބޮޑުކުރަން ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ދައްކަންޖެހޭ ފީ ބޮޑު ކުރަން މަޖިލީހުގެ އިންތިޚާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްނުކޮށް، މަޖިލީހުން މިއަދު ބޭރު ކޮށްލައިފި އެވެ.

24 އޮކްޓޯބަރ

October 24, 2018 8
ހައްޔަރު ކުރާއިރު ޔުނިފޯމްގައި ތިބުން ލާޒިމެއް ނޫން

ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރާ އިރު ފުލުހުން ޔުނިފޯމްގައި ތިބުން ކޮންމެހެން ލާޒިމް ނޫން ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.