09 ޖެނުއަރީ

January 09, 2019 10
ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން ނިންމައިފި

މި އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށާ ގޮތަށް، ކްލަބްތަކުގެ ތާއީދާ އެކު ނިންމާފައިވާ ކަމަށާއި އަންނަ ހަފުތާގައި ކަލަންޑަރު ނެރޭނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2018 2
ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ގަދަ ފަހެއް ހޮވައިފި

މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.

11 ޑިސެމްބަރ

December 11, 2018 7
އެފްއޭއެމުން މުސާރަ ކަނޑައަޅައި ކްލަބްތަކަށް ފޮނުވައިފި

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ކުޅުންތެރިންގެ މުސާރައިގެ އޮނިގަނޑު ކަނޑައަޅައި އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވައިފަ އެވެ.

09 ޑިސެމްބަރ

December 09, 2018 2
މާޒިޔާގައި އިންމަ އަށް އަމާޒަށް ވާސިލެއްނުވެވުނު

މާޒިޔާ ފުރަތަމަ ޑިވިޝަނަށް އައުމާ އެކު އެ ޓީމާ ހަވާލުވި އިސްމާއިލް މަހަފޫޒް (އިންމަ) އަށް އެ ޓީމާ އެކު ފުރަތަމަ ހޭދަކުރި ހަޔެއްކަ އަހަރު ހޯދައިދެވުނީ އެންމެ ތަށްޓެކެވެ. އެކަމަކު އޭރު އެއީ މާބޮޑު މައްސަލަ އަކަށް ނުވެދާނެ އެވެ. ސަބަބަކީ މާޒިޔާ އަކީ ބިނާކުރަމުން އައި ޓީމަކަށް ވާތީ އެވެ. އެކަމަކު ދެ ވަނަ ފަހަރަށް މިދިޔަ އަހަރު އިންމަ...

08 ޑިސެމްބަރ

December 08, 2018 5
ފުޓްބޯޅަ އަށް ބޭނުންވަނީ ދެމެހެއްޓެނިވި ފޯމެޓެއް

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ފޯމެޓް އެކި ގޮތްގޮތަށް ބަދަލުކޮށް ތަޖުރިބާ ކުރަމުން އަންނަތާ ދެ އަހަރުވީ އެވެ. އަންނަ އަހަރަށް ވެސް ފޯމެޓަށް ބަދަލު އަންނާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އިއުލާންކޮށްފަ އެވެ. ފުޓްބޯޅަ ފޯމެޓަށް އެހާ ގާތްގާތުގައި ބަދަލު ގެންނަމުންދާތީ މި އަހަރު ވެސް ގިނަ...

07 ޑިސެމްބަރ

December 07, 2018 3
ކޯޗިންގައި ލައްޗޭ އަށް ރަނގަޅު ފެށުމެއް

ކުރީގެ އެއް ވަނަ ފޯވާޑް އާދަމް އަބްދުއް ލަތީފް (ލައްޗޭ) މިދިޔަ އަހަރު ފެނުނީ ޓްރެއިނަރެއްގެ ގޮތުގަ އެވެ. އެކަމަކު އެފްއޭއެމުން ބޭއްވި ކޯޗިން ކޯސްތަކުގައި ބައިވެރިވެ، މި އަހަރު ލައްޗޭ ނުކުތީ ރަނގަޅު ކޯޗިން ކެރިއަރެއް ބިނާކުރާށެވެ. މި އަހަރު ލައްޗޭ ވަނީ ކްލަބް ވެލެންސިއާ އާއި ށ. ފޯކައިދޫގެ އިތުރުން ފ. ނިލަންދޫގައި ކޯޗިންގެ...

02 ޑިސެމްބަރ

December 02, 2018 1
ކިރަން: ރާއްޖެ އާއި އިންޑިއާގެ ޗެމްޕިއަން

ޓީސީ ސްޕޯޓްސް ކްލަބާ އެކު ދިރާގު ދިވެހި ޕްރިމިއާ ކާމިޔާބުކުރުމާ އެކު އެ ޓީމުގެ ނޭޕާލް ގޯލްކީޕަރު ކިރަން ޝެމްޝޮން އަށް މިވަނީ ހާއްސަ ޝަރަފެއް ލިބިފަ އެވެ. މިނެރްވާ ޕަންޖާބާ އެކު އިންޑިއާގެ އައި-ލީގު ވެސް މި އަހަރު ކާމިޔާބުކުރި ކިރަން މިވަނީ އެއް އަހަރު ތެރޭ، ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ދެ ލީގު ކާމިޔާބުކޮށްފަ އެވެ.

01 ޑިސެމްބަރ

December 01, 2018 12
ޓީސީ އިތުރަށް ފުރިހަމަކޮށްދިނީ ދަގަނޑޭ: ނިޒާމްބެ

ކާމިޔާބު ހޯދަން ޓީސީ ސްޕޯޓްސް ކްލަބުން ކުރަމުން އައި މަސައްކަތުގައި ޓީމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ އަލީ އަޝްފާގު (ދަގަނޑޭ) ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި...

December 01, 2018 12
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުން ފަހު މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ގޯލުން ކްލަބް އީގަލްސްއާ 4-4 އިން އެއްވަރުކޮށް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް...

30 ނޮވެމްބަރ

November 30, 2018 6
މާޒިޔާ-ނިއު އެއްވަރުވެ، ލީގު ޗެމްޕިއަންކަން ޓީސީ އަށް

މިއަދު ހަވީރު ނިއު ރޭޑިއަންޓާ 4-4 އިން މާޒިޔާ އެއްވަރުވުމާ އެކު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް ލިބި، އެ ޓީމުން ފުރަތަމަ ފަހަރަށް ފުރަތަމަ ޑިވިޝަނުގެ ތަށްޓެއް ކާމިޔާބުކޮށްފި އެވެ.

November 30, 2018
ޓީސީ ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު: ނިޒާމްބެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ހާލަތު އޮންނަ ގޮތުން ޕްރެޝަރު އޮތަސް ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ފުރިހަމަ އިތުބާރާ އެކު...

November 30, 2018
ގްރީންސްޓްރީޓްސް މޮޅަކާ އެކު ލީގު ނިންމާލައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް ކުޅުނު ފަހު މެޗުން މިރޭ ވިކްޓްރީ އަތުން 4-2 އިން މޮޅެއް ހޯދައިފި އެވެ.

29 ނޮވެމްބަރ

November 29, 2018
ފޯކައިދޫ ބަލިކޮށް ނިލަންދޫ އަމާޒު ހާސިލްކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ށ. ފޯކައިދޫ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ފ. ނިލަންދޫ އިން މުބާރާތަށް ކަނޑައެޅި އަމާޒު ހާސިލްކޮށްފި އެވެ.

November 29, 2018 1
ފަހަތުގައި ވިއްދާފައި އޮވެ މާޒިޔާ ދެއްކީ ހިތްވަރު!

މިދިޔަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ކާމިޔާބީ އަށް ފަހު މާޒިޔާ އަށް ތަފާތު ސަބަބުތަކާ ހުރެ، އެ ޓީމު ބޭނުންވާ މިސްރާބަށް ނުދެވުނެވެ. އަހަރުގެ ފަހު ތިން މުބާރާތުގެ ރޭހުން މާޒިޔާ ބޭރުވީ...

November 29, 2018 18
ދަގަނޑޭ އާއި ދިވެހި ލީގު: ޓީސީ އިންތިޒާރުގައި!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) 2001 ވަނަ އަހަރު ކެރިއަރު ފަށައި އޭނާ ރާއްޖޭގައި ކުޅުނު އަހަރުތަކުގައި މިހާތަނަށް ބޭއްވި ދިވެހި ލީގުގެ 15...

26 ނޮވެމްބަރ

November 26, 2018 4
ވިކްޓްރީ އަތުން ނިލަންދޫ ފަސޭހައިން މޮޅުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ އަތުން ފ. ނިލަންދޫ އިން 4-1 އިން މޮޅުވެއްޖެ އެވެ.

November 26, 2018 2
ފޯކައިދޫން ގްރީން ސްޓްރީޓްސް ބަލިކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫން ފަހަތުން އަރައި 4-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

November 26, 2018 7
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް އަތުން 2-0 އިން ހޯދި މޮޅާ އެކު އީގަލްސް ލީގުގެ ގަދަ ތިނެއް ކަށަވަރުކޮށްފި އެވެ.

25 ނޮވެމްބަރ

November 25, 2018 2
މާޒިޔާ އިން ޓީސީ ބުރަކި ޖައްސުވައިފި

ޓީސީ ސްޕޯޓްސް ކްލަބުން ދެ ލަނޑު ޖަހައި، ދިރާގު ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ ދާދި ގާތުގައި އޮއްވާ މާޒިޔާ އިން ފަހަތުން އަރައި ހަތަރު ގޯލް ޖަހައި 4-2 އިން އެ...

November 25, 2018 4
ލީގު ކަށަވަރުކުރަން ޓީސީން މިއަދު މާޒިޔާއާ ދެކޮޅަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން ލީގު ޗެމްޕިއަން ކަށަވަރުކޮށް ފުރަތަމަ ޑިވިޝަނުގައި ފުރަތަމަ ތަށި ހޯދަން ޓީސީ ސްޕޯޓްސް ކްލަބަށް...

22 ނޮވެމްބަރ

November 22, 2018 7
ނިއު ކޮޅަށް ގްރީންސްޓްރީޓްސް އިން ފަސް ގޯލް ޖަހައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާބޮޑު ފޯރިއެއް، އަމާޒެއް ނެތް މެޗެއްގައި ނިއު ރޭޑިއަންޓް އަތުން ތަފާތު ބޮޑުކޮށް 5-1 އިން ކްލަބް ގްރީންސްޓްރީޓްސް މޮޅުވެއްޖެ އެވެ.

November 22, 2018 2
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީގާ ގާތަށް

އަލީ އަޝްފާގު (ދަގަނޑޭ) ގެ ހަތަރު ގޯލާ އެކު ފ. ނިލަންދޫ އަތުން މިއަދު ހަވީރު 7-0 އިން މޮޅުވެ، ދިރާގު ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް ޓީސީ...

November 22, 2018 1
އަސަދުﷲގެ ހެޓްރިކުން މާޒިޔާ މަގާމް ދަމަހައްޓައިފި

އަސަދުﷲ އަބްދުﷲގެ ހެޓްރިކާ އެކު ށ. ފޯކައިދޫ އަތުން 5-0 އިން މޮޅުވެ މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ޕްރެޝަރުކޮށްފި އެވެ.

20 ނޮވެމްބަރ

November 20, 2018 5
ލީގު އަލުން ފަށާއިރު ފޯރި ކެނޑިފައި

މެދުކެނޑުމަކަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު މާދަމާ އަލުން ފަށާއިރު ކޮންމެ ޓީމަކަށް މިއޮތީ ތިން މެޗެވެ. ލީގުގެ އެންމެ ފޯރިގަދަވާން ޖެހޭ ހިސާބެވެ. އެކަމަކު ހާލަތު އޮތްގޮތުން މާބޮޑު ފޯރިއެއް ނެތެވެ. ލީގު ޗެމްޕިއަން ޓީމާއި ދެ ވަނަ ޓީމަށް އޭއެފްސީ ކަޕުން ފުރުސަތު ލިބޭ ގޮތަށް ކުރިން އޮތް ނަމަވެސް އެ ފުރުސަތު މިހާރު ވަނީ ގެއްލިފަ...

19 ނޮވެމްބަރ

November 19, 2018 2
"ހާލަތު ރަނގަޅެއް ނޫން، ހިތްވަރަކީ ކުޅުންތެރިން"

މާލީގޮތުން ޓީމަށް އެންމެ ބޮޑު މައްސަލަތަކެއް ދިމާވެފައި އޮތް ވަގުތު ޓީމަށް ހިތްވަރު ލިބުނީ ކުޅުންތެރިންގެ ފަރާތުން ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

15 ނޮވެމްބަރ

November 15, 2018 4
ނިއުގެ ހާލަތާ މެދު ޝަކުވާއެއް ނުކުރާނަން: ސޮބާ

ސީޒަންގެ މެދުތެރެއިން ނިއު ރޭޑިއަންޓާ ހަވާލުވީ ޓީމުގެ ހާލަތު އެނގިހުރެ ކަމަށާއި އެއްވެސް ކަމަކާ ޝަކުވާ ނުކޮށް ބާކީ ތިން މެޗަށް ނުކުންނައިރު އުއްމީދަކީ ނަތީޖާތައް ރަނގަޅުކޮށް ރަނގަޅު ހިސާބެއްގައި އޮވެ، ސީޒަން ނިންމާލުން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) ބުނެފި އެވެ.

13 ނޮވެމްބަރ

November 13, 2018
"މުބާރާތް ނެތުމުން ގެއްލުންވާނީ ކުޅުންތެރިންނަށް"

ފުޓްބޯޅަ ސީޒަނުގެ ފަހު ދެ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭއެމް ކަޕް ނުބާއްވަން އެފްއޭއެމުން ނިންމި ނިންމުމުގެ ސަބަބުން ކްލަބްތަކަށް ވުރެ ގެއްލުވާނީ ކުޅުންތެރިންނަށް ކަމަށް ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

09 ނޮވެމްބަރ

November 09, 2018 10
ދިވެހި ލީގުގެ ކުރިއަށް ހުރި މެޗުތައް ފަސްކޮށްފި

އިންތިހާބީ ރައީސް އިބްރާހިމް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް މަގާމުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ގަލޮޅު ފުޓްބޯޅަ ދަނޑު ތައްޔާރުކުރާތީ، މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުރިއަށް އޮތް ހަތަރު މެޗު ފަސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

08 ނޮވެމްބަރ

November 08, 2018
މާޒިޔާ އަލުން ދެ ވަނަ އަށް

ވިކްޓްރީ އަތުން 3-0 އިން މޮޅުވެ މާޒިޔާ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަލުން އަރައިފި އެވެ.

November 08, 2018 3
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

އަހުމަދު ރިޒުވާން (ރިޒޭ) މި ސީޒަނުގައި ހެދި ހަތް ވަނަ ހެޓްރިކާ އެކު 5-0 އިން ށ. ފޯކައިދޫ ބަލިކޮށް އީގަލްސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

November 08, 2018 10
ދަަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަށް ބޮޑު ލީޑެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ އަލީ އަޝްފާގު (ދަގަނޑޭ)ގެ ގޯލުން 1-0 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑެއް...

07 ނޮވެމްބަރ

November 07, 2018 8
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ފ. ނިލަންދޫ އަތުން 5-2 އިން މޮޅުވެ ނިއު ރޭޑިއަންޓް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.