02 އޮކްޓޯބަރ

October 02, 2018
ނިލަންދޫ އަތުން ފޯކައިދޫ މޮޅެއް ހޯދައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫ އަތުން 2-0 އިން ށ. ފޯކައިދޫ މޮޅުވެއްޖެ އެވެ.

01 އޮކްޓޯބަރ

October 01, 2018 9
ފެހެންދޫ ކޮޅަށް ނިއު އިން 11 ގޯލް ޖަހައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު ނިއު ރޭޑިއަންޓުން 11-0 އިން ބ. ފެހެންދޫ އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

October 01, 2018 7
ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސްޓީވީ އަށް!

ލައިވް ސްޓްރީމިން ޕްލެޓްފޯމެއް ކަމަށްވާ މައިކުޖޫ ޓީވީ މެދުވެރިކޮށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް އައިސްޓީވީން ވަގުތުން ދައްކާ ގޮތަށް ހަމަޖައްސައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2018 15
ކްލަބްތައް މާލީ މައްސަލަތަކެއްގެ ތެރޭގައި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގިނަ ކްލަބްތައް އޮތީ މާލީ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި ސީޒަނުގެ މިހާ ކުރީކޮޅު މި ހާލަތައް ކްލަބްތައް ވެއްޓުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ ކްލަބް އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) އަދި ކްލަބް ގްރީންސްޓްރީޓްސްގެ އަލީ ސުޒޭން ބުނެފި އެވެ.

28 ސެޕްޓެމްބަރ

September 28, 2018 1
އީގަލްސް އިން ހަތަރު ވަނަ މަގާމަށް ޖެހިލައިފި

ގްރީންސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމަށް މިރޭ އަރައިފި އެވެ.

September 28, 2018
ފެެހެންދޫ ބަލިކޮށް ފޯކައިދޫ ފަސް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ބ. ފެހެންދޫ 4-0 އިން ބަލިކޮށް ށ. ފޯކައިދޫ ލީގުގައި ހޯދި ފުރަތަމަ މޮޅާ އެކު ފަސް ވަނަ އަށް ޖެހިލައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018 8
ނިއު ބަލިކޮށް ޓީސީ ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި

ވާދަވެރި ނިއު ރޭޑިއަންޓް 1-0 އިން ބަލިކޮށް، ޖެހިޖެހިގެން ނުވަ މެޗުން އެ ޓީމުން އަތުން ބަލިވި ބަލިވުމުގެ ސިލްސިލާ އަށް ނިމުން ގެނެސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޓީސީ...

September 27, 2018
މާޒިޔާ އަށް ފަސް ލަނޑުގެ ފެށުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން މެދުކެނޑުމަކަށް ފަހު ފަށައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވިކްޓަރީ އަތުން މިރޭ މޮޅު ކުޅުމަކާ އެކު 5-0 އިން މޮޅުވެއްޖެ އެވެ.

26 ސެޕްޓެމްބަރ

September 26, 2018
ތިމަރަފުށި ބަލިކޮށް ނިލަންދޫ ފުރަތަމަ މޮޅު ހޯދައިފި

ދެ މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށައި މިއަދު ކުޅުނު މެޗުގައި ތ. ތިމަރަފުށި 3-0 އިން ބަލިކޮށް ފ. ނިލަންދޫ އިން މުބާރާތުގެ ފުރަތަމަ މޮޅު...

September 26, 2018 4
ލީގު މިއަދު އަލުން ފަށަނީ: ބަދަލުތަކާއި ޗެލެންޖްތައް

ދެ މަހަށް ވުރެ ބޮޑު މެދުކެނޑުމަކަށް ފަހު އަލުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާއިރު، މުބާރާތުގައި ވާދަކުރާ 10 ޓީމުން މިދިޔަ ދުވަސްތަކުގައި ވަނީ ތަފާތު ކަންތައްތަކާ...

18 ޖުލައި

July 18, 2018 2
އީގަލްސް ފުރަތަމަ މޮޅު ހޯދައިފި

ވިކްޓަރީ އަތުން 3-1 އިން މޮޅުވެ ކްލަބް އީގަލްސް އިން މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

July 18, 2018 4
މާޒިޔާގެ ކުޅުން ދަށްވުމުން އިންމަ މާޔޫސްވެފައި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާގެ ފަރާތުން ފެނުނީ މާޔޫސްވާންޖެހޭ ވަރުގެ ދަށް ކުޅުމެއް ކަމަށް އެ ޓީމުގެ ކޯޗު...

17 ޖުލައި

July 17, 2018 18
ފޯކައިދޫ އަތުން ނިއު އަށް ހަނި މޮޅެއް

ފުރަތަމަ ހާފުގައި ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ޖެހި ގޯލާ އެކު ށ. ފޯކައިދޫ އަތުން 1-0 އިން މޮޅުވެ ޗެމްޕިއަން ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

July 17, 2018 8
މާޒިޔާ ބަލިކޮށް ޓީސީ އަލުން އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން މާޒިޔާ އަތުން 3-0 އިން ހޯދި މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.

July 17, 2018 2
ތިމަރަފުށި އަތުން ފެހެންދު އަށް މުހިއްމު މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި އަތުން 1-0 އިން ބ. ފެހެންދޫން މުހިއްމު މޮޅެއް ހޯދައިފި އެވެ.

16 ޖުލައި

July 16, 2018 4
ނިލަންދޫ އަތުން ގްރީން ސްޓްރީޓްސް އަށް ބޮޑު މޮޅެއް

ދާދި ފަހުން ޖަލުން މިނިވަންވެ ކްލަބް ގްރީންސްޓްރީޓްސްއާ ގުޅުނު ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުން މިއަދު ފ. ނިލަންދޫ އަތުން 6-0 އިން ގްރީން ސްޓްރީޓްސް އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

12 ޖުލައި

July 12, 2018
ބެންޖޯގެ އަނިޔާ ސީރިއަސްއެއް ނޫން

ޓީސީ ސްޕޯޓްސް ކްލަބުގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް އެ ކްލަބުން ބުނެފި އެވެ.

11 ޖުލައި

July 11, 2018 3
ތިމަރަފުއްޓަށް ޖަޕާނުގެ ޑިފެންޑަރެއް ގެނެސްފި

މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ތ. ތިމަަރަފުށީ ޓީމަށް ޖަޕާނުގެ ޑިފެންޑަރެއް ގެނެސްފި އެވެ.

July 11, 2018 1
ހާސްވާން ޖެހޭ ސަބަބެއް އަދި ނެތް: މޯހަން

އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ހޯދި އީގަލްސް ދިވެހި ޕްރިމިއާ ލީގަށް ވަރުގަދަކޮށްގެން ނުކުތް އިރު މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެކަމަކު އެ ޓީމުގެ ކޯޗު...

10 ޖުލައި

July 10, 2018 5
ނިލަންދޫ އިން ވިކްޓަރީއާ އެއްވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފ. ނިލަންދޫ އިން ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވިކްޓަރީއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

July 10, 2018 12
ދަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަލުން އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް އަލީ އަޝްފާގު (ދަގަނޑޭ) ޖެހި ގޯލުން 1-0 އިން ކްލަބް އީގަލްސް ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް...

09 ޖުލައި

July 09, 2018 6
ލިލީގެ ގޯލުން މާޒިޔާ އަތުން ނިއު މޮޅުވެއްޖެ

އަހުމަދު އަބްދުﷲ (ލިލީ) ޖެހި ހަމައެކަނި ގޯލާ އެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މާޒިޔާ އަތުން 1-0 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.

July 09, 2018
ފޯކައިދޫ އިން ފަހު ވަގުތު ތިމަރަފުއްޓާ އެއްވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު ށ. ފޯކައިދޫ އިން ޖެހި ގޯލާ އެކު ތ. ތިމަރަފުއްޓާ 2-2 އިން އެއްވަރުކޮށްފި އެވެ.

08 ޖުލައި

July 08, 2018 1
ފެހެންދޫ ބަލިކޮށް ގްރީން ސްޓްރީޓްސް އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން 2-0 އިން ބ. ފެހެންދޫ ބަލިކޮށް ގްރީން ސްޓްރީޓްސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

July 08, 2018 1
މާޒިޔާގެ އީސަ އަށް އަނިޔާވެ ކުޅުމާ ދުރަށް

މާޒިޔާ އަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ގެ އަތް ބިންދައިގެން ގޮސް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.

07 ޖުލައި

July 07, 2018 8
މެޗު ލަސްކުރުމުގެ ވާހަކަތައް ތަފާތު ގޮތްގޮތަށް!

މިނިވަން ޗެމްޕިއަންޝިޕުން އަންނަ ޓީމުތަކަށް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުން ޖާގަ ދޭން ފެށުމުން ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިޔެވެ. އަދި އަތޮޅުތަކުގެ ޓީމުތަކުން އައިސް އެންމެ މަތީ ފަންތީގައި ކުޅުމުގެ ފުރުސަތު ލިބޭތީ އެވެ. މިދިޔަ ސީޒަނުގައި ވެސް މިނިވަން ޗެމްޕިއަންޝިޕްގެ ޓީމުތަކާއި މާލޭ ލީގުގެ ޓީމުތައް ކުޅޭއިރު، މެޗުގެ...

05 ޖުލައި

July 05, 2018
ފޯކައިދޫ އަތުން ވިކްޓަރީ އަށް އުނދަގޫ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން ވިކްޓަރީން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

July 05, 2018
ތިމަރަފުށި ބަލިކޮށް ގްރީން ސްޓްރީޓްސް އަށް ހަމަޖެހުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން 2-0 އިން ތ. ތިމަރަފުށި ބަލިކޮށް ލީގުގެ ފުރަތަމަ މޮޅާ އެކު ކްލަބް ގްރީން ސްޓްރީޓްސް ހަމަޖެހުމެއް ހޯދައިފި އެވެ.

04 ޖުލައި

July 04, 2018 2
ދަގަނޑޭގެ ދެ ގޯލާ އެކު ޓީސީ އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި، އަލީ އަޝްފާގު (ދަގަނޑޭ)ގެ ދެ ގޯލާ އެކު 3-0 އިން ބ. ފެހެންދޫ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަަނަ އަށް މިއަދު ޖެހިލައިފި އެވެ.

July 04, 2018
ނިލަންދޫ ކޮޅަށް މާޒިޔާ އިން ހަތް ގޯލު ޖަހައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކެޕްޓަން އަސަދުﷲ އަބްދުﷲ ޖެހި ހަތަރު ގޯލާ އެކު ފ. ނިލަންދޫ އަތުން 7-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

03 ޖުލައި

July 03, 2018 9
ނިއު އާއި އީގަލްސް އެއްވަރުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ކްލަބް އީގަލްސް 2-2 އިން އެއްވަރުވެއްޖެ އެވެ.

July 03, 2018 5
ނިއު އިން ކަންޑޭލާ ނެތި އީގަލްސްއާ ދެކޮޅަށް ނުކުންނަނީ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓުން އީގަލްސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ސްޕެއިންގެ މިޑްފީލްޑަރު އެންހެލް...

01 ޖުލައި

July 01, 2018 3
ފެހެންދޫން ވިކްޓަރީ ހިފަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ބ. ފެހެންދޫން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވިޔަނުދީ ހިފަހަައްޓައިފި އެވެ. މިރޭގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

30 ޖޫން

June 30, 2018 3
ފަހު ވަގުތު ގްރީން އިން ފޯކައިދުއާ އެއްވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ އަތުން ގްރީންސްޓްރީޓްސް ބަލިވާން ދަނިކޮށް ފަހު ވަގުތު ޖެހި ގޯލާ އެކު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

June 30, 2018 4
ދަގަނޑޭ ގުޅުނަސް ޓީސީ އަށް ޕްރެޝަރެއް ނެތް: ނިޒާމްބެ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަލީ އަޝްފާގު (ދަގަނޑޭ) ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވިޔަސް އެ ޓީމަށް ވަކި ހާއްސަ ޕްރެޝަރެއް ނެތް ކަމަށް ކޯޗު މުހައްމަދު ނިޒާމް...