17 ޖެނުއަރީ

January 17, 2020 1
ވޮލީބޯޅައިގެ ދެ މުބާރާތުގެ މޮޅު ކުޅުންތެރިން ހޮވައިފި

"މިހާރު އެވޯޑްސް" ގައި ހިމެނޭ 2019 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ ވޮލީބޯޅާ ލީގާއި ގައުމީ ފިރިހެން ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން ހޮވައިފި އެވެ.

13 ޖެނުއަރީ

January 13, 2020 4
އެޑަމް ހުރިހާ ގޮތަކުން ވެސް ތަފާތު ދައްކައިފި

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފިރިހެން ޑިވިޝަނުގެ ދެ މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާރަށް ޓީމުތަކުން ތައްޔާރުވިއިރު ވަރުގަދަކޮށް ތިން ޓީމެއް އޮތެވެ....

January 13, 2020
ގައުމީ ވޮލީބޯޅަ ތަށި ސިފައިން އުފުލާލައިފި

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން ފޯރިގަދަ ކުޅުމަކަށް ފަހު 3-2 ސެޓުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

10 ޖެނުއަރީ

January 10, 2020
ޕޮލިސް ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސިފައިންނަށް

ފޯރިގަދަ ކުޅުމަކަށް ފަހު އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބް އަތުން 3-2 ސެޓުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބް ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

07 ޖެނުއަރީ

January 07, 2020
ސިފައިންގެ ތަފާތަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުން

ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބުން ހޯދުމުގައި އެހެން ޓީމުތަކާ އަޅާބަލާއިރު ތަފާތަކަށް ފެނުނީ ސިފައިންގެ ޓީމުން ޓީމެއްގެ ގޮތުގައި ރަނގަޅަށް...

January 07, 2020 1
ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ސިފައިން ހޯދަައިފި

ލީގުގެ ފަހު މެޗުގައި ރޭ ފޯރިގަދަ ކުޅުމަކަށް ފަހު ޕޮލިސް ކްލަބް އަތުން 3-2 ސެޓުން ބަލިވި ނަމަވެސް ދިވެހި ސިފައިންގެ ކްލަބުން ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

06 ޖެނުއަރީ

January 06, 2020
ސިފައިން ލީޑުގައި އެކަމަކު ޕޮލިހުން ދުލެއް ނުދޭނެ

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ފަހު މެޗާ މިރޭ ކުރިމަތިލާއިރު ލީގުގެ ރޭހުގައި ކުރީގައި އޮތީ ދިވެހި ސިފައިންގެ ކްލަބެވެ. އެ ޓީމާ ދެކޮޅަށް މިރޭ ޕޮލިސް ކްލަބް ނުކުންނައިރު ނަތީޖާއެއް ނެރެން މަޖުބާރުވެފައިވުމުން އެ ޓީމު އޮތީ އެއްވެސް ގޮތަކަށް ދުލެއް ދޭ ގޮތަކަށް ނޫނެވެ.

05 ޖެނުއަރީ

January 05, 2020
ގުޑީސް ބަލިކޮށް ސިފައިން ޗެމްޕިއަންކަމާ ގާތަށް

ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗުގައި ސީދާ ތިން ސެޓުން ގުޑީސް ސްޕޯޓްސް ކްލަބް ބަލިކޮށް ލީގު ޗެމްޕިއަންކަމާ ގާތަށް ދިވެހި ސިފައިންގެ ކްލަބުން ޖެހިލައިފި އެވެ.

02 ޖެނުއަރީ

January 02, 2020 2
ސިފައިން ބަލިކޮށް ޕޮލިހުން ރޭހުގައި ކުރިއަށް

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގައި ރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބް އަތުން މޮޅުވެ ޕޮލިސް ކްލަބުން ލީގުގެ ރޭހުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

31 ޑިސެމްބަރ

December 31, 2019
މުހިއްމު މޮޅެއް ހޯދައި ސިފައިން އެއް ވަނަ އަށް

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުން ސްޕޯޓްސް ކްލަބް ސިޓީ އަތުން މުހިއްމު މޮޅެއް ހޯދައި ދިވެހި ސިފައިންގެ ކްލަބް އެއް ވަނަ އަށް ޖެހިލައިފި އެވެ.

29 ޑިސެމްބަރ

December 29, 2019 1
ގުޑީސް އާއި ސިފައިންނަށް ދެ ވަނަ މޮޅު

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބާއި ގުޑީސް ސްޕޯޓްސް ކްލަބް މުބާރާތުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.

28 ޑިސެމްބަރ

December 28, 2019 1
ޕޮލިހާއި ސިފައިން މޮޅަކުން ގައުމީ ވޮލީ ލީގު ފަށައިފި

ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގައި ޕޮލިސް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2019 1
މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށަނީ

އަހަރެއްގެ މެދުކެނޑުމަކަށް ފަހު، ގުޑީސް ސްޕޯޓްސް ކްލަބާއި ސްޕޯޓްސް ކްލަބް ހޯކްސް ކުޅޭ މެޗުން ގައުމީ ވޮލީބޯޅަ ލީގު މިރޭ ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

03 ޖޫން

June 03, 2019
މެޗަކުން ބަލިނުވެ މާޒިޔާ ވެޓްރަންސް ކަޕް ކާމިޔާބުކޮށްފި

ޕެނަލްޓީ ޖަހައިގެން 4-3 އިން ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރިހޯދައި މެޗަކުން ބަލިނުވެ މާޒިޔާ އިން ފުރަތަމަ ފަހަރަށް ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

01 ޖޫން

June 01, 2019 3
އޭދަފުށި ކަޓުވާލުމަށް ފަހު ސިފައިން ފައިނަލަށް

ޕެނަލްޓީ ޖަހައިގެން އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބްގެ މައްޗަށް 5-4 އިން ކުރިހޯދައި ދިވެހި ސިފައިންގެ ކްލަބުން ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

26 މެއި

May 26, 2019 1
ސިފައިންނާއި އޭދަފުށި އެއްވަރު، މާޒިޔާ ފައިނަލާ ގާތަށް

ވެޓެރަންސް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުން އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް 1-1 އިން އެއްވަރުވުމުން، ލީގު ބުރުގެ އެއް ވަނައިގައި އޮތް މާޒިޔާ ފައިނަލުގެ ޖާގަ ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

22 ޑިސެމްބަރ

December 22, 2018 3
މޯޑު ވަނައެއްގެ އުއްމީދުގައި، ނަސްރު 13 ހަމަކުރަނީ

މިރޭ ދަންވަރު ތައިލެންޑްގެ ޗިއަން މާއީ މެރެތަންއަށް ނުކުންނާނީ ހާފު މެރެތަންގެ ވަނައަކަށް އުއްމީދުކޮށްގެން ކަމަށް، ރާއްޖޭގެ އަރަމުން އަންނަ ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑު) މިއަދު ބުނެފި އެވެ.

11 ނޮވެމްބަރ

November 11, 2018 1
ޝާޑު: ސިފައިންގެ ރޫހު ހިފަހައްޓާ ކުޅަދާނަ ސެޓަރު

މީގެ އަށެއްކަ އަހަރު ކުރިން މަޝްހޫރު ވޮލީބޯޅަ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ދިން ހިތްވަރަކީ ދިވެހި ސިފައިންގެ ކްލަބްގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އަށް މި ކުޅިވަރުގައި ކުރިއަށްދާން ހުޅުވިގެންދިޔަ ދޮރެވެ. ސަތޯ ދިން ހިތްވަރާއި އިރުޝާދުގެ ބޭނުންހިފައި ޝާޑު ދިޔައީ ފަސް ބެލުމެއްނެތި ކުރިއަށެވެ. ކުޑައިރުން ފެށިގެން ކުޅެމުން އައި...

01 ނޮވެމްބަރ

November 01, 2018 3
ބަދަލުހިފައި ޕޮލިހުން ގައުމީ ތަށި އުފުލާލައިފި

އެސޯސިއޭޝަން ކަޕުގެ ފައިނަލުން ބަލިވުމުގެ ބަދަލުހިފައި، ސީދާ ތިން ސެޓުން ވާދަވެރި ދިވެހި ސިފައިންގެ ކްލަބް ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ މުބާރާތުގެ ތަށި ރޭ އުފުލާލައިފި އެވެ.

31 އޮކްޓޯބަރ

October 31, 2018
ޕޮލިސް ބަދަލު ހިފުމަކަށް، ސިފައިން ތަށި ދިފާއުކުރަން

ފަންސާސް ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހި ސިފައިންގެ ކްލަބްގެ އަމާޒަކީ އެ ޓީމުން އެންމެ ސަމާލުކަން ދޭ މުބާރާތުގެ ތަށި ދިފާއުކުރުމެވެ. އަނެއްކޮޅުން ޕޮލިސް ކްލަބް ނުކުންނާނީ އެސޯސިއޭޝަން ކަޕް ފައިނަލުންވި ބަލީގެ ބަދަލުހިފުމަކަށެވެ.

29 އޮކްޓޯބަރ

October 29, 2018 2
ޕޮލިސް ބަލިކޮށް ސިފައިން ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުން ޕޮލިސް ކްލަބް ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފި އެވެ.

27 އޮކްޓޯބަރ

October 27, 2018
ޕޮލިހާއި ސިފައިން ސެމީން ޖާގަ ހޯދައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗުތަކުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބާއި ޕޮލިސް ކްލަބް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.