11 ޖެނުއަރީ

January 11, 2018 10
ރައީސް ޔާމީންގެ ދައުވަތު މޯދީ ގަބޫލުފުޅު ކުރައްވައިފި

ރާއްޖެ ވަޑައިގަތުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ސަރުކާރުން ދެވަނަ ފަހަރަށް ދިން ދައުވަތު އެމަނިކުފާނު މިއަދު ގަބޫލުފުޅު ކުރައްވައިފި އެވެ.

January 11, 2018 25
ރާއްޖެއަށް ދޭ އެހީތައް އިތުރު ކުރާނަން: މޯދީ

ރާއްޖެ އާއި އިންޑިއާގެ ދެމެދުގައި ރަހުމަތްތެރިކަން އަބަދު ވެސް އޮންނާނެ ކަމަށާއި އަދި އެ ގައުމުން ރާއްޖެއަށް ދޭ އެހީތައް ކުރިއަށް އޮތްތަނުގައި އިތުރު ކުރާނެ ކަމަށް އިންޑިއާގެ...

January 11, 2018 1
ރާއްޖެ-އިންޑިއާގެ ގާތްގުޅުމާ މެދު މަޝްވަރާކޮށްފި

ރާއްޖެއިން އިންޑިއާއާއެކު އެކު ބާއްވާ ގާތްގުޅުމާ މެދު ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ މިއަދު...

10 ޖެނުއަރީ

January 10, 2018 14
ޖަރުމަނު ސަފީރު އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައިފި

ޖަރުމަނުން ރާއްޖެ ކަނޑައަޅާފައި ހުންނެވި ސަފީރު ޖެން ރޮޑާ، އިދިކޮޅު ފަރާތްތަކާ ބައްދަލުކުރައްވައިފި އެވެ.

January 10, 2018 10
ފޮރިން މިނިސްޓަރު އާސިމް އިންޑިއާ އަށް ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެެއްގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.

09 ޖެނުއަރީ

January 09, 2018 12
ރައީސް ޔާމީންގެ މަންދޫބެއް އިންޑިއާއަށް

ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މާދަމާ އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ނިންމަވައިފި އެވެ.

06 ޖެނުއަރީ

January 06, 2018 7
ޖަޕާނާއި ރާއްޖެއާ ދެމެދު މަޝްވަރާތައް ބާއްވައިފި

ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް މިއަދު ބާއްވައިފި އެވެ.

January 06, 2018 3
ޖަޕާނުގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓާރޯ ކޯނޯ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފި އެވެ.

28 ޑިސެމްބަރ

December 28, 2017 13
އެހީދޭ ޖަމާއަތްތަކާ ބައްދަލުކުރަން ހުއްދަ ހޯދާކަށް ނުޖެހޭ

ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން، އެހީދޭ ޖަމިއްޔާ ޖަމާއަތްތަކާ ކައުންސިލްތަކުން ބައްދަލުކުރާ އިރު، އެ ކަމަށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2017 30
"އިންޑިއާ އޮންނާނީ ރާއްޖޭގެ އެކުވެރިޔާގެ ގޮތުގައި"

އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖޭގެ ފުރަތަމަ އެކުވެރިޔާގެ ގޮތުގައި ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2017 18
ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ގާސިމް ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބޭރުގެ ދެތިން ގައުމެއްގެ ޝައުގުވެރިކަމާއި މަސްލަހަތަށް އެކަނި ބައްޓަން ކުރެވިއްޖެ ނަމަ ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ ދަނޑިވަޅު ނުލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

December 26, 2017 47
ރައީސްގެ ހަމަލާތަކެއް ޑރ. ޝަހީދާއި އެމްޑީޕީ އަށް

ރާއްޖޭގެ ދާޚިލީ މަސްލަހަތުގެ ތެރެއަށް ބޭރުގެ ނުފޫޒު ވައްދަން އަޑުއުފުލުމަކީ ގައުމަށް ގެއްލުން ދިނުން ކަމަށް ވިދާޅުވެ، ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. އިން އީރާނަށް ކަނޑައަޅާފައި...

December 26, 2017 27
އިންޑިއާގެ އިސް ވަފުދެއް ރާއްޖެ އަންނަނީ

ރާއްޖެ އާއި އިންޑިއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރަން އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ބުނެފި އެވެ.

21 ޑިސެމްބަރ

December 21, 2017 51
ޑިޕްލޮމޭޓުން ކިތަންމެ ހެޔޮ އެދުނަސް އިމެއް އޮންނަންވާނެ

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު، ރިއާސީ އިންތިހާބުގެ ހަލަބޮލިކަން ވެރިވެފައި އޮތް ދުވަސްވަރެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ބަހުސް ހޫނުވެފައި ވަނިކޮށް، ސެޕްޓެމްބަރު 27، 2013ގައި އިންޑިއާ އޭރުގެ ސަފީރު ރަޖީވް ޝަހަރޭ، ދިވެހި ސަރުކާރަށް އެނގުމެއް ނެތި، އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެން...

20 ޑިސެމްބަރ

December 20, 2017 9
މެލޭޝިއާގެ އިންވެސްޓަރުން ރާއްޖެ އަށް ބޭނުން: ރައީސް

މެލޭޝިއާ އަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖެ އަށް ބޭނުންތެރި އެހީތަކެއް ފޯރުކޮށްދޭ ގައުމެއް ކަމަށާއި އެ ގައުމުގެ އިންވެސްޓަރުން ރާއްޖޭގެ އެކި މަޝްރޫއުތަކަށް އިންވެސްޓްކުރާ ތަން...

December 20, 2017 5
ރާއްޖެ-މެލޭޝިއާ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2017 9
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ދައުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ދެކަނބަލުން މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

17 ޑިސެމްބަރ

December 17, 2017 53
ދިވެހި ވެރިޔަކު ހޮވަން ފުރުސަތު ނުލިބިދާނެ: އާރިފް

ދުނިޔޭގެ ބައެއް ގައުމުތަކުން ރާއްޖެއާ މެދު ހިތްހަމަނުޖެހޭތީ ކުރިމަގުގައި ރާއްޖޭގައި ދިވެހި ވެރިއެއް ހޮވަން ވެސް ފުރުސަތު ނުލިބިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ...

December 17, 2017 150
ރާއްޖެއާ މެދު އިންޑިއާ ތަޖުރިބާކާރުންގެ ވިސްނުން ތަފާތު

އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ރަޖްޔާ ސަބާ" އިން ރާއްޖޭގެ ސިޔާސީ އަދި ޗައިނާއާ އެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ބޭއްވި ޕެނަލް ޑިސްކަޝަން އިން ވަަރަށް...

13 ޑިސެމްބަރ

December 13, 2017 16
އިޒްރޭލުން ގުދުސް އަށް ވެރިވެގަތުން ގާނޫނާ ޚިލާފު

ގުދުސް އަށް ވެރިވެގަނެ، އެތަނަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފް އަމަލެއް ކަމަށް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސަމިޓުގައި ރާއްޖެއިން ބުނެފި އެވެ.

13 ނޮވެމްބަރ

November 13, 2017 24
ގާތް ގައުމަކުން ރާއްޖެ އާމެދު ހަސަދަވެރިވޭ: ސައީދު

ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ގައުމަކުން ރާއްޖެއާ މެދު ހަސަދަވެރި ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2017 66
އެމެރިކާ-އިންޑިއާ އެއްކޮޅުގައި، އަނެއް ކޮޅުގައި ޗައިނާ

ރާއްޖެ ކިތަންމެ ކުޑަ ނަމަވެސް ބޮޑެތި ގައުމުތަކަށް ރާއްޖެ މުހިންމު ވާ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ އޮތް ސަރަހައްދެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކަށް ކަނޑު ދަތުރުކުރަން ބޭނުންކުރާ މުހިންމު ޕޮއިންޓެކެވެ. އެހެންކަމުން ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ މަސްލަހަތު ރާއްޖެއާ އޮތީ...

05 ނޮވެމްބަރ

November 05, 2017 3
ހާރިޖީ ދާއިރާއަށް އެމްއެންޔޫއިން މީހުން ތަމްރީން ކުރަނީ

ޚާރިޖީ ދާއިރާ އިތުރަށް ހަރުދަނާކޮށް އެ ދާއިރާ އަށް މީހުން ތަމްރީނު ކުރަން ފޮރިން މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން މިއަދު އެއްބަސްވެއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2017 50
ރައީސް ޔާމީންގެ ފާޑުވިދާޅުވުން އިނގިރޭސި ވިލާތަށް

އިނގިިރޭސި ވިލާތަކީ އެހެން ގައުމުތަކުން ކަންކަން ކުރާ ގޮތް ބަލައިގެން ދަސްކުރާ ބައެއް ކަމަށާއި ރާއްޖެއިން ނަގައިދިން ފިލާވަޅުތައް ވެސް އެ ގައުމުން މިހާރު ބޭނުން ކުރަމުންދާ ކަމަށް ވިދާޅުވެ، އިނގިރޭސިންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2017 49
ލަންކާ އަކީ އެމްޑީޕީގެ "ކިއްލާއެއް" ނޫން: މުންދު

ސްރީ ލަންކާގައި ދިވެހި ސަރުކާރަށް ވުރެން ވެސް އިދިކޮޅު އެމްޑީޕީގެ ބާރުގަދަ ކަމަށާއި އެއީ އެމްޑީޕީގެ "ކިއްލާއެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އާއްމު މެމްބަރުންނަށް ދައްކަވާ ފޮޓޯއަކީ ހަގީގަތެއް ނޫން ކަމަށް ލަންކާ އަށް ރާއްޖެ އިން ކަނޑައަޅާފައިވާ އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ...

23 އޮކްޓޯބަރ

October 23, 2017 12
"ލަންކާއާ އެކު އޮތް ގުޅުން އާ ސަފީރުން ބަދަހިކުރާނެ"

ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރުންގެ ތެރެއިން މިއަދު ފަތްކޮޅު އެރުވި ސަފީރުންނާ މެދު ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ލަންކާގެ ރައީސް މައިތްރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

October 23, 2017 41
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު ސިރިސެނާއަށް އަރުވައިފި

ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު އަރުވައިފި އެވެ.

October 23, 2017 22
މުންދުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން މިއަދު

ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައެޅި އާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ގެ މަގާމުގެ ފަތްކޮޅު އެ ގައުމުގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އަށް މިއަދު ހެނދުނު އަރުވާ ގޮތަށް...

16 އޮކްޓޯބަރ

October 16, 2017 3
"ފުރަތަމަ ބޮން ވައްޓާލަންދެން ނޯތު ކޮރެއާއާ މަޝްވަރާކުރާނަން"

ވޮޝިންޓަން (އޮކްޓޯބަރު 16) - ނޯތު ކޮރެއާ އިން ފުރަތަމަ ބޮން ވައްޓާލަންދެން އެ ގައުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2017 2
ވަކީލުންގެ ސަސްޕެންޝަން އުވާލަން އައިސީޖޭއިން ގޮވާލައިފި

ސަސްޕެންޑްކޮށްފައި ތިބި ދިވެހި ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް އިންޓަނޭޝަނަލް ކޮމިޝަން އޮން ޖޫރިސްޓް (އައިސީޖޭ) އިން މިއަދު ގޮވާލައިފި އެވެ.