18 މެއި

May 18, 2019
"މެލަފިޝަންޓް 2" ގެ ޓީޒާ ދައްކާލައިފި

މި އަހަރު އެންމެ ގިނަ ބަޔަކު އެންމެ އިންތިޒާރު ކުރާ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެންޖެލީނާ ޖޮލީގެ "މެލަފިޝަންޓް" ގެ ދެވަނަ ބައިގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

17 މެއި

May 17, 2019
"ތުރޯންސް" ގެ މޭސްތިރިންނަށް "ސްޓާ ވޯސް"

ސިލްސިލާ "ގޭމް އޮފް ތުރޯންސް" މި މަހު ނިންމައިލިޔަސް އޭގެ މޭސްތިރިން މަސައްކަތެއް ނެތިފައި ތިބޭކަށް ނުޖެހޭނެ އެވެ. ޑިޒްނީން މިހާރު ވަނީ ދެ ޑައިރެކްޓަރުން ކަމަށްވާ ޑީބީ ވެއިޒް އާއި ޑޭވިޑް ބެނިއޯފްއާ "ސްޓާ ވޯސް" ގެ ފިލްމެއްގެ ޑައިރެކްޝަން ހަވާލުކޮށްފަ އެވެ. އެއީ ޑިސެމްބަރު، 16، 2022 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ފިލްމެވެ.

10 މެއި

May 10, 2019
"އެވެޓާ" ގެ ސީކްއެލްތައް ފަސްކޮށްފި

ޖޭމްސް ކެމެރެންގެ "އެވެޓާ" ގެ ސީކްއެލްތަކުގެ އިންތިޒާރުގައި ތިބި މީހުންގެ އިންތިޒާރީ ދިގުކޮށް ސީކްއެލްތައް ގެނެސްދޭ ތާރީހުތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

07 މެއި

May 07, 2019
އެންމެ އަވަހަށް ދެ ބިލިއަން ހޯދީ "އެވެންޖާޒް: އެންޑްގޭމް"

ބޮކްސް އޮފީހުގައި މިހާރު ރަސްކަން ކުރަމުން އަންނަ "އެވެންޖާޒް: އެންޑްގޭމް" އެންމެ އަވަހަށް ދެ ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ހޯދައިފި އެވެ.

05 މެއި

May 05, 2019
"އަލާއްދިން" އަށް ތާރާ އޮޑިޝަން ހެދި

ޑިޒްނީން މި މަހު ރިލީޒްކުރާ "އަލާއްދިން" ގެ ލައިވް-އެކްޝަން ފިލްމުގެ ބަތަލާގެ ރޯލަށް އޮޑިޝަން ހެދި ކަމަށް "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ބޮލީވުޑަށް މި މަހު ތައާރަފުވާ ބަތަލާ ތާރިއާ ސުތާރިއާ ބުނެފި އެވެ.

01 މެއި

May 01, 2019 1
އެންމެ އަވަހަށް ބިލިއަން ޑޮލަރު ހޯދީ "އެންޑްގޭމް"

މިހާތަނަށް އެންމެ އަވަހަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރި "އެވެންޖާޒް: އެންޑްގޭމް" އަށް ލިބިއްޖެ އެވެ.

27 އެޕްރީލް

April 27, 2019 7
"އެވެންޖާޒް: އެންޑްގޭމް" ލީކްވެއްޖެ

ބޮކްސް އޮފީހުގައި މިހާރު ވެސް އާ ރެެކޯޑްތަކެއް ހަދަން ފަށާފައިވާ ޑިޒްނީ އާއި މާވެލްގެ ސުޕަހީރޯ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ލީކްވެއްޖެ އެވެ.

22 އެޕްރީލް

April 22, 2019
ކްލިންޓްގެ އާ ފިލްމު ބޮމުގެ ހާދިސާއަކަށް

މޮޅު އަދި ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސް ދީފައިވާ ޑައިރެކްޓަރު ކްލިންސްޓް އީސްޓްވުޑް އިތުރު ފިލްމެއް ޑައިރެކްޓް ކުރަން ތައްޔާރު ވާން ފަށައިފި އެވެ.

14 އެޕްރީލް

April 14, 2019
ޑިޒްނީގެ ސްޓްރީމިން ހިދުމަތް ނޮވެމްބަރުގައި

ސްޓްރީމިން ހިދުމަތުގެ ތެރެއަށް ނުކުންނަ ކުންފުނިތައް އިތުރުވެ، ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް، މަޝްހޫރު ޑިޒްނީ ކުންފުނީގެ ސްޓްރީމިން ސާވިސް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ލޯންޗް ކުރަން ނިންމައިފި އެވެ.

13 އެޕްރީލް

April 13, 2019
ޒޫޓޯޕިއާގެ ޑައިރެކްޓަރު ރިޗް މޯ ސޮނީ ޕިކްޗާޒް އަށް

އޮސްކާ އެވޯޑް ހޯދި ޑިޒްނީގެ "ޒޫޓޯޕިއާ" ގެ ކުޅަދާނަ ޑައިރެކްޓަރު އެ ސްޓޫޑިއޯ ދޫކޮށް، ސޮނީ ޕިކްޗާޒް އެނިމޭޝަނާ ގުޅިއްޖެ އެވެ.

07 އެޕްރީލް

April 07, 2019
"ކެޕްޓަން މާވެލް" ގެ އާމްދަނީ ބިލިއަނަކަށް

މި އަހަރު ހޮލީވުޑްގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ މަގާމު ޑިޒްނީ އާއި މާވެލް ސްޓޫޑިއޯސްގެ އަންހެން ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" އަށް ލިބިއްޖެ އެވެ.

18 މާޗް

March 18, 2019 2
"އެވެންޖާޒް: އިންޑްގޭމް" ގެ ޕޯސްޓަރަށް އިސްލާހެއް

އަންނަ މަހު ރިލީޒްކުރާ "އެވެންޖާޒް" ސީރީޒްގެ އެންމެ ފަހުގެ ފިލްމު "އެންޑްގޭމް" ގެ ރަސްމީ ޕޯސްޓަރުގައި މައިގަނޑު ކާސްޓުންގެ ނަންތައް ހިމެނި އިރު، ފިލްމުގައި މުހިއްމު ރޯލެއް ކުޅެފައިވާ ކަޅު ބަތަލާ ޑާނިއާ ގްރެރާގެ ނަން ނެތުމުން އަމާޒުވި ފާޑުކިޔުންތަކަށް އިޖާބަ ދީ މާވެލް ސްޓޫޑިއޯ އިން ޕޯސްޓަރު އިސްލާހުކޮށް އަލުން ދައްކާލައިފި އެވެ.

17 މާޗް

March 17, 2019
ޑިޒްނީން ޑައިރެކްޓަރު ޖޭމްސް ގަން އަށް މާފުކޮށްފި

ރޭޕް ކުރުމާއި ޖިންސީ ގުޅުންތަކާ ބެހޭ ގޮތުން މީގެ އަހަރުތަކެއް ކުރިން ކުރި ޓްވީޓްތަކެއް އަލުން ތިލަވެ، ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވުމުން "ގާޑިއަން އޮފް ދަ ގެލެކްސީ" ގެ ޑައިރެކްޓަރު ޖޭމްސް ގަން އެ ސީރީޒްގެ ތިން ވަނަ ފިލްމުގެ ޑައިރެކްޝަނުން ވަކިކޮށްފައި ވަނިކޮށް، އަލުން އޭނާއާ އެ މަސައްކަތް ޑިޒްނީ ސްޓޫޑިއޯސް އިން...

14 މާޗް

March 14, 2019 1
"ކެޕްޓަން މާވެލް" އަށް އާމްދަނީގެ ރެކޯޑެއް

ބަތަލާއަކު ލީޑް ރޯލް ކުޅުނު ފިލްމުތަކުގެ ތެރެއިން މިހާތަނަށް ބޮކްސް އޮފީހުގައި ރިލީޒް ކުރި ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު މި މަހުގެ 8 ގައި ރިލީޒް ކުރި ބްރީ ލާޒަންގެ ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" އިން ހޯދައިފި އެވެ.

08 މާޗް

March 08, 2019 1
ޖޮލީގެ "މެލަފިޝަންޓް 2" މި އަހަރަށް ތާވަލުކޮށްފި

މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ ވަރަށް ތަފާތު ރޯލަކުން ފެނިގެންދާ ފިލްމު "މެލަފިޝަންޓް" ގެ ދެވަނަ ބައި، ކުރިން ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ތާރީހަށް ވުރެ، ހަތް މަސް އަވަހަށް ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

12 ފެބުރުއަރީ

February 12, 2019
ވިލް ސްމިތު ޖިންނީގެ ގޮތުގައި ދައްކާލައިފި

ޑިޒްނީން ގެނެސް ދޭ "އަލާދިން" ގެ ލައިވް-އެކްޝަން ފިލްމުގައި އެ ވާހަކައިގައި އުޅޭ ދުންގަނޑެއް ކަހަލަ ނޫކުލައިގެ ޖިންނީގެ ރޯލުން އެކްޓަރު ވިލް ސްމިތު ފެންނާނެ ގޮތް އާ ޓީޒާގައި ދައްކާލައިފި އެވެ.

25 ޑިސެމްބަރ

December 25, 2018 4
"ޕައިރޭޓްސް" އިން ޑެޕް ނުފެންނާނެކަން ކަށަވަރުވެއްޖެ

ޑިޒްނީގެ ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓްސް އޮފަ ދަ ކެރީބިއަން" ގެ ރިބޫޓް ވާޝަނެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ އިރު، އެ ފިލްމުން ޖޮނީ ޑެޕް ނުފެންނާކަން ޑިޒްނީން ކަށަވަރުކޮށް ދީފި އެވެ.

22 ޑިސެމްބަރ

December 22, 2018
"އަލާއްޑިން" ގައި ވިލް ސްމިތު ފެންނާނީ ކިހިނެއް؟

ޑިޒްނީން ކުރިން ގެނެސް ދީފައިވާ ކާޓޫނު ފިލްމު "އަލާއްޑިން" އަސްލު އެކްޓަރުންނާ އެކު ގެނެސްދޭ އިރު، ގިނަ ބަޔަކު އެންމެ ބޮޑަށް ސުވާލު އުފައްދަނީ މި ފިލްމުން ވިލް ސްމިތު ފެންނާނެ ގޮތަކާ ދޭތެރޭގަ އެވެ. އޭނާ ފިލްމުގައި ކުޅެފައި ވަނީ "އަލައްދިން" ގައި ނޫކުލައިގެ ދުންގަނޑެއްހެން ފެންނަ ޖީނީގެ ރޯލެވެ.

14 ޑިސެމްބަރ

December 14, 2018
"ޑޮކްޓާ ސްޓްރޭންޖް" ގެ ދެވަނަ ބައި ވެސް ސްކޮޓަށް

މީގެ ދެ އަހަރު ކުރިން ޑިޒްނީ އާއި މާވެލް އިން ގެނެސް ދިން ކާމިޔާބު ސުޕަހީރޯ ފިލްމު "ޑޮކްޓާ ސްޓްރޭންޖް" ގެ ދެވަނަ ބައި ވެސް ޑައިރެކްޓް ކުރަން ފުރަތަމަ ފިލްމު ވެސް ހެދި ސްކޮޓް ޑެރިކްސަންއާ ހަވާލުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2018
ހިއު ގްރާންޓް ނޫސްވެރިއެއްގެ ރޯލަށް

ނޮޓިން ހިލް އާއި ލަވް އެކްޗްލީ ފަދަ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ މަޝްހޫރު އެކްޓަރު ހިއު ގްރާންޓް، ގައި ރިޗީގެ ފިލްމު "ޓޮފް ގައިޒް" ގެ ރޯލަކަށް ސޮއިކޮށްފި އެވެ.