25 ނޮވެމްބަރ

November 25, 2020 9
ގާނޫނު އިސްލާހުކުރަނީ ގޮންޖެހުން ކުޑަކުރަން: މައުސޫމް

ޓޫރިޒަމްގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބޭނުމަކީ ޓޫރިޒަމް އިންޑަސްޓްރީ އަށް މިހާރު ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކެއް ނައްތައިލުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

06 ނޮވެމްބަރ

November 06, 2020
ޓޫރިސްޓް ފެސިލިޓީތަކުން ކޮވިޑް19 އަށް ސާމްޕަލް ނަގަނީ

ރާއްޖޭގެ ހުރިހާ ޓޫރިސްޓް ފެސިލިޓީތަކުގެ މުވައްޒަފުންގެ ތެރެއިން ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2020 7
ޔޫކޭ ލޮކްޑައުން ކުރިޔަސް ޓާގެޓު ހާސިލްވާނެ: މައުސޫމް

އެއް މަސް ދުވަހަށް އިނގިރޭސި ވިލާތު ލޮކްޑައުން ކުރި ނަމަވެސް މި އަހަރު އަންނާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ އަދަދަށް ޓޫރިސްޓުން ޒިޔާރަތްކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

01 ނޮވެމްބަރ

November 01, 2020 8
ބޯޑަރު ހުޅުވިފަހުން އެންމެ ގިނަ ޓޫރިސްޓުން އައީ މިއަދު

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ފަހުން އެއް ދުވަސް ތެރޭގައި ރެކޯޑް އަދަދަކަށް މިއަދު ޓޫރިސްޓުން އަތުވެއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2020 1
ނޮވެމްބަރު ނިމޭއިރު 18 އެއާލައިން އަންނާނެ: މައުސޫމް

އަންނަ މަހުގެ ނިޔަލަށް މަދުވެގެން 18 އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

October 25, 2020 2
ރަޝިޔާގެ ޓޫރިސްޓުންގެ އަދަދުން އާ އުއްމީދުތަކެއް

ރަޝިޔާގެ ޓޫރިސްޓުންގެ އަދަދު ހީކުރި ވަރަށް ވުރެ މައްޗަށް ހިނގައްޖެ އެވެ؛ މިއީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުން ނަމަ، "އެ މާކެޓްގައި ހައިރާން ކުރުވާ ވަރުގެ...

22 އޮކްޓޯބަރ

October 22, 2020 4
އަންނަ އަހަރުގެ އަންދާޒާއަކީ 725،000 ޓޫރިސްޓުން

ކޮވިޑް-19ގެ ސަބަބުން ފުނޑިފައި އޮތް ރާއްޖޭގެ ޓޫރިޒަމަށް މަޑުމަޑުން ދިރުން އަންނަމުން ދިޔަ ނަމަވެސް، ކޮވިޑްގެ ކުރީގެ ހާލަތަށް އަންނަ އަހަރު ވެސް ޓޫރިޒަމް ވާސިލްވެދާނެކަމާ މެދު ސަރުކާރުން ލަފާނުކުރާކަން، މިހާރު އަންދާޒާކޮށްފައިވާ އަދަދުތަކުން ހާމަވެއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2020 29
ރާއްޖޭގެ އެންމެ ބޮޑު ގެސްޓުހައުސް މާފުށީގައި ހުޅުވައިފި

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ގެސްޓު ހައުސް "ކާނި ޕާމް ބީޗް" ކ. މާފުށީގައި މިއަދު ހުޅުވައިފި އެވެ.

October 15, 2020 28
ޓޫރިސްޓުން ގެންނަން ޗައިނާއާ އެކު މަޝްވަރާ ކުރަނީ

ރާއްޖެ އަށް ޓޫރިސްޓުން ގެނައުމަށް ޗައިނާއާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި އުންމީދަކީ ޗައިނާގެ ޓޫރިސްޓުން ދަތުރުތައް ފަށާއިރު އޭގެ ތެރޭގައި ރާއްޖެ ހިމެނުން ކަމަށް...

October 15, 2020 2
ހަ މަހަށް ފަހު ގެސްޓު ހައުސްތައް ހުޅުވައިފި

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ގެސްޓު ހައުސްތައް ބަންދު ކޮށްފައި ހުންނަތާ ހަ މަހަށްވުރެ ގިިނަ ދުވަސް ފަހުން މިއަދު އަލުން ހުޅުވައިފި އެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން...

08 އޮކްޓޯބަރ

October 08, 2020 49
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް

ދެން އޮންނަ ރިއާސީ އިންތިހާބަށް އެމްޑީޕީން ނުކުންނާނީ މިހާރު އޮތް ކޯލިޝަނާ އެކުގައިތޯ ނުވަތަ ވަކިންތޯ ވަރަށް އަވަަހަށް ނިންމަން ޖެހޭ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

04 އޮކްޓޯބަރ

October 04, 2020 19
ޓީއެމްއޭއަށް ބުރޫއަރާ ނަމަ ޓޫރިޒަމަށް ލޮޅުން އަންނާނެ

ޓީއެމްއޭއަށް މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކާ އެކު އޮޕަރޭޝަނަށް ބުރޫއަރައިފި ނަމަ އެއީ ރާއްޖޭގެ ޓޫރިޒަމަށް ވެސް އަންނާނެ ބޮޑު ލޮޅުމެއް ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2020 16
ޔޮޓް މެރީނާއަކާއެކު އުލިގަމުގެ ސިޓީ ހޮޓާ އަލުން ފަށަނީ

ޔޮޓު މެރީނާއާއެކު ހއ. އުލިގަމުގެ ސިޓީ ހޮޓާގެ ޕްރޮޖެކްޓް އަލުން ފަށައި އެކަން އިއުލާނުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

28 ސެޕްޓެމްބަރ

September 28, 2020 21
"ޓޫރިޒަމުން މަންފާ ލިބޭނީ ދިވެހިން ވެރިންނަށް ވެގެން"

ޓޫރިޒަމް ދާއިރާގެ މަންފާ ރާއްޖެއަށް ކުރާނީ ދާއިރާގެ ވެރިންގެ ގޮތުގައި ދިވެހިން ތިބެގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެެ.

27 ސެޕްޓެމްބަރ

September 27, 2020 18
ދުނިޔޭގެ ފުރަތަމަ ބޯޑާމައިލްސް ޕްރޮގްރާމް ތައާރަފުކޮށްފި

ދުނިޔޭގެ ފުރަތަމަ ބޯޑާ މައިލްސް ޕްރޮގްރާމް "މޯލްޑިވްސް ބޯޑާ މައިލްސް" މިރޭ ތައާރަފު ކޮށްފި އެވެެ.

September 27, 2020
އުރީދޫން ޑިޖިޓަލް ކިއޯސްކެއް އެއާޕޯޓުގައި ބަހައްޓައިފި

ރާއްޖެ އަންނަ ޓޫރިސްޓުންނަށް އަމިއްލަ އަށް ހިދުމަތް ހޯދޭ ޑިޖިޓަލް ކިއޯސްކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އުރީދޫން މިއަދު ބަހައްޓައިފި އެވެެ.

23 ސެޕްޓެމްބަރ

September 23, 2020 3
ލ. ބޮޑުފިނޮޅު މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކޮށްފި

ލ. އަތޮޅުގައި ޓޫރިޒަމް ޓްރެއިނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ފެށި ބޮޑު ފިނޮޅު މަޝްރޫއާ ގުޅިގެން އެ އަތޮޅުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދު މައުސޫމް އާ އިއްޔެ ހިއްސާ ކުރައްވައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2020 1
ސަގާފީ ޓޫރިޒަމް ކުރިއަރުވަން މަޝްވަރާކޮށްފި

ސަގާފީ ޓޫރިޒަމް ކުރިއަރުވަން ޓޫރިޒަމް މިނިސްޓްރީ އާއި ކަލްޗަރަލް މިނިސްޓްރީން އިއްޔެ މަޝްވަރާކޮށްފި އެވެ.

17 ސެޕްޓެމްބަރ

September 17, 2020 8
މާލޭގެ ގެސްޓު ހައުސްތައް ނޮވެމްބަރަށް ހުޅުވޭތޯ ބަލަނީ

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ބަންދު ކޮށްފައިވާ، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް އަލުން ހުޅުވޭނީ ވިދިވިދިގެން ދެ ހަފުތާ ވަންދެން އެ ބަލީގެ ޕޮޒިޓިވް ކޭސްތައް ފަސް ޕަސެންޓަށް ދަށްކޮށްގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރޭ ވިދާޅުވެއްޖެ އެވެ.

14 ސެޕްޓެމްބަރ

September 14, 2020 5
"ރިސޯޓްތަކުގެ ވެރިންނާއި މުވައްޒަފުންގެ ގުރުބާނީ ބޮޑު"

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ރިސޯޓްތަކުގެ ވެރިންނާއި މުވައްޒަފުން ވެސް ވަމުން އަންނަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށް، އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

10 ސެޕްޓެމްބަރ

September 10, 2020 34
ޓޫރިސްޓުން ގެންނަން ރާއްޖެ ހާއްސަ މަޝްވަރާތަކެއްގައި

ކޮވިޑް-19ގެ މި ހާލަތުގައި ޓޫރިސްޓުން ގެނައުމުގެ ގޮތުން ބައެއް ގައުމުތަކާ އެކު ހާއްސަ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި އެޗުޕީއޭ އިން މިހާރު ކަނޑައަޅާފައިވާ އުސޫލުތަކަށް ވުރެ މައްޗަށް ބައެއް ކަންކަން ޖައްސަން ޖެހިދާނެ ކަމަށް، އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2020 2
ޑރ. މައުސޫމަށް މަޖިލިހުން ރުހުން ދީފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގައި ދެވަނަ ފަހަރަށް އެޖެންޑާކޮށް، އޭނާ މަޖިހުން މިއަދު ރުހުން ދީފި އެވެ.

02 ސެޕްޓެމްބަރ

September 02, 2020 4
މާލޭގެ ގެސްޓްހައުސްތައް އަންނަ މަހު ނުހުޅުވާނެ

އަތޮޅުތަކުގެ ގެސްޓްހައުސްތައް އަންނަ މަހުގެ 15ގައި ހުޅުވި ނަމަވެސް މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ނުހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

September 02, 2020 7
ރާއްޖެ އާދެވޭނީ ކޮވިޑް ޓެސްޓު ނެގެޓިވް ވުމުން

ކޮވިޑް-19 އަށް ޓެސްޓްކޮށް، އެ ބަލި ނެތްކަން އެނގޭނެ ލިޔުމަކާ އެކު ނޫނީ މި މަހުގެ 10 އިން ފެށިގެން ޓޫރިސްޓުންނަށް ރާއްޖެ ނާދެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

September 02, 2020 3
މައުސޫމަށް އަލުން ރުހުން ދޭން ކޮމިޓީން ފާސްކޮށްފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ދެވަނަ ފަހަރަށް އެ މަގާމުގެ ހުވާ ކުރެއްވުމުން އޭނާ އަށް އަލުން ރުހުން ދޭން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ...

31 އޯގަސްޓް

August 31, 2020 4
މައުސޫމަށް ރުހުންދޭން މަޖިލީހުގެ ޗުއްޓީ ފަސްކޮށްފި

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ނުނިންމައި ރައްޔިތުންގެ މަޖިލިސް ޗުއްޓީ އަށް ނުދިއުމަށް، މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު އަންނަ ހޯމަ ދުވަހާ...

August 31, 2020 8
މައުސޫމް އަލުން ވަޒީރުކަމަށް އައްޔަންކޮށް ހުވާކޮށްފި

ޑރ. އަބްދުﷲ މައުސޫމް ޓޫރިޒަމް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި އިރު ކުންފުންޏެއްގެ މަގާމެއްގައި ހުންނެވުމުން އުފެދުނު ސުވާލުތަކާ ހެދި އޭނާ އިއްޔެ މިނިސްޓަރުކަމުން...