24 މެއި

May 24, 2020 4
ވެންޓިލޭޓަރުގައި މިހާރު އޮތީ އެންމެ މީހެއް

ކޮވިޑް-19 ޖެހިގެން ހާލު ބޮޑުވެ ވެންޓިލޭޓަރަށް ލީ މީހުންގެ ތެރެއިން މިހާރު އެ ހާލަތުގައި އޮތީ އެންމެ މީހެއް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.

14 މެއި

May 14, 2020 4
ރަނގަޅުވާ ރޭޓް ޖެހޭނީ ގައުމުތަކާ އަޅައިބަލަން: މުރާދު

ރާއްޖޭގައި ކޮވިޑް-19 ޖެހޭ މީހުން ރަނގަޅުވާ ރޭޓް ނުވަތަ ރިކަވަރީ ރޭޓް ލަސްކަން ނުވަތަ ނޫންކަން އެނގޭނީ އެހެން ގައުމުތަކާ އަޅައިބަލާފައި ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ.މޫސާ މުރާދު ރޭ ވިދާޅުވެއްޖެ އެވެ.

13 މެއި

May 13, 2020 33
މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވެއްޖެ

ރޭގެ 12 އިން ފެށިގެން މިހާތަނަށް 51 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ދެންމެ ބުނެފި އެވެ. މި އަދަދާ އެކު ޕޮޒިޓިވްވި ޖުމްލަ މިހާރު ވަނީ 955 އަށް އަރައިފަ އެވެ.

23 އެޕްރީލް

April 23, 2020 6
"މުދަލުގައި ވައިރަސް ހުންނަ މުއްދަތު ކަށަވަރެއް ނޫން"

މުދަލުގައި ވައިރަސް ހުންނަ ކަމަށް ބުންޏަސް އެ ހަރުލާފައި ހުންނަ މުއްދަތާ ގުޅޭގޮތުން ކަށަވަރު ހެކިތަކެއް މިހާތަނަށް ލިބިފައި ނެތް ކަމަށް ޑރ. މޫސާ މުރާދު އިއްޔެ ވިދާޅުވެއްޖެ އެވެ.

22 އެޕްރީލް

April 22, 2020 14
ރޯދަމަހު ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުންކުރޭ

ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ސިއްހަތަށް ގެއްލުން ނުލިބޭނެ ގޮތަކަށް ކެއުން ބެހެއްޓުމަށް ޑޮކްޓަރުން މިއަދު އިލްތިމާސްކޮށްފި އެވެ.

April 22, 2020 73
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް-19، 80 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު އެ ބަލިމަޑުކަމުން އަރައިގަތުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ އެއްބާރުލުމަށް ރައީސް އިބްރާހިމް މުހައްމަދު...

18 އެޕްރީލް

April 18, 2020 6
ޑޮކްޓަރުންގެ ދުވަސް: ދުވަހަކު ނުއުފުލާ ޒިންމާއަކާ އެކު

މާލޭން ކޮރޯނާވައިރަސް ފެނުމާ އެކު، ސިފައިންގެ ޑޮކްޓަރަކު އާއިލާ އާއި ރަހުމަތްތެރިންނަށް ފޮނުވި ދިގު މެސެޖުގައި އޮތީ، ދެން އަވަހަކަށް ބައްދަލު ނުވާނެ ކަމުގެ ހިތާމަވެރި ވާހަކަ އެވެ. ޑޮކްޓަރަކަށް ވާން ހޭދަކުރި ބުރަ ދުވަސްތައް، ކޭކު ފަޅައި އެންމެ ގާތް މީހުންނާ އެކު ފާހަގަކުރުމުގެ ނަސީބެއް މި އަހަރަކު ނުލިބުނެވެ. ޑޮކްޓަރުންގެ ދުވަސް...

12 އެޕްރީލް

April 12, 2020 6
ބައްޔާ މެދު ލުއިކޮށް ވިސްނަން ގާތް ވެސް ނުވޭ: މުރާދު

ކޮވިޑް-19 އިން ރައްކާތެރިވެ، އާއްމުންގެ ތެރޭގައި ބަލި ފެތުރުނަ ނުދޭން ރާއްޖޭގައި އަޅާފައި ހުރި ފިޔަވަޅުތަކާ މެދު ލުއިކޮށް ވިސްނައި ބަލީގެ ސީރިއަސްކަން ކުޑަކުރަން އަދި ގާތްވެސް ނުވާ...

April 12, 2020 16
ރާއްޖެއިން ފުރަތަމަ ޕޮޒިޓިވްވި މީހާ ރަނގަޅުވެއްޖެ

ކޮރޯނާވައިރަހަށް ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވްވި ދިވެހި މީހާ ރަނގަޅުވެއްޖެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

09 އެޕްރީލް

April 09, 2020 12
ކޮވިޑް-19 އާ ހެދި މީހުން ބާކީ ނުކުރޭ: ޑރ.މުރާދު

ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔަކަށް ވާތީ ގަންނަ ބިރުގެ ސަަބަބުން މީހުން ބާކީކޮށް ގެއަށް ވައްދަން އުޒުރުވެރިވާ ހިސާބަށް ކަންތައްތައް ދާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާތީ އެފަދަ ކަންތައްތައް ނުކުރަން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންް ސެންޓަރު (އެންއިއޯސީ) އިން މިރޭ އިލްތިމާސް ކޮށްފި އެވެ.

06 އެޕްރީލް

April 06, 2020 47
ތިބެނީ އަށެއް ނުޖަހައިގެން! ޖެހުމާ ހަމަ ނުކުތުމާ!

"މި ގޭގައި ބައެއް މީހުން ތިބެނީ އަށެއް ނުޖަހައިގެން. ހަމަ ޖެހީ އެ ނުކުތީ! ހީވާ ކަހަލަ އަށެއްގެ ފަހުން އެ ވައިރަސް ނާރައޭ،" ގަލޮޅުގައި ދިރިއުޅޭ އަންހެނަކު، އޭނާގެ ގޭގެ އެހެން މީހުންގެ އަމަލްތައް ހުރި ގޮތް ކިޔައިދިނެވެ.

05 އެޕްރީލް

April 05, 2020 42
ދުރުމިނެއް ނެތް؛ ފެންނަ މަންޒަރު ބިރުވެރި!

މާލެ އިން ކޮވިޑް19 އަށް ޕޮޒިޓިވް އެންމެ ކޭހެއް ފެންނަ އިރު، އެތައް ބަޔަކަށް ފެތުރިފައި އޮތުން ގާތެވެ! ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންގެ ބިރަކީ މި އެވެ؛ މި ހާލަތު މެދުވެރިވެއްޖެ...

April 05, 2020 41
އެ ގައުމުތަކަށް ވީ ގޮތް ވިސްނާލާފައި ގޭގައި ތިބޭ!

ކޮވިޑްް-19 ޖައްސާ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅުތަކާއި ނަތީޖާއަށް ބަލައިލާ ނަމަ ޗއިނާ އާއި އެމެރިކާއަކީ ދެ މިސާލެވެ. ބިލިޔަނަކަށް ވުރެ މީހުން އުޅޭ ޗައިނާގެ އާބާދީ...

04 އެޕްރީލް

April 04, 2020 19
ކާފިއު ނިމޭއިރަށް ނުކުމެގެން ދުއްވައި ނުގަނޭ!

ކޮވިޑް-19 އާއްމުންގެ ތެރެއަށް ފެތުރިދާނެ ހާލަތެއް އަޔަ ނުދިނުމުގެ ގޮތުން މާލެ ސަހައްދުގައި ކޮންމެ ދުވަހަކު ތިން ގަޑި އިރަށް ހިންގާ ކާފިއުގެ ވަގުތު ނިމޭ އިރަށް މަގުތަކަށް މީހުން ގިނަވާތީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަންބޮޑުވުން ފާޅުކޮށް، އެގޮތަށް ކަންތައް ނުކުރުމަށް މިރޭ އިލްތިމާސްކޮށްފި އެވެ.

03 އެޕްރީލް

April 03, 2020 3
ކޮވިޑް-19: ކަރަންޓީންގައި ތިބި 4މީހަކު ދޫކޮށްލައިފި

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުގެ ސަބަބުން އއ. ވެލިދޫ ކަރަންޓީން ފެސިލިޓީގައި ބޭތިއްބި މީހުންގެ ތެރެއިން ހަތަރު މީހަކު މިހާރު ދޫކޮށްލާފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބުނެފި އެވެ. އެކަމަކު، އެއިން އެއްވެސް މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްއެއް ނުވެ އެވެ.

30 މާޗް

March 30, 2020 20
ކޮވިޑް-19: ކޮމިއުނިޓީ ސްޕްރެޑެއްގެ ނިޝާނެއް ނެތް

އާންމުންގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރުން ނުވަތަ "ކޮމިއުނިޓީ ސްޕްރެޑެއް" ރާއްޖޭގައި އަދި އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެފަދަ ނިޝާނެއް އަދި ނުފެންނަ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.

29 މާޗް

March 29, 2020 10
ކޮވިޑް-19: ރާއްޖޭން 13 މީހަކު ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ރާއްޖޭގައި ފަރުވާކުރަމުން އައި 15 މީހުންގެ ތެރެއިން ދެ ދިވެހިން ފިޔަވައި އެންމެންގެ ވެސް ބަލި ރަނގަޅުވެއްޖެ އެވެ.