07 މެއި

May 07, 2019 7
ބިސް ކޭހެއްގެ އަގު 450ރ. އަށް ބޮޑުވެއްޖެ

ބިސް ލިބުން ދަތިވެ ބިސް ކޭހެއްގެ އަގު 450ރ. އަށް ބޮޑުވެއްޖެ އެވެ.

22 މާޗް

March 22, 2019
"ލަޝް"ގެ އުފެއްދުންތަކުގައި ބިސް ބޭނުމެއް ނުކުރާނެ

އިނގިރޭސިވިލާތުގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑް "ލަޝް" ގެ އުފެއްދުންތަކުގައި ބިސް ބޭނުންކުރުން ހުއްޓާލައި، ބިހާ ނުލައި ތައްޔާރުކުރާ ކޮސްމެޓިކް އުފެއްދުންތައް ނެރެން ފަށައިފި އެވެ.

17 މާޗް

March 17, 2019 8
ހަފުތާއަކު ތިން ބިހަށްވުރެ ގިނައިން ނުކާން ލަފާ ދީފި

ހަފުތާއަކު ތިން ބިހަށް ވުރެ ގިނައިން ކެއުން ރަނގަޅު ނޫން ކަމަށާއި އެކަމުގެ ސަބަބުން ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

14 ޖެނުއަރީ

January 14, 2019 4
ކައިލީ ޖެނާގެ ރެކޯޑް މުގުރާލީ ކުކުޅުބިހެއް

އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކްސް ލިބުނު ފޮޓޯގެ ރެކޯޑް އޮތް، އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ ރެކޯޑް ކުކުޅުބިހަކަށް ލިބިއްޖެ އެވެ.

22 ނޮވެމްބަރ

November 22, 2018 1
ކޮންމެ ދުވަހަކު ބިހެއް ކެއުމުން ބޮޑު ފައިދާއެއް

ކޮލެސްޓްރޯލް ދެކެ ބިރުން ބިސް ނުކާން ތިބި މީހުންނަށް މިއީ ހިތްހަމަޖެހުމެކެވެ. އާ ދިރާސާއަކުން ދައްކަނީ ދުވާލަކު ބިހެއް ކެއުމުން ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށާއި ހިތުގެ ބަލިތަކާ ދުރުކޮށްދޭނެ ކަމަށެވެ.

08 ނޮވެމްބަރ

November 08, 2018 35
ރިނބުދޫ ދަރިވަރުންނަށް ކިރާއި ބިހާއި ދޮންކެޔޮ ހިލޭ

ދ. ރިނބުދޫ ކައުންސިލްގެ ހަދިޔާއެއްގެ ގޮތުން އެ ރަށު ސްކޫލުގެ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި ކިރާއި ދޮންކޭލާއި ބިސް ހިލޭ ދޭން ފަށައިފި އެވެ.

22 އޯގަސްޓް

August 22, 2018 8
މަހެއްވީއިރު ވެސް ބިހާއި ފިޔާގެ އަގު މައްޗަށް ދަނީ!

އިންޑިއާ އިން ގެންނަ ކުކުޅު ބިހާއި ފިޔާގެ އަގު ތިރިނުވެ، މަތިވާން ފަށައިފި އެވެ.

02 އޯގަސްޓް

August 02, 2018 26
ބާޒާރުން ބިހާއި ފިޔާ ހުސްވެއްޖެ

އިންޑިއާގެ ލޮރީ ޑްރައިވަރުން މިދިޔަ ހަފުތާގައި ހަޅުތާލުކުރުމުން، ކުކުޅު ބިހާއި ފިޔާ ރާއްޖެއަށް ނުގެނެވި، އެ ބާވަތްތައް ބާޒާރުން ހުސްވެއްޖެ އެވެ.

08 މެއި

May 08, 2018 19
އެސްޓީއޯއިން ބިސް ވިއްކަނީ ހެލްތުން އަންގާފައިވާ ގޮތަށް

ރޯދައާ ދިމާކޮށް އެސްޓީއޯ އިން ގެނެސް ވިއްކާ ބިހަކީ ހެލްތު މިނިސްޓްރީން އަންގާފައިވާ ގޮތަށް އެތެރެކޮށް ވިއްކާ ބިސްތަކެއް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

May 08, 2018 1
ހަކުރު ހުންނަ މީހުންނަށް ބިހަކީ ނުރައްކަލެއް ނޫން

ހަކުރު ބަލީގެ ނުރައްކާ އޮންނަ މީހުން ކުކުޅު ބިސް ކެއުމުން ހިތުގެ މައްސަލަތަކަށް މަގުފަހިވާ ކަމަށް ބެލެވިފައި އޮތަސް އެއީ ރަނގަޅު ހީއެއް ނޫން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

07 މާޗް

March 07, 2018
ތިން ގުނަ ބޮޑު ބިހެއްގެ ތެރޭގައި އެހެން ބިހެއް

އޮސްޓްރޭލިއާގައި ބިހުގެ ވިޔަފާރިކުރާ މީހަކަށް، އާދަޔާ ޚިލާފު ބޮޑު، ކުކުޅު ބިހެއްގެ ތެރޭގައި އެހެން ބިހެއް އޮއްވައި ފެނިއްޖެ އެވެ.

16 ޖެނުއަރީ

January 16, 2018 7
ނަޖިސް ހަރުލާފައި ހުންނަ ބިސް ވިއްކުން މަނާކޮށްފި

ބޭރުތޮށި ސާފުނުކޮށް، ނަޖިސް ހަރުލާފައި ހުންނަ ކުކުޅުބިސް ރާއްޖެ އެތެރެކޮށް ވިއްކުން ހެލްތު މިނިސްޓްރީން މަނާކޮށްފި އެވެ.

14 ސެޕްޓެމްބަރ

September 14, 2017 1
ބިހުގެ ރައްކާތެރިކަމާ މެދު ހޭލުންތެރިކަން ކުޑަ

ޔޫރަޕްގެ ގައުމުތަކާ ޚިލާފަށް، އިންޑިއާގައި ކުކުޅުބިސް އުފައްދާ ތަންތަނުގައި އެ މަސައްކަތް ކުރަނީ އެކަން ކުރާނެ ގޮތް މާ ބޮޑަށް އެނގިގެއްނެއް ނޫނެވެ. ސާފުތާހިރު ކަމަށް އެހާ ބޮޑު ސަމާލުކަމެއް ނުދެ އެވެ.

10 ސެޕްޓެމްބަރ

September 10, 2017 20
ފަސް ގައުމަކުން ކުކުޅު ބިސް އެތެރެނުކުރަން އެދެފި

ފަސް ގައުމަކުން ކުކުޅު ބިހާއި ބިހުގެ ބާވަތްތައް އެތެރެ ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

24 އޯގަސްޓް

August 24, 2017 76
މަޖިލީހުގައި މިއަދު ބިހުގެ ކުޅިވަރު

ރައްޔިތުންގެ މަޖިލީހުގައި ހިނގި ޒުވާބުގަނޑުގެ ތެރޭގައި މިއަދު ބިސް ޖަހައިފި އެެވެ.

15 އޯގަސްޓް

August 15, 2017 3
ބެލްޖިއަމްގައި 10000 ބިހުގެ ބިސްގަނޑެއް

ބްރެސަލްސް (އޮގަސްޓް 14) - ޔޫރަޕުގެ ބައެއް ގައުމުތަކުން ސަޕްލައި ކުރާ ބިހުގައި ވިހަ ކެމިކަލެއްގެ އަސަރު ހުރި ނަމަވެސް ބެލްޖިއަމުން 10،000 ބިހުގެ ބޮޑު ބިސްގަނޑެއް އަޅައިފި އެވެ.

12 އޯގަސްޓް

August 12, 2017 7
ވިހަ އެކުލެވޭ ބިސް ރާއްޖެ އެތެރެ ކުރިތޯ ބަލަނީ

ބައެއް ގައުމުތަކުން ބާޒާރަށް ނެރެފައިވާ ކުކުޅު ބިހުގައި "ޕިޕްރޯނިލް" ކިޔާ ވިހަ ޕެސްޓިސައިޑް ހުރުމުން، އެ ބިސް ރާއްޖެ އެތެރެ ކޮށްފައިވޭތޯ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ...

August 12, 2017 1
15 ގައުމުން ވަނީ ވިހަ ހުރި ބިސް ފެނިފައި

އެމްސްޓެޑަމް (އޮގަސްޓް 12) - އިންސެކްޓިސައިޑް ހިމެނޭ ވިހަ ބިސް ޔޫރަޕުގެ 15 ގައުމާއި ހޮން ކޮންގާއި ސްވިޒަލެންޑުން ވެސް ފެނިފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފި އެވެ.

11 އޯގަސްޓް

August 11, 2017 2
ވިހަ ހުރި 20 ޓަނުގެ ބިސް ޑެންމާކުން ވިއްކައިފި

ކޯޕެންހޭގަން (އޮގަސްޓް 11) - އިންސެކްޓިސައިޑް ހިމެނޭ 20 ޓަނުގެ ބިސް ޑެންމާކުން ވިއްކާފައިވާ ކަމަށް އެ ގައުމުގެ ފުޑް ސޭފްޓީ އެޖެންސީން ބުނެފި އެވެ.

16 ޖުލައި

July 16, 2017 6
ބްރެޒިލްގެ ސިޔާސީ މީހެއްގެ ކައިވެންޏަށް ބިސް ޖަހައިފި

ރިއޯ ޑި ޖެނީރޯ (ޖުލައި 16) - ބްރެޒިލްގެ ސިޔާސީ މީހެއްގެ ކައިވެނީގެ ހަފުލާ ކުރިއަށް ދަނިކޮށް ބަޔަކު ބިސް ޖަހައިފި އެވެ.

29 ޖޫން

June 29, 2017 17
ޕްލާސްޓިކް ބިސް ނެތްކަން ކަށަވަރުވާނީ ނަތީޖާ ލިބިގެން

ބާޒާރުގައި އާޓިފިޝަލް ބިސް ވިއްކާކަމަށް ބުނެ ފަތުރާ ވާހަކަތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެފަދަ ބިހެއް ފެންނަން ނެތް ކަމަށާއި އެކަން ކަށަވަރުވާނީ ސާމްޕަލް ނެގި ބިސްތަކުގެ ނަތީޖާ އަންނަ ހަފުތާގައި ލިބިގެން ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

28 ޖޫން

June 28, 2017 53
ރާއްޖޭގައި ފޭކް ބިހެއް ނެތް؟

ބޭރުގެ ބައެއް ގައުމުތަކުގައި ވިއްކާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ޕްލާސްޓިކް ކުކުޅު ބިސް އެންމެ ފަހުން ރާއްޖެ އަށް ވެސް އެތެރެކޮށް ވިއްކާ ކަމަށް ބުނާ ވާހަކަތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ދޮގުކޮށްފި އެވެ.