16 ޖުލައި

July 16, 2020
އީދު ބަންދުގައި ބޭންކުތައް ހުޅުވާނީ 29 ގައި އެކަނި

ކުރިއަށް އޮތް ބޮޑު އީދު ބަންދުގެ ތެރޭގައި ނުވަތަ މި މަހުގެ ފަހު ހަފުތާގައި މަރުކަޒީ ބޭންކް، އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ދޭނީ މި މަހުގެ 29 ގައި އެކަނިި ކަމަށް އެމްއެމްއޭ އިން މިއަދު ކަނޑައަޅައިފި އެވެ.

15 މެއި

May 15, 2020 7
އީދު ބަންދާ ދިމާކޮށް ސައުދީ ފުލް ލޮކްޑައުނަކަށް

ރިޔާޒް (މެއި 15) - އަންނަ ފިތުރު އީދު ބަންދާ ދިމާކޮށް ސައުދީ އަރަބިއާ ފަސް ދުވަހަށް ފުލް ލޮކްޑައުނަކަށް ދާން ނިންމައިފި އެވެ.

11 އޯގަސްޓް

August 11, 2019 21
ކުލަ ޖެހުމަށް ބޮޑު ބަދަލެއް، ފޯރި ވެސް އެހާ ގަދަ!

ބޮޑު އީދު ފާހަގަކުރަން މިފަހަރު ހދ. މަކުނުދުއަށް ނުވަ ކުލައަކުން 250 ކިލޯގެ ކުލަ ގެންދިޔަ އެވެ. އަދި ކުލަ ޖެހުމަށް ހާއްސަ 1،080 ބަޑި އާއި ކުލަ ޖަހާ މީހުން ލާން 1،700 ޓީޝާޓް ވެސް ވަނީ ގެންގޮސްފަ އެވެ. އެ ރަށުގެ ކޮންމެ ގެއަކަށް ކުލަ ޖަހާ ބަޑިއަކާއި ޓީޝާޓް ހަދިޔާ ކުރަން، އެ އިވެންޓް އިންތިޒާމު ކުރާ މީހުން ވަނީ ނިންމައިފަ އެވެ.

09 އޯގަސްޓް

August 09, 2019 33
އީދު ޗުއްޓީއަށް މާލެ "ފަޅުވެއްޖެ"!

ޖުމްހޫރީ މައިދާން ކައިރިން ލޯންޗަށް އަރަން ދިޔަ ޒުވާން ދެމަފިރިންގެ އެ ފޮޓޯ އިން އެކަނި ވެސް، އީދަށް ފުރުމުގެ ބިޒީކަން އެނގެ އެވެ. ފިރިހެން މީހާ ފޮށި ދަމަނީ އެވެ. މަންމަ ހުރީ ކުޑަ އަންހެން ކުއްޖަކު އުރާލައިގެން، ފިރިހެން ސޮރުގެ އަތުގައި ހިފައިގެންނެވެ. ކުއްޖާ މަސައްކަތްކުރީ މިނިވަންކޮށް އޮތް އަތުން ބައްޕައަށް ފޮށި ކޮއްޕައިދޭށެވެ....

21 އޯގަސްޓް

August 21, 2018 11
އީދުގައި އެންމެ ބޮޑު ފޯރިއެއް ނަގާ އަވަށަކީ ހުޅުމާލެ

މި އަޟްހާ އީދުގެ ބަންދުގައި ހުޅުމާލޭގައި ފޯރިގަދަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފި އެވެ. ހަރަކާތްތައް ރާވާފައިވާ ގޮތަށް ބަލާއިރު، މިއީ މިއަދު ފާހަގަކުރާ މި އަހަރުގެ ބޮޑު...

August 21, 2018 2
ޕިއްޒާ ބޯނާގެ އީދު ހަދިޔާ، ޕިއްޒާއެއް 99ރ. އަށް

ޕިއްޒާ ކެއުމަށް މޮޔަވެފައިވާ މީހުންނަށް މިއީ ޚާއްސަ ތިން ދުވަހެވެ. މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޕިއްޒާ ބޯނާ ނޫން ތަނަކުން ޕިއްޒާގެ ރަހަ ބަލަން އުޅޭނެ ކަމެއް...

20 އޯގަސްޓް

August 20, 2018 41
އެކުވެރިވުމަށް ރައީސް ޔާމީން ގޮވާލައްވައިފި

އެއްބައިވަންތަވެ އެކުވެރިކަމާއެކު ދިވެހިން ކުރިއަށް ދިއުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ އިލްތިމާސްކުރައްވައިފި އެވެ.

16 އޯގަސްޓް

August 16, 2018 23
އެއާޕޯޓަށް ބާރުބޮޑު، ޗެކިން ލަސް ނުކުރޭ: އެމްއޭސީއެލް

ރާއްޖެ އާއި ރާއްޖޭން ބޭރަށް އެއާޕޯޓުން ފުރާ މީހުން ވެސް ފަހު ވަގުތަށް މަޑު ނުކޮށް، ކުރިން ޗެކިން ނިންމުމަށް މޯލްޑިވްސް އެއާޕޯޓްސް އޮތޯރިޓީ (އެމްއޭސީއެލް) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

06 އޯގަސްޓް

August 06, 2018 2
އެމްއެމްއޭ އާއި ބޭންކުތައް މިމަހުގެ 22 ގައި ހުޅުވާނެ

މި އަހަރުގެ ބޮޑު އީދު ބަންދާ ގުޅިގެން މި މަހުގެ 19 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސި ނަމަވެސް މަރުކަޒީ ބޭންކް އެމްއެމްއޭ އާއި ބޭންކުތައް މި މަހުގެ 22 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.

01 އޯގަސްޓް

August 01, 2018 25
އީދު ޗުއްޓީ ދިގު ކުރުމަށް، 19 ވަނަ ދުވަސް ބަންދު

ކަލަންޑަރުގައި ވާ ގޮތަށް، މި އަހަރުގެ ހައްޖު މަހުގެ ފުރަތަމަ ދުވަހަކީ މި މަހު 12 ވަނަ ދުވަހަށް ވެއްޖެ ނަމަ، 19 ވަނަ ދުވަސް ވެސް ބަންދުކޮށް، ޗުއްޓީ ދިގުކުރަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

13 ޖޫން

June 13, 2018 5
ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތައް އީދަށް ފުރިއްޖެ

މާލެ ކައިރި ބައެއް ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ ޑިމާންޑް އީދު ޗުއްޓީ އަށް ބޮޑުވެ، ގިނަ ތަންތަން އެއްކޮށް ފުލްވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2017 1
ގަވާއިދާ ޚިލާފުވި 19 އުޅަނދެއް ހުއްޓުވައިފި

އީދު ބަންދާ ދިމާކޮށް، ކަނޑު އުޅަނދުތައް ބަލައި ފާސްކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑުން ހިންގި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފްވި 19 އުޅަނދެއް ފުރިޔަ ނުދީ ހުއްޓުވައިފި އެވެ.

02 ޖުލައި

July 02, 2017 11
އީދު ބަންދުގައި ސަން އައިލެންޑަށް 1،000 ދިވެހިން!

މިދިޔަ އީދު ބަންދުގައި 1،000އަށް ވުރެ ގިނަ ދިވެހިންް ސަން އައިލެންޑް ރިސޯޓުގައި އާއިލާއާއެކު ޗުއްޓީ ހޭދަކޮށްފި އެވެ.

22 ޖޫން

June 22, 2017 8
ސަމާ އައިލެންޑުން ދިވެހިންނަށް އުފާވެރި މަރުހަބާއެއް

"ސަމާ އައިލެންޑް މޯލްޑިވްސްއަކީ ދިވެހިންނަށް އަބަދުވެސް މަރުހަބާ ކިޔާ ހިތްގައިމު ރަށެއް"، ސަމާ އައިލެންޑް މޯލްޑިވްސްއަށް މީގެ ކުރިން ޗުއްޓީ ހޭދަކޮށްލަން ދިޔަ އުމުރުން 37 އަހަރުގެ ރައްޓެއްސަކު ބުންޏެވެ.

19 ޖޫން

June 19, 2017 14
ސަން އައިލެންޑް، އީދު ޗުއްޓީއަށް ޚާއްސަ

މި ފަހަރުގެ އީދު ޗުއްޓީ ހޭދަކޮށްލަން އެއްވެސް ތަނަކަށް ދާން ޕްލޭނެއް ކޮށްފައި އެބަ އޮތް ހެއްޔެވެ؟ ނެތް ނަމަ މިއީ ރަނުގެ ފުރުސަތެކެވެ. ރާއްޖޭގެ އެންމެ ބޮޑު ރިސޯޓުން ވަނީ ދިވެހިންނަށާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ކުޑަ އަގެއްގައި އީދު ޗުއްޓީ ހޭދަކޮށްލެވޭނެ ގޮތް ހަމަޖައްސައިފަ އެވެ.

06 ޖޫން

June 06, 2017 24
އީދާ ގުޅިގެން މި މަހުގެ 29،28 ބަންދުކޮށްފި

މި އަހަރުގެ ފިތުރު އީދާ ގުޅިގެން މި މަހުގެ 29،28 އަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 9
ފެންކުޅީގައި ދެ މީހެއްގެ ކަންފަތު ތޫރި ފެޅުނު

އީދު ބަންދުގައި މަޖާ ނެގި އެތައް ހާސް ބައެއްގެ ސިފަ ގެއްލިފައިވާކަން މިއަދު އެނގޭނެ އެވެ. ލިބުނު ބޮޑު ބަންދުގައި އެއްބަޔަކު ރަށުން ބޭރަށް ގޮސް ގިނަ ވަގުތު ހޭދަކުރީ މޫދުގަ އެވެ. އަނެއް ބަޔަކު އެކި ކުޅިވަރުތަކުގަ އެވެ. މި ސަކަރާތުގައި އެއްބަޔަކަށް ލިބުނީ ބޮޑެތި އަނިޔާ އެވެ. އަވިން ގައިގެ ހަންގަނޑު އެނދުމާއި ތަންތަނަށް ތަދުވެ...

10 ސެޕްޓެމްބަރ

September 10, 2016
ދިރާގު އީދު ހަދިޔާ: އާާއިލާއަކަށް ޗުއްޓީ ދަތުރެއް

ދިރާގުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއް މެދުވެރިކޮށް، ކުރިއަށް އޮތް ބޮޑު އީދުގެ ބަންދުގައި ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު މިއަދު އާއިލާއަކަށް ދީފި އެވެ.

September 10, 2016 2
ދިރާގު އީދު ޝޯ އީދު ދުވަހުގެ ރޭ ބާއްވަނީ

ގިނަ އަދަދެއްގެ ދިވެހި ފަންނާނުން ބައިވެރިކޮށްގެން ދިރާގު އީދު ޝޯ މި އަހަރު ވެސް ބާއްވަން ނިންމައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2016 6
މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ފުލްވެއްޖެ

ބޮޑު އީދާ ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުުވެ، އީދުގެ ކުރިއަށް ޝެޑިއުލްކުރި މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއް ފުލްވެފައިވާ ކަމަށް މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.

September 08, 2016 1
އަންނަ ބުދަ ދުވަހު ބޭންކުތައް ހުޅުވާނެ

ބޮޑު އީދު ބަންދު ދުވަސްތަކުގެ ތެރެއިން އަންނަ ހަފުތާގެ ބުދަ ދުވަހު ހުރިހާ ބޭންކެއް ހުޅުވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

07 ސެޕްޓެމްބަރ

September 07, 2016 1
ޑޮލަރުގެ ދިގު ކިޔޫ އަނެއްކާ ވެސް ދަމާލައިފި

މި ފަހަރުގެ ބޮޑު އީދަށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަދަދު ގިނަވެ، ޑޮލަރު ހޯދަން ބާރު ބޮޑުވެއްޖެ އެވެ.

30 އޯގަސްޓް

August 30, 2016 3
އީދާ ގުޅިިގެން ސެޕްޓެމްބަރު 15 ވެސް ބަންދު

ސެޕްޓެމްބަރު ދެ ވަނަ ދުވަހަކީ ޒުލްހިއްޖާމަހުގެ އެއް ވަނަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާ އިން ނިންމައިފި ނަމަ، ސެޕްޓެމްބަރު 15 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސް އޮފީހުން ހަމަޖައްސައިފި އެވެ.