07 ޖެނުއަރީ

January 07, 2020 1
އެޕަލް އަލުން "ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ އަށް

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ އަކީ، ސްމާޓް އިލެކްޓްރޯނިކްސް ކުންފުނިތަކަށް ބޮޑު މައުރަޒެކެވެ. ސްމާޓް ޑިވައިސްތައް ބޭނުންކުރާ މީހުންނަށް އަންނަ ބޮޑު އީދެކެވެ. މި އީދުގައި އުފަލެއް ނުލިބި ދަނީ އެޕަލް އަށް ރުހިފައި ތިބި މީހުންނަށް އެކަންޏެވެ.

05 ޖެނުއަރީ

January 05, 2020 1
ސެމްސަންގްގެ ބުކް ފްލެކްސްއަށް އާ ކޮމްޕިއުޓަރެއް

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް) 2020 އަށް ކުންފުނިތައް ތައްޔާރުވަނީ އެވެ. މިއީ ސީއީއެސް 2020 ގައި، ސެމްސަންގުން މައުރަޒުކުރަން ތައްޔާރުކުރާ ލެޕްޓޮޕެކެވެ. ސެމްސަންގުން ބުނަނީ މިއީ ތަފާތު ރަހައެއް ތަޖުރިބާކުރަން އެންމެ ރަނގަޅު ދަނޑިވަޅު ކަމަށެވެ.

04 ޑިސެމްބަރ

December 04, 2019 31
ޕްރީއޯޑާ އެމްވީގެ ވެރިޔާ ހަތަރު އަހަރަށް ގޭ ބަންދަށް

ޕްރީ އޯޑާ އެމްވީގެ ނަމުގައި ހިންގި ޕޭޖަކުން އިލެކްޓްރޯނިކް ސާމާނު ގެނެސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ތަކެތި ގެނެސްނުދިން މައްސަލާގައި އެ ޕޭޖް ހިންގި މީހާ ހަތަރު އަހަރަށް ގޭގައި ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2019
ޕްލާސްޓިކް މަދުވާނީ އީ-ވޭސްޓް މަދުކޮށްގެން

ޕްލާސްޓިކާ ދެކޮޅަށް ކުރާ މަސައްކަތްތައް ކާމިޔާބުވާނީ އިލެކްޓްރިކް ސާމާނު އުފައްދަން ބޭނުންކުރާ ޕްލާސްޓިކް ވެސް މަދުކޮށްގެން ކަމަށްވާތީ، އީ-ވޭސްޓް މަދުކުރަން އދ. ގެ ސަޕޯޓާ އެކު ހިންގާ ކެމްޕޭނަކުން ގޮވާލައިފި އެވެ.

26 ފެބުރުއަރީ

February 26, 2019 1
ފެންވަރު ރަނގަޅު އިލެކްޓްރޯނިކްސް "ޑިއާޒޮއި" އިން!

ފެންވަރު ރަނގަޅު އިލެކްޓްރޯނިކް ސާމާނަށް ހާއްސަކޮށްގެން އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

26 ނޮވެމްބަރ

November 26, 2018 5
ރެޑްވޭވުން 100،000ރ.ގެ އަހަރީ ބާޒާރު ފަށައިފި

އަހަރީ ބާޒާރުގެ ނަމުގައި، އެއް ލައްކަ ރުފިޔާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ރެޑް ވޭވުން ފަށައިފި އެވެ.

06 މާޗް

March 06, 2018
62 އަހަރު ކުރި: އައިބީއެމްގެ 5އެމްބީ ހާޑް ޑިސްކް

އަހަރެމެން މިހާރު މި ތިބީ މި ހިސާބުގަ އެވެ. މިއީ 2018 އެވެ. އިލެކްޓްރޯނިކް ސްޓޯރޭޖްތައް އެކި ޒާތްޒާތަށް، އަތުޖެހޭ ފަށުގައި އެބަ ހުއްޓެވެ. ސްޓޯރޭޖްގެ އެއްވެސް ދަތިކަމެއް ނެތެވެ.

04 ޑިސެމްބަރ

December 04, 2017 2
ރެޑްވޭވްގެ 8ވަނަ ފިހާރަ އިލެކްޓްރޯނިކް ސާމާނަށް ހާއްސަ

މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލް ވިޔަފާރިކުރާ ރެޑް ވޭވްގެ އަށް ވަނަ ފިހާރަ، އިލެކްޓްރޯނިކް ސާމާނު ވިއްކުމަށް ޚާއްސަކޮށް މިރޭ ހުޅުވައިފި އެވެ.

16 ޖޫން

June 16, 2017
އީ-3 ގޭންމިން އެކްސްޕޯގައި އާ ގޭމުތަކުގެ ފޯރިގަދަ

މި އަހަރުގެ އިލެކްޓްރޯނިކް އެންޓާޓެއިންމަންޓް އެކްސްޕޯ (އީ-3) ބުދަ ދުވަހު ފަށާފައި ވާއިރު ގޭމް އުފައްދާ ކުންފުނިތަކުގެ އާ އުފެއްދުންތައް އަންނަނީ ދައްކާލަމުންނެވެ. އީ3 ގެ ބައިވެރިންގެ މެދުގައި އެންމެ ބޮޑަށް ތަރުހީބު ލިބުނު ގޭމުތަކަކީ ވީޑިޔޯ ގޭމް ބާޒާރުގައި ރަސްކަންކުރާ ތިން ކުންފުންޏެއްގެ އުފެއްދުންތަކެވެ. އެއީ ނިންޓެންޑޯ،...

05 މެއި

May 05, 2017
މަތިންދާބޯޓު ފުރާއިރު ފޯނު ނިއްވާލަން ބުނަނީ ކީއްވެ؟

މަތިންދާބޯޓު ފުރުމުގެ ކުރިން ފޯނު ނިއްވާލަން ޕައިލެޓް އެދެ އެވެ. ޓެބްލެޓް، އައިޕެޑް އަދި އެ ފަދަ އިލެކްޓްރޯނިކް އާލާތްތައް ނިއްވާލަން ނަސޭހަތްތެރިވެ އެވެ. އެއީ ދަތުރުވެރިން އަދި ފަޅުވެރިންގެ ރައްކާތެރިކަމަށް ޓަކަ އެވެ. މަތިންދާބޯޓު ރަންވޭގައި ޖައްސާއިރު ވެސް އެކަން އެ ގޮތަށް ކުރަން ޕައިލެޓް އެދެ އެވެ.

02 މެއި

May 02, 2017
ބޮޑެތި އިނާމުތަކާއެކު ރީފްސައިޑްގެ ޕްރޮމޯޝަން ފަށައިފި

ރީފްސައިޑްގެ "މަރުހަބާ ރަމަޒާން 2017" ޕްރޮމޯޝަން ބޮޑެތި ޑިސްކައުންޓްތަކާ އެކު ފަށައިފި އެވެ.

22 މާޗް

March 22, 2017
ސްމާޓް އިލެކްޓްރޯނިކްސް މަތިންދާބޯޓުގައި މަނާކުރަނީ

މަތިންދާބޯޓުގައި މީހުން ތިބޭ ޖާގައަށް ލެޕްޓޮޕް އެރުވުން އެމެރިކާއިން ދާދި އަވަހަށް މަނާކޮށްފާނެ އެވެ. މެދުއިރުމަތީ ބައެއް ގައުމުތަކުން އެމެރިކާ އަށް ދަތުރުކުރާ ބޯޓުތަކަށް ޓެބްލެޓް އަދި ޕްލޭސްޓޭޝަން ޕޯޓަބަލް ފަދަ ގޭމް މެޝިންތައް އެރުވުން ވެސް މަނާވާނެ އެވެ. މި އުސޫލު ހިނގާ ގައުމުތަކުގެ ތެރޭގައި އެފްރިކާ ބައްރުގެ ބައެއް...

05 ފެބުރުއަރީ

February 05, 2017 2
މިއުޒިކަށް ލޯބިކުރާ މީހުންނަށް ލެކިއުޓުން މާޝަލް

މިއުޒިކަށް ލޯބިކުރާ މީހުންގެ މެދުގައި އެންމެ މަގުބޫލް އެއް ބްރޭންޑް ކަމަށްވާ މާޝަލްގެ އުފެއްދުންތައް ލެކިއުޓުން ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

17 ޖުލައި

July 17, 2016 3
ލިޔެކިޔުންތައް ބަލަހައްޓަން ރޮބޮޓިކް ސްކޭނަރެއް ގެންނަނީ

ސަރުކާރުގެ ލިޔެކިޔުންތަކާއި ރިކޯޑުތައް އިލެކްޓްރޯނިކް ނިޒާމަކުން ބެލެހެއްޓުމަށް މިލިއަނައަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ރޮބޮޓިކް ބުކް ސްކޭނަރެއް ގެނައުމަށް ސަރުކާރުން ސްރީ ލަންކާ ކުންފުންޏެއް ކަމަށްވާ ސަންޖޭ ލަންކާއާ މިއަދު ހަވާލުކޮށްފި އެވެ.