23 އެޕްރީލް

April 23, 2020
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އޮގަސްޓުގައި؟

މެޑްރިޑް (އޭޕްރިލް 23) – ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ ގައުމުތަކުގެ ޑޮމެސްޓިކް ފުޓްބޯޅަ ލީގުތައް ޖުލައި މަހުގެ ނިޔަލަށް ފުރިހަމަކޮށް، ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތައް އޮގަސްޓް މަހު ބޭއްވުމަށް ޔުއެފާ އާއި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

06 އެޕްރީލް

April 06, 2020
ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކެންސަލްކުރަންޖެހިދާނެ

ލަންޑަން (އޭޕްރީލް 6) - ކޮރޯނާވައިރަހުގެ ފެތުރޭތީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އަލުން ފަށަން ހާލަތެއް ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ އެ ދެ މުބާރާތް ކެންސަލްކުރަން ވެސް ޖެހިދާނެ ކަމަށް ޔުއެފާ އިން ބުނެފި އެވެ.

13 މާޗް

March 13, 2020 2
ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު މެދުކަނޑާލައިފި

ނިޔޯން (މާޗް 13) – އަންނަ ހަފުތާ އަށް ޝެޑިއުލްކޮށްފައިވާ ޔުއެފާގެ ހުރިހާ ކްލަބް މެޗުތަކެއް، ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ފަސްކޮށްފި އެވެ.

March 13, 2020
ކުއްލި ބައްދަލުވުމަކަށް ގޮވާލައިފި! ޔޫރޯ ފަސްކުރަނީ؟

ނިޔޯން (މާޗް 13) – ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާ އިން އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރަން އަންގާރަ ދުވަހު ބާއްވާ ކުއްލި...

12 މާޗް

March 12, 2020
ދަތުރު ހުއްޓާލުމުން ރޯމާ، އިންޓަގެ މެޗުތައް ކެންސަލް

ރޯމް (މާޗް 12) – ޔުއެފާ ޔުރޮޕާ ލީގުގައި މިރޭ ރޯމާ އާއި ސެވިއްޔާ އިން ސްޕެއިނުގައި ކުޅެން އޮތް މެޗާއި އިންޓަ މިލާނާއި ގެޓަފޭ އިން އިޓަލީގައި ކުޅެން އޮތް މެޗު ޔުއެފާ އިން ފަސްކޮށްފި އެވެ.

11 މާޗް

March 11, 2020 3
މެޗު ކުޅެން އިޓަލީ އަށް ދަތުރުނުކުރާނަން: ގެޓަފޭ

ގެޓަފޭ، ސްޕެއިން (މާޗް 11) – ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވެފައިވާތީވެ، ޔުރޮޕާ ލީގުގައި މާދަމާރޭ އިންޓަ މިލާނާ ދެކޮޅަށް ކުޅެން އިޓަލީ އަށް ދަތުރުނުކުރާނެ ކަމަށް ސްޕެއިނުގެ ގެޓަފޭގެ ރައީސް އެންހެލް ޓޮރޭސް ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2020 16
ޔުނައިޓެޑް އަނެއް ބުރަށް، އާސެނަލް ކަޓައިފި

ލަންޑަން (ފެބްރުއަރީ 28) - ޔުރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް 5-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ހޯދިއިރު، އޮލިމްޕިއާކޯސް އަތުން 2-1 އިން ބަލިވެ މިދިޔަ އަހަރުގެ ރަނަރަޕް އާސެނަލް މުބާރާތުން ކަޓައިފި އެވެ.

21 ފެބުރުއަރީ

February 21, 2020
ޔުނައިޓެޑް އެއްވަރު، އާސެނަލާއި ވުލްވްސް އަށް މޮޅެއް

އެތަންސް (ފެބްރުއަރީ 21) - ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްލަބް ބްރޫޖް 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ވުލްވްސް އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.

20 ފެބުރުއަރީ

February 20, 2020
ރެޝްފޯޑަށް ސީޒަން ނިމުނީތަ؟

މެންޗެސްޓާ (ފެބްރުއަރީ 20) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެ މި ސީޒަނުގައި ދެން އޭނާ އަށް ނުކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

13 ޑިސެމްބަރ

December 13, 2019
ޔުނައިޓެޑާއި އާސެނަލަށް ގްރޫޕްގެ އެއް ވަނަ

މެންޗެސްޓާ (ޑިސެމްބަރު 13) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

29 ނޮވެމްބަރ

November 29, 2019 1
މޮޅެއް ނުލިބި ހަތް ވަނަ މެޗު، އެމެރީގެ ވަގުތު ޖެހެނީ

ލަންޑަން (ނޮވެމްބަރު 29) – ޔުރޮޕާ ލީގުގައި ރޭ ޖަރުމަނުގެ އެއިންޓްރެކްޓް ފްރެންކްފަޓް އަތުން 2-1 އިން އާސެނަލް ބަލިވުމާ އެކު އެ ޓީމުގެ ކޯޗު އުނާއި އެމެރީގެ މަގާމް ގެއްލޭނެކަން ވަރަށް ބޮޑަށް ޔަގީންވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2019
މެންޗެސްޓާ ޔުނައިޓެޑް ޔޫރޮޕާ ލީގުގެ ދެ ވަަނަ ބުރަށް

މެންޗެސްޓާ (ނޮވެމްބަރު 8) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުން 3-0 އިން ޕާޓިޒަން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

25 އޮކްޓޯބަރ

October 25, 2019
ޕެޕޭ ފަހު ވަގުތު އާސެނަލް މޮޅުކޮށްދީފި

ލަންޑަން (އޮކްޓޫބަރު 25) - ޔޫރޮޕާ ލީގުގައި ރޭ ފަހު ވަގުތު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ނިކޮލަސް ޕެޕޭ ވައްދާލި ލަނޑުތަކާ އެކު އާސެނަލުން ފަހަތުން އަރައި 3-2 އިން ޕޯޗުގަލްގެ ވިޓޯރިއާގެ މައްޗަށް ކުރިހޯދައިފި އެވެ.

24 އޮކްޓޯބަރ

October 24, 2019 2
"ނަސްލީ ގޮތުން ދިމާކޮށްފި ނަމަ ދަނޑުން ފައިބާނަން"

ބެލްގްރޭޑް، ސާބިއާ (އޮކްޓޫބަރު 24) - ޔޫރޮޕާ ލީގުގައި މިރޭ ސާބިއާގެ ޕާޓިޒަން ބެލްގްރޭޑާ ދެކޮޅަށް ކުޅޭ މެޗުގައި ސަޕޯޓަރުން މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރާނަމަ ޔުއެފާ އިން ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ގެންގުޅޭ އުސޫލަށް އަމަލުކުރާނެ ކަމަށް ޔުނައިޓެޑްގެ ޑިފެންޑަރު ހެރީ މެގުއާ ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2019
ޔުނައިޓެޑް އެއްވަރުވިއިރު، އާސެނަލަށް ބޮޑު މޮޅެއް

ލަންޑަން (އޮކްޓޫބަރު 4) - ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ އޭޒެޑް އަލްކްމާރާ އެކު މެންޗެސްޓާ ޔުނައިޓެޑް ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ސްޓެންޑާޑް ލީޖް އަތުން އާސެނަލް 4-0 އިން މޮޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2019
އާސެނަލާއި ޔުނައިޓެޑް މޮޅަކުން ޔޫރޮޕާ ލީގު ފަށައިފި

މެންޗެސްޓާ (ސެޕްޓެމްބަރު 20) - ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ 2017 ވަނަ އަހަރުގެ ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި މިދިޔަ އަހަރުގެ ރަނަރަޕް އާސެނަލް މޮޅަކުން މި ފަަހަރުގެ މުބާރާތް ފަށައިފި އެވެ.

30 އޯގަސްޓް

August 30, 2019
39 އަހަރަށް ފަހު ވުލްވްސް ޔޫރަޕުގެ މުބާރާތަކަށް

ލަންޑަން (އޮގަސްޓް 30) - ޔޫރޮޕާ ލީގުގެ ކޮލިފައިން ބުރުގެ ފަހު މެޗުގައި ރޭ 2-1 އިން އިޓަލީގެ ޓޮރީނޯ ބަލިކޮށް 39 އަހަރަށް ފަހު ވުލްވްސް ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވެއްޖެ އެވެ.

16 ޖޫން

June 16, 2019 2
ޔުއެފާގެ ރައީސްގެ ފާޑުކިޔުން އިނގިރޭސި ޓީމުތަކަށް

ލަންޑަން (ޖޫން 16) - ޔޫރޮޕާ ލީގުގެ ފައިނަލުގައި ޗެލްސީ އާއި އާސެނަލް ބައްދަލުކުރި މެޗު އަޒަރުބައިޖާންގެ ބަކޫގައި ކުޅެން ނިންމުމުން އެކަމާ ހިތްހަމަނުޖެހި އިނގިރޭސި ޓީމުތަކުން ކަންތައް ކުރިގޮތާ މެދު ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން ހިތްހަަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

30 މެއި

May 30, 2019 29
އާސެނަލް ބަލިކޮށް ޗެލްސީން ޔޫރޮޕާ ލީގު ކާމިޔާބުކޮށްފި

ބަކޫ، އަޒަރުބައިޖާން (މެއި 30) - އެޑަން ހަޒާޑްގެ ދެ ގޯލާ އެކު 4-1 އިން އާސެނަލްގެ މައްޗަށް ކުރި ހޯދައި ޗެލްސީން ދެ ވަނަ ފަހަރަށް ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

29 މެއި

May 29, 2019 16
ގަދަ ދެ ބާރުގެ ފައިނަލް: މޮޅުވާނީ ކޮން ޓީމެއް؟

އަޒަރުބައިޖާނުގެ ބަކޫގައި މިރޭ ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި ވާދަކުރާނީ ލަންޑަނުގެ އިތުރުން އިނގިރޭސި ފުޓްބޯޅައިގެ ގަދަ ދެ ބާރު ކަމަށްވާ އާސެނަލާއި ޗެލްސީ އެވެ. މިއީ 2013 ވަަނަ އަހަރުގެ މި މުބާރާތް ކާމިޔާބުކުރި ޗެލްސީ އޭގެ ފަހުން ކުޅޭ ފުރަތަމަ ފައިނަލެވެ. އަދި 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވި ފަހުން...

25 މެއި

May 25, 2019
އެނބުރި ޗެލްސީ އަށް ދާން ނުނިންމަން: ޗެކް

ލަންޑަން (މެއި 25) - އަންނަ ބުދަ ދުވަހު ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލަށް ފަހު ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމާ ހަވާލުވާން ނުނިންމާ ކަމަށް އާސެނަލްގެ ތަޖުރިބާކާރު ކީޕަރު ޕީޓަ ޗެކް ބުނެފި އެވެ.