24 އެޕްރީލް

April 24, 2017 3
ކުޑަކުދިން ހަލަނިކޮށް އުޅެން ދޫކޮށްލަންޖެހޭ ސަބަބެއް

ކުޑަކުދިން ދުވެ، ފުމެ މާބޮޑަށް ހަލަނިކޮށް އުޅުމަކީ ބައެއް ބެލެނިވެރިންނަށް ކެތްވާ ވަރުގެ ކަމަކަށް ނުވެ އެވެ. ރުޅިގަދަވެ ކުދިންނަށް އިންޒާރު ދޭ ސަބަބަކަށް މިކަން އޮންނަނީ ވެފަ އެވެ. އެކަމަކު އާ ދިރާސާއަކުން ދައްކަނީ ހަލަނިކޮށް އުޅުމުގެ ވަރަށް ބޮޑު ފައިދާއެއް ކުދިންނަށް އެބަ އޮތް ކަމަށެވެ.

19 އެޕްރީލް

April 19, 2017
ސްޕޯޓްސް ޑްރިންކަށް ވުރެ ރަނގަޅީ ފެން

ޒުވާން އެތުލީޓުންނަށް ސްޕޯޓްސް ޑްރިންކްތަކަށް ވުރެ ރަނގަޅީ ފެން ކަމަށް، ސްޕޯޓްސް މެޑިސިންގެ ތަޖުރިބާކާރުން ބުނެފި އެވެ.

24 މާޗް

March 24, 2017 2
ކަސްރަތުކުރާ އަންހެނުންނަށް ޝިލްޕާގެ ހަދިޔާއެއް

ފިޓްކޮށް ބައްޓަމަށް ހުރުމަށް މީހުންނަށް ހިތްވަރުދޭ ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ ހިމެނެ އެވެ. ވިހެއުމަށް ފަހު ކުރީގެ ހަށިގަނޑު ހޯދަން ބޭނުންވާ މައިންނަށް ވިޔަސް އަދި އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުގެ ބައްޓަން ގެއްލޭ އަންހެނުންނަށް ވިޔަސް ޝިލްޕާގެ ކަސްރަތު ވީޑިއޯތަކުގެ ފައިދާ ވަރަށް ރަނގަޅަށް ކުރެ އެވެ. މިހާރު ޝިލްޕާ ވަނީ...

09 މާޗް

March 09, 2017 2
ނަމާދުން ލިބޭ ކަސްރަތުން ތަދުތައް ކުޑަވޭ: ދިރާސާ

ނަމާދުކުރުމުގައި ތަކުރާރުކޮށް ކުރާ ހަރަކާތްތަކުގެ ސަބަބުން، ނަމާދުކުރާ މީހުންގެ އުނަގަނޑުގެ ރިހުންތައް ކުޑަވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

01 ފެބުރުއަރީ

February 01, 2017
ހަކުރު ބައްޔަކީ ފަލަ މީހުންނަށް ހާއްސަ ކަމެއް ނޫން

އެކަށީގެންވާ ބަރުދަނެއްގައި ހުއްޓަސް، ހަރަކާތްތެރިކަން ކުޑަވެ މާގިނައިރު އިށީނދެ އިނުމަކީ ހަކުރު ބައްޔަށް ދެވޭ ދައުވަތެއް ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2017 16
މޫދު ކަސްރަތުން އުތީމު އުފަލުން ފޮޅިފައި!

ހއ. އުތީމުގެ ގިނަ ބަޔަކު ހެނދުނާއި ހަވީރު އަތިރިމައްޗަށް ޖަމާވަނީ ސަބަބުތަކެއް ހުރީމަ އެވެ؛ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެކުވެރިކަން އާލާވެ، އިޖުތިމާއީ ގުޅުން ވަރުގަދަވުމެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް ގެންދާ މޫދު ކަސްރަތެވެ.

21 ޖެނުއަރީ

January 21, 2017
ތެދުވޭ، މާ އަވަހަށް މުސްކުޅި ވެދާނެ!

މާ ގިނައިރު އިށީނދެ އިނުމަކީ ހަށިގަނޑުން މުސްކުޅި ކަމުގެ އަލާމާތްތައް ފެނުން އަވަސްވާ ކަމެއްކަން އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

20 ޖެނުއަރީ

January 20, 2017
ހަފުތާއަކު 10 ފަހަރު ޖިމަށް ދޭ، އުމުރުން 94

އާ އަހަރުގެ އަޒުމެއްގެ ގޮތުގައި އެންމެ ގިނަ ބަޔަކު ކަނޑައަޅަނީ ގަވައިދުން ކަސްރަތުކޮށް ފިޓްކޮށް ހުރުމަށް ކޮންމެވެސް ކަމެއް ކުރުން ކަމަށް ވެދާނެ އެވެ. ނަމަވެސް ވަރަށް ހިތްވަރު ލާފައި ފަށާ މަސައްކަތް ގިނަ ބަޔަކަށް މާ ގިނަ ދުވަސްތަކެއް ވަންދެން ކުރިއަކަށް ނުގެންދެވެ އެވެ. ކޮންމެވެސް ސަބަބެއް މެދުވެރިވެގެން އެކަން އޮންނަނީ ދާދި...

08 ޖެނުއަރީ

January 08, 2017 1
ދުވަންޏާ ކަކުލު ހުޅު ހަލާކުވާނެތަ؟

ދުވުމަކީ ވަރުބަލިކަމާއި ގައިގެ ރިހުމާ ކުރިމަކުރުވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ކަކުލު ހުޅުގެ މައްސަލަ ޖެހޭ އަދި މައްސަލައެއް ހުންނަ ނަމަ ދުވުމުގެ ސަބަބުން އެކަން ބޮޑުވާ ކަމަށް ވެސް ގަބޫލުކުރެ އެވެ. އެކަމަކު އާ ދިރާސާއެއްގައި ބުނަނީ ދުވުމުން ކަކުލު ހުޅުގެ ވޭންތަކަށް ލުއިވާ ކަމަށެވެ.

06 ޖެނުއަރީ

January 06, 2017 2
ގިނަ ވަގުތު ކަސްރަތުކުރުމުގެ ބަދަލުގައި އެހެން ގޮތެއް

ޖިމަށް ގޮސް ކަސްރަތުކުރުމަކީ އެއްގޮތަކަށް ވެސް ގޯސް ކަމެއް ނޫނެވެ. ހަގީގަތުގައި ގަވައިދުން ޖިމަށް ދިއުމަކީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު މިއީ ކޮންމެ ކޮންމެ މީހަކަށް ބަރާބަރަށް ކުރެވޭ ކަމަކަށް އޮންނަނީ ނުވެފަ އެވެ. ވަރަށް ހިތްވަރާއެކު ފެށިޔަސް ދުވަސްކޮޅަކުން އެކަން ހުއްޓާލަނީ އެވެ. އެހެންވެ ގަދަކަމުން ޖިމަށް ދިއުމަށް...

02 ޖެނުއަރީ

January 02, 2017
ބަލިއެނދުގައި އޮންނަ މީހުންނަށް ހާއްސަ ކަސްރަތެއް

ހާލުބޮޑުވެގެން އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) އަށް ލާފައި ތިބޭ ބައެއް މީހުން ލައްވާ ބައިސްކަލް ދުއްވުމުގެ ހަރަކާތް ލިބޭ ކަސްރަތު ކުރުވުމުން އެމީހުންގެ ބަލި އަވަހަށް ރަނގަޅުވާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2016 1
އެރޮބިކްސް ކަސްރަތު ކުރަން މުހިއްމުވާ ސަބަބުތައް

އެރޮބިކްސް ކަސްރަތުތަކުގެ ފައިދާ ގުނާ އަދަދު ނުކުރެވޭހާ ގިނަ އެވެ. ފަހުގެ ދިރާސާތައް ބުނާ ގޮތުން ހަފުތާއަކު ހަތަރު ފަހަރު އެރޮބިކްސް އެކްސަސައިޒް ކުރާ ނަމަ ސިކުނޑީގެ ބާރު ގަދަވެ އަދި ސިކުނޑިއަށް ދިމާވާ ތަފާތު މައްސަލަތަކުން ދުރުވެ އެވެ. އޭގެ ތެރޭގައި ހަނދާން ނެތޭ ބަލި ހިމެނެ އެވެ.

20 ނޮވެމްބަރ

November 20, 2016 1
ހެނދުނުގެ ކަސްރަތުން މުޅި ދުވަސް ފުރިހަމަކޮށްލެވިދާނެ

ކަސްރަތުކުރުމުން ލިބޭ ފައިދާ އެކަކަށް ވެސް އޮޅިފައެއް ނޯންނާނެ އެވެ. ނަމަވެސް ހެނދުނު ކަސްރަތުކުރުން ގިނަ ބަޔަކަށް ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. އެއްބަޔަކު ބަހަނާ އަކަށް ދައްކަނީ މާ ބުރަކޮށް އުޅެން ޖެހުމެވެ. އަނެއް ބަޔަކު ބުނަނީ ރޭގަނޑު ނިދެނީ މާ ލަހުން ކަމަށްވާތީ ފަތިހު ހޭލަން އުނދަގުލީ ކަމަށެވެ.

24 އޮކްޓޯބަރ

October 24, 2016 1
ކަސްރަތު ކުރަންވީ ދުވާލު، އެންމެ ރަނގަޅީ ހެނދުނު

ދުވަހުގެ އެންމެ ރަނގަޅު ވަގުތަކީ ހެނދުނު ކަމަށް ބުނާ ވާހަކަ އަކީ ސަމާސާއެއް ނޫނެވެ. ކަސްރަތު ކުރަން ވެސް އެންމެ ރަނގަޅީ ހެނދުނު ކަމަށާއި ޖުމުލަކޮށް، ރޭގަނޑަށް ވުރެ ދުވާލު ކަސްރަތުކުރަން މާ ރަނގަޅު ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.

01 އޮކްޓޯބަރ

October 01, 2016 4
އެންމެ އަރާމީ އެކަނިވެރިކަން

އަރާމުކުރުން އެކި މީހުން މާނަކުރަނީ އެކި ގޮތަށެވެ. އެއްބަޔަކަށް އެއީ އެއްވެސް ކަމެއް ނުކޮށް ހަށިގަނޑާއި ސިކުނޑިއަށް ހުސް ވަގުތުކޮޅެއް ދިނުމެވެ. އަނެއް ބަޔަކު ބުނާ ގޮތުން ވަރުބަލިވާ ކަސްރަތެއް ކޮށްލުމުން ސިކުނޑި އަށް ލިބޭ ހަމަޖެހުމަކީ އަރާމެވެ. ނުވަތަ ހިތްއެދޭ ކޮންމެވެސް ކަމެއް ކޮށްލުމަކީ އަރާމުކުރުން ކަމަށް މާނަކުރާ މީހުން ވެސް...

21 އޯގަސްޓް

August 21, 2016
ހިކެން މަސައްކަތްކުރާ ނަމަ ސަމާލުވާންޖެހޭ ތިން ކަމެއް

ކަސްރަތާއި ޑައެޓަކީ ހަށިގަނޑު ލޫޅާފަތިކޮށް ބެހެއްޓުމަށް އެންމެ މުހިންމު ދެ ކަންތަކެވެ. ގިނަ ބަޔަކު އެންމެ ބޮޑަށް ސަމާލުވަނީ ކެއުން ކޮންޓްރޯލް ކުރުމަށެވެ. އެކަމަކު ނަތީޖާއެއް ނުފެނި...

August 21, 2016 1
ކާހިތްވުމުން ހިނގައިގެން 136 ކިލޯ ލުއިކޮށްފި

އެމެރިކާގެ އަރިޒޯނާގައި، ބަރުދަނުގައި 275 ކިލޯ ހުރި މީހަކު ހިނގުން އިތުރުކޮށް ކެއުމަށް ގެނައި ބަދަލާ އެކު 136 ކިލޯ ހިއްކާލައިފި އެވެ. ޕަސްކުއާލީ ބްރޮކޯ، 31، އޭނާގެ ބަރުދަން ލުއިކުރުމުގެ...

18 އޯގަސްޓް

August 18, 2016
އިށީނދެ އިނުން ގިނަވުމުން ކަސްރަތުގެ ފައިދާ ގެއްލޭ

ކިތަންމެ ގިނައިން ކަސްރަތުކުރި ކަމުގައި ވިޔަސް ގިނައިރު އިށީނދެ އިންނަ ނަމަ ކަސްރަތުން ހިތަށް ލިބެންޖެހޭ ފައިދާތައް ގެއްލި ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވެގެންދާ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަން (އޭއެޗްއޭ) އިން ބުނެފި އެވެ.

16 އޯގަސްޓް

August 16, 2016
ކަސްރަތުގެ ފައިދާ ބޮޑީ ފައިދާވާނެ ކަމަށް ގަބޫލުކުރާ މީހުންނަށް

ކަސްރަތު ކުރުމުން ސިއްހަތަށް ފައިދާކުރާނެ ކަމަށް ބޮޑަށް ގަބޫލުކުރާ މީހުންނަށް ކަސްރަތުގެ ސަބަބުން ޖިސްމާނީ އަދި ނަފްސާނީ ފައިދާތައް އިތުރަށް ލިބޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

13 އޯގަސްޓް

August 13, 2016
ހިމޭނުން އިންނާނެ ކަމެއް ނެތް، ހަރަކާތެއް ކޮށްލާ

ކުޑައިރު މާ ހަލަނިކޮށް އުޅެން ފެށުމުން އަދަބެއްގެ ގޮތުން ކޮންމެވެސް ތަނެއްގައި ގުޑާވެސް ނުލައި އިންނަން ޖެހޭ ފަދަ އަދަބު ލިބުނު ހަނދާން އެބަހުރި ހެއްޔެވެ؟ ބުދެއްހެން އިންނަން ބުންޏަސް، ފައި ތެޅުވުން ފަދަ ކޮންމެވެސް ކަމެއް ނުކޮށް އިނދެވޭ ކަމަކަށް ނުވެ އެވެ. ހިމޭނުން އިންނަން މަޖުބޫރުކުރުވާ އެ އަދަބުގެ ގޯސްކަން މިއަދު ސައިންސުން...

07 އޯގަސްޓް

August 07, 2016 1
ކަސްރަތުކުރާއިރު ކާންވީ ކިހާ ވަރަކަށް، ކޮން އިރަކު؟

އިނގިރޭސި ވިލާތުގެ ސެންޓަ ފޯ ޑިޒީސް ކޮންޓްރޯލް އިން ބުނާ ގޮތުގައި، ބޮޑެތި މީހުންނަށް ކޮންމެ ހަފުތާއަކު 2:30 މިނެޓްގެ އާދައިގެ ކަސްރަތަކުން ފުދެ އެވެ. ބާރަށް ހިނގުން ވެސް ބަލަނީ އާދައިގެ ކަސްރަތެއްގެ ގޮތުގަ އެވެ. ނަމަވެސް ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް ކަސްރަތު ކުރި ނަމަވެސް ކެއުން ބަހައްޓާ ގޮތަކުން ހުރިހާ ކަމެއް ބޭކާރުވެގެން...