30 މާޗް

March 30, 2020
ކޮވިޑް-19: އެފްއޭއެމުން ފުޓްބޯޅަ ސީޒަން ނިންމާލައިފި

ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރެމުން އަންނާތީ ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މެދުކަނޑާލާފައި އޮތް ފުޓްބޯޅަ ސީޒަން އިތުރު ކުރިއަށް ނުގެންދަން އެފްއޭއެމުން މިރޭ ނިންމައި، މި ސީޒަނުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފި އެވެ.

07 މާޗް

March 07, 2020 2
ރިޒޭގެ 10 ގޯލާ އެކު އީގަލްސް ސެމީ އަށް

ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) 10 ގޯލް ޖަހައި، ރާއްޖޭގެ ރަސްމީ ފުޓްބޯޅަ މުބާރާތެއްގައި، އެއް މެޗެއްގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކުރި މެޗުން ވިލިމާލެ ޔުނައިޓެޑް 12-0 އިން ބަލިކޮށް ކްލަބް އީގަލްސް އިން އެފްއޭ ކަޕުގެ ސެމީ ފައިނަލުން މިރޭ ފުރުސަތު ހޯދައިފި އެވެ.

05 މާޗް

March 05, 2020 2
ރަށު ޓީމު ކޮޅަށް ސައްޓު 13 މިނެޓުން ހެދި ހެޓްރިކް

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުމުގައި ބ. އޭދަފުށި ވަރެއް ނެތެވެ. އެ ރަށު ޓީމު ނުވަދިހައިގެ ކުރީކޮޅު ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް އަދި ފަހުން ގައުމީ ޓީމަށް އެ ރަށުން ވަރަށް ގިނަ ކުޅުންތެރިން ނެރުނެވެ. އެކަމަކު ކްލަބް އޭދަފުށީގެ ނަމުގައި ރަށު ކައުންސިލުން ކްލަބެއް އުފައްދައި އަލުން މަތީ ހަރުފަތަށް އަރަން ފެށި...

02 މާޗް

March 02, 2020 7
އެފްއޭ ކަޕް ހުޅުވައިދޭނީ ޓީސީ އާއި ކްލަބް އޭދަފުށި

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި ސީޒަނުގައި ބާއްވަން ޝެޑިއުލްކުރި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އޭދަފުށީގެ މެޗުން ފަށާނެ އެވެ.

08 ނޮވެމްބަރ

November 08, 2018 10
މި އަހަރުގެ އެފްއޭ ކަޕް ވެސް ކެންސަލްކޮށްފި

ފުޓްބޯޅަ ސީޒަން ދިގުލައިދާތީވެ އެކަމަށް ހައްލެއް ހޯދުމަށް ކްލަބްތަކާ ކުރި މަޝްވަރާތަކަށް ފަހު މި އަހަރު އެފްއޭ ކަޕް ނުބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

13 ޑިސެމްބަރ

December 13, 2017 3
މިހާރު އެވޯޑްސް: އެފްއޭ ކަޕުގެ ގަދަ ފަހެއް ހޮވައިފި

"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް އެފްއޭ ކަޕުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.

11 ޑިސެމްބަރ

December 11, 2017 5
ފުޓްބޯޅަ އާއި ވޮލީގެ ޝެޑިއުލް: ކުޅުންތެރިންނަށް ވޭނެއް

ފުޓްބޯޅަ އާއި ވޮލީބޯޅައިގެ ސީޒަނުގެ ފަހުކޮޅު ކުރިއަށްދާ މުބާރާތްތަކުގައި ގާތްގާތުގައި މެޗުތައް ކުޅެން ޖެހޭތީ ކުޅުންތެރިންނާއި ކޯޗުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2017 16
ނިއުގެ ތަފާތަކީ ކުޅުންތެރިން ކުރާ ހިތްވަރު: އޮސްކާ

އެފްއޭ ކަޕް ފައިނަލުގައި ރޭ ފުރަތަމަ 25 މިނިޓް ތެރޭ ޓީސީ ސްޕޯޓްސް ކްލަބުން ދެ ލަނޑު ޖަހާފައި ވަނިކޮށް ނިއު ރޭޑިއަންޓް ފަހަތުން އަރާ އެއްވަރުކޮށް އަދި އިތުރު ވަގުތުގައި އެ ނަތީޖާ...

December 07, 2017 13
އެފްއޭ ކަޕް 12 ވަނަ ފަހަރަށް ނިއު ކާމިޔާބުކޮށްފި

ޓީސީ ސްޕޯޓްސް ކްލަބް ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެން 6-4 އިން އެ ޓީމު ބަލިކޮށް ނިއު ރޭޑިއަންޓުން އެފްއޭ ކަޕުގެ ޗެމްޕިއަންކަން 12...

06 ޑިސެމްބަރ

December 06, 2017
އެފްއޭ ކަޕް ތިން ވަނަ މަގާމު މާޒިޔާ ހޯދައިފި

ގްރީން ސްޓްރީޓްސްގެ މައްޗަށް 2-0 އިން ކުރިހޯދައި، އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމު މާޒިޔާ އިން މިއަދު ހޯދައިފި އެވެ.

December 06, 2017 3
ފައިނަލެއް ވިޔަސް އިތުރު ޕްރެޝަރެއް ނެތް: ނިޒާމްބެ

އެފްއޭ ކަޕް ފައިނަލުގައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރާއިރު، މިރޭ އެ ޓީމު ނުކުންނާނީ މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި އޮތް، މުބާރާތުގެ އެންމެ...

December 06, 2017 12
މިއީ ނިއު އަށް ހާއްސަ ފައިނަލެއް: އޮސްކާ

މި ސީޒަނުގެ މިހާތަނަށް ނިއު ރޭޑިއަންޓްގެ އެންމެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި ފެނިފައި ވަނީ ޓީސީ ސްޕޯޓްސް ކްލަބް ކަމަށާއި އެ ޓީމާ ދެކޮޅަށް އެފްއޭ ކަޕް ފައިނަލުގައ މިރޭ ކުޅޭ މެޗަކީ...

04 ޑިސެމްބަރ

December 04, 2017 7
ޓީސީ ބޭނުންވަނީ ދެމެހެއްޓެނިވި ކާމިޔާބެއް: ނިޒާމްބެ

އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ލިބުނު ނަމަވެސް އެއް ފަހަރާ ބޮޑު ހަރަދުތަކެއް ކުރުމަށް ވުރެން ޓީސީ ސްޕޯޓްސް ކްލަބުން އިސްކަންދޭނީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ހޯދުމަށް ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2017 3
ފައިނަލްގައި ޓީސީ އާއި ނިއުގެ ކުރިމަތިލުމެއް

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު އެފްއޭ ކަޕް ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް 4-0 އިން ކުރިހޯދައި މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް...

December 03, 2017 5
މި ފޯމުގައި ނިއު ބަލިކުރަން އުނދަގޫވާނެ: އޮސްކާ

އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނައިރު އެ ޓީމު މިހާރު އޮތް ފޯމުގައި ބަލިކުރަން އުނދަގޫވާނެ ކަމަށް ނިއުގެ ކޯޗު...

02 ޑިސެމްބަރ

December 02, 2017 12
ޓީސީ ފައިނަލަށް، މާޒިޔާ އަށް އޭއެފްސީ ކަޕް ގެއްލިއްޖެ

ދެ ވަނަ ހާފްގެ ގޯލުތަކާ އެކު 2-0 އިން މާޒިޔާ ބަލިކޮށް، އެފްއޭ ކަޕްގެ ފައިނަލްގެ ފުރަތަމަ ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ. މި މޮޅާއެކު، އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ...

December 02, 2017 4
މާޒިޔާއާ ދެކޮޅަށް ޓީސީ ބޮޑު މެޗަކަށް މިރޭ ނުކުންނަނީ

އެފްއޭ ކަޕް ސެމީ ފައިނަލުގައި މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް މިރޭ ވާދަކުރާއިރު މިއީ މި މުބާރާތުގެ ފައިނަލުގެ ޖާގައިގެ އިތުރުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގައަކަށް ވެސް...

01 ޑިސެމްބަރ

December 01, 2017 8
އޮސްކާގެ ގޭމްޕްލޭނުގެ ތެރެއިން ސެންޓޭ އަލުން ފޯމަށް

މޮޅު ކުޅުންތެރިއާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު މިދިޔަ އަހަރު ޓީސީ ސްޕޯޓްސް ކްލަބުގައި ހޯދުމަށް ފަހު އަލީ ފާސިރު (ސެންޓޭ) މި ސީޒަނުގައި ނިއު ރޭޑިއަންޓަށް ބަދަލުވުމުން ގިނަ ބަޔަކު ތިބީ ސެންޓޭގެ އެ ކުޅުން ތަކުރާރުވާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. އެހެން ނަމަވެސް ސީޒަންގެ ފުރަތަމަ ފަސް ވަރަކަށް މަހު ސެންޓޭގެ...

30 ނޮވެމްބަރ

November 30, 2017 5
ކޮންފެރޭ ކޮޅަށް 16 ގޯލު ޖަހައި ގްރީން ސެމީ އަށް

އެފްއޭ ކަޕް ކުއާޓާ ފައިނަލްގައި ތިން ވަނަ ޑިވިޝަނުގެ ކޮންފެރޭ ސްޕޯޓްސް ކްލަބް އަތުން 16-1 އިން މޮޅުވެ ގްރީން ސްޓްރީޓްސް ސެމީ ފައިނަލުން މިއަދު ޖާގަ ހޯދައިފި އެވެ.

November 30, 2017 5
ނިއުގެ ތައުރީފާ އެކު އީގަލްސް ޓީމަށް ހިތްވަރެއް

އެފްއޭ ކަޕުގައި ކްލަބް އީގަލްސް އަތުން ރޭ 5-1 އިން ނިއު ރޭޑިއަންޓް މޮޅުވި މެޗުގެ ފަހު ކަށިގަނޑާ އެކު ފެނިގެންދިޔައީ ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ގޮސް އީގަލްސްގެ ކޯޗު...

November 30, 2017 1
އީގަލްސް ކަޓުވާލުމަށް ފަހު ނިއު ސެމީ އަށް

ޒުވާން ޓީމަކާ އެކު ނުކުތް ކްލަބް އީގަލްސް އަތުން 1-5 އިން މޮޅުވެ އެފްއޭ ކަޕް ސެމީ ފައިނަލުން ނިއު ރޭޑިއަންޓް މިރޭ ޖާގަ ހޯދައިފި އެވެ.

29 ނޮވެމްބަރ

November 29, 2017 3
ސެމީގައި ޓީސީ އާއި މާޒިޔާގެ ކުރިމަތިލުމެއް

އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި މިއަދު ހަވީރު މުއިވެޔޮ ފްރެންޑްސް އަތުން 3-0 އިން ހޯދި މޮޅާ އެކު މުބާރާތުގެ ސެމީ ފައިނަލުގައި ޓީސީއާ ދެކޮޅަށް ކުޅޭނެ ޓީމަކަށް މާޒިޔާ ވެއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2017 20
ފިޔަވަޅެއް ކުރިއަށް އެޅި ވެލެންސިއާ ސޮއްސާލައިފި

އަށް އަހަރަށް ފަހު ކްލަބް ވެލެންސިއާ އިން މިދިޔަ އަހަރު ތަށްޓެއް އުފުލާލި އެވެ. މިދިޔަ އަހަރު އެފްއޭ ކަޕް ފައިނަލުގައި ޓީސީ އަތުން 3-1 އިން މޮޅުވި މެޗަށް ފަހު އޭރު ވެލެންސިއާގެ ހެޑް ކޯޗު މުހައްމަދު އިގުބާލު ބުނީ މިއީ އެ ޓީމަށް ފެށުމެއް ކަމަށާއި އަލުން ޓީމު ކޮޅަށް ޖަހަން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. އެ ޓީމުން މި އަހަރުގެ...

21 ނޮވެމްބަރ

November 21, 2017 6
އެފްއޭ ކަޕަށް އީގަލްސް އިން ޔޫތު ޓީމެއް

އަންނަ ހަފްތާގައި ފަށާ އެފްއޭ ކަޕު ފުޓްބޯޅަ މުބާރާތުގައި ކްލަބް އީގަލްސް އިން ވާދަކުރާނީ ޒުވާން ޓީމެއް ކަމަށް އެ ކްލަބުން ބުނެފި އެވެ.

12 ނޮވެމްބަރ

November 12, 2016 3
އެފްއޭ ކަޕް ތަށްޓާ އެކު ވެލެންސިއާގެ އުއްމީދު އާވެއްޖެ

އަށް އަހަރަށް ފަހު ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައި، އެފްއޭ ކަޕް ރޭ ކާމިޔާބު ކުރެވުމުން މުސްތަގުބަލާ މެދު ކުރެވޭ އުއްމީދުއާ ވެއްޖެ ކަމަށް ކްލަބް ވެލެންސިއާގެ ހެޑް ކޯޗު މުހައްމަދު...

November 12, 2016 12
12 އަހަރަށް ފަހު ވެލެންސިއާ އެފްއޭ ކަޕް އުފުލާލައިިފި

ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 3-1 އިން ކުރި ހޯދައި ކްލަބް ވެލެންސިއާ އިން 12 އަހަރަށް ފަހު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

11 ނޮވެމްބަރ

November 11, 2016 2
މިރޭގެ ފައިނަލް ވެލެންސިއާގެ ކުރިމަގަށް މުހިއްމު

މި ސީޒަނަށް ވެލެންސިއާ އިން ކުރިމަތިލީ ފާއިތުވި އަހަރުތަކާއި ހިލާފަށް ވަރުގަދަ ސްކޮޑަކާ އެކު އެވެ. ލީގަށް ވާދަކުރާނެ ޓީމުތަކުގެ ތެރޭގައި އެޓީމު ހިމެނެ އެވެ. އެކަމަކު ގިނަ މައްސަލަތަކެއް ސީޒަންގެ އެކި ހިސާބުން ދިމާވިއިރު، ވެލެންސިއާ ލީގު ނިންމާލީ ހަ ވަނައިގަ އޮވެ އެވެ. ރެލިގޭޝަން ޒޯނުން ސަލާމަތްވީ ވެސް ފަހު މެޗުތަކުގެ ނަތީޖާ...

November 11, 2016
ޓީސީ ގޮވައިގެން ނިޒާމް ކުރީގެ ޓީމާ ދެކޮޅަށް ފައިނަލަށް

އެފްއޭ ކަޕުގެ ފައިނަލުގައި މިރޭ ކްލަބް ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަކީ ޓީސީގެ ކޯޗު މުހައްމަދު ނިޒާމަށް އެއްގޮތުން ވަރަށް ހާއްސަ މެޗެކެވެ. ވެލެންސިއާއާ އެކު...

November 11, 2016 1
އެފްއޭ ކަޕުގެ ތިން ވަނަ މަގާމް ނިއު ހޯދައިފި

ޔުނައިޓެޑް ވިކްޓަރީ 2-1 އިން ބަލިކޮށް އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ މަގާމް ނިއު ރޭޑިއަންޓް މިރޭ ހޯދައިފި އެވެ.

07 ނޮވެމްބަރ

November 07, 2016
ޔޫވީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ވެލެންސިއާ އަށް

އެފްއޭ ކަޕް ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ފަހަތުން އަރައި 2-1 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ކްލަބް ވެލެންސިއާ އިން މިރޭ ހޯދައިފި އެވެ.

November 07, 2016
ވެލެންސިއާ އަށް އަހަރަށް ފަހު ފައިނަލެއްގެ އުއްމީދުގައި

އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ވެލެންސިއާގެ އެންމެ ފަހުން ފައިނަލެއް ކުޅެފައިވަނީ މީގެ އަށް...

November 07, 2016 7
ނިއު ބަލިކޮށް ޓީސީ ފުރަތަމަ ފަހަރަށް ފައިނަލަށް

އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ފަހަރަށް މިރޭ ޖާގަ ހޯދައިފި އެވެ.