01 އެޕްރީލް

April 01, 2020
މީޑިއާތަކަށް އެހީވާން ފޭސްބުކުން 100 މިލިއަން ޑޮލަރު

ކޮރޯނާވައިރަހާ ހެދި މީޑިއާތަކަށް ކުރިމަތިވަމުންދާ މާލީ ދަތިކަމަށް އެހީވާން ފޭސްބުކުން 100 މިލިއަން ޑޮލަރުގެ ބަޖަޓެއް ހަމަޖައްސައިފި އެވެ.

26 މާޗް

March 26, 2020
ރިލަޔަންސް ޖިއޯގެ ހިއްސާ ފޭސްބުކުން ގަންނަނީ

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބަނީގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯގެ ހިއްސާ ގަންނަން މާކް ޒަކަބާގްގެ ފޭސްބުކުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

25 މާޗް

March 25, 2020
އިތުރު ކުންފުނިތަކަކުން ސްޓްރީމިން ކޮލިޓީ ދަށްކޮށްފި

އިންޓަނެޓަށް ލޯޑްބޮޑުވާތީ، ހިދުމަތްދޭ ކުންފުނިތަކުން ޕިކްޗާ ކޮލިޓީ ދަށްކުރަން ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އެދުމާ ގުޅިގެން އިތުރު ކުންފުނިތަކަކުން މިކަމަށް ފިޔަވަޅުތަކެއް އަޅައިފި އެވެ.

20 މާޗް

March 20, 2020
ކޮރޯނާވައިރަހާ ގުޅޭ ދޮގު މައުލޫމާތާ ދެކޮޅަށް ޓްވިޓާ

ސޯޝަލް މީޑިއާގެ އެކި ފްލެޓްފޯމްތައް މެދުވެރިކޮށް ކޮރޯނާވައިރަހާ ބެހޭ ގޮތުން ސައްހަ ނޫން މައުލޫމާތު ދައުރުކުރާ މައްސަލަ ބޮޑުވެފައިވާތީ މިކަމާ ދެކޮޅަށް ޓްވިޓާ އިން ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

19 މާޗް

March 19, 2020
އެފްބީގެ ދާއިމީ މުވައްޒަފުންނަށް 1،000 ޑޮލަރުގެ ބޯނަހެއް

ކޮވިޑް-19އާ ހެދި ފޭސްބުކްގެ މުވައްޒަފުންނަށް މި ވަގުތު ކުރިމަތިވެފައިވާ ހާލަތްތަކަށް ރިއާޔަތްކޮށް އެތަނުގެ ދާއިމީ ކޮންމެ މުވައްޒަފަކަށް 1،000 ޑޮލަރުގެ ބޯނަހެއް ދޭން ނިންމައިފި އެވެ.

15 މާޗް

March 15, 2020
އެޕަލްގެ އަހަރީ ކޮންފަރެންސް އޮންލައިންކުރަނީ

ޓެކްނޮލޮޖީ ސިނާއަތުގައި ބާރުގަދަ ކުންފުނިތަކުން، މުޅި އަހަރަށް ބަހާލައިގެން ބޭއްވުމަށް ތާވަލުކޮށްފައި ހުރި ހަފުލާތަކަށް ބޮޑެތި ބަދަލުތަކެއް އެބަ ގެނެ އެވެ. އެޕަލް އިން ކޮޮންމެ އަހަރަކު ބާއްވާ "ވޯލްޑްވައިޑް ޑިވެލޮޕާސް ކޮންފަރެންސް"، އޮންލައިން ހަފުލާއެއް ގޮތުގައި، މި އަހަރު ބޭއްވުމަށް ވަނީ ހަމަޖައްސާފަ އެވެ. އެއީ ކޮވިޑް-19ގެ...

11 މާޗް

March 11, 2020
ފޭސްބުކް ގޮވައިގެން އޮސްޓްރޭލިއާ ކޯޓަށް

ޑޭޓާ ޕްރައިވެސީގެ ގާނޫނުތަކާ ޚިލާފުވެ، ފޭސްބުކް ބޭނުން ކުރާ އެތައް މިލިއަން ބައެއްގެ ޒާތީ މައުލޫމާތު އިނގިރޭސިވިލާތުގެ ކެމްބްރިޖް އެނަލިޓިކާ ކުންފުނިން ބޭނުންކުރި މައްސަލާގައި ފޭސްބުކް މިދިޔަ އަހަރު ފަސް ބިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައި ވަނިކޮށް، ހަމަ މި މައްސަލާގައި އޮސްޓްރޭލިއާ އިން ވެސް ފޭސްބުކްގެ މައްސަލަ ކޯޓަށް...

06 މާޗް

March 06, 2020
ވައިރަހާ ބެހޭ ދޮގު ވާހަކަ ހުއްޓުވަން ފޭސްބުކްގެ އެހީ

ދުނިޔެ އަށް މިހާރު ކުރިމަތިފައިވާ ކޮރޯނާވައިރަހާ ބެހޭ ގޮތުން އާންމުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެ ބައްޔާ ބެހޭ މައުލޫމާތުތައް ވީހާ ވެސް ބޮޑަށް ފޯރުކޮށް ދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަށް ޑަބްލިއުއެޗްއޯ އަށް ފޭސްބުކުން ހާއްސަ...

04 މާޗް

March 04, 2020 3
މޯދީގެ ސޯޝަލް މީޑިއާ އެކައުންޓްތައް އަންހެނުންނަށް

މި މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދިރަ މޯދީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ކޮންޓްރޯލް އަންހެނުންނަށް ދެއްވަން ނިންމަވައިފި އެވެ.

01 މާޗް

March 01, 2020
ޕާކިސްތާނުގެ ސެންސާޝިޕުން އިންޓަނެޓް ކުންފުނިތައް ދުރަށް

އިސްލާމްއާބާދު (މާޗް 1) - ޕާކިސްތާނުން ތައާރަފްކުރާ ހަރުކަށި ސެންސާޝިޕް ގާނޫނުތަކާ ގުޅިގެން އިންޓަނެޓް ކުންފުނިތައް ކަމަށްވާ ގޫގްލް، ފޭސްބުކް އަދި ޓްވިޓާ އިން ވަނީ އެ ގައުމުގައި ޚިދުމަތް ހުއްޓާލަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.

23 ފެބުރުއަރީ

February 23, 2020
ފޭސްބުކަށް އަޑު ދީގެން 5 ޑޮލަރު

ފޭސްބުކްގެ ސްޕީޗް ރިކޮގްނިޝަން ޓެކްނޮލޮޖީ ތަރައްގީކުރަން ކުރާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން 5 ޑޮލަރު ހޯދިދާނެ ފުރުސަތެއް ހުޅުވާލައިފި އެވެ.

19 ޖެނުއަރީ

January 19, 2020
ވަޓްސްއެޕްގައި އިސްތިހާރުކުރުން މަޑުޖައްސާލައިފި

ފައިސާ ހޯދަން ފޭސްބުކުން ކުރާ މައިގަނޑު މަސައްކަތަކީ އިންޓަނެޓްގައި އިސްތިހާރުކުރުމެވެ. ފޭސްބުކް، އިންސްޓާގްރާމް އަދި މެސެންޖާ ފަދަ މޮބައިލް އެޕްލިކޭންޝަންތައް ޑިޒައިންކޮށްފައި ވަނީ ވެސް ފައިސާ ހޯދޭނެ ގޮތްތަަކަށް އިސްކަންދީގެންނެވެ. އެ ކުންފުނިން ވަޓްސްއެޕް ގަތީ ވެސް މި ވިސްނުމުގަ އެވެ.

29 ޑިސެމްބަރ

December 29, 2019 1
ފޭސްބުކާ ނުލައި ދެން މެސެންޖާ ބޭނުމެއް ނުކުރެވޭނެ

ފޭސްބުކާ ނުލައި ފޭސްބުކް މެސެންޖާ ޑައުންލޯޑްކޮށް، ބޭނުން ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފިި އެވެ.

26 ޑިސެމްބަރ

December 26, 2019
ވަޓްސްއެޕަށް "ޑާކް މޯޑް" ދެން މާ ލަހެއް ނުވާނެ

ބޭނުންކުރާ އެކިއެކި ސޯޝަލް އެޕްތަކަށް މިހާރު ޑާކް މޯޑް ތައާރަފް ކުރުމަކީ އާންމު ވަމުން އަންނަ ޓްރެންޑެކެވެ. އުފާވެރި ޚަބަރަކީ ދެން މާ ލަހެއް ނުވެ މި ފީޗާ ވަޓްސްއެޕަށް ވެސް އަތުވެދާނެ ކަމެވެ. ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ފޭސްބުކްގެ ދަށުން ހިންގާ ވަޓްސްއެޕުން ޑާކް މޯޑް ފީޗާ ޓެސްޓް ކުރަމުން އަންނަތާ ވެސް މިހާރު...

22 ޑިސެމްބަރ

December 22, 2019
ފޭސްބުކުން އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ

ފޭސްބުކުން އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ އެވެ. ބޭނުމެއް ކަމަށް ބުނަނީ، ވާދަވެރިންނަށް އިތުބާރުކުރެވެން ނެތީ ކަމަށެވެ. ވާދަވެރި އޮޕަރޭޓިން ސިސްޓަމްތަކުގައި، ފޭސްބުކް އެޕްލިކޭޝަންތަކަށް ބޭނުންވާ "ފީޗާ"ތައް ނެތީ ކަމަށެވެ. ފޭސްބުކަށް ޚާއްސަ ވަކި ވަކި ފީޗާތައް، ވާދަވެރިންގެ އޮޕަރޭޓިން ސިސްޓަމްތަކުގައި ހިމެނުމަކީ، ވާދަވެރިންނަށް...

19 ޑިސެމްބަރ

December 19, 2019
ފާއިތުވި 10 އަހަރު އެންމެ ގިނަ ޑައުންލޯޑް ފޭސްބުކަށް

ފާއިތުވި 10 އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރި އެޕަކީ ފޭސްބުކް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

16 ޑިސެމްބަރ

December 16, 2019
ވަޓްސްއެޕް، އިންސްޓާގްރާމް، ފޭސްބުކް އެއްކުރަން ދަތި

ވަޓްސްއެޕް، އިންސްޓާގްރާމް އަދި މެސެންޖާ އެއްކޮށްލުމަށް ފޭސްބުކް އޮތީ ކެތްމަދުވެފަ އެވެ. ނަމަވެސް، މިއީ ކުރެވިދާނެ ކަމެއް ކަމަކަށް ނުފެ އެވެ. އެމެރިކާގެ ފެޑެރަލް ޓްރޭޑް ކޮމިޝަނުން ވަނީ މި ކަމުގެ ތެރެ އަށް ވަރަށް ބޮޑަށް ވަދެފަ އެވެ. މިއީ އެ ކޮމިޝަނުން އެއްގޮތަކަށް ވެސް ކުރަން ހުއްދަދީފާނެ ބާވަތުގެ ކަމެއް ނޫނެވެ.

07 ޑިސެމްބަރ

December 07, 2019
އެންޑްރޮއިޑް "ފޯކަސް މޯޑް" ބީޓާ މަރުހަލާއިން ބޭރަށް

އެންޑްރޮއިޑް "ފޯކަސް މޯޑް" އަކީ ސްމާޓްފޯން ފީޗާއެކެވެ. މަސައްކަތްކުރަނީ "ޑު ނޮޓް ޑިސްޓާބް"އާ ދާދި އެއް ގޮތަކަށެވެ. ބޭނުމަކީ އޮފީސް މަސައްކަތުގައި އުޅޭއިރު ނުވަތަ އެ ޒާތުގެ މުހިންމު ކަމެއްގައި ޝާމިލްވެވިފައި ވަނިކޮށް، ވައިބާ، ޓްވީޓާ، ޓެލެގްރާމް އަދި ފޭސްބުކް ފަދަ އެޕްލިކޭޝަންތަކުން އަންނަ ނޮޓިފިކޭޝަންތައް އަދި މެސެޖްތައް...

28 ނޮވެމްބަރ

November 28, 2019
ބޭނުން ނުކުރާ ޓްވިޓާ އެކައުންޓްތައް ޑިލީޓްކޮށްލަނީ

ޓްވީޓާގައި ބޭނުންނުކޮށް ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައި ހުރި އެކައުންޓްތައް ޑިލީޓްކޮށްލާނެ ކަމަށް ބުނެފި އެވެ. އެކައުންޓް ބޭނުން ނަމަ އަދި ބޭނުންކުރަން ވިސްނާ ނަމަ، ޑިސެމްބަރު 11ގެ ކުރިން، އެކައުންޓަށް ވަދެ، ބޭނުންކުރާ އެކައުންޓެއްކަން ސާބިތުކޮށްދޭން ޓްވީޓާ އިން ވަނީ އެދިފަ އެވެ.

25 ނޮވެމްބަރ

November 25, 2019
ގޫގްލްގެ ބަގް ހޯދުމުގެ އިނާމު 1.5 މިލިއަން ޑޮލަރަށް

ގޫގްލް އިން ނެރޭ ސްމާޓްފޯންތަކުގައި ޓެކްނިކަލް އެއްވެސް ބާގަނޑެއް ނުވަތަ ބަގެއް ހުރި ނަމަ އެކަން ކުންފުނީގެ ސަމާލުކަމަށް ގެނެސްދީ އެކަން ހައްލުކުރަން ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދޭ މީހުންނަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށްފި އެވެ.