22 ޖުލައި

July 22, 2019 8
ފަރުވާ- ތަޝައްފީގެ ޒީޝާ...

"... އައިމިނަތު އީޝާ ... ލައްބަ މިސް. ފާތިމަތު ލުބުނާ .... ލައްބަ މިސް. މަރިޔަމް ޒީޝާ .... މަރިޔަމް ޒީޝާ..."

30 މެއި

May 30, 2018
ނިޕާ ވައިރަސް- ނުރައްކާ ބޮޑު

ނިޕާ ވައިރަސް ނުވަތަ އެން.އައި.ވީ އަކީ ވަރަށް ނުރައްކާތެރި ވައިރަހެކެވެ. މި ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1998 ވަނަ އަހަރު މެލޭޝިޔާގެ ކެމްޕަންގް ސަންގްއައި ނިޕާއޭ ކިޔުނު އަވަށަކުންނެވެ. ނިޕާ ވައިރަހަށް ނަން ދެވިފައި ވަނީ މި އަވަށަށް ނިސްބަތްކޮށެވެ. ނަވާސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު އޮސްޓްރޭލިޔާގައި ފެނުނު ނުރައްކާތެރި...

12 އޮކްޓޯބަރ

October 12, 2017 10
ކޮންމެ ހަ ސިކުންތަކުން މީހަކު މަރާލައެވެ.

އެއީ ނުރައްކާތެރި ގާތިލެކެވެ. ކޮންމެ ހަ ސިކުންތަކުން އެކަކު މަރާލަ އެވެ. ކެމިކަލް ހަތިޔާރު ބޭނުން ކޮށްގެންނެވެ. އެ ބޮޑު މުޖުރިމުގެ ފުލީޓުގައި 4،000 އަށް ވުރެ ގިނަ ކެމިކަލް ހަތިޔާރު ހިމެނެ އެވެ. އޭގެ ތެރޭގައި އަސަރާއި ވޭނުގައި އޮވެ މަޑުމަޑުން މީހާ ފަނާކޮށްލާ އެތައް ހަތިޔާރެއް ވެސް ހިމެނެ އެވެ. ނާޒިމްގެ މެ އަށް އަމާޒުވީ މި ދެންނެވި...

20 ޖުލައި

July 20, 2017 8
ތުއްތު ދަރިފުޅު ރީނދޫ ވަނީ ކީއްވެ؟

"...މިހާރު އުފަންވާ ކޮންމެ ކުއްޖަކު މިވަނީ ރީނދޫ. ޑޮކްޓަރެއް ނެތި އަހަރެމެން ވިހޭއިރު ވެސް މިފަދަ ކަމަކާ ކުރިމައްޗެއް ނުވޭ. އޭރު ވެސް އަޒުމާ ގާތުގައި މަންމަ ބުނީމެންނު އެ ބޭސްތައް ނުކާށޭ. ރީނދޫ ނުވިއްޔާ ދެރައެއް ނު. ތިޔަކާ ދެބުރި ދެކުލައިގެ ބޭސްގުޅަވޭ ބޮޑު ހަސަނު ހޮޓަލުން ހަދާ ކަވާބެއް ވަރު" މާމަ ދަރިފުޅު ރީނދޫ ވުމުން މަރިޔަމްފުޅު...

29 ޖޫން

June 29, 2017 17
ޕްރިންސަސް ފާތިމަތު ބުލްބުލް އާއި ނެގަޓިވް އާރުއެޗް

ފޭސްބުކް ހުޅުވަލި އެވެ. "ޕްރިންސަސް ފާތިމަތު ބުލްބުލް އިޒް ފީލިންގް ހެޕީ ވިތް ހަސަން އޮޒިލް."

01 ޖޫން

June 01, 2017 31
ރޯދަވެރިޔާ އާއި އެތީސްޓް

ދީން ގަބޫލް ނުކުރާ މީހަކު ބުންނެވެ. "ނުކައި ނުބޮއެ ތިޔަ ހިފާ ރޯދައިން ކަލޭމެންނަށް ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ ކަރު ހިއްކުމާއި ބަނޑުހައި ހޫނުކަން ފިޔަވައި ލިބެނީ ކޮންއެއްޗެއް ހެއްޔެވެ؟ އަމިއްލަ ހަށިގަނޑު އޭގެ އުފާތަކުން މަހުރޫމްކޮށްގެން ކަލޭމެންނަށް ލިބެނީ ކޮން މޮޅެއް ހެއްޔެވެ؟ ތިޔަ ވިސްނުން ބަދަލުކުރާނީ ކޮން ދުވަހަކުން...

25 މެއި

May 25, 2017 30
ދަރިން ނުލިބެނީ ކީއްވެ؟

އެ ދެމީހުން ކައިވެނިކޮށްގެން އުޅޭތާ އެތަކެއް އަހަރެއްވެއްޖެ އެވެ. އަދިވެސް ދަރިއަކު ނުލިބެ އެވެ. ފިރިހެން މީހާގެ އާއިލާ އިން ތުހުމަތުގެ އިނގިލި ދިއްކުރަނީ އަންހެން މީހާ އަށެވެ. މާފަލަކޮށް ހުންނާތީ އެވެ. ގަވާއިދުން މައްސަރުކަންތައް ނުޖެހޭތީ އެވެ. އަނެއްކޮޅުން އަންހެން މީހާގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި ހުރިހާ ވެސް މައްސަލަ...

11 މެއި

May 11, 2017 2
ބަދިގެ އަށް ވަނުމުގެ ކުރިން މިކަންކަން އެނގުން މުހިންމު

"... އަހަރެން ބުނީމެންނު ދޯ، މަށަކަށް ކައްކާކަށް ނޭނގެއޭ. ހަނޑޫ ހޮވާ، ބަތް ކައްކައި ރިހަ ކެއްކުމަކީ، އަހަރެން އެއް އިރެއްގައި ވެސް ކުރި ކަންތައްތަކެއް ނޫން. އެކަމަކު ކިހިނެއް، މިހެން އަބަދު ކެފޭތަކާއި ރެސްޓޯރަންޓްތަކުން ކައިގެން އުޅޭނީ! މީރުކޮށް މޮޅަށް ކައްކަން ދަސްކުރަން އަހަރެންވެސް ބޭނުން. ހޮޓެލްސް ސްކޫލަށް ދިޔައިއްޔާ ކިހިނެއް...

04 މެއި

May 04, 2017 20
ފޭކު ބޭސް ދެނެގަންނާނީ ކިހިނެއް؟

ރައްޓެއްސަކާ އެކު ކޮފީއަކަށް އެރި ދުވަހެކެވެ. ގޮނޑީގައި ރަނގަޅަށް ހަމަޖެހި ނުލެވެނީސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ކުރަން ފެށި އެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކިޔަސް ލިޔެދެއްވަނީ "އެއްބޭހެއް ކަމަށާއި" އެއަކުން ވާކަމެއް ނެތޭ ބުނެ ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އެވެނި ބުރޭންޑެއްގެ މިވެނި ބޭހެއް ކެއުމުން އެއްވެސް...

06 އެޕްރީލް

April 06, 2017 6
ފަރުވާ: ހެޕަޓައިޓިސް އަކީ ކޮބާ؟

އޭނާ އަކީ 25 އަހަރުގެ ޒުވާން ފިރިހެނެކެވެ. އިމާޖެންސީ ޑިޕާޓުމަންޓަށް ގެނެވުނީ އެތައް ދުވަހެއް ވަންދެން މޭ ނުބައިކޮށް ހޮނޑުލައި، ހުން އަންނާތީ އެވެ. ބަނޑުގައި ރިއްސާތީ އެވެ. ބަރުދަން ލުއިވެ، ވަރުދެރަވެ، ދެ ލޯ ރީނދޫވެފައިވާތީ އެވެ. ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަވެފައި، ބޮޑުކަމުދާ ތަކެތީގެ ކުލަ ފަނޑުކޮށް ހުންނާތީ އޭނާ ޝަކުވާކުރި އެވެ....

30 މާޗް

March 30, 2017 3
ފަރުވާ: ދުވަހަކު ވެސް ދަރިޔަކު ނުލިބިދާނެ!

ރޮއެލައިފި އެވެ. އަނެއްކާވެސް ރޮއެލައިފި އެވެ. އެއަޑު އެ އަންނަނީ ގިފިލީ ތެރޭންނެވެ. ފަޅޯގަހާ ދިމާލުންނެވެ. އެއީ ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑުކަން ޔަގީނެވެ. ނަމަވެސް އެގޭގައި ތުއްތު ކުއްޖަކު ނޫޅޭކަން ކަށަވަރެވެ. މިއިން ދުވަހަކު ވެސް ގާތް އަވައްޓެރި ގެޔަކުން ނަމަވެސް، އާމަނަކަ ފަތެއް ވެސް ހޯދަން ނޫޅެ އެވެ. އަދި މީން ޒަމާނަކުވެސް،...

17 މާޗް

March 17, 2017 11
އިންފްލުއެންޒާ ވެކްސިނާއި ބޭހާއި މާސްކް އަދި ޓެސްޓްތައް

ވެކްސިން އަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެއީ އެ ރައްކާކޮށް ބެލެހެއްޓުމުގައްޔާއި އެއްތަނުން އަނެއްތަނަށް އުފުލައި ހެދުމުގައްޔާއި އަދި ނައްތާލުމުގައި ވެސް ވަރަށް ފަރުވާތެރިވާން ޖެހޭ އެއްޗެކެވެ. އެހެން ނޫންނަމަ އޭގެ ސަބަބުން ނޭދެވޭ އަސަރެއް ކުރުމަކީ ނުހަނު ގާތުގައިވާ ކަމެކެވެ. އޫރު ރޯގާގެ ނުރައްކާ ބޮޑުވެފައިވާ މިދަނޑިވަޅުގައި...

15 މާޗް

March 15, 2017 16
އިންފުލުއެންޒާ ވައިރަހާއި އޭގެ ހަގީގަތް

އިންފުލުއެންޒާ އަކީ ތިން މެންބަރެއްގެ މައްޗަށް ބިނާވެގެންވާ އާއިލާއެކެވެ. އެއީ އިންފުލުއެންޒާ ވައިރަސް އޭ ވައިރަސް ބީ އަދި ވައިރަސް ސީ އެވެ. މިދެންނެވި ތިން މެންބަރުން ގިންތިކޮށްފައި ވަނީ އިންފުލުއެންޒާ ވައިރަހުގެ އެތެރޭގައިވާ ޕޮރޮޓީންސްތަކަށް ބިނާކޮށެވެ. ވައިރަހުގެ މަތީ ފަށަލައިގައިވާ ހިމަގުލުޓިނިން ނުވަތަ އެޗް ނަމަކަށް ކިޔާ...

05 މާޗް

March 05, 2017 9
ފަރުވާ: ދުނިޔެ ރަންވުމުގެ ކުރިން ހައްގު ހޯދާށެވެ!

"...ދެން ފަހެ މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި މައްސަލަ ބެލި މަޖިލީހުގައި ދެއްކި ވާހަކަތަކުގެ މައްޗަށް ރިޔާއަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި އައިމިނަތު ފަރީދާ (އަސްލު ނަމެއް ނޫން) ވަޒީފާ އިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް މައްސަލަ ބެލި މަޖިލީހުގެ...

25 ފެބުރުއަރީ

February 25, 2017 9
ފަރުވާ: "ކަކުނި ހަނގުރާމަ" އަޑުއެހިންތަ؟

(ފެބްރުއަރީ 16، 2017 ގައި ޖެހި ބަޔާ ގުޅޭ)

16 ފެބުރުއަރީ

February 16, 2017 7
ފަރުވާ: "ކަކުނި ހަނގުރާމަ" އަޑުއެހިންތަ؟

އެއީ އެއްވައްތަރު ދެ ސެލް އެވެ. ވަޒީފާ އަދާކުރަނީ އެއް އޮފީހުގަ އެވެ. ކުރަނީ އެއް މަސައްކަތެކެވެ. ދެނީ އެއް ޚިދުމަތެކެވެ. އުފެދުނީއްސުރެ ގެންދަވަންދެނެވެ. ނަމަވެސް ވަކި ހިސާބަކުން އެއް ސެލް ކޮންޓްރޯލުން ނެއްޓިދާނެ އެވެ. އެހިސާބުން ހުދޫދުން ބޭރުވި ސެލް "ކަކުންޏަކަށް" ބަދަލުވީ އެވެ. އަދި ދެ ސެލް ދެ ދުޝްމަނުންނަށް ވީ އެވެ. ބިރުވެރި،...

02 ފެބުރުއަރީ

February 02, 2017 9
ފަރުވާ: ތަންމައްޗަށް ހީސްލުން، ހައްލަކީ ކޮބާ؟

އުމުރުން ހަތަރު އަހަރުގެ ނާއިލާއި (އަސްލު ނަމެއް ނޫން) ފަސް އަހަރުގެ ނާއިޝް (އަސްލު ނަމެއް ނޫން) ނިންދެވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ކޮންމެވެސް ވާހަކައެއް އަބަދުވެސް އޮންނަނީ ކިޔައިދޭން ޖެހިފައެވެ.

19 ޖެނުއަރީ

January 19, 2017 6
ފަރުވާ: ކާންވީ ބޭހާއި ނުކާންވީ ބޭސް

ކަތްދަގެ (އަސްލު ނަމެއް ނޫން) ބަނޑަށް 35 ހަފްތާއެވެ. ވިހާ ދުވަސް ކައިރިވަމުން އަންނަ ވަރަކަށް އޭނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ފިކުރުތައް ދިޔައީ ބޮޑުވަމުންނެވެ. ރަށުގައި އަންހެނުންގެ ޚާއްޞަ ޑޮކްޓަރެއް ނެތެވެ. ސްކޭން ކުރެވޭކަށެއް ނެތެވެ. ނުތަނަވަސްކަން ވަނީ މުޅި މީހާ ވަށާލާފައެވެ. ހިތް ބުނާ ކަހަލައެވެ. ކަތްދައެވެ. ބަނޑުބޮޑު...

05 ޖެނުއަރީ

January 05, 2017 7
ފަރުވާ: ޕާޓީ ފޯރިޔާއި ގޮނޯރިއާ

ޕާޓީގައި ދެ ޖިންސުގެ ޒުވާނުން ވާނުވާގައެވެ. ބޯމީހުން ބުއިމުގައެވެ. ނަށާމީހުން ނެށުމަގައެވެ. ނީލަން ކިޔާމީހުން ނީލަމުގައެވެ. ލަދުގެ ކަންފުޅެއް ވެސް ނެތީއެވެ. މިއީ އަދުގެ ހާލަތެވެ.

28 ޑިސެމްބަރ

December 28, 2016 8
ފަރުވާ: ޖީ.ސިކްސް.ޕީ.ޑީ. ޑެފިސިއަންސީއަކީ ކޮބާ؟

އެއީ ފޭބި އަހަރުގެ ބޮޑު ބަންދެވެ. ފާތުން (އަސްލު ނަމެއް ނޫން) އޭނާގެ އުފަން ރަށަށް ދިޔައީ ކުޑަކުޑަ ޔައިޝް (އަސްލު ނަމެއް ނޫން) ގޮވައިގެން ހިތާނުކުރާށެވެ. މަންމަ ގޯތީގައި ހުރި ހީނާފަތް ގަހުން ފަތް ބިނދެ، ހިތާނު ކުރުމުގެ ކުރިން ޔައިޝްގެ ހަތަރެސްފައިގައި ހީނާ އަޅައި ރަތްކޮށްލާށެވެ. ފާޑުފާޑުގެ ނިވިދިއްލޭ ކުލަ ބޮކިތަކާއި ރަންވަރަން...