08 ފެބުރުއަރީ

February 08, 2020 30
ތިން އަހަރު ޓީޓީ ކުޅެގެން ދީމާ ފްލެޓެއް މިލްކުކޮށްފި

ގައުމީ ފެންވަރުގައި މީގެ ތިން އަހަރު ކުރިން ޓޭބަލް ޓެނިސް ކުޅެން ފެށި ފާތިމަތު ދީމާ އަލީ އަށް އެ މުއްދަތުގެ ތެރޭގައި ލިބުނު ފައިސާ އިން އޭނާ އަށް މައިންބަފައިން ފްލެޓެއް ގަނެދީފި އެވެ.

25 ޖެނުއަރީ

January 25, 2020 4
ގައުމީ ޓީޓީ ޗެމްޕިއަންކަން ދީމާ އާއި މުންސިފަށް

ވާދަވެރި އައިޝަތު ރަފާ ނާޒިމް އަތުން ފަސޭހަކަމާ އެކު ސީދާ ހަތަރު ސެޓުން މޮޅުވެ ފާތިމަތު ދީމާ އަލީ ގައުމީ ޓޭބިސް މުބާރާތުގެ އަންހެން ސިންގަލްސް ތަށި ދިފާއުކުރިއިރު، ޝައްފާން އިސްމާއިލް 4-1 ސެޓުން ބަލިކޮށް މޫސާ މުންސިފް އަހުމަދު 10 ވަނަ ފަހަރަށް ފިރިހެން ސިންގަލްސް ތަށި ހޯދައިފި އެވެ.

23 ޖެނުއަރީ

January 23, 2020 1
ދުނިޔޭގެ ޓީޓީގެ ރައީސްގެ ތައުރީފާއި ހިތްވަރު ރާއްޖެއަށް

ޗުއްޓީއަކަށް ރާއްޖެ ވަޑައިގެން ހުންނެވި އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) ގެ ރައީސް ޖަރުމަނުގެ ތޯމަސް ވައިކަޓް ރާއްޖޭގެ އުއްމީދީ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އަށް ތައުރީފްކުރައްވައި، މި ކުޅިވަރުގައި ރާއްޖެ އިތުރަށް ކުރިއަށް ދިއުމަށް ހިތްވަރުދެއްވައިފި އެވެ.

06 ޑިސެމްބަރ

December 06, 2019 4
ރަފާ އަތުން ލަންކާގެ އެއް ވަނަ އަށް ހަނި މޮޅެއް

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމްއާ ވާދަކޮށް ސްރީލަންކާގެ އެއް ވަނަ ކުޅުންތެރިޔާ އިޝާރާ މަދުރަންގީ 4-3 އިން ހަނި މޮޅެއް ހޯދައިފި އެވެ.

05 ޑިސެމްބަރ

December 05, 2019
ސިންގަލްސް އިން ރަފާ އާއި ދީމާ ކުއާޓާ އަށް

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ އަންހެން ސިންގަލްސް ބައިން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

04 ޑިސެމްބަރ

December 04, 2019
ރަނގަޅު ފެށުމަކާ އެކު ދީމާ އާއި ރަފާ އުއްމީދުގައި

ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓްގައި އަންހެން ޓީމަށް މި ފަހަރު ލޯ މެޑަލް ލިބުމަކީ ރަނގަޅު ފެށުމެއްގެ ގޮތުގައި ދެކޭ ކަމަށާއި ކުރިއަށް ހުރި މެޗުތަކާ މެދު ބޮޑު އުއްމީދެއްކުރެވޭ ކަމަށް ޓީމުގެ އެންމެ އުއްމީދީ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ބުނެފި އެވެ.

20 ނޮވެމްބަރ

November 20, 2019 3
އެޑިއުކޭޝަން މިނިސްޓަރުގެ ހާއްސަ އެވޯޑް ދީމާ އަށް

ކުޅިވަރުގައި ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހާއްސަކޮށް އަލަށް ތައާރަފް ކުރި، އެޑިއުކޭޝަން މިނިސްޓަރުގެ އެވޯޑް ޓީޓީ ތަރި ފާތިމަތު ދީމާ އަލީ މިރޭ ހާސިލްކޮށްފި އެވެ.

09 އޯގަސްޓް

August 09, 2019 4
ދީމާ އަށް އައްޑޫ ކައުންސިލުން ހާއްސަ ޓްރޮފީއެއް

މިދިޔަ މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެ އަށް ރަން މެޑެލް ހޯދައި ދިން ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތުމަތު ދީމާ އަލީގެ ކާމިޔާބީ ފާހަގަކޮށް، އައްޑޫ ސިޓީ ކައުންސިލުން އޭނާ އަށް ހާއްސަ ޓްރޮފީއެއް ދީފި އެވެ.

06 އޯގަސްޓް

August 06, 2019 5
އިންޑިވިޖުއަލް ކުޅިވަރު އެވޯޑް ނަބާހާ އާއި އަޖުފާނަށް

ރާއްޖޭގެ އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅިވަރު ކުޅުންތެރިޔާގެ މަގާމް ބެޑްމިންޓަންގެ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް އަދި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމް ހަމަ އެ ކުޅިވަރުން މުހައްމަދު އަޖުފާން ރަޝީދު ހޯދައިފި އެވެ.

30 ޖުލައި

July 30, 2019 5
ޕްރެޝަރާ ކުރިމަތިލީ ޕްރޮފެޝަނަލުންގެ ގޮތުގައި: ކޯޗު

ނިމިގެން ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން އުއްމީދުކުރި ވަރަށް ވުރެ ވެސް ބޮޑު ކާމިޔާބެއް ދިވެހި އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިން ހޯދީ، އުނދަގޫ ހާލަތްތަކާ، ޕްރޮފެޝަނަލުންގެ ގޮތުގައި ކުރިމަތިލައިގެން ކަމަށް ހެޑްކޯޗު އިންޑިއާގެ އަމިތު ކުމާރު ބުނެފި އެވެ.

26 ޖުލައި

July 26, 2019 24
ދީމާ: މަންމަ އާއި ބައްޕަގެ ގުރުބާނީގެ އަގު ރަނުން!

ސްރީ ލަންކާގައި ދިރިއުޅޭ އުމުރުން އަށް އަހަރުގެ ދިވެހި ކުޑަކުއްޖަކު މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ވާހަކަތައް ނޫސްތަކަށް އެރުމާ އެކު، ބައެއް ފަރާތްތަކުން ބުނަން ފެށީ އޭނާ ތަމްސީލްކުރާނީ ލަންކާ ކަމަށާއި ކާމިޔާބީއާ ހަމަޔަށް ދެވެން ވެސް އޮންނާނީ އެގޮތަށް އަމަލުކޮށްގެން ކަމަށެވެ. އަދި...

25 ޖުލައި

July 25, 2019 3
"މިއަދު އެންމެ ބާރަށް ވިކެނީ ޓީޓީ ބޯޅަޔާ ރެކެޓާޔޯ!"

"މިއަދު ކުޅިވަރު ސާމާނު ފިހާރަތަކުން އެންމެ ބާރަށް ވިކެނީ ޓީޓީ ބޯޅަޔާ ރެކެޓާޔޯ! އެތެދެއްތަ؟"

24 ޖުލައި

July 24, 2019 24
ރަނާއި ރިހިން ޖަރީވެ އަންހެން ޓީޓީ ތާރީހުގެ ތެރެއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް ކެޓަގަރީގެ ފައިނަލުގައި ރާއްޖޭގެ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ ސީދާ ހަތަރު ސެޓުން...

July 24, 2019 3
އައިއޯއައިޖީ: ޓީޓީގެ އަންހެން ދެ ޕެއާ ވެސް ކުއާޓާއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މުއީނާ މުހައްމަދާއި ފާތިމަތު...

20 ޖުލައި

July 20, 2019 13
ދީމާގެ މަންމަ އާއި ބައްޕަ: އަބަދުވެސް އެންމެ ގާތުގައި

އަހަރެމެން އެންމެންނަށް ފެންނަނީ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ހުނަރުވެރިކަމެވެ. އޭނާ ހޯދަމުން އަންނަ ކާމިޔާބީތަކެވެ. މިހާރު ވެސް އުއްމީދުކޮށްގެން މިތިބީ އިއްޔެ މޮރިޝަސްގައި ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އޭނާ ރާއްޖެ އަށް ރީތި ނަމެއް ހޯދައިދޭނެ ކަމަށެވެ. ހަމައެއާ އެކު އަހަރެމެންނަށް ފެންނަން...

17 ޖޫން

June 17, 2019 3
ދީމާ ޗައިނާގައި މަތީ ފަންތީގެ ތަމްރީންތަކެއް ހަދަނީ

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ހަމަޖައްސަވައިދެއްވި ހާއްސަ ފުރުސަތެއްގެ ދަށުން ރާއްޖޭގެ ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ އެ ކުޅިވަރުގެ ދުނިޔޭގެ އެއް ވަނަ ގައުމު ކަމަށްވާ ޗައިނާގެ ނަންޖިންގައި، އެ ގައުމުގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ބެލުމުގެ ދަށުން ޕްރައިވެޓް ތަމްރީންތަކެއް ފަށައިފި އެވެ.

23 މެއި

May 23, 2019 2
ދީމާގެ ތަމްރީން ހަރަދުތަކާ ސަރުކާރުން ހަވާލުވެއްޖެ

އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ފާތިމަތު ދީމާ އަލީގެ ތަމްރީންތަކުގެ ހަރަދުތައް ހަމަޖައްސައިދޭން ކުޅިވަރާ ބެހޭ މިނިސްޓްރީން ނިންމައިފި އެވެ.

13 މެއި

May 13, 2019 4
އޭޝިއަން ހޯޕްސް މުބާރާތުން ދީމާ ރިހި މެޑަލް ހޯދައިފި

އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުގެ އަންހެން ކުޅުންތެރިންގެ ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދައި އެ ކުޅިވަރުން ރާއްޖެ އަށް އޭޝިއާގެ މުބާރާތަކުން ފުރަތަމަ މެޑެއްޔެއް ހޯދައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފާ އެކު، ދުނިޔޭގެ ހޯޕްސް މުބާރާތަށް ކޮލިފައިވެއްޖެ އެވެ.

12 މެއި

May 12, 2019 6
ދީމާ އޭޝިއާގެ ޓޭބަލް ޓެނިހުގެ ސެމީ ފައިނަލަށް!

އޭޝިއަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުގެ އަންހެން ކުޅުންތެރިން ބައިން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

14 މާޗް

March 14, 2019 1
ރަފާ އަށް މިލްކުވިޔަނުދީ ދީމާ ތަށި ހޯދައިފި

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ތަށި މިލްކުކުރަން ނުކުތް އައިޝަތު ރަފާ ނާޒިމް 4-1 ސެޓުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދައި، ތަށި ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފް ފާތިމަތު ދީމާ އަލީ މިއަދު ހޯދައިފި އެވެ.