27 މާޗް

March 27, 2020
ބޮޑު ހަތަރު ކްލަބުން އެހެން ކްލަބްތަކަށް އެހީވަނީ

މިއުނިކް (މާޗް 27) – މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޖަރުމަނުގެ ހަތަރު ކްލަބުން، ކޮރޯނާވައިރަހާ ގުޅިގެން މާލީ ދަތިކަން ކުރިމަތިވެފައިވާ ކްލަބްތަކަށް 20 މިލިއަން ޔޫރޯ ހަދިޔާކުރަން ނިންމައިފި އެވެ.

25 މާޗް

March 25, 2020
ކޮވިޑް-19: ބަޔާން ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފި

މިއުނިކް (މާޗް 25) - ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ދިމާވާ ދަތިތަކުން އަރައިގަންނަން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ބަޔާން މިއުނިކްގެ ކުޅުންތެރިން މުސާރަކުޑަކުރަން އެއްބަސްވުމާ އެކު އެގޮތަށް އަމަލުކުރަން ފަށައިފި އެވެ.

26 ފެބުރުއަރީ

February 26, 2020 2
ޗެލްސީ ބަލިކޮށް ބަޔާން ކުއާޓާއާ ގާތަށް

ލަންޑަން (ފެބްރުއަރީ 26) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީ އަތުން 3-0 އިން މޮޅުވެ މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގައަކާ ގާތަށް ބަޔާން މިއުނިކުން ޖެހިލައިފި އެވެ.

08 ފެބުރުއަރީ

February 08, 2020
ކުޓީނިއޯއާ މެދު ބަޔާނުން އަދި ގޮތެއް ނުނިންމާ

މިއުނިކް (ފެބްރުއަރީ 8) - މި ސީޒަން ނިމުމުން ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯއާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ބަޔާން މިއުނިކުގެ ކޯޗު ހާންސީ ފްލިކް ބުނެފި އެވެ.

15 ޑިސެމްބަރ

December 15, 2019
ކުޓީނިއޯގެ ހެޓްރިކުން ބަޔާނަށް ބޮޑު މޮޅެއް

މިއުނިކް (ޑިސެމްބަރު 15) – ފިލިއްޕޭ ކުޓީނިއޯގެ ހެޓްރިކާ އެކު ބަޔާން މިއުނިކުން ރޭ ޖަރުމަން ލީގުގައި ވާޑާ ބްރޭމަން އަތުން 6-1 އިން މޮޅުވެއްޖެ އެވެ.

12 ޑިސެމްބަރ

December 12, 2019
މޮޅަކާ އެކު ޕީއެސްޖީ، ރެއާލް އަދި ބަޔާން ބުރު ނިންމާލައިފި

ޕެރިސް (ޑިސެމްބަރު 12) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޖާގަ ހޯދާފައިވާ ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިނުގެ ރެއާލް މެޑްރިޑް އަދި ޖަރުމަނުގެ ބަޔާން މިއުނިކުން މޮޅަކާ އެކު ގްރޫޕް ސްޓޭޖް ނިންމާލައިފި އެވެ.

27 ނޮވެމްބަރ

November 27, 2019 5
ބަޔާނާއި ޕީއެސްޖީ އަދި ޔުވެންޓަސް އަށް އެއް ވަނަ

ލަންޑަން (ނޮވެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ބަޔާން މިއުނިކާއި ޕީއެސްޖީ އާއި މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފި އެވެ.

22 ނޮވެމްބަރ

November 22, 2019
ބަޔާން ކޯޗަކަށް ޕޮޗެޓީނޯ ގެންދަނީ؟

މިއުނިކް (ނޮވެމްބަރު 22) - މިދިޔަ ބުދަ ދުވަހު ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކްގެ ކޯޗަކަށް ގެންދަން މަޝްވަރާކުރަމުން އަންނަ ކަމަށް ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

17 ނޮވެމްބަރ

November 17, 2019
ބަޔާނުގެ އާ ރައީސްގެ ޝައުގުވެރިކަން ގާޑިއޯލާ އަށް

މިއުނިކް (ނޮވެމްބަރު 17) - ބަޔާން މިއުނިކުގެ އާ ރައީސް ހާބާޓް ހައެނާގެ ވިސްނުންފުޅު ހުރީ އެ ޓީމުގެ ކޯޗުކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަނބުރާ ގެންނަން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

10 ނޮވެމްބަރ

November 10, 2019
ބަޔާނަށް ބޮޑު މޮޅެއް، ލެވަންޑޯސްކީގެ ރެކޯޑް ކުރިއަށް

މިއުނިކް (ނޮވެމްބަރު 10) - ޖަރުމަނު ލީގުގައި ރޭ ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް 4-0 އިން ބަޔާން މިއުނިކުން ބޮޑު މޮޅެއް ހޯދިއިރު، އެ ޓީމުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ މި މެޗުގައި ވެސް ލަނޑު ޖަހައި ސީޒަނުގެ ލަނޑު ޖެހުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

07 ނޮވެމްބަރ

November 07, 2019
ބަޔާނާއި ޕީއެސްޖީ އަދި ޔުވެންޓަސް ދެ ވަނަ ބުރަށް

މެޑްރިޑް (ނޮވެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ބަޔާން މިއުނިކާއި ޕީއެސްޖީ އަދި ޔުވެންޓަސް އިން ބާކީ ދެ މެޗު އޮއްވައި މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

04 ނޮވެމްބަރ

November 04, 2019 1
ބޮޑު ބައްޔާ އެކު ބަޔާނުން ކޯޗު ވަކިކޮށްފި

މިއުނިކް (ނޮވެމްބަރު 4) - ޖަރުމަން ލީގުގައި އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން ހޮނިހިރު ދުވަހުގެރޭ 5-1 ގެ ތަފާތު ބޮޑު ނަތީޖާ އަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިވުމުން ކޯޗު ނިކޯ ކޮވަޗް މަގާމުން ވަކިކޮށްފި އެވެ.

03 ނޮވެމްބަރ

November 03, 2019
10 އަހަރުތެރޭ ލީގުގައި ބަޔާންގެ އެންމެ ބޮޑު ބަލި

މިއުނިކް (ނޮވެމްބަރު 3) - ޖަރުމަން ލީގުގައި ރޭ އެއިންޓްރަކް ފްރޭންކްފާޓް އަތުން 5-1 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް 10 އަހަރު ތެރޭ ލީގުގައި އެންމެ ބޮޑު ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

27 އޮކްޓޯބަރ

October 27, 2019
ލެވަންޑޯސްކީ އަށް ޖަރުމަން ލީގުގެ ބޮޑު ރެކޯޑެއް

މިއުނިކް (އޮކްޓޫބަރު 27) - ޖަރުމަން ލީގުގެ މި ސީޒަނުގެ ފުރަތަމަ ނުވަ މެޗުގައި ލަނޑު ޖަހައި ބަޔާން މިއުނިކްގެ ހުނަރުވެރި ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ލީގުގެ ބޮޑު ރެކޯޑެއް ގާއިމްކޮށްފި އެވެ.

02 އޮކްޓޯބަރ

October 02, 2019 4
ބަޔާނުން ޓޮޓެންހަމް ކޮޅަށް ހަތް ގޯލު ޖަަހައިފި

ލަންޑަން (އޮކްޓޫބަރު 2) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސާޖް ގްނަބްރީގެ ހަތަރު ގޯލާ އެކު ބަޔާން މިއުނިކުން ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ފަހަތުން އަރައި 7-2 އިން މޮޅުވެއްޖެ އެވެ.

21 އޯގަސްޓް

August 21, 2019
ބަޔާން މިއުނިކުގައި ކުޓީނިއޯ އަށް އާ ފެށުމެއް

މިއުނިކް (އޮގަސްޓް 21) – ބާސެލޯނާގައި އުއްމީދު ކުރި ގޮތަށް ގިނަ ކަންކަން ނުދިޔަ ކަމަށާއި ބަޔާން މިއުނިކުގައި ދިގު މުއްދަތެއް ހޭދަކޮށް ތަށިތައް ކާމިޔާބުކުރަން ބޭނުންވާ ކަމަށް ބްރެޒިލް ޕްލޭމޭކާރު ފިލިއްޕެ ކުޓީނިއޯ ބުނެފި އެވެ.

17 އޯގަސްޓް

August 17, 2019
ކުޓީނިއޯ ލޯން އުސޫލުން ބަޔާން މިއުނިކަށް

މިއުނިކް (އޮގަސްޓް 17) – ބްރެޒިލް މިޑްފީލްޑަރު ފިލިއްޕެ ކުޓީނިއޯ ލޯން އުސޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ދޫކޮށްލަން ސްޕެއިނުގެ ބާސެލޯނާ އިން އެއްބަސްވެއްޖެ އެވެ.

29 ޖުލައި

July 29, 2019 9
ސްޕެއިންގެ ކްލަބްތަކަށް ބަޔާނުން ފާޑުކިޔައިފި

މިއުނިކް (ޖުލައި 28) - ސްޕެއިނުގެ ކްލަބްތަކުން މިހާރު ހަރަދުކުރަމުން އަންނަނީ އެއްވެސް އުސޫލަކަށް ބެލުމެއް ނެތި ކަމަށް ބުނެ ބަޔާން މިއުނިކްގެ ޗީފް އެގްޒެކްޓިވް ކާލް-ހެއިންޒް ރުމެނިގާ ފާޑުކިޔައިފި އެވެ.

25 ޖުލައި

July 25, 2019 1
ގޮތެއް ނިންމަން ސާނޭގެ ކިބައިން ސިޓީން އެދެފި

މެންޗެސްޓާ (ޖުލައި 25) - ޖަރުމަނުގެ ތަރި ލެރޯއި ސާނޭ ހޯދަން ބަޔާން މިއުނިކުން މަސައްކަތްކުރަމުން އަންނައިރު އޭނާގެ ނިންމުން އޮޅުން ފިލުވަން މިހާރުގެ ކްލަބް މެންޗެސްޓާ ސިޓީން އެދެފި އެވެ.

15 ޖުލައި

July 15, 2019
ބަޔާނަށް ސާނޭ ހޯދައިދޭން އެޑިޑާސް އިން އެހީވަނީ

މިއުނިކް (ޖުލައި 15) - ބަޔާން މިއުނިކުން މެންޗެސްޓާ ސިޓީ އަށް ކުޅޭ ޖަރުމަނުގެ ވިންގް ލެރޯއި ސާނޭ ހޯދަން ކުރާ މަސައްކަތުގައި މަޝްހޫރު ކުޅިވަރު ސާމާނު އުފައްދާ ޖަރުމަނުގެ ކުންފުނި އެޑިޑާސް އިން ބައިވެރިވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.