16 ނޮވެމްބަރ

November 16, 2018
ހަމޭސް އަށް އަނިޔާވެ ބަޔާނަށް އިތުރު ބޮލުގެ ރިހުމެއް

ބާލިން، ޖަރުމަން (ނޮވެމްބަރު 16) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒްގެ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މި އަހަރު ބާކީ ބައިގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

14 ނޮވެމްބަރ

November 14, 2018 1
ބަޔާންގެ ކޯޗަކަށް ޒިދާން ގެންނަން މަސައްކަތް ކުރަނީ

މިއުނިކް (ނޮވެމްބަރު 14) - ބަޔާން މިއުނިކްގެ ކޯޗަކަށް ރެއާލް މެޑްރިޑަށް ކުރިން އިރުޝާދުދިން ފްރާންސްގެ ޒިނެދިން ޒިދާން ގެންނަން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

11 ނޮވެމްބަރ

November 11, 2018 1
ޑޯޓްމަންޑް އަތުން ބަލިވެ ބަޔާނަށް ހާސްކަން

މިއުނިކް (ނޮވެމްބަރު 11) - ޖަރުމަނު ލީގުގައި ރޭ ފަަހަތުން އަރައި 3-2 އިން ވާދަވެރި ބަޔާން މިއުނިކް ބަލިކޮށް ލީގުގެ ރޭހުގައި އެ ޓީމުގެ މައްޗަށް ބޮރޫޝިއާ ޑޯޓްމަންޑުން ބޮޑު ލީޑެއް ނެގުމާ އެކު ބަޔާނަށް ހާސްކަމަ ކުރިމަތިލާން ޖެހިއްޖެ އެވެ.

24 އޮކްޓޯބަރ

October 24, 2018
ސިޓީ އާއި ބަޔާން ރަށުން ބޭރުގައި މޮޅުވެއްޖެ

އެތެންސް (އޮކްޓޯބަރު 24) – ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިންގްލެންޑުގެ މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ކުޅުނު މެޗުތަކުން ފަސޭހަކަމާ އެކު މޮޅުވެއްޖެ އެވެ.

19 އޮކްޓޯބަރ

October 19, 2018 3
ޖަރުމަނު ކޯޓަކުން ވިޑާލަށް އަދަބުދީފި

މިއުނިކް (އޮކްޓޫބަރު 18) - މިދިޔަ އަހަރު ނައިޓް ކްލަބެއްގެ ތެރެއިން މީހަކަށް ހަމަލާދިންކަން ސާބިތުވެ ބާސެލޯނާގެ ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ޖޫރިމަނާކުރަން ޖަރުމަނު ކޯޓަކުން ނިންމައިފި އެވެ.

07 އޮކްޓޯބަރ

October 07, 2018 3
ބަޔާން ބަލިވެ ކޯޗަށް ޕްރެޝަރު

މިއުނިކް (އޮކްޓޫބަރު 7) - ފޯމު ގެއްލުމުގެ ސަބަބުން މައްސަލަތަކާ ކުރިމަތިވެފައިވާ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ނިންމާލަން ޖެހިފައިވާއިރު އެ ޓީމުގެ ކޯޗު ނިކޯ ކޮވަޗަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

03 އޮކްޓޯބަރ

October 03, 2018
ސިލްވާގެ ލަނޑުން މޮޅުވެ ސިޓީ އަށް ހަމަޖެހުމެއް

ހޮފެންހައިމް (އޮކްޓޫބަރު 3) - ޗެމްޕިއަންސް ލީގުގައި ރޭ ޑޭވިޑް ސިލްވާ ޖެހި ގޯލުން 2-1 އިން ހޮފެންހައިމް އަތުން މޮޅުވެ މެންޗެސްޓާ ސިޓީން ހަމަޖެހުމެއް ހޯދައިފި އެވެ.

29 ސެޕްޓެމްބަރ

September 29, 2018
ބަޔާން މިއުނިކް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ބާލިން (ސެޕްޓެމްބަރު 29) – ހާތާ ބާލިން އަތުން 2-0 އިން ބަލިވެ ޖަރުމަން ލީގުގެ ޗެމްޕިއަން ބަޔާން މިއުނިކް މި ސީޒަނުގައި ފުރަތަމަ ފަހަރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2018
ހަމޭސް އަށް އަހަރެންގެ އިތުބާރު އޮންނާނެ: ކޮވަޗް

މިއުނިކް (ސެޕްޓެމްބަރު 23) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ހަމޭސް ރޮޑްރިގޭޒަށް އަބަދުވެސް އޭނާގެ އިތުބާރު އޮންނާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ނިކޯ ކޮވަޗް ބުނެފި އެވެ.

20 ސެޕްޓެމްބަރ

September 20, 2018 3
ރެއާލަށް ރަނގަޅު ފެށުމެއް، ސިޓީ މާޔޫސްކޮށްލައިފި

މެޑްރިޑް (ސެޕްޓެމްބަރު 20) - ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން ތިން އަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އާ ސީޒަނުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޯމާ އަތުން 3-0 އިން މޮޅުވިއިރު، މި ފަހަރުގެ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރޭނެ ކަމަށް ބެލެވޭ މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި ލިޔޯން އަތުން 2-1 އިން ބަލިވެ މާޔޫސްކަމާ...

25 އޯގަސްޓް

August 25, 2018
ބަޔާން މޮޅުވި މެޗުގައި ވީއޭއާރްއާ މެދު ސުވާލުތަކެއް

މިއުނިކް (އޮގަސްޓް 25) - ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ފަހު ވަގުތު ބަޔާން މިއުނިކުން ވައްދާލި ދެ ގޯލާ އެކު 3-1 އިން ހޮފެންހައިމް އަތުން މޮޅުވެއްޖެ އެެވެ. އެކަމަކު މި މެޗުގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުން ހިފި ގޮތާ މެދު ދެ ޓީމުގެ ކޯޗުން ވެސް ވަނީ ސުވާލު އުފައްދައިފަ އެވެ.

04 އޯގަސްޓް

August 04, 2018
ބަޔާނުން ބާސެލޯނާ އަށް ވިޑާލް ވިއްކާލައިފި

ބާސެލޯނާ (އޮގަސްޓް 4) – ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ގަތުމަށް ބަޔާން މިއުނިކާ އެކު އެއްބަސްވުމަކަށް އާދެވިއްޖެކަން ބާސެލޯނާ އިން އިއުލާންކޮށްފި އެވެ.

20 މެއި

May 20, 2018 2
ފްރޭންކްފާޓަށް ތަށި ހޯދައިދިނުމަށް ފަހު ކޯޗު ބަޔާނަށް

ބާލިން، ޖާމަނީ (މެއި 20) - ފައިނަލުގައި ބަޔާން މިއުނިކް އަތުން 3-1 އިން މޮޅުވެ، 30 އަހަރު ތެރޭ އެއިންޓްރެކްޓް ފްރޭންކްފާޓުން ފުރަތަމަ ފަަހަރަށް ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދައިފި އެވެ. މިއީ ފްރޭންކްފާޓްގެ ކޯޗު ނިކޯ ކޮވަޗް އެ ޓީމަށް ކޯޗުކޮށްދިން ފަހު މެޗެވެ. އަންނަ ސީޒަނުގައި އޭނާ ފެންނާނީ ބަޔާނުންނެެވެ.

02 މެއި

May 02, 2018 33
ބަޔާން ކަޓުވާލުމަށް ފަހު ރެއާލް ފައިނަލަށް

މެޑްރިޑް (މެއި 2) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ބަޔާން މިއުނިކާ 2-2 އިން އެއްވަރުވި ނަމަވެސް އެގްރިގޭޓް ނަތީޖާ އިން 4-3 އިން ކުރިހޯދައި ރެއާލް މެޑްރިޑް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

01 މެއި

May 01, 2018 2
"ވަޒީފާ ސަލާމަތްކުރަން ތަށްޓެއް ހޯދުން ލާޒިމެއް ނޫން"

މެޑްރިޑް (މެއި 1) - ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި ދެމިހުންނަށް މި ސީޒަނުގައި ތަށްޓެއް ހޯދުމަކީ ލާޒިމުކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް ފާއިތުވި ދެ އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

26 އެޕްރީލް

April 26, 2018 25
ރެކޯޑް މޮޅަކާ އެކު ރެއާލް ފައިނަލާ ގާތަށް

މިއުނިކް (އޭޕްރީލް 26) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބަޔާން މިއުނިކްގެ މައްޗަށް 2-1 އިން ކުރިހޯދައި މުބާރާތުގައި ހޯދި ރެކޯޑް 150 ވަނަ މޮޅާ އެކު ރެއާލް މެޑްރިޑް ފައިނަލާ ގާތަށް ޖެހިލައިފި އެވެ. ރެއާލަކީ ޗެމްޕިއަންސް ލީގުގައި 150 މޮޅު ހަމަކުރި ފުރަތަމަ ޓީމެވެ.

25 އެޕްރީލް

April 25, 2018 5
ބަޔާނަށް ރެއާލް ހައިރާން ކޮށްލެވިދާނެ: ހެއިންކެސް

މިއުނިކް (އޭޕްރީލް 25) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭއިރު އެ ޓީމު ހައިރާން ކޮށްލެވޭނެ ފެންވަރު ބަޔާން މިއުނިކުގެ އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.

15 އެޕްރީލް

April 15, 2018
ބަޔާނުން ކޯޗު ގެންދިއުމުން ފްރޭންކްފާޓް ރުޅިގަދަވެއްޖެ

މިއުނިކް (އޭޕްރީލް 15) - އެއިންޓްރެކް ފްރޭންކްފާޓްގެ ކޯޗު ނިކޯ ކޮވަޗް ބަޔާން މިއުނިކަށް ގެންދަން އެ ޓީމުން މަސައްކަތްކުރީ ޕްރޮފެޝަނަލް އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ ފްރޭންކްފާޓުން ބަޔާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

14 އެޕްރީލް

April 14, 2018 8
ރޮނާލްޑޯ ދެކެ ޖެހިލުންވޭ: ހެއިންކެސް

މިއުނިކް (އޭޕްރީލް 14) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭއިރު އެންމެ ޖެހިލުންވަނީ އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ދެކެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.

13 އެޕްރީލް

April 13, 2018 8
ސެމީގައި މެޑްރިޑާއި ބަޔާން އަދި ލިވަޕޫލާއި ރޯމާ

ނިޔޯން، ސްވިޒަލެންޑް (އޭޕްރިލް 13) – ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކް އަދި އިންގްލެންޑުގެ ލިވަޕޫލާއި އިޓަލީގެ އޭއެސް ރޯމާ ބައްދަލުކުރަން ޖެހިއްޖެ އެވެ.