23 އޯގަސްޓް

August 23, 2020
ސަންޗޯގެ ޑީލާ މެދު ޔުނައިޓެޑްގެ ބޯޑު ދެކަފި ވެފައި

ލަންޑަން (އޮގަސްޓް 23) - ބޮރޫޝިއާ ޑޯޓްމަންޑްގެ ވިންގް ޖޭޑަން ސަންޗޯ ވިއްކާލަން އެ ކްލަބުން ކިޔާ އަގު ދީފައި ގެނައުމާ މެދު މެންޗެސްޓާ ޔުނައިޓެޑްގެ ބޯޑުގައި ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

11 އޯގަސްޓް

August 11, 2020 2
ސަންޗޯ ޑޯޓްމަންޑުގައި މަޑުކުރާނެ!

ޑޯޓްމަންޑް (އޮގަސްޓް 11) – މެންޗެސްޓާ ޔުނައިޓެޑުން ގެންނަން އަމާޒު ހިފާފައިވާ އިނގިރޭސި ފޯވާޑް ޖޭޑަން ސަންޗޯ އަންނަ ސީޒަނުގައި ވެސް ބޮރޫޝިއާ ޑޯޓްމަންޑުގައި މަޑުކުރާނެ ކަމަށް އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު މައިކަލް ޒޯކް ބުނެފި އެވެ.

28 ޖުލައި

July 28, 2020
ޔުނައިޓެޑުން އެދުނަސް ސަންޗޯގެ އަގު ކުޑަ ނުކުރާނެ

މިއުނިކް (ޖުލައި 28) - މެންޗެސްޓާ ޔުނައިޓެޑުން ބޭނުންވި ނަމަވެސް އިންގްލެންޑުގެ ވިންގާ ޖޭޑަން ސަންޗޯ ވިއްކާލަން އޭނާގެ ކްލަބް ބޮރޫޝިއާ ޑޯޓްމަންޑުން ކިޔާ އަގު ކުޑަނުކުރަން އެ ކްލަބްގެ ބޯޑުން ނިންމައިފި އެވެ.

16 ޖޫން

June 16, 2020
ސަންޗޯއާ މެދު ޑޯޓްމަންޑް ކޯޗުގެ ރާގު ބަދަލުވެއްޖެ

ބާލިން (ޖޫން 16) - އިންގްލެންޑުގެ ވިންގާ ޖޭޑަން ސަންޗޯ އަންނަ ސީޒަނުގައި ވެސް ބޮރޫޝިއާ ޑޯޓްމަންޑުން ފެންނާނެ ކަމަށް މީގެ ކުރިން އެ ޓީމުގެ ކޯޗު ލޫޝިއަން ފާވްރޭ ބުނި ނަމަވެސް މިހާރު އޮތް ހާލަތުން އެކަން ބަދަލުވެދާނެ ކަމަށް އޭނާ ބުނެފި އެވެ.

27 މެއި

May 27, 2020
ޑޯޓްމަންޑް ބަލިކޮށް ބަޔާން ލީގު ހޯދުމާ ގާތަށް

ޑޯޓްމަންޑް (މޭ 27) – ބޮރޫޝިއާ ޑޯޓްމަންޑް 1-0 އިން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިގެން އަށް ވަނަ ފަހަރަށް ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއަށް މުހިއްމު ފިޔަވަޅެއް އަޅައިފި އެވެ.

24 މެއި

May 24, 2020
ލީގުގެ ރޭހުގައި ބަޔާނަށް މުހިއްމު މޮޅެއް

މިއުނިކް (މެއި 24) - ޖަރުމަނު ލީގުގައި ރަށުންބޭރުގައި ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށް ވަރުގަދަ މެޗަކަށް ނުކުތުމުގެ ކުރިން ލީގުގައި ރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް ބަޔާން މިއުނިކް މުހިއްމު މޮޅެއް ހޯދައިފި އެވެ.

16 މެއި

May 16, 2020 1
ޖަރުމަން ލީގާ އެކު ފުޓްބޯޅަ އެނބުރި އަތުވެއްޖެ!

ބާލިން (މެއި 16) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ޖަރުމަނު ލީގުގެ ކުޅުން މިއަދު އަލުން ފަށައި، ކުޅުނު ފުރަތަމަ މެޗުން ވާދަވެރި ޝާލްކާ އަތުން ބޮރޫޝިއާ ޑޯޓްމަންޑް 4-0 އިން ބޮޑު މޮޅެއް ހޯދައިފި އެވެ.

19 ފެބުރުއަރީ

February 19, 2020 2
ހާލަންޑުގެ ގޯލްތަކާ އެކު ޑޯޓްމަންޑުން ޕީއެސްޖީ ބަލިކޮށްފި

ޑޯޓްމަންޑް (ފެބްރުއަރީ 19) – ބޮރޫޝިއާ ޑޯޓްމަންޑަށް އާލިން ހާލަންޑް ހަތް މެޗުން ޖަހައިދިން 11 ވަނަ ގޯލާ އެކު، ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޑޯޓްމަންޑުން އަމިއްލަ ދަނޑުގައި ފްރާންސްގެ ޕީއެސްޖީ އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

25 ޖެނުއަރީ

January 25, 2020 6
ހާލަންޑަށް ޖަރުމަނު ލީގުގެ ރެކޯޑެއް

މިއުނިކް (ޖެނުއަރީ 25) - ޖަރުމަނު ލީގުގައި ރޭ ކޮލޯން އަތުން 5-1 އިން ބޮރޫޝިއާ ޑޯޓްމަންޑް މޮޅުވި މެޗުގައި އެ ޓީމުގެ ނޯވޭ ފޯވާޑް އެރިކް ހާލާންޑް ޖަރުމަނު ލީގުގެ ރެކޯޑެއް ހަދައިފި އެވެ.

30 ޑިސެމްބަރ

December 30, 2019 1
ހާލަންޑުގެ ސޮއި ހޯދީ ޑޯޓްމަންޑުން

ޑޯޓްމަންޑް (ޑިސެމްބަރު 30) – ޔޫރަޕުގެ ބޮޑެތި ވަރަށް ގިނަ ކްލަބްތަކެއްގެ ލޯ އަމާޒުވި ރެޑްބުލް ސަލްޒްބާގުގެ ނޯވޭ ފޯވާޑް އާލިން ހާލަންޑުގެ ސޮއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ހޯދައިފި އެވެ.

26 ޑިސެމްބަރ

December 26, 2019 2
ޗެލްސީން ވާނާ އާއި ސަންޗޯ އަށް ބޮޑު ބިޑެއް ކުރަނީ

ލަންޑަން (ޑިސެމްބަރު 26) - ޖަރުމަނު ލީގުގައި މި ސީޒަނުގައި ވިދަމުން އަންނަ ބޮރޫޝިއާ ޑޯޓްމަންޑުގެ ޖޭޑަން ސަންޗޯ އާއި އާރްބީ ލިޕްޒިގުގެ ޓިމޯ ވާނާ އަށް އަންނަ މަހު ހުޅުވޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން ބޮޑު ބިޑެއްކުރަން ތައްޔާރުކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

27 ނޮވެމްބަރ

November 27, 2019 4
ބާސެލޯނާ އަށް އޮތް ޕްރެޝަރު ކުޑައެއް ނޫން: ޑޯޓްމަންޑް

ބާސެލޯނާ (ނޮވެމްބަރު 27) - ޗެމްޕިއަންސް ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު ބޮރޫޝިއާ ޑޯޓްމަންޑް އެކޭ އެއްގޮތަށް ބާސެލޯނާ އަށް ވެސް އޮތް ޕްރެޝަރު ކުޑައެއް ނޫން ކަމަށް ޑޯޓްމަންޑްގެ ކޯޗު ލޫޝިއަން ފާވްރޭ ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2019 2
ޑޯޓްމަންޑުގެ ވެރިއަކަށް އޮބާމަޔަންގެ ރައްދެއް!

ލަންޑަން (އޮކްޓޫބަރު 4) - ޑޯޓްމަންޑްގެ ޗީފް އެގްޒެކްޓިވް ހަންސް ޔަކީމް ވަޓްޒްކޭ، އެ ޓީމަށް ކުރިން ކުޅުނު އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާޔަމަންއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އޭނާ ހޫނު ރައްދެއް ދީފި އެވެ.

18 ސެޕްޓެމްބަރ

September 18, 2019 14
ނަޕޯލީން ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި

ނޭޕްލްސް (ސެޕްޓެމްބަރު 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ނަޕޯލީ އަތުން 2-0 އިން ބަލިވެއްޖެ އެވެ.

12 މެއި

May 12, 2019 2
ބަޔާނުން ފުރުސަތު ނަގާލުމުން ލީގު ފޯރިގަަދަވެއްޖެ

މިއުނިކް (މެއި 12) - ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުން އާރްބީ ލިޕްޒިގާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ލީގު ހޯދުމުގެ ފުރުސަތު ބަޔާން މިއުނިކުން ނަގާލުމުން ލީގުގެ ފަހު މެޗުތަކަށްދާއިރު ޗެމްޕިއަންކަން ހޯދުމުގެ ރޭސް ފޯރިގަދަވެއްޖެ އެވެ.

31 މާޗް

March 31, 2019
ބަޔާން އެއްވަރުވުމުގެ ފައިދާ ޑޯޓްމަންޑަށް

މިއުނިކް (މާޗް 31) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކް ކުޅުނު މެޗުން ފްރެއިބާގާ 1-1 އިން އެއްވަރުވުމުގެ ފައިދާނަަގަން ލިބުނު ފުރުސަތުގެ ބޭނުން ހިފައި ފަހު ވަގުތު ވުލްފްސްބާގް 2-0 އިން ބަލިކޮށް ބޮރޫޝިއާ ޑޯޓްމަންޑް އަލުން ލީގުގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

06 މާޗް

March 06, 2019 6
ހަތް އަހަރު ފަހުން ޓޮޓެންހަމް ކުއާޓާ އަށް

ޑޯޓްމަންޑް، ޖަރުމަން (މާޗް 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 1-0 އިން ހޯދި މޮޅާ އެކު ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

14 ފެބުރުއަރީ

February 14, 2019 35
އަޔަކްސް އަތުން ރެއާލަށް އުނދަގޫ މޮޅެއް

އަމްސްޓަޑަމް، ނެދަލެންޑްސް (ފެބްރުއަރީ 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗުން ނެދަލެންޑްސްގެ އަޔަކްސް އަތުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

13 ފެބުރުއަރީ

February 13, 2019
"ޒުވާނުން ދަނޑަށް ދާނީ ސަންޗޯގެ ކުޅުން ބަލަން"

ލަންޑަން (ފެބްރުއަރީ 13) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ލަންޑަނުގައި ކުޅޭ މެޗު ބަލަން އިނގިރޭސި ގިނަ ޒުވާނުން ޓިކެޓް ގަންނާނެ އެއް ސަބަބަކީ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޭޑަން ސަންޗޯގެ ކުޅުން ބެލުން ކަމަށް ޓޮޓެންހަމްގެ ކޯޗު...

28 ނޮވެމްބަރ

November 28, 2018
ބޮން ގޮއްވި ފުޓްބޯޅަ ސަޕޯޓަރު 14 އަހަރަށް ޖަލަށް!

ބާލިން، ޖަރުމަން (ނޮވެމްބަރު 28) - މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މޮނާކޯއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ބޮރޫޝިއާ ޑޯޓްމަންޑް ޓީމު ބަހުގައި ދަނޑަށް ދަނިކޮށް ހިނގި ބޮން ގޮއްވުމުގެ ހާދިސާ ރާވައި، އެކަން ކުރުމުގެ ކުށް ސާބިތުވި ސަޕޯޓަރު 14 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.