26 އޮކްޓޯބަރ

October 26, 2020 9
47 އަަހަރު: އާސެނަލް ދަނޑުގައި ލެސްޓާ އަށް މޮޅެއްް

ލަންޑަން (އޮކްޓޫބަރު 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްގެ މައްޗަށް 1-0 އިން ކުރި ހޯދައި އެ ޓީމުގެ ދަނޑުގައި 47 އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ލީގުގައި ލެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.

23 އޮކްޓޯބަރ

October 23, 2020 2
ޕިކްފޯޑްގެ ދިފާއުގައި އަންޗެލޮޓީ ވާހަކަދައްކައިފި

ލިވަޕޫލް (އޮކްޓޫބަރު 23) - ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ޓެކުލްކޮށް އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް މަސައްކަތްކުރީ ބޯޅަ ހޯދަން ކަމަށް ބުނެ އޭނާގެ ދިފާއުގައި އެވަޓަންގެ ކޯޗު އިޓަލީގެ ކާލޯ އަންޗެލޮޓީ ވާހަަކަ ދައްކައިފި އެވެ.

17 އޮކްޓޯބަރ

October 17, 2020 4
ލިވަޕޫލް-އެވަޓަން އެއްވަރު، ޗެލްސީ ފުރުސަތު ނަގާލައިފި

ލިވަޕޫލް (އޮކްޓޫބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެވަޓަން ކުޅުނު މެޗު 2-2 އިން އެއްވަރުވިއިރު، އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުން ފަހު ވަގުތު ސައުތެމްޓަނާ 3-3 އިން އެއްވަރުވެ ލީގުގެ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

04 އޮކްޓޯބަރ

October 04, 2020 3
އެވަަޓަން ކުރީގައި، ލީޑްސް އިން ސިޓީ ހިފަހައްޓައިފި

ލަންޑަން (އޮކްޓޫބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 4-2 އިން މޮޅުވެ އެވަޓަން އިން ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ލީގުގެ އެއް ވަނަ އަށް ޖެހިލިއިރު، ތަޖުރިބާކާރު ކޯޗު މާސެލޯ ބިއެލްސާގެ ލީޑްސް ޔުނައިޓެޑުން 1-1 އިން މެންޗެސްޓާ ސިޓީއާ އެއްވަރުކޮށްފި އެވެ.

01 އޮކްޓޯބަރ

October 01, 2020 4
ސިޓީ، ޔުނައިޓެޑް އަދި އެވަޓަން ކުއާޓާ އަށް

މެންޗެސްޓާ (އޮކްޓޫބަރު 1) – އިނގިރޭސި ލީގު ކަޕުގެ ހަތަރު ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި އެވަޓަން މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2020 8
ފަހު ވަގުތު ޔުނައިޓެޑަށް މޮޅެއް، ޗެލްސީއަށް ޕޮއިންޓެއް

ލަންޑަން (ސެޕްޓެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފަހު ވަގުތު މެންޗެސްޓާ ޔުނައިޓެޑުން 3-2 އިން ބްރައިޓަން އަތުން މޮޅުވިއިރު، ވެސްޓް ބްރޮމްއާ ފަހު ވަގުތު 3-3 އިން އެއްވަރުކޮށް ޗެލްސީ ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

14 ސެޕްޓެމްބަރ

September 14, 2020
ޓޮޓެންހަމް ބަލިކޮށް އެވަޓަނަށް ރަނގަޅު ފެށުމެއް

ލަންޑަން (ސެޕްޓެމްބަރު 14) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާސްގެ ދަނޑުގައި 1-0 އިން މޮޅުވެ، މަޝްހޫރު ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ކުޅޭ އެވަޓަން ފެށުން ރަނގަޅުކޮށްފި އެވެ.

08 ސެޕްޓެމްބަރ

September 08, 2020
ހަމޭސް ފަހަތުން ކޮލަމްބިއާގެ ގިނަ ބަޔަކު އެވަޓަން އަށް

ލިވަޕޫލް (ސެޕްޓެމްބަރު 8) - ރެއާލް މެޑްރިޑް ދޫކޮށް އޭނާ އެވަޓަން އަށް ބަދަލުވުމާ އެކު އޭނާ އުފަން ގައުމު ކަމަށްވާ ކޮލަމްބިއާގެ ގިނަ ބަޔަކު އެވަޓަން އަށް ސަޕޯޓްކުރާނެ ކަމަށް ހަމޭސް ރޮޑްރިގޭޒް ބުނެފި އެވެ.

30 އޯގަސްޓް

August 30, 2020
އެވަޓަންގެ ލޯ އެލަން އާއި ރޮޑްރިގޭޒަށް

ލިވަޕޫލް (އޮގަސްޓް 30) – ނަޕޯލީގެ ބްރެޒިލް މިޑްފީލްޑަރު އެލަން 25 މިލިއަން ޕައުންޑަށް ގަންނަން އެވަޓަން އިން އެއްބަސްވެއްޖެ ކަމަށާއި އަދި ރެއާލް މެޑްރިޑުގެ ހަމެސް ރޮޑްރިގޭޒް ގެނައުމަށް ވެސް އެ ކްލަބުން މަސައްކަތްކުރަމުން އަންނަ ކަމަށް ބީބީސީން ބުނެފި އެވެ.

22 ޖޫން

June 22, 2020
އެވަޓަން އިން ލިވަޕޫލް ހިފަހައްޓައިފި

ލިވަޕޫލް (ޖޫން 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އިން ލީގުގެ އެއް ވަނައިގައި ބޮޑު ތަފާތަކާ އެކު އޮތް ލިވަޕޫލާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

11 ޖޫން

June 11, 2020
އެވަޓަން ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން ހުއްދަދީފި

ލިވަޕޫލް (ޖޫން 11) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން އިނގިރޭސި ޕްރިމިއާ ލީގު ކުޅުން ފަށާއިރު، ސަލާމަތީ ސަބަބުތަކަށްޓަކައި އެވަޓަން ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅެން އޮތް މެޗު އެހެން ދަނޑަކަށް ބަދަލުކުރަން ދެކެވުނު ވާހަކަ ނިމުމަކަށް އައިސް އެ މެޗު ކުރިން ވެސް އޮތް ގޮތަށް އެވަޓަން ދަނޑުގައި ބާއްވަން ހުއްދަދީފި އެވެ.

09 މާޗް

March 09, 2020 16
ސިޓީ ބަލިކޮށް ޔުނައިޓެޑަށް ހާއްސަ އުފަލެއް

މެންޗެސްޓާ (މާޗް 9) – ވާދަވެރި މެންޗެސްޓާ ސިޓީ 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން 10 އަހަރަށް ފަހު، އެއް ސީޒަނެއްގައި އެ ޓީމު އަތުން ލީގުގައި ދެ ފަހަރަށް މޮޅު ހޯދައިފި އެވެ.

02 މާޗް

March 02, 2020 5
އަންޗެލޮޓީ އަށް ރަތެއް، މޮރީނިއޯގެ ޝަކުވާއެއް ނެތް

ލަންޑަން (މާޗް 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުވި މެޗަށް ފަހު އެވަޓަންގެ ކޯޗު ކާލޯ އަންޗެލޮޓީ އަށް ރަތް ކާޑެއް ދެއްކިއިރު، ފަހަތުން އަރައި ވުލްވްސް އިން 3-2 އިން ޓޮޓެންހަމް ބަލިކުރުމުން ޝަކުވާއެއްކުރަން ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2020
ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، ޓޮޓެންހަމް ސަލާމަތްވެއްޖެ

ލަންޑަން (ޖެނުއަރީ 6) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި ލިވަޕޫލް މޮޅުވިއިރު ހޯސޭ މޮރިނިއޯގެ ޓޮޓެންހަމް ބަލިނުވެ ކިރިޔާ ސަލާމަތްވެއްޖެ އެވެ.

01 ޖެނުއަރީ

January 01, 2020
ސިޓީން ލިވަޕޫލާ މެދު ވިސްނީ ގޯސްކޮށް: އަންޗެލޮޓީ

މެންޗެސްޓާ (ޖެނުއަރީ 1) - އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި މި ފަހަރު މެންޗެސްޓާ ސިޓީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުން ލިވަޕޫލާ މެދު ދުށް ގޮތް ކަމަށް ދާދި ފަހުން އެވަޓަންއާ ހަވާލުވި ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2019 2
އެވަޓަންގައި އަންޗެލޮޓީގެ އުއްމީދުތައް މަތި

ލިވަޕޫލް (ޑިސެމްބަރު 26) – އެވަޓަން ގޮވައިގެން ޔޫރަޕުގެ މުބާރާތްތަކުގައި ވާދަކުރަން އެ ޓީމުގެ އާ ކޯޗު ކާލޯ އަންޗެލޮޓީ އަމާޒު ހިފައިފި އެވެ.

21 ޑިސެމްބަރ

December 21, 2019 1
އަންޗެލޮޓީ އެވަޓަންއާ ހަވާލުވެއްޖެ

ލިވަޕޫލް (ޑިސެމްބަރު 21) – ދުނިޔޭގެ އެންމެ ކާމިޔާބު ކޯޗުންގެ ތެރޭގައި ހިމެނޭ އިޓަލީގެ ކާލޯ އަންޗެލޮޓީ އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއާ ހަވާލުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2019 1
ގޯމޭސްގެ އޮޕަރޭޝަން ކާމިޔާބު، އެނބުރި އަންނާނެ

ލިވަޕޫލް (ނޮވެމްބަރު 5) – އެވަޓަންގެ އަންދްރޭ ގޯމޭސްގެ ކަނާތު ފަޔަށް ލިބުނު ސީރިއަސް ހާނިއްކަ އަށް ފަރުވާ ހޯދުމަށް ކުރި އޮޕަރޭޝަން ކާމިޔާބު ކަމާށާއި އޭނާ އެއްކޮށް ރިކަވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ކަމަށް ކްލަބުން ބުނެފި އެވެ.

08 އެޕްރީލް

April 08, 2019 3
ގަދަ ހަތަރެއްގައި އާސެނަލް އަށް އޮވެވޭނެ: އެމެރީ

ލިވަޕޫލް (އޭޕްރީލް 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އެވަޓަން އަތުން 1-0 އިން ބަލިވިޔަސް އާސެނަލް އަށް އަދިވެސް ގަދަ ހަތަރެއްގައި އޮވެ ސީޒަން ނިންމާލުމުގެ އަމިއްލަ ބާރު އެބައޮތް ކަމަށާއި އެ ޓީމަށް އެ ޖާގަ ނުގެއްލޭނެ ކަމަށް، ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

07 ފެބުރުއަރީ

February 07, 2019 3
ފުރުސަތުގެ ބޭނުން ހިފައި ސިޓީ އެއް ވަނަ އަށް

ލިވަޕޫލް (ފެބްރުއަރީ 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން ދަނޑުގައި އެ ޓީމު އަތުން 2-0 އިން މޮޅުވެ މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.