03 ޖެނުއަރީ

January 03, 2017 4
ޔޫވޭ އަށް ސޮއިކުރަން އެއްބަސްވި ވިޓްސެލް ޗައިނާއަށް

މޮސްކޯ (ޖެނުއަރީ 3) – އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ސޮއިކުރަން އެއްބަސްވެފައިވާ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގުގެ އެކްސްލް ވިޓްސެލް ބޮޑު އަގަކަށް ޗައިނާގެ ޓިއަންޖިން ކުއަންޖިއަން އަަށް ބަދަލުވާން ނިންމައިފި އެވެ.

25 ޑިސެމްބަރ

December 25, 2016
ކްރޫސް އަށް ޔޫވޭ އިން 93 މިލިއަން ޑޮލަރުގެ ބިޑެއް

ލަންޑަން (ޑިސެމްބަރު 25) – އަންދްރޭ ޕިރްލޯ ނެތްތަން ފޫބެއްދުމަށްޓަކައި ޔުވެންޓަސް އިން ރެއާލް މެޑްރިޑުގެ ޖަރުމަން މިޑްފީލްޑަރު ޓޯނީ ކްރޫސް ގަތުމަށް 93 މިލިއަން އެމެރިކާ ޑޮލަރުގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

24 ޑިސެމްބަރ

December 24, 2016
ޔުވެންޓަސް ބަލިކޮށް މިލާން ސުޕަ ކަޕް ކާމިޔާބުކޮށްފި

ދޯހާ، ގަތަރު (ޑިސެމްބަރު 24) – އުމުރުން 17 އަހަރުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ މަތަކުރި ޕެނަލްޓީއާ އެކު ޕެނަލްޓީ ޖަހައިގެން 4-3 އިން ޔުވެންޓަސް ބަލިކޮށް އިޓާލިއަން ސުޕަ ކަޕް އޭސީ މިލާން ރޭ ކާމިޔާބުކޮށްފި އެވެ.

23 ޑިސެމްބަރ

December 23, 2016
600 މެޗު ހަމަކުރެވުނަސް ބުފޮން ހުއްޓުމެއް ނެތް

ދޯހާ، ގަތަރު (ޑިސެމްބަރު 23) – އިޓާލިއަން ސުޕަ ކަޕް މެޗުގައި މިރޭ އޭސީ މިލާނާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗަކީ ޔުވެންޓަސްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެ ޓީމަށް ކުޅެދޭ 600 ވަނަ މެޗެެވެ. އެކަމަކު އުމުރުން 38 އަހަރުގެ ކީޕަރު ބުނީ މިއީ އޭނާގެ ކެރިއަރުގެ ފަހު ހާއްސަ އަދަދަށް ނުވާނެ ކަމަށާއި އަދިވެސް ކުރިއަށް އޮތީ ކަމަށެވެ.

18 ޑިސެމްބަރ

December 18, 2016
ރެކޯޑް މޮޅާ އެކު ޔުވެންޓަސް އިން ލީޑުފުޅާކޮށްފި

ޓިއުރިން (ޑިސެމްބަރު 18) - އިޓާލިއަން ލީގުގައި ރޭ ރޯމާ 1-0 އިން ބަލިކޮށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 25 ލީގު މެޗުން މޮޅުވުމުގެ ރެކޯޑާ ހަމަކޮށް ޔުވެންޓަސް އިން ލީގު އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

16 ޑިސެމްބަރ

December 16, 2016
ޕޮގްބާ ނެތަސް ޔުވެންޓަސް އަށް ގެއްލުމެއް ނެތް: ޑީބަލާ

ޓިއުރިން (ޑިސެމްބަރު 16) - މި ސީޒަން ފެށުމުގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕައުލް ޕޮގްބާ ނެތަސް ޔުވެންޓަސް އަށް ގެއްލުމެއް ނެތް ކަމަށް އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ޑީބަލާ ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2016
ޓޮރިނޯ އަތުން ޔުވެންޓަސް މޮޅުވެއްޖެ

ޓިއުރިން (ޑިސެމްބަރު 12) – ގޮންޒާލޯ ހިގައިން ޖެހި ދެ ލަނޑާ އެކު ވާދަވެރި ޓޮރިނޯ އަތުން 3-1 އިން މޮޅުވެ އިޓާލިއަން ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ޗެމްޕިއަން ޔުވެންޓަސް އިން ނަގައިފި އެވެ.

05 ޑިސެމްބަރ

December 05, 2016
ރޯމާ އާއި މިލާނުން ޔުވެންޓަސް އަށް ޕްރެޝަރު ބޮޑުކޮށްފި

ރޯމް (ޑިސެމްބަރު 5) – ލާޒިއޯ އަތުން 2-0 އިން މޮޅުވެ ރޯމާ އިން އަދި ކްރޮޓޯނޭ އަތުން 2-1 އިން މޮޅުވެ އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސް އަށް ޕްރެޝަރު ބޮޑުކޮށްފި އެވެ.

04 ޑިސެމްބަރ

December 04, 2016
ޔުވެންޓަސް އަމިއްލަ ދަނޑުގައި 24 ވަނަ މޮޅު ހޯދައިފި

ޓިއުރިން (ޑިސެމްބަރު 4) – އިޓާލިއަން ލީގުގައި ބަލިނުވެ ނުވަ މެޗު ފުރިހަމަކޮށްފައިވާ އެޓަލާންޓާ އަތުން 3-1 އިން މޮޅުވެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން 24 ވަނަ މޮޅުު ޔުވެންޓަސް ހޯދައިފި އެވެ.

28 ނޮވެމްބަރ

November 28, 2016
ޔުވެންޓަސް އަށް ހިތްދަތި ރެޔެއް

ޖެނޯއާ، އިޓަލީ (ނޮވެމްބަރު 28) – އިޓާލިއަން ލީގުގައި ރޭ ޖެނޯއާ އަތުން 3-1 އިން ޗެމްޕިއަން ޔުވެންޓަސް ބަލިވި މެޗުގައި އެ ޓީމުގެ ޑެނީ އަލްވެސް އާއި ލިއޮނާޑޯ ބޮނޫޗީ އަށް އަނިޔާވުމާ ގުޅިގެން ކޯޗު މަސިމޯ އެލެގްރީ އަށް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

23 ނޮވެމްބަރ

November 23, 2016
ރެއާލް މެޑްރިޑާއި ޔުވެންޓަސް ދެ ވަނަ ބުރަށް

ލިސްބަން، ޕޯޗުގަލް (ނޮވެމްބަރު 23) – ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

22 ނޮވެމްބަރ

November 22, 2016
ސެވިއްޔާއާ ދެކޮޅަށް ހިގައިން އަށް ނުކުޅެވޭނެ

ސެވިއްޔާ (ނޮވެމްބަރު 22) – ޗެމްޕިއަންސް ލީގުގައި މިރޭ މުހިއްމު މެޗަކަށް ސްޕެއިނުގެ ސެވިއްޔާއާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސްގެ މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ފޯވާޑް ގޮންޒާލޯ ހިގައިން އާއި ޕައުލޯ ޑިބާލާ އަދި ޑިފެންޑަރު މެހްދީ ބެނާޝިއާ އަަށް ނުކުޅެވޭނެ އެވެ.

20 ނޮވެމްބަރ

November 20, 2016
އުމުރުން 16 އަހަރުގެ ކީން އަށް ތަފާތު ރެކޯޑެއް

ޓިއުރިން (ނޮވެމްބަރު 20) – މި ގަރުނުގައި އުފަންވި ކުޅުންތެރިންގެ ތެރެއިން ޔޫރަޕުގެ ގަދަ ހަތަރު ލީގުގެ ތެރެއިން ލީގެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ޔުވެންޓަސްގެ އުމުރުން 16 އަހަރުގެ ފޯވާޑް މޮއިސް ކީން އަށް ލިބިއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2016 1
ޔުވެންޓަސް އަށް ބަދަލުވާނެ ކަމަށް ވިޓްސެލް ބުނެފި

ސެއިން-ޕީޓާސްބާގް، ރަޝިއާ (ނޮވެމްބަރު 8) – ޔުވެންޓަސް އަށް ބަދަލުވާން ނިމިފައިވާ ކަމަށް ޒެނިތު ސެއިން-ޕީޓާސްބާގުގެ ބެލްޖިއަމް މިޑްފީލްޑަރު އެކްސްލް ވިޓްސެލް ބުނެފި އެވެ.

03 ނޮވެމްބަރ

November 03, 2016 4
ރެއާލް، ލެސްޓާ އަދި ޔޫވޭ އަށް އިތުރު އިންތިޒާރެއް

ޑޯޓްމަންޓް (ނޮވެމްބަރު 3) – ޕޯޗުގަލްގެ ސްޕޯޓިން އަތުން 1-0 އިން މޮޅުވެ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފް އިން ދެ ވަނަ ބުރުގެ ޖާގައެއް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ކަށަވަރުކުރިއިރު ޗެމްޕިއަން ރެއާލް މެޑްރިޑާއި އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ އަދި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކުޅުނު މެޗުތައް އެއްވަރުވެ އިތުރު އިންތިޒާރެއް ކުރަން...

30 އޮކްޓޯބަރ

October 30, 2016
ހިގައިންގެ ލަނޑުން ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

ޓިއުރިން (އޮކްޓޯބަރު 30) - ނަޕޯލީ ދޫކޮށް ރެކޯޑް އަގަކަށް މި ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވި ގޮންޒާލޯ ހިގައިންގެ ލަނޑާ އެކު އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އަތުން 1-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

26 އޮކްޓޯބަރ

October 26, 2016 1
ޕޮގްބާގެ އޭޖެންޓަށް 27 މިލިއަން ޔޫރޯ!

ޓިއުރިން (އޮކްޓޯބަރު 26) - ޔުވެންޓަސް އިން ޕައުލް ޕޮގްބާ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލި ޑީލުގެ ދަށުން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ އަށް 27 މިލިއަން ޔޫރޯ ލިބުނު ކަމަށް ޔުވެންޓަސްގެ ޖެނެރަލް ޑިރެކްޓަރު ބެއްޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.

23 އޮކްޓޯބަރ

October 23, 2016
ޔުވެންޓަސް ބަލިކޮށް މިލާން ފަރަގުކުޑަކޮށްފި

މިލާން (އޮކްޓޯބަރު 23) - އުމުރުން 18 އަހަރުގެ މެނުއަލް ލޮކަޓެއްލީގެ ލަނޑާ އެކު 1-0 އިން ޔުވެންޓަސް ބަލިކޮށް އޭސީ މިލާނުން އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ޔުވެންޓަސްއާ ދެ ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.

19 އޮކްޓޯބަރ

October 19, 2016 1
ބުފޮންގެ މޮޅު ކުޅުމާ އެކު ޔުވެންޓަސް މޮޅުވެއްޖެ

ލިޔޯން (އޮކްޓޯބަރު 19) - އިޓަލީ ގައުމީ ޓީމަށް ކުޅެނިކޮށް މީގެ ދެ ހަފުތާ ކުރިން ބޮޑު ގޯހެއް ހެދި ފާޑުކިޔުން އަމާޒުވި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮންގެ މޮޅު ކުޅުމާ އެކު ޗެމްޕިއަންސް ލީގުގައި ރޭ ފްރާންސްގެ އޮލިމްޕިކް ލިޔޯން އަތުން 1-0 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2016
ޔުވެންޓަސް އަށް ފަސް ޕޮއިންޓުގެ ލީޑެއް

ޓިއުރިން، އިޓަލީ (އޮކްޓޯބަރު 16) - އިޓާލިއަން ލީގުގައި ރޭ ޕައޮލޯ ޑީބަލާ ޖެހި ދެ ލަނޑުން 2-1 އިން އުދިނޭޒީ ބަލިކޮށް ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ޔުވެންަޓަސްނަގައިފި އެވެ.