19 އޯގަސްޓް

August 19, 2018 1
ރޮނާލްޑޯއާ އެކު ޔުވެންޓަސް އަށް ފަހު ވަގުތު މޮޅެއް

ވެރޯނާ (އޮގަސްޓް 19) – ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމަށް ކުޅެދިން ފުރަތަމަ މެޗުން ރޭ އިޓާލިއަން ލީގުގައި ކިއޭވޯ ވެރޯނާ އަތުން ފަހު ވަގުތު 3-2 އިން ޔުވެންޓަސް މޮޅުވެއްޖެ އެވެ.

18 އޯގަސްޓް

August 18, 2018 2
ރޮނާލްޑޯ ހުއްޓަސް ޔުވެންޓަސް ސަމާލުވާންޖެހޭ: އަލެގްރީ

ޓިއުރިން (އޮގަސްޓް 18) - ޔުވެންޓަސްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމަކީ މެޗުތަކުން މޮޅުވާނެކަމުގެ ޔަގީންކަމެއް ނޫން ކަމަށާއި އިދިކޮޅަށް ނުކުންނަ ޓީމުތަކާ މެދު ސަމާލުވާންޖެހޭނެ ކަމަށް އެ ޓީމުގެ ކޯޗު މެސިމޯ އަލެގްރީ ބުނެފި އެވެ.

13 އޯގަސްޓް

August 13, 2018
ފުރަތަމަ މެޗުގައި ރޮނާލްޑޯ ލަނޑު ޖަހައިފި

ޓިއުރިން (އޮގަސްޓް 13) – ޔުވެންޓަސްގެ ޖާޒީގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ޔުވެންޓަސްގެ ބީ ޓީމު އަތުން 5-0 އިން މޮޅުވިއިރު އޭނާ ލަނޑު ޖަހައިފި އެވެ.

09 އޯގަސްޓް

August 09, 2018
"ރޮނާލްޑޯ ޔުވެންޓަސް އެހެން ލެވެލަކަށް ގެންދާނެ"

ޓިއުރިން (އޮގަސްޓް 9) – ޔުވެންޓަސް އެހެން ލެވެލަކަށް ގެންދިއުމުގެ ގާބިލްކަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކިބައިގައި އެބަހުރި ކަމަށް އެ ޓީމުގެ ބްރެޒިލް ވިންގާ ޑަގްލަސް ކޮސްޓާ ބުނެފި އެވެ.

02 އޯގަސްޓް

August 02, 2018 1
ހިގައިން މިލާނަށް، ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް

މިލާން (އޮގަސްޓް 2) – ޔުވެންޓަސްގެ އާޖެންޓީނާ ފޯވާޑް ގޮންޒާލޯ ހިގައިން އޭސީ މިލާނަށް ލޯން އުސޫލުން ދޫކުރަން އަދި ޔުވެންޓަސްގެ މަޓިއާ ކަލްޑާރާ އާއި މިލާނުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީ ބަދަލުކުރަން ދެ ކްލަބުން އެއްބަސްވެއްޖެ އެވެ.

27 ޖުލައި

July 27, 2018
އިޓަލީގައި ރޮނާލްޑޯގެ ފުރަތަމަ މެޗު ކިއޭވޯއާ ދެކޮޅަށް

ރޯމް (ޖުލައި 27) – ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގެ ޖާޒީގައި އިޓާލިއަން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 19 ވަނަ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ކިއޭވޯ ވެރޯނާއާ ދެކޮޅަށެވެ.

26 ޖުލައި

July 26, 2018 1
ބޮނޫޗީ އެނބުރި އަންނަން ބޭނުންވޭ: ޔުވެންޓަސް

ޓިއުރިން (ޖުލައި 26) – މީގެ އެއް އަހަރު ކުރިން އޭސީ މިލާނާ ގުޅުނު ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް ބަދަލުވާން ބޭނުންވާ ކަމަށާއި އޭނާގެ އެ އެދުން ފުރިހަމަކޮށްދޭން ބޭނުންވާ ކަމަށް ޔުވެންޓަސްގެ ޖެނެރަލް މެނޭޖަރު ޖިސެއްޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.

24 ޖުލައި

July 24, 2018 10
"ރޮނާލްޑޯއާ އެކު ޗެމްޕިއަންސް ލީގާ ގާތަށް ދެވޭނެ"

ޓިއުރިން (ޖުލައި 24) – ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ޔުވެންޓަސް އިން ކުރަމުން އަންނަ މަސައްކަތުގައި، އެ ޓީމާ އަލަށް ގުޅުނު ޕޯޗުގީސް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ތަފާތު ދައްކާނެ ކަމަށް އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ ބުނެފި އެވެ.

17 ޖުލައި

July 17, 2018 26
"މި އުމުރުގައި އަހަރެން ވަރުގެ ކުޅުންތެރިއަކު ނެތް"

ޓިއުރިން، އިޓަލީ (ޖުލައި 17) - އޭނާގެ އުމުރުގައި އެ ވަރުގެ ކުޅުންތެރިއަކު ނުހުންނާނެ ކަމަށް ދާދި ފަހުން ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅުނު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

12 ޖުލައި

July 12, 2018
ރޮނާލްޑޯ ފުރަތަމަ ހުށަހެޅީ ޔުނައިޓެޑާއި ޕީއެސްޖީ އަށް

ލަންޑަން (މެއި 12) - ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކަމަށް ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

11 ޖުލައި

July 11, 2018 1
ރޮނާލްޑޯ އަށް ކުރި ހަރަދު ފޫބައްދައިދޭނީ ޗެލްސީން؟

ޓިއުރިން (ޖުލައި 11) – ރެއާލް މެޑްރިޑުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގަތުމަށް ޔުވެންޓަސް އިން ކުރި ބޮޑު ހަރަދު ފޫބައްދާނީ ގޮންޒާލޯ ހިގައިން އާއި ޑެނިއަލީ ރުގާނީ ޗެލްސީ އަށް ވިއްކާލައިގެން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

10 ޖުލައި

July 10, 2018 7
ޔުވެންޓަސް އަށް ރޮނާލްޑޯ ސޮއިކޮށްފި

މެޑްރިޑް (ޖުލައި 10) - ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް އެ ކްލަބްގެ ރެކޯޑް އަގަކަށް ސޮއިކޮށްފި އެވެ.

09 ޖުލައި

July 09, 2018 1
ރޮނާލްޑޯގެ ސޮއި ނުލިބި ލަސްވަނީ ކީއްވެ؟

މެޑްރިޑް (ޖުލައި 9) – ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވާކަން އިއުލާންކުރާނެ ގޮތަކާ މެދު އޭނާ އާއި ރެއާލް މެޑްރިޑާ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

05 ޖުލައި

July 05, 2018 11
ޔުވެންޓަސްއާ ގުޅެން ރޮނާލްޑޯ އެއްބަސްވެއްޖެ

ޓުރިން، ޔުވެންޓަސް (ޖުލައި 5) - އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއާ ގުޅެން ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެއްބަސްވެފައިވާ ކަމަށް ޔުވެންޓަސްގެ ކުރީގެ ޑިރެކްޓަރު ލޫޝިއާނޯ މޮގީ ވިދާޅުވެއްޖެ އެވެ.

04 ޖުލައި

July 04, 2018 8
ރޮނާލްޑޯ މަޑުކުރާނެ ކަމުގެ ޔަގީންކަން ރެއާލަށް ނުދެވުނު

މެޑްރިޑް (ޖުލައި 4) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެ ކްލަބުން މިހާތަނަށް ދީފައިނުވާ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

09 ޖޫން

June 09, 2018
ބުފޮންގެ އަންގި ޕެރިން އަށް

ލަންޑަން (ޖޫން 9) – ސަތާރަ އަހަރަށް ފަހު ޔުވެންޓަސް ދޫކޮށްލި އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ނެތްތަން ފޫބެއްދުމަށްޓަކައި އެ ޓީމުން ޖެނޯއާ އަށް ކުޅޭ އިޓަލީގެ ޒުވާން ގޯލްކީޕަރު މަޓިއާ ޕެރިން ގެނެސްފި އެވެ.

19 މެއި

May 19, 2018 2
ބުފޮން ގެންދަން ޕީއެސްޖީން މަސައްކަތްކުރަނީ

ޕެރިސް (މެއި 19) - މި ސީޒަން ނިމުމުން ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އަށް ބޮޑު މުސާރައަކާ ދެ އަހަރުގެ އެއްބަސްވުމެއް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ހުށަހަޅައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

14 މެއި

May 14, 2018 2
ޔުވެންޓަސް އިން އިޓާލިއަން ލީގު ކާމިޔާބުކޮށްފި

ރޯމް (މޭ 14) – އެކަކު މަދުކޮށް ކުޅުނު އޭއެސް ރޯމާއާ 0-0 އިން އެއްވަރުކޮށް ޔުވެންޓަސް އިން ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް އިޓާލިއަން ލީގު ކާމިޔާބުކޮށްފި އެވެ.

10 މެއި

May 10, 2018 1
ޔުވެންޓަސް އިން އިޓާލިއަން ކަޕް ކާމިޔާބުކޮށްފި

ރޯމް (10 މޭ) – އޭސީ މިލާން އަތުން 4-0 އިން މޮޅުވެ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް އިޓާލިއަން ކަޕް ޔުވެންޓަސް އިން ކާމިޔާބުކޮށްފި އެވެ.

09 މެއި

May 09, 2018 1
މިއީ މިލާނަށް ވޯލްޑް ކަޕް ފައިނަލެއް ފަދަ މެޗެއް: ގަޓޫސޯ

ރޯމް (މޭ 9) – އިޓާލިއަން ކަޕުގެ ފައިނަލުގައި މިރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗަކީ އޭނާގެ ޓީމަށް ވޯލްޑް ކަޕް ފައިނަލް ފަދަ މެޗެއް ކަމަށް އޭސީ މިލާނުގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނެފި އެވެ.