21 ޖެނުއަރީ

January 21, 2019 1
މިލްނާ އަށް ރަތްކާޑު ދެއްކީ ކުޑައިރުގެ ޓީޗަރު

ލިވަޕޫލް (ޖެނުއަރީ 21) – ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ކްރިސްޓަލް ޕެލަސް އަތުން 4-3 އިން ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ވައިސް ކެޕްޓަން ޖޭމްސް މިލްނާ އަށް ރަތްކާޑު ދެއްކި ރެފްރީއަކީ އޭނާގެ ކުޑައިރުގެ ޓީޗަރުކަން ހާމަވެ، ސޯޝަލް މީޑިއާގައި އެކަން ބޮޑު މަޖާގަނޑަކަށް ވެއްޖެ އެވެ.

19 ޖެނުއަރީ

January 19, 2019 1
ގާޑިއޯލާ އަނެއްކާވެސް ލިވަޕޫލަށް ތައުރީފުކޮށްފި

މެންޗެސްޓާ (ޖެނުއަރީ 19) - ސީޒަނުގައި މިހާ ހިސާބަށް ދެއްކި ކުޅުމަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމު ލިވަޕޫލަށް ހައްގުވާ ކަަމަށް ބުނެ އެ ޓީމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަނެއްކާ ވެސް ތައުރީފުކޮށްފި އެވެ.

13 ޖެނުއަރީ

January 13, 2019 3
ލިވަޕޫލާއި ޗެލްސީން މަގާމް ވަރުގަދަކޮށްފި

ލަންޑަން (ޖެނުއަރީ 13) – ބްރައިޓަން 1-0 އިން ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ހަތް ޕޮއިންޓުގެ ލީޑެއް ނެގިއިރު، ނިއުކާސަލް ޔުނައިޓެޑް 2-1 އިން ބަލިކޮށް ޗެލްސީން ހަތަރު ވަނައިގައި މަގާމް ވަރުގަދަކޮށްފި އެވެ.

11 ޖެނުއަރީ

January 11, 2019
ހަމެލްސް ނުވަތަ ކޭހިލް ހޯދަން ލިވަޕޫލުން މަޝްވަރާކޮށްފި

ލިވަޕޫލް (ޖެނުއަރީ 11) - ލިވަޕޫލުގެ ޑިފެންސްލައިނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުން ކުރިއަށް ހުރި މެޗުތަކުގައި އަރައިނުގަނެވިއްޖެނަމަ ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކްގެ މެޓްސް ހަމެލްސް ނުވަތަ ޗެލްސީގެ ގެރީ ކޭހިލް ގެންނަން ލިވަޕޫލުން މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

08 ޖެނުއަރީ

January 08, 2019 2
ވުލްވްސް އަތުން ބަލިވެ ލިވަޕޫލް އެފްއޭ ކަޕުން ކަަޓައިފި

ވުލްވެމްޓަން (ޖެނުއަރީ 8) – ވުލްވްސް އަތުން 2-1 އިން ބަލިވެ އިނގިރޭސި އެފްއޭ ކަޕުގެ ހަތަރު ވަނަ ބުރުން ލިވަޕޫލް ކަޓައިފި އެވެ.

04 ޖެނުއަރީ

January 04, 2019 2
ލިވަޕޫލް ބަލިކޮށް ސިޓީން ލީގުގެ އުއްމީދު އާކޮށްފި

މެންޗެސްޓާ (ޖެނުއަރީ 4) – ލިވަޕޫލް 2-1 އިން ބަލިކޮށް އެ ޓީމުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސް، ތާވަލުގެ ދެ ވަނަ އަށް އަރައި މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމުގެ އުއްމީދު އަނެއްކާ ވެސް އާކޮށްފި އެވެ.

30 ޑިސެމްބަރ

December 30, 2018 13
ލިވަޕޫލް އޮންނާނީ ހަމަބިމުގައި: ކްލޮޕް

ލިވަޕޫލް (ޑިސެމްބަރު 30) – ރޮބާޓޯ ފިރްމީނިއޯގެ ހެޓްރިކާ އެކު 5-1 އިން އާސެނަލް ބަލިކޮށް 29 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިނގިރޭސި ލީގު ޗެމްޕިއަންކަން ހޯދުމުގެ އުއްމީދު ބޮޑުކުރަމުން އައި ނަމަވެސް، ހަމަބިމުން ނައްޓާނުލާނެ ކަމަށާއި ކުޅުންތެރިން ތިބެން ޖެހޭނީ ސަމާލުވެގެން ކަމަށް ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

29 ޑިސެމްބަރ

December 29, 2018 6
ލިވަޕޫލްގެ ކުރިއެރުމުން މިސާލު ނެގިދާނެ: އެމެރީ

ލަންޑަން (ޑިސެމްބަރު 29) - އޭނާ އާސެނަލުގައި ކުރިއަށްދާއިރު އެންމެ ރަނގަޅަށް މިސާލު ނެގޭނީ މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ލިވަޕޫލުން ކަމަށް އާސެނަލުގެ ކޯޗު އުނާއި އެމެރީ ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2018 4
ސަލާހު ސަސްޕެންޑް ކުރަން ގޮވާލައިފި

ލިވަޕޫލް (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް ކުޅުނު މެޗުގައި އެ ޓީމުގެ މުހައްމަދު ސަލާހު ޕެނަލްޓީ ހޯދީ ޑައިވްކޮށްގެން ކަމަށާއި އޭނާ އަށް ސަސްޕެންޝަނެއް އަންނަން...

December 27, 2018 1
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ

ލިވަޕޫލް (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ލެސްޓާ ސިޓީ...

26 ޑިސެމްބަރ

December 26, 2018
ލީގު ފޯރިގަދަވީ ލިވަޕޫލާއި ޗެލްސީގެ ސަބަބުން: ސްޓާލިން

މެންޗެސްޓާ (ޑިސެމްބަރު 26) - އިނގިރޭސި ޕްރިމިއާ ލީގު މި ފަހަރު ފޯރިގަދަވި އެންމެ ބޮޑު ސަބަބަކީ ވާދަވެރި ދެ ޓީމު ކަމަށްވާ ޗެލްސީ އާއި ލިވަޕޫލް ވަރުގަދަވުން ކަމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ވިންގާ ރަހީމް ސްޓާލިން ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2018 2
އެއްވެސް ޓީމަކަށް ލީގުގެ ޔަގީންކަމެއް ނުދެވޭނެ: ކްލޮޕް

ލިވަޕޫލް (ޑިސެމްބަރު 25) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ލިވަޕޫލް އޮތް ނަމަވެސް އެއްވެސް ޓީމަކަށް ލީގުގެ ޗެމްޕިއަންކަން ލިބޭނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

22 ޑިސެމްބަރ

December 22, 2018 1
ލިވަޕޫލަށް ހަތަރު ޕޮއިންޓުގެ ލީޑެއް

ވުލްވަހެމްޓަން، އިންގްލެންޑް (ޑިސެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން 2-0 އިން ވުލްވްސް ބަލިކޮށް ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

17 ޑިސެމްބަރ

December 17, 2018 1
ލިވަޕޫލާއި ޔުނައިޓެޑަށް ވަރުގަދަ މެޗުތަކެއް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 17) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލް ދެ ވަނަ ބުރުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށް...

December 17, 2018 21
ލިވަޕޫލުގެ ސަޕޯޓަރުންނާ އެކު މައުމޫން ފޯރި ނަންގަވައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗު، އެ ކްލަބުގެ ދިވެހި ބައެއް ސަޕޯޓަރުންނާ އެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް...

16 ޑިސެމްބަރ

December 16, 2018 1
ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް އެއް ވަނަ އަށް

ލިވަޕޫލް (ޑިސެމްބަރު 16) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް 3-1 އިން ބަލިކޮށް ލިވަޕޫލް އަލުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

15 ޑިސެމްބަރ

December 15, 2018 2
އެފްރިކާގެ މޮޅު ކުޅުންތެރިއަކަށް މި ފަހަރު ވެސް ސަލާހު

ލަންޑަން (ޑިސެމްބަރު 15) - ބީބީސީން ހޮވާ އެފްރިކާގެ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމު ލިވަޕޫލާއި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފި އެވެ.

12 ޑިސެމްބަރ

December 12, 2018 2
ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް

ލިވަޕޫލް (ޑިސެމްބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި 1-0 އިން ނަޕޯލީ ބަލިކުރިއިރު، ޓޮޓެންހަމުން ވަނީ ފަހު ވަގުތު 1-1 އިން ބާސެލޯނާއާ އެއްވަރުކޮށްފަ އެވެ.

11 ޑިސެމްބަރ

December 11, 2018
މަރުގެ މެޗަށް ސަޕޯޓަރުންގެ އެހީ އަށް ކްލޮޕް އެދިއްޖެ

ލިވަޕޫލް (ޑިސެމްބަރު 11) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ މޮޅުވުން މަޖުބޫރު މެޗަކަށް އިޓަލީގެ ނަޕޯލީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ސަޕޯޓަރުންގެ ފަރާތުން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2018 1
ޗެލްސީން ސިޓީ ބަލިކޮށްފި، ލިވަޕޫލަށް އެއް ވަނަ

ލަންޑަން (ޑިސެމްބަރު 9) - މެޗަކުން ބަލިނުވެ އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް ޗެލްސީން ރޭ 2-0 އިން ކުރި ހޯދައި އެ ޓީމުގެ ބަލިނުވުމުގެ ސިލްސިލާ އަށް ނިމުން ގެނައުމާ އެކު ޕްރިމިއާ ލީގުގެ އެއް ވަނަ މަގާމް ލިވަޕޫލަށް ލިބިއްޖެ އެވެ. ލިވަޕޫލް ވަނީ ރޭ ކުޅުނު މެޗުން 4-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ.

06 ޑިސެމްބަރ

December 06, 2018 1
ލިވަޕޫލަށް މުހިއްމު މޮޅެއް، ޓޮޓެންހަމުން ފައިދާނަގައިފި

ބާންލީ، އިންގްލެންޑް (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ރަށުންބޭރުގައި 3-1 އިން ބާންލީ އަތުން މުހިއްމު މޮޅެއް ހޯދިއިރު، އާސެނަލާއި ޗެލްސީ ކުޅުނު މެޗުތަކުން މޮޅުނުވުމުގެ ފައިދާނަގައި ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

04 ޑިސެމްބަރ

December 04, 2018 2
އުފާފާޅުކުރަން ކްލޮޕް ދަނޑަށް އެރި މައްސަލަ ބަލަނީ

ލިވަޕޫލް (ޑިސެމްބަރު 4) - އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަން އަތުން ފަހު ވަގުތު 1-0 އިން ލިވަޕޫލް މޮޅުވި މެޗުގައި ލަނޑު ޖެހި ވަގުތު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އުފާފާޅުކުރަން ދަނޑަށް އެރި މައްސަލަ އިނގިރޭސި އެފްއޭ އިން ބަލަން ފަށައިފި އެވެ.