20 މެއި

May 20, 2019 3
ޕީއެސްޖީ ދޫކޮށްލަންޖެހިދާނެ ކަމަށް އެމްބާޕޭ ބުނެފި

ޕެރިސް (މެއި 20) - އާ ޗެލެންޖެއް ނެގުމުގެ ގޮތުން އަންނަ ސީޒަނުގައި ޕީއެސްޖީ ނޫން ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ފްރާންސްގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.

16 މެއި

May 16, 2019
ޕީއެސްޖީން ބުފޮން އަށް އާ ކޮންޓްރެކްޓެއް

ޕެރިސް (މެއި 16) – ޕީއެސްޖީން އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަހެޅި ކަމަށާއި، އެކަމަކު ކުރިއަށް ދިއުމަކީ ދެ ފަރާތަށް ވެސް ފައިދާ ހުރި ގޮތެއްތޯ ބެލުމަށް މަޝްވަރާކުރާނެ ކަމަށް އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

15 މެއި

May 15, 2019 2
ކްރޫސް، ބޭލް އަދި އިސްކޯ ގަންނަން ޕީއެސްޖީން މަސައްކަތްކުރަނީ

ޕެރިސް (މެއި 15) – ރެއާލް މެޑްރިޑުގެ ތިން ކުޅުންތެރިން ކަމަށްވާ ގަރެތު ބޭލް އާއި އިސްކޯ އަދި ޓޯނީ ކްރޫސް ގަތުމަށް ޕީއެސްޖީން މަސައްކަތްކުރަމުން އަންނަ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

11 މެއި

May 11, 2019 7
"ޕީއެސްޖީ ދޫކޮށްލަން ނޭމާގެ ރޭވުމެއް އެބައޮތް"

ޕެރިސް (މެއި 11) - މި ސީޒަނަށް ފަހު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ދޫކޮށްލުމަށް ބްރެޒިލްގެ ތަރި ނޭމާގެ ރޭވުމެއް އެބައޮތް ކަމަށް މަޝްހޫރު ފުޓްބޯޅަ އޭޖެންޓް ޕިނީ ޒަހާވީ ބުނެފި އެވެ.

05 މެއި

May 05, 2019
ރޯމާ އާއި ޕީއެސްޖީން މޮރީނިއޯ އަށް ޝައުގުވެރިވޭ

ލަންޑަން (މެއި 5) - މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ހޯދަން އިޓަލީގެ ރޯމާ އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

30 އެޕްރީލް

April 30, 2019 11
ސަޕޯޓަރެއްގެ ގައިގައި ޖެހުމަކީ ނޭމާ ހެދި ގޯހެއް: ކޯޗު

ޕެރިސް (އޭޕްރީލް 30) - ފްރެންޗް ކަޕް ފައިނަލަށް ފަހު، ސަޕޯޓަރެއް ގައިގައި ޖެހުމަކީ ޕީއެސްޖީގެ ތަރި ނޭމާ ހެދި ގޯހެއް ކަމަށް އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

28 އެޕްރީލް

April 28, 2019 3
ރެނެސް އިން ފްރެންޗް ކަޕް ކާމިޔާބުކޮށްފި

ޕެރިސް (އޭޕްރީލް 28) - ފްރެންޗް ލީގު ކަޕް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-5 އިން އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބަލިކޮށް ރެނެސް އިން 48 އަހަރަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

27 އެޕްރީލް

April 27, 2019 1
ރެފްރީ އަށް ފާޑުކިޔުމުން ނޭމާ އަށް އަދަބުދީފި

ނިޔޯން، ސްވިޒަލެންޑް (އޭޕްރީލް 27) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް އަތުން ޕީއެސްޖީ ބަލިވި މެޗަށް ފަހު އެ ޓީމުގެ ނޭމާ ރެފްރީންނަށް އިންސްޓަގްރާމްގައި ފާޑުކިޔާފައިވާތީ ޔޫރަޕްގެ ތިން މެޗަށް އޭނާ ސަސްޕެންޑްކުރަން ޔުއެފާ އިން ނިންމައިފި އެވެ.

22 އެޕްރީލް

April 22, 2019 3
ޕީއެސްޖީން ލީގު ކާމިޔާބުކުރިއިރު، ނޭމާ އެނބުރި އަތުވެއްޖެ

ޕެރިސް (އޭޕްރިލް 22) – ކީލިއަން އެމްބާޕޭގެ ހެޓްރިކުން މޮނާކޯ 3-1 އިން ބަލިކޮށް ޕީއެސްޖީ ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ އުފާފާޅުކޮށްފި އެވެ.

18 އެޕްރީލް

April 18, 2019 1
ޕީއެސްޖީ އަށް ތިން ވަނަ ފަހަރު ވެސް ނާކާމިޔާބު

ޕެރިސް (އޭޕްރީލް 18) - ފްރެންޗް ލީގުގައި ރޭ ރަށުންބޭރުގައި ނޯންޓްސް އަތުން 3-2 އިން ބަލިވެ ލީގު ކަށަވަރުކުރަން ލިބުނު ތިން ވަނަ ފުރުސަތު ވެސް ޕީއެސްޖީން ނަގާލައިފި އެވެ.

24 މާޗް

March 24, 2019
ބޮޑު މައްސަލައެއްގައި ޕީއެސްޖީގެ ރައީސްއާ ސުވާލުކޮށްފި

ޕެރިސް، ފްރާންސް (މާޗް 23) - ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕް މި އަހަރު ގަތަރުގެ ދޯހާގައި ބޭއްވުމަށް ޕީއެސްޖީގެ ވެރިޔާ މަޝްހޫރު މަހުޖަނު ނާސިރު އެލްހެއްލާފީ ހިއްސާ އޮންނަ ކުންފުންޏަކުން އުސޫލުން ބޭރުން ހަރަދުކޮށްފައިވާ މައްސަލައެއްގައި އޭނާއާ ފްރާންސްގެ ދެ އިސް ފަޑިޔާރުން ސުވާލުކޮށްފި އެވެ.

20 މާޗް

March 20, 2019 3
ޔުއެފާއާ ދެކޮޅަށް ޕީއެސްޖީން އެޕީލް ކާމިޔާބުކޮށްފި

ޕެރިސް (މާޗް 20) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާކަމަށް ބުނެ ޔުއެފާ އިން ޕީއެސްޖީގެ މައްސަލަތައް އަލުން ބަލަން ކުރި މަސައްކަތް އެ ކްލަބުން ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) މެދުވެރިކޮށް ހުއްޓުވައިފި އެވެ.

14 މާޗް

March 14, 2019 4
ނޭމާގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

ނިޔޯން، ސްވިޒަލެންޑް (މާޗް 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް މުބާރާތުން ކެޓި މެޗަށް ފަހު އެ މެޗުގެ ރެފްރީންނަށް ޕީއެސްޖީގެ ތަރި ނޭމާ ސޯޝަލް މީޑިއާގައި ފާޑުކިޔާފައިވާތީ އެ މައްސަލަ ތަހުގީގުކުރަން ޔުއެފާ އިން ފަށައިފި އެވެ.

07 މާޗް

March 07, 2019 63
ޕީއެސްޖީ ރޮއްވާލުމަށް ފަހު ޔުނައިޓެޑް ކުއާޓާ އަށް

ޕެރިސް (މާޗް 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޕީއެސްޖީ އަތުން ރަށުން ބޭރުގައި 3-1 އިން ހޯދި ތާރީހީ މޮޅާ އެކު، އެ ޓީމު ރޮއްވާލުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

06 މާޗް

March 06, 2019 12
ޔުނައިޓެޑުގެ އަމާޒަކީ ތާރީހު ބަދަލުކުރުން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ޑިސެމްބަރު މަހު އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު މިހާތަނަށް ކުޅުނު 16 މެޗުގެ ތެރެއިން ބަލިވީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 2-0 އިން ޕީއެސްޖީ އަތުން އެކަންޏެވެ. މިހާތަނަށް ޗެމްޕިއަންސް ލީގުގެ ނޮކްއައުޓު ބުރެއްގައި އަމިއްލަ ދަނޑުގައި ފުރަތަމަ ލެގުން...

25 ފެބުރުއަރީ

February 25, 2019
ނޭމާ ވިއްކާލުމުގެ ވިސްނުމެއް ނެތް: ޕީއެސްޖީގެ ރައީސް

ޕެރިސް (ފެބްރުއަރީ 25) - ޕީއެސްޖީން އެ ޓީމުގެ ތަރި ނޭމާ ވިއްކާލުމުގެ ވިސްނުމެއް އަދި ނެތް ކަމަށް އެ ކްލަބްގެ ރައީސް ނާސިރު އެލް-ހެއްލާފީ ވިދާޅުވެއްޖެ އެވެ.

14 ފެބުރުއަރީ

February 14, 2019 4
ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރާނެ: ނޭމާ

ޓިއުރިން (ފެބްރުއަރީ 14) – ޕީއެސްޖީގައި އޮތް ވަރުގަދަ ޓީމާއި މޮޅު ކޯޗުގެ ސަބަބުން މި ސީޒަނުގައި އެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭނެ ކަމަށް އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ނޭމާ ބުނެފި އެވެ.

13 ފެބުރުއަރީ

February 13, 2019 8
ޕީއެސްޖީން ޔުނައިޓެޑް ބަލިކޮށްފި

މެންޗެސްޓާ (ފެބްރުއަރީ 13) - އާ ކޯޗު އޮލެ ގުނަ ސޯލްޝެއާއާ އެކު ބަލިނުވެ 11 މެޗު ފުރިހަމަކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑް އޭނާގެ އިރުޝާދުގެ ދަށުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ، މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 2-0 އިން ބަލިވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2019 16
ޔުނައިޓެޑް ފޯމުގައި، ޕީއެސްޖީ އަށް އަނިޔާގެ މައްސަލަ

ޗެމްޕިއަންސް ލީގުގެ ނޮކްއައުޓު ބުރު މިރޭ ފަށާއިރު އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ މެޗަކީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗަށެވެ. އެ މެޗަށް ނުކުންނައިރު އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ޕީއެސްޖީ އަށް ދިމާވެފައިވާ އެންމެ ބޮޑު...

07 ފެބުރުއަރީ

February 07, 2019 2
ނޭމާ ހިނގައްޖެ ނަމަ ޕީއެސްޖީގެ ޓާގެޓަކީ ކުޓީނިއޯ

ޕެރިސް (ފެބްރުއަރީ 7) - ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށް ހިނގައްޖެ ނަމަ ޓާގެޓްކުރާނީ ބާސެލޯނާ އަށް ކުޅޭ ފިލިއްޕޭ ކުޓީނިއޯ އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.