07 ޑިސެމްބަރ

December 07, 2016 1
ޕެރޭޒްގެ ހެޓްރިކުން އާސެނަލަށް ގްރޫޕްގެ އެއް ވަނަ

ބަސެލް، ސްވިޒަލެންޑް (ޑިސެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ލޫކަސް ޕެރޭޒް ހެދި ހެޓްރިކާ އެކު 4-1 އިން ބަސެލް ބަލިކޮށް އާސެނަލް ގްރޫޕް އޭގެ އެއް ވަނަ ހޯދައިފި އެވެ.

04 ޑިސެމްބަރ

December 04, 2016
ޕީއެސްޖީން ފުރުސަތު ނަގާލުމުން މޮނާކޯ އެއް ވަނަ އަށް

ޕެރިސް (ޑިސެމްބަރު 4) - ފްރާންސް ލީގުގައި ރޭ މޮންޓެޕިއޭ އަތުން 3-0 އިން ބަލިވެ ޕީއެސްޖީން ފުރުސަތު ނަގާލުމުން ބަސްޓިއާ އަތުން 5-0 އިން މޮޅުވެ މޮނާކޯ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

24 ނޮވެމްބަރ

November 24, 2016
އާސެނަލާ އެއްވަރުކޮށް ޕީއެސްޖީ ގްރޫޕްގެ އެއް ވަނަ އަށް

ލަންޑަން (ނޮވެމްބަރު 24) - ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި އާސެނަލާ 2-2 އިން އެއްވަރުކޮށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ގްރޫޕް އޭގެ އެއް ވަަނަ އަށް ޖެހިލައިފި އެވެ.

23 ނޮވެމްބަރ

November 23, 2016 1
"ފެންވަރު ސާބިތުކުރަން ބޮޑެތި ޓީމުތައް ބަލިކުރަންޖެހޭ"

ލަންޑަން (ނޮވެމްބަރު 23) - ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ނުކުންނައިރު އާސެނަލަކީ ޔޫރަޕްގައި ވަރުގަދަ ޓީމެއްކަން ސާބިތުކޮށްދޭން ބޭނުންނަމަ ބޮޑެތި ޓީމުތައް ބަލިކުރަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

02 ނޮވެމްބަރ

November 02, 2016 2
އާސެނަލް، އެތުލެޓިކޯ އަދި ބަޔާން ދެ ވަނަ ބުރަށް

މެޑްރިޑް (ނޮވެމްބަރު 2) – ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އެންމެ ފަހުގެ ރަނަރަޕް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑާއި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ އާސެނަލް އަދި ފްރާންސުގެ ޕީއެސްޖީ ޖާގަ ހޯދައިފި އެވެ.

25 އޮކްޓޯބަރ

October 25, 2016
ވެރާޓީ މައްސަލައިގައި ބޮޑެތި ކްލަބްތައް އެލާޓާށް

ޕެރިސް (އޮކްޓޯބަރު 25) - ޕީއެސްޖީގެ ކޯޗު އުނައި އެމެރީއާ މައްސަލަ ޖެހިފައިވާ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ އެ ކްލަބް ދޫކޮށްލުމުގެ ފުރުސަތު ބޮޑުވުމާ އެކު ބޮޑެތި ކްލަބްތައް އެލާޓަށް އަތުވެއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2016
ޕީއެސްޖީން ކޯޓީނިއޯ އަށް 60 މިލިއަން ހުށަހަޅަނީ

ޕެރިސް (އޮކްޓޫބަރު 9) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ލިވަޕޫލަށް ކުޅޭ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޯޓީނިއޯ އަށް 60 މިލިއަން ޕައުންްޑް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

25 ސެޕްޓެމްބަރ

September 25, 2016 1
ޕީއެސްޖީގެ ހާލަތާ މެދު ސިލްވާ ކަންބޮޑުވެއްޖެ

ޕެރިސް (ސެޕްޓެމްބަރު 25) - ޕީއެސްޖީގެ ފޯމާ ދޭތެރޭ ކަންބޮޑުވާ ކަމަށް އެ ޓީމުގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބުނެފި އެވެ.

12 ސެޕްޓެމްބަރ

September 12, 2016
ނޭމާ އަށް ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި

ބާސެލޯނާ (ސެޕްޓެމްބަރު 11) - ބާސެލޯނާގެ ބްރެޒިލް ފޯވާޑް ނޭމާ ގަތުމަށް ފްރާންސުގެ ޕީއެސްޖީން 190 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް އޭނާގެ އޭޖެންޓް ވެގްނާ ރިބެއިރޯ ބުނެފި އެވެ.

01 އޯގަސްޓް

August 01, 2016
ޕީއެސްޖީ އަށް ގްރީޒްމަން ގެންނަން ބޭނުން: އެމެރީ

ޕެރިސް (އޮގަސްޓް 1) - ޕީއެސްޖީގެ އެޓޭކް ވަރުގަދަ ކުރުމަށް، އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ގެންނަން ބޭނުންވާ ކަމަށް ޕީއެސްޖީގެ ކޯޗު އުނައި އެމެރީ ބުނެފި އެވެ.

29 ޖުލައި

July 29, 2016
"އިބްރަހިމޮވިޗްގެ މަގާމް ފުރުމަކީ ޕްރެޝަރެއް ނޫން"

ޕެރިސް (ޖުލައި 27) - ޒަލަޓާން އިބްރަހިމޮވިޗް ނެތްތަން ފޫބެއްދުމަށް، ސެންޓަ ފޯވާޑަކަށް ކުޅެން ޖެހުމަކީ ޕްރެޝަރެއް ނޫން ކަމަށް ޕީއެސްޖީގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ބުނެފި އެވެ.

28 ޖުލައި

July 28, 2016 1
ބައްކާ ބޭނުންވަނީ ޕީއެސްޖީ އަށް ބަދަލުވާން

މިލާން (ޖުލައި 27) - އޭސީ މިލާނުން ވިއްކާލަން ނިންމާފައިވާ ކޮލަމްބިއާ ފޯވާޑް ކާލޯސް ބައްކާ ބޭނުންވަނީ ޕީއެސްޖީ އަށް ބަދަލުވާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

25 ޖުލައި

July 25, 2016
މަޓުއިޑީ ޕީއެސްޖީގައި މަޑުކުރާނެ: އެމެރީ

ޕެރިސް، ފްރާންސް (ޖުލައި 25) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު ބްލައިސް މަޓުއިޑީ އެ ކްލަބްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އުނައި އެމެރީ ބުނެފި އެވެ.

20 ޖުލައި

July 20, 2016 1
"ބާސެލޯނާ އަށް ނޫނެކޭ ބުނުމަކީ ފަސޭހަކަމެއް ނޫން"

ޕެރިސް، ފްރާންސް (ޖުލައި 20) - ބާސެލޯނާ އިން ލިބޭ ފުރުސަތަކަށް ނޫނެކޭ ބުނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ޑިފެންޑަރު މާކުއީނިއޯސް ބުނެފި އެވެ.

29 ޖޫން

June 29, 2016
ބްލޮންކުގެ ބަދަލުގައި ޕީއެސްޖީގެ ކޯޗަކަށް އެމެރީ

ޕެރިސް، ފްރާންސް (ޖޫން 29) - ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗުކަމާ ސެވިއްޔާގެ ކާމިޔާބު ކޯޗު އުނާއި އެމެރީ ހަވާލުވެއްޖެ އެވެ.

04 ޖޫން

June 04, 2016
އުރީދޫ-ޕީއެސްޖީ ކޯޗިން ކްލިނިކުގައި 200 ކުދިން

މުވާސަލާތީ ކުންފުނި އުރީދޫ އާއި ފްރާންސްގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) ގުޅިގެން އެކި ގައުމުތަކުގައި ބާއްވަމުން އަންނަ ޕީއެސްޖީ އެކަޑަމީ ކޯޗިން ކްލިނިކް އިއްޔެ މާލޭގައި ފަށައިފި އެވެ.

29 މެއި

May 29, 2016 4
ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ސިލްވާގެ ހުވަފެން ސީދާކޮށްފި

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު ބްރެޒިލްގެ ތިއާގޯ ސިލްވާގެ އުއްމީދުތަކަކީ ކޮބާ ހެއްޔެވެ؟ ބްރެޒިލާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރުން ހެއްޔެވެ؟ ނުވަތަ ޕީއެސްޖީއާ އެކު ޗެމްޕިއަންސް ލީގު އުފުލާލުން ހެއްޔެވެ؟ ޔަގީނުން ވެސް އެނގޭ ކަމަކީ، އޭނާގެ ދެކެމުން އައި އެއް ހުވަފެނަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ޗުއްޓީ...

28 މެއި

May 28, 2016
19 އަހަރުގެ ކޯމަން، މިހާރު ވެސް ޗެމްޕިއަނެއް

ބައެއް ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމުން ގަވައިދުން ޖާގަ ލިބެނީ އުމުރުން 20 އަހަރު ވުމުންނެވެ. އެހެން ނަމަވެސް ފްރާންސްގެ އުއްމިީދީ މިޑްފީލްޑަރު ކިންގްސްލީ ކޯމަން މިވަނީ އުމުރުން 19 އަހަރުގައި ޔޫރަޕްގެ ވަރުގަދަ ތިން ލީގުގެ ޗެމްޕިއަން ޓީމަށް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.