17 ޖޫން

June 17, 2017 31
އުލިގަމުގެ އާއިލާތަކަށް މެމްބަރު ފައިސާގެ އެހީ ދެއްވައިފި

އުތުރުގެ އަތޮޅުތަކަށް މި މަހު ކުރީކޮޅު ކުރި ވިއްސާރައިގައި ހއ. އުލިގަމަށް ލިބުނު ގެއްލުންތަކާ ގުޅިގެން، އެ ރަށުގެ އާއިލާތަކަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ފައިސާގެ އެހީ ރޭ ދެއްވައިފި އެވެ.

05 ޖޫން

June 05, 2017 15
ރާއްޖޭން ލަންކާ އަށް ދިނީ ތިން ލައްކަ ރުފިޔާ

ސްރީ ލަންކާ އަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް ރާއްޖޭން ދިނީ 25،000 ޑޮލަރު (385،000 ރުފިޔާ) ކަމަށް ލަންކާގެ ނޫސްތަކުގައި ބުނެފި އެވެ.

02 ޖޫން

June 02, 2017 20
ދިވެހިން ދިން އެހީއަށް ލަންކާއިން ޝުކުރު އަދާކޮށްފި

ސްރީ ލަންކާ އަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭން ދިން އެހީ އަށް އެ ގައުމުން ޝުކުރު އަދާކޮށްފި އެވެ.

01 ޖޫން

June 01, 2017 9
ދަތުރު ނުކުރެވިދާނެތީ ކާޑު ރައްކާކުރަން އެދެފި

ރާއްޖެ އަށް މިހާރު ކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުތައް އިތުރަށް ގަދަވެ، ދަތުރު ނުކުރެވޭ ހާލަތަކަށް ހިނގައިދާނެތީ، ރަށްރަށުގައި ހުރި ކާޑުގެ ބާވަތްތައް ރައްކާކުރަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު އެދިވަޑައިގެންފި އެވެ.

June 01, 2017 4
އުލިގަމަށް އާދަޔާހިލާފު ވިއްސާރައެއް

މާ ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މީގެ ކުރިން ވެސް ހއ. އުލިގަމުގައި ފެންބޮޑުވެ އެވެ. އެކަމަކު މެދުނުކެނޑި 24 ގަޑިއިރަށް ވުރެ ގިނައިރު ވާރޭވެހުމުން، އެ ރަށުގެ ބައެއް ސަރަހައްދުތައް މިހާރު...

June 01, 2017 9
މާލެއަށް ވަރުގަދަ ކޮޅިގަނޑެއް ލައްވާލައިފި

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެ އަށް އައި ކޮޅިގަނޑުގައި، އާންމުކޮށް ކުރިމަތިނުވާ ވަރުގެ ބާރު މިނުގައި މާލެ އަށް ވައި ޖެހިއްޖެ އެވެ.

31 މެއި

May 31, 2017 6
ލަންކާގައި ހާލުގައިޖެހުނު މީހުންނަށް ރާއްޖޭން އެހީ ދީފި

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެ ގައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖެއިން ދޭ ފައިސާގެ އެހީ ލަންކާގެ ފޮރިން މިނިސްޓަރު ރަވީ ކަރުނަޔަކައާ މިއަދު ހަވާލުކޮށްފި އެވެ.

May 31, 2017 8
ވިއްސާރައިގައި އުލިގަމަށް ބޮޑެތި ގެއްލުންތަކެއް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ. އުލިގަމަށް ގެއްލުންތަކެއް ވެއްޖެ އެވެ.

May 31, 2017
16 ގައުމަކުން ލަންކާ އަށް އެހީ ފޯރުކޮށްދީފި

ކޮލަމްބޯ (މެއި 31) - ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ސްރީ ލަންކާ އަށް 16 ގައުމަކުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

30 މެއި

May 30, 2017 10
ފައިސާގެ އެހީ ދެއްވުމަށް މިނިސްޓަރު އާސިމް ލަންކާއަށް

ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ ހާލުގައި ޖެހިފައިވާ މީހުންނަށް ރާއްޖޭގެ ފަރާތުން ފައިސާގެ އެހީއެއް ދެއްވުމަށްޓަކައި ރައީސް އަބްދުﷲ ޔާމީން ޚާއްސަ މަންދޫބެއްގެ...

May 30, 2017 2
ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ވޮލަންޓިއަރުން ހޯދަނީ

ކޮލަމްބޯ (މެއި 30) - ގަދަ ވިއްސާރައިގައި ލިބުނު ގެއްލުންތަކުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ވޮލަންޓިއަރުންގެ އެހީތެރިކަމަށް ސްރީ ލަންކާ އިން މިއަދު އެދިއްޖެ އެވެ.

29 މެއި

May 29, 2017 2
ލަންކާ ފެންބޮޑުވުމުގައި 169 މީހުން މަރުވެއްޖެ

ކޮލަމްބޯ (މެއި 29) - ސްރީ ލަންކާ އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން 169 މީހުން މަރުވެފައިވާ އިރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަން ވަރުގަދަ ކޮށްފި އެވެ.

28 މެއި

May 28, 2017 3
އިންޑިއާގެ މަނަވަރުތަކުން ލަންކާ އަށް އެހީދޭން ފަށައިފި

ކޮލަމްބޯ (މެއި 28) - ބޯކޮށް ވާރޭ ވެހި ބައެއް ހިސާބުތައް ހާލުގައި ޖެހިފައިވާ ސްރީ ލަންކާ އަށް އިންޑިއާގެ މަނަވަރުތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

May 28, 2017
އެހީވާން އުޅުނު ސިފައިންގެ މީހަކު ހެލިކޮޕްޓަރުން ވެއްޓި މަރުވެއްޖެ

ކޮލަމްބޯ (މެއި 28) - ސްރީ ލަންކާގައި ފެންބޮޑުވެ ބިންގަނޑު ފޭބުމުން ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރަން އުޅުނު ސިފައިންގެ މީހަކު ހެލިކޮޕްޓަރުން ވެއްޓި މަރުވެއްޖެ އެވެ.

27 މެއި

May 27, 2017
ލަންކާގެ ފެންބޮޑުވުމުގައި ބައި މިލިއަން މީހުން ހާލުގައި

ކޮލަމްބޯ (މެއި 27) - ލަންކާ އަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި މިހާތަނަށް 103 މީހުން މަރުވެ ބައި މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

18 މެއި

May 18, 2017 10
ނަގޫރޯޅީގައި ލިބުނު ގެއްލުމަށް ސަރުކާރުން އެހީވަނީ

އައްޑޫ ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީވާން ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.

May 18, 2017 17
މެޓުގެ އިންޒާރު: ކަނޑު ވަރަށް ގަދަވާނެ!

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑު ވަރަށް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ. އަދި ބައެއް ސަރަހައްދުތަކަށް...

May 18, 2017 8
ނަޑެއްލާގައި ފެންބޮޑުވެ، ރައްޔިތުން ހާލުގައި

ގދ. ނަޑެއްލާ އަށް އިއްޔެ ހަވީރުން ފެށިގެން ކުރި ގަދަ ވިއްސާރާގައި އެ ރަށުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެއްޖެ އެވެ.

10 މެއި

May 10, 2017 39
ބޯ ވާރެޔާއެކު އިރުކޮޅެއްގެ ތެރޭ މާލޭގައި ފެންބޮޑުވެއްޖެ

މާލެއަށް މޫސުން ރީތިކޮށް އޮތުމަށް ފަހު މިއަދު އިރު އޮއްސުނު ވަގުތު ވެހެން ފެށި ބޯ ވާރެޔާ އެކު މަގުތަކުގައި ފެން ބޮޑުވެއްޖެ އެވެ. ވާރޭ ވެހުމުން އާންމުކޮށް ފެން ބޮޑުވާ މަގުތަކުގެ އިތުރުން، މަޖީދީ މަގުގައި އަލަށް ހެދި ހިސާބުތަކުގައި ވެސް ވަނީ ފެން ބޮޑުވެފަ އެވެ.

15 މާޗް

March 15, 2017 5
ވިއްސާރައާ ގުޅިގެން ބައެއް ރަށްތަކަށް ގެއްލުން ވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2016 11
ތިނަދޫގައި ފެން ބޮޑުވުން ހައްލުކުރަން 37 މިލިއަން

ވާރޭވެހޭއިރު ގދ. ތިނަދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު 37 މިލިއަން ރުފިޔާ އަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

30 އޯގަސްޓް

August 30, 2016 13
"ނަޖިސް ލީކުވުން ދެތިން މަސް ތެރޭ ހައްލު ކުރެވޭނެ"

މާލޭގެ ޖަންކްޝަންތަކުން މަގުމައްޗަށް ނަޖިސް ލީކުވުމުގެ މައްސަލަ ދެތިން މަސް ތެރޭގައި ހައްލުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

29 އޯގަސްޓް

August 29, 2016 16
ތިނަދޫގައި ތާރުއެޅުމާއެކު މަގުތަކުގައި ފެން ބޮޑުވެއްޖެ

ގދ. ތިނަދޫގެ ތާރު އަޅާފައިވާ މަގުތަކުގައި ފެން ހިންދޭނެ ނިޒާމެއް ގާއިމުކޮށްފައި ނެތުމުން، އެހެން މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ކުރިމަތި ވެއްޖެ އެވެ.

22 އޯގަސްޓް

August 22, 2016 1
އިންޑިއާގައި ފެންބޮޑުވެ އެތައް ބަޔަކު މަރުވެއްޖެ

ނިއު ދިއްލީ (އޮގަސްޓް 22) - އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި ގައުމުގެ ބޮޑު ބައެއްގައި ފެންބޮޑުވެ ކޯރުތައް ބަންޑުންވެދާނެ ކަމުގެ ބިރު ބޮޑު ކަމަށް އޮފިޝަލުން ބުނެފި އެވެ.

August 22, 2016 3
ހާލުގައި ޖެހުނު ތިމަރަފުށީ މީހުންނަށް ފައިސާގެ އެހީ

މިދިޔަ މެއި މަހުގެ ތެރޭގައި ރާއްޖެ އަށް ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބުނު ތ. ތިމަރަފުށީގެ ގެތަކަށް ސަރުކާރުން އެހީ ދޭން ފަށައިފި އެވެ.

August 22, 2016 32
މާލޭގެ މަގުތައް ފެނުން ސަލާމަތްވާނީ ކޮން ދުވަހަކުން؟

އަނެއްކާވެސް ވިއްސާރަ ދުވަސްވަރެކެވެ. ހުއްޓާނުލައި ގިނަ އިރުތަކެއް ވާންދެން ވާރޭ ވެހިއްޖެ ނަމަ މަގުމައްޗަށް ނިކުންނަން ހިތަށް ވެސް އަރުވާނެ ކަމެއް ނެތެވެ. ވިއްސާރަ މޫސުމުގައި...

05 ޖުލައި

July 05, 2016
ފެންބޮޑުވެގެން ޗައިނާ އިން 180 މީހުން މަރުވެއްޖެ

ބެއިޖިން (ޖުލައި 5) - ޗައިނާ އަށް ބޯކޮށް ވާރޭ ވެހި އެ ގައުމުގައި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 180 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

03 ޖުލައި

July 03, 2016
ފެންބޮޑުވުމުގައި އިންޑިއާ އާއި ޕާކިސްތާނުން 68 މަރު

ނިއު ދިއްލީ (ޖުލައި 3) - އިންޑިއާ އާއި ޕާކިސްތާނަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެ ގައުމުން މިހާތަނަށް 68 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން މިއަދު ބުނެފި އެވެ.

22 މެއި

May 22, 2016 1
ފެން ބޮޑުވި ލަންކާ އަށް ބޭރުގެ އެހީ ލިބެން ފަށައިފި

މިދިޔަ ހަފުތާ އިން ފެށިގެން ސްރީލަންކާ އަށް ކުރަމުން ގެންދިޔަ ވިއްސާރައިގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު މިހާތަނަށް 71 އަށް އަރާފައިވާ އިރު، ހާލުގައި ޖެހިފައިވާ ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ބޭރުގެ އެކި ގައުމުތަކުން އެހީ ލިބެން ފަށާފައިވާ ކަމަށް ލަންކާ ސަރުކާރުން ބުނެފި އެވެ.

16 މެއި

May 16, 2016
ލަންކާ އަށް ކުރަމުންދާ ވިއްސާރާގައި 7،000 މީހުންނަށް އަސަަރުކޮށްފި

ސްރީ ލަންކާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 7،000 އަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ޑިޒާސްޓާ ސެންޓަރުން ބުނެފި އެވެ. އަދި 97 އާއިލާއެއްގެ 422 މީހުން ވަނީ ރައްކާތެރިކަމުގެ ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. ވިއްސާރައިގައި ލަންކާ އިން މިހާތަނަށް ވަނީ ދެ މީހުން މަރުވެފަ އެވެ. ހޮނިހިރު ދުވަހުން ފެށިގެން...