30 ޖެނުއަރީ

January 30, 2017
އާތީގެ ކޯޗުކަމުގެ ދަށުން ޔޫވީ ޕްރެކްޓިސް ފަށައިފި

ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް މި ފަހަރުގެ ވެސް އަހުމަދު އާތިފް (އާތީ) ހަމަޖައްސައި، ޓީމުގެ ފަރިތަކުރުންތައް މިއަދު ހަވީރު ފަށައިފި އެވެ.

28 ޖެނުއަރީ

January 28, 2017 20
އޭޝިއަން ކަޕް އަތްފޯރާ ފަށަށް، އަތުކުރި އޮޅާލާ!

މާގިނަ ބަޔަކަށް އަދި މިކަން ނަގައިގަނެވުނު ހެނެއް ހިޔެއް ނުވެ އެވެ. އެކަމަކު ހަގީގަތަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިމަތީގައި މިއޮތީ އޭޝިއަން ކަޕަކަށް ކޮލިފައިވުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. ރާއްޖޭގައި 2014 ވަނަ އަހަރު ބޭއްވި ޗެލެންޖް ކަޕުން ލާފައި އޭޝިއަން ކަޕަށް ދާން އޮތް މަގަށް ވުރެ މިމަގު މާ ފުޅަލެވެ، ސީދަލެވެ. ދެކުނު...

25 ޖެނުއަރީ

January 25, 2017 3
ގައުމީ ޓީމުގެ ކަންކަން އިންތިޒާމްކުރަން ކޮމިޓީއެއް

ގައުމީ ފުޓްބޯޅަ ޓީމުތައް ދެން އޮންނަނީ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުގައި ކަމަށާއި ޓީމްތަކަށް ބޭނުންވާ އިންތިޒާމް ހަމަޖައްސައިދޭނީ ވެސް އެ ކޮމިޓީން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2017 12
ގަލޮޅު ދަނޑުގައި އެއްކޮށް ގޮނޑި ޖަހަނީ، ޖާގަ މަދުވާނެ!

ގަލޮޅު ދަނޑުގެ ހުރިހާ ދިމާލެއްގައި ގޮނޑި ޖަހައި، ކުޅިބަލާ މީހުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމްކޮށްދިނުމުގެ މަސައްކަތް ފުޓްބޯޅަ އެސޯސިއޭޝަނުން ފަށައިފި އެވެ.

20 ޖެނުއަރީ

January 20, 2017 10
ފުޓްބޯޅަ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ހުށަހަޅުއްވައިފި

ޒިއުރިކް، ސްވިޒަލެންޑް (ޖެނުއަރީ 20) - ފުޓްބޯޅަ ގަވާއިދަށް ގިނަ ބަދަލުތަކެއް ގެންނަން ވިސްނަމުން އަންނަ ކަމަށާއި އެކަންކަން ފީފާގެ އެގްޒެކްޓިވް ކޮމިޓީ އަށް ކުރިމަގުގައި ހުށަހަޅުއްވާނެ ކަމަށް ފީފާގެ ޓެކްނިކަލް ޑައިރެކްޓަރު އަދި ކުރީގެ އެއް ވަނަ ފޯވާޑް މާކޯ ވެން ބާސްޓެން ވިދާޅުވެއްޖެ އެވެ.

14 ޖެނުއަރީ

January 14, 2017 9
ހަނީމޫނަށް ފަހު ކްލަބްތައް ބިކަވަނީ، ބަދަލެއް ބޭނުން!

ރާއްޖޭގެ ފުޓްބޯޅަ ކްލަބްތައް ވަރުގަދަކުރާއިރު ސަޕޯޓަރުންނަށް ލިބޭ އުފަލާ އެކު ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް ވެސް އޮވެ އެވެ. ދެމެހެއްޓެނެވި ގޮތެއްގައި ކްލަބް ނުހިންގި، ތިން އަހަރެއްހާ ދުވަސް ތެރޭގައި ކްލަބް އަޑިއަޅާލަފާނެ ކަމުގެ ބިރެވެ. މިއީ މިދިޔަ 16 ވަރަކަށް އަހަރަށް ބަލާއިރު ފެންނަން އޮތް މަންޒަރެވެ.

30 ޑިސެމްބަރ

December 30, 2016 6
އަންހެން ޓީމު ސާފް ޗެމްޕިއަންޝިޕުގެ ސެމީ އަށް

އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

19 ޑިސެމްބަރ

December 19, 2016 2
ނިއުގެ އިންތިހާބު އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަނާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދެއްވާފައިވާތީ މަގާމްތަކަށް މެމްބަރުން އިންތިހާބުކުރުމަށް އަންނަ މަހުގެ 6 ވަނަ ދުވަހުގެރޭ އިންތިހާބީ ކޮންގްރެސްއެއް ބާއްވަން އެ ކްލަބުން ނިންމައިފި އެވެ.

17 ޑިސެމްބަރ

December 17, 2016
ނިއުގެ ޖެނެރަލް ސެކްރެޓަރީއަކަށް ނިޔާޒް ހަމަޖައްސައިފި

އާ އިންތިހާބަކަށް މަގުފަހިކުރުމަށްޓަކައި ނިއު ރޭޑިއަންޓުގެ ޗެއާމަން ޔާމީން އާދަމް އިސްތިއުފާ ހުށަހަޅުއްވައި، އިންތިހާބަކާ ހަމަޔަށް ކްލަބް ގެންދިއުމަށްޓަކައި ޖެނެރަލް...

December 17, 2016 4
އަންނަ ސީޒަނުގެ ވާދަވެރިކަން ބޮޑުވަނީ!

ނިމިގެން ދިޔަ ފުޓްބޯޅަ ސީޒަނަކީ ފަހަކަށް އައިސް ފެނިގެން ދިޔަ އެންމެ ވާދަވެރި ސީޒަނެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދިއިރު އެފްއޭ ކަޕް ކާމިޔާބުކުރީ ކްލަބް...

12 ޑިސެމްބަރ

December 12, 2016 6
ދެވަނަ ބުރުގައި އާސެނަލާއި ބަޔާންގެ ކުރިމަތިލުމެއް

ޒިއުރިކް (ޑިސެމްބަރު 12) - ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އާސެނަލާއި ބަޔާން މިއުނިކް އަދި ޕީއެސްޖީ އާއި ބާސެލޯނާ ވާދަކުރަން ޖެހިއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2016
ސްޓޯކް ބަލިކޮށް އާސެނަލް އެއް ވަނަ އަށް

ލަންޑަން (ޑިސެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 3-1 އިން ސްޓޯކް ސިޓީ ބަލިކޮށް އާސެނަލް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

December 10, 2016 6
ދިވެހި ފުޓްބޯޅަ އަށް ފީފާގެ އެހީ ކިހާ މުހިއްމު؟

ދިވެހި ފުޓްބޯޅައިގެ މިސްރާބާ މެދު ކަންބޮޑުވުންތައް އުޅޭތާ ތިން އަހަރު ވެއްޖެ އެވެ. އެފްއޭއެމް ހަަމަޔަކަށް ނޭޅި އޮތުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ފަރާތުން ލިބެން...

07 ޑިސެމްބަރ

December 07, 2016 4
ޑޯޓްމަންޑްގެ ސްޓައިލް ކޮޕީކުރަން އުނދަގޫވާނެ: ކޯޗު

މެޑްރިޑް (ޑިސެމްބަރު 7) - ބޮރޫޝިއާ ޑޯޓްމަންޑް ކުޅެމުން އަންނަ އެޓޭކިން ފުޓްބޯޅައިގެ ސްޓައިލް ކޮޕީކުރަން އެހެން ޓީމުތަކަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކޯޗު ތޯމްސް ޓުޗެލް ބުނެފި އެވެ.

December 07, 2016 1
ޕެރޭޒްގެ ހެޓްރިކުން އާސެނަލަށް ގްރޫޕްގެ އެއް ވަނަ

ބަސެލް، ސްވިޒަލެންޑް (ޑިސެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ލޫކަސް ޕެރޭޒް ހެދި ހެޓްރިކާ އެކު 4-1 އިން ބަސެލް ބަލިކޮށް އާސެނަލް ގްރޫޕް އޭގެ އެއް ވަނަ ހޯދައިފި އެވެ.

06 ޑިސެމްބަރ

December 06, 2016 2
ޝަޕޮކޮއެންސް އަށް ޗެމްޕިއަންކަން ދީފި

ލޫކޭ، ޕެރެގުއޭ (ޑިސެމްބަރު 6) – ކޮޕަ ސުޑަމެރިކާނާގެ ފައިނަލުގެ ފުރަތަމަ ލެގު ކުޅުމަށް ކޮލަމްބިއާ އަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓި ކުޅުންތެރިންނާއި އޮފިޝަލުން މަރުވެފައިވާ ބްރެޒިލްގެ ޝަޕޮކޮއެންސް އަށް މުބާރާތުގެ ޗެމްޕިއަންކަން ދެކުނު އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ އިން ދީފި އެވެ.

03 ޑިސެމްބަރ

December 03, 2016 9
ކުޅުންތެރިން އުފައްދާ ކްލަބް ގައުމީ ޗެމްޕިއަނުންނަށް!

އެއީ އަށްޑިހައިގެ ފަހުކޮޅެވެ. މާފަންނު ހުޅަނގުކޮޅުގައި ދިރިއުޅޭ ޅަފުރައިގެ ކުދިންތަކެއް ފޯރީގައި މާލޭގެ އެކި ހިސާބުތަކުގެ ޓީމުތަކާ މެޗުތައް ކުޅެމުން ދިޔަ ދުވަސްވަރެވެ. ގަލޮޅުގެ ވަރުގަދަ ޓީމަކާ ކުޅެން ޖެހުމުން އެންގީ ޓީމް ލިސްޓުގައި ނަމެއް ޖަހައިގެން އައުމަށެވެ. އެ ދުވަހު އަތިރިމަތީ ތިބެ ވަރަށް ވިސްނުމަށް ފަހު ޖެހި ނަން މިއަދު...

30 ނޮވެމްބަރ

November 30, 2016 1
ޝަޕޮކޮއެންސް އަށް ތަށި ދޭން އެތުލެޓިކޯ އިން އެދިއްޖެ

ދެކުނު އެމެރިކާގެ ދެ ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލްއާ ވާދަކުރުމަށް އެ ގައުމަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓި...

November 30, 2016 3
ހުވަފެނީ ދަތުރަށް ކަރުނައިގެ ނިމުމެއް!

ބްރެޒިލްގެ ޝަޕޮކޮއެންސްގެ ކުޅުންތެރިންނާއި އޮފިޝަލުން މިއަދު ހެނދުނު މަތިންދާބޯޓަށް އެރީ ހަތަރު ވަނަ ޑިވިޝަނުން ފެށި ފުޓްބޯޅައިގެ ދަތުރުގައި މީގެ ކުރިން ދެވިފައި ނުވާ ހިސާބަކަށް...

29 ނޮވެމްބަރ

November 29, 2016 2
ވެއްޓުނު ބޯޓުން ދެ ކުޅުންތެރިން ސަލާމަތްވި

ބޮގޯޓާ (ނޮވެމްބަރު 29) - ބްރެޒިލްގެ ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅަ ޓީމެއްގެ ކުޅުންތެރިންނާއި އެކު ކޮލަމްބިއާ އަށް ދަތުރު ކުރަނިކޮށް ވެއްޓުނު ޗާޓަރު މަތިންދާ ބޯޓުން ސަލާމަތްވި މީހުންގެ ތެރޭގައި ދެ ކުޅުންތެރިން ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

26 ނޮވެމްބަރ

November 26, 2016 7
އެފްއޭއެމްގެ ޕްލޭނުގައި ހިމަނަންވީ ކޮން ކަންތައްތަކެއް؟

ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކަމަށް އެންމެ ފަހުން އިންތިހާބުވި ދެ ރައީސުންގެ ވެސް ފުރަތަމަ ދެއްކި ވާހަކައިގައި އެއް ކަމެއް ފާހަގަކުރި އެވެ. ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދަން ބޭނުންވާ ކަމަށާއި އެކަމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެ ގޮންޖެހުންތައް ގިރާކޮށް ކާމިޔާބަކާ ހަމަޔަށް ދިއުމަށް އަހުމަދު ތޯރިގް (ޓޮމް)...

25 ނޮވެމްބަރ

November 25, 2016
ޔުނައިޓެޑް ދެ ވަނަ ބުރާ ގާތަށް، އިންޓަ ކަޓައިފި

މެންޗެސްޓާ (ނޮވެމްބަރު 25) - ޔުރޮޕާ ލީގުގައި ރޭ ނެދަލެންޑްސްގެ ފެޔަނޫޑް އަތުން 4-0 އިން މޮޅުވެ މުބާރާތުގެ ދެ ވަނަ ބުރާ ގާތަށް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ޖެހިލިއިރު، އިޒްރޭލުގެ ހަޕޮއެލް ބީރްޝާވާ އަތުން 3-2 އިން ބަލިވެ އިޓަލީގެ އިންޓަ މިލާން މުބާރާތުން ކަޓައިފި އެވެ.

22 ނޮވެމްބަރ

November 22, 2016
ފައިސާގެ ސަަބަބުން ދެން އޮތް ޖީލު ހަލާކުވެދާނެ: ގިގްސް

ލަންޑަން (ނޮވެމްބަރު 22) - ބޮޑު މުސާރަ ދީގެން ކުޅުންތެރިން ކްލަބް ބަދަލުކުރުވާނަމަ ފައިސާގެ ސަބަބުން ދެން އޮތް ޖީލުގެ ފުޓްބޯޅަ ކުޅުންތެރިން ހަލާކުވުމުގެ ބިރު ބޮޑު ކަމަށް މެންޗެސްޓާ...

November 22, 2016 2
އެމެރިކާގެ ގައުމީ ޓީމުން ކްލިންސްމަން ވަކިކޮށްފި

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 22) – އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ޔާގަން ކްލިންސްމަން ވަކިކޮށްފި އެވެ.

20 ނޮވެމްބަރ

November 20, 2016
އުއްމީދީ ވާހަކަތަކަކާ އެކު އޭއެފްސީ ރައީސް ރާއްޖެ އަށް

ފުޓްބޯޅަ އެސޯސިއޭޝަނުގައި ހަރަކާތްތެރި، ދާއިމީ އެގްޒެކެޓިވް ކޮމިޓީއެއް އޮތުމަކީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) އިން އެހީދޭން އެޅޭނެ ބާރެއް ކަމަށާއި އެގޮތުން ރާއްޖެ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އޭއެފްސީ ދެމި އޮންނާނެ ކަމަށް އެ ޖަމިއްޔާގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ...