12 އޮކްޓޯބަރ

October 12, 2017 4
ކުޑަހުވަދޫ ޖޫރިމަނާކޮށް ކްލަބްތަކަށް އިންޒާރުދީފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިދިޔަ މަހު 22 ވަނަ ދުވަހުގެރޭ ށ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު ފުރިހަމަ ނުކޮށް ދަނޑުން ފޭބި ދ. ކުޑަހުވަދޫ ޖޫރިމަނާކޮށް އެ ފަދަ ކަމެއް ތަކުރާރު ނުކުރުމަށް ހުރިހާ ކްލަބްތަކަށް އެފްއޭއެމުން އިންޒާރުދީފި އެވެ.

08 އޮކްޓޯބަރ

October 08, 2017 10
ހުނަރުވެރި ކުޅުންތެރިން ހޯދަން އެފްއޭއެމުން އައްޑުއަށް

ގައުމީ 19 އަހަރުން ދަށުގެ ފުޓްބޯޅަ ސްކޮޑަށް ހުނަރުވެރި ކުޅުންތެރިން ހޯދުމަށް އެފްއޭއެމުން ފަށާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީން ކުޅުންތެރިން ސްކައުޓް ކުރުމުގެ މަސައްކަތް 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުން މިއަދު ފަށާނެ އެވެ.

02 އޮކްޓޯބަރ

October 02, 2017 13
ޒުވާން ޓީމުތައް ކުރިއަރުވަން ދުރު ރާސްތާ ޕްލޭނެއް

ޒުވާން ގައުމީ ޓީމުތައް ކުރިއަރުވަން ދުރު ރާސްތާ ޕްލޭނެއް އެކުލަވާލައި ކޯޗުންނަށް ދިގު މުއްދަތުގެ އެއްބަސްވުމެއް ދޭން އެފްއޭއެމުން ނިންމައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2017 18
"މުސްތަގުބަލް ބިނާކުރަން ރަނގަޅު ޕްލޭނެއް މުހިއްމު"

ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލް ބިނާކުރަން ގިނަ ބަޔެއްގެ ބައިވެރިވުމާ އެކު ބޮޑު ޕްލޭނެއް ބޭނުންވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2017 15
ޒުވާން ޓީމު ކޮޅަށް ތަޖިކިސްތާނުން 14 ގޯލް ޖަހައިފި

އޭއެފްސީ 16 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި އިއްޔެ ރާއްޖޭގެ 16 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އަތުން 14-0 އިން ތަޖިކިސްތާން މޮޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2017 15
ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް ކްލަބަށް އިންޒާރުދީފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މި މަހު 12 ވަނަ ދުވަހުގެރޭ ކާޑެއްގެ މައްސަލައިގައި ހޫނުވެގެން ހުއްޓާލި މެޗުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އެފްއޭއެމުން ކްލަބް ގްރީން ސްޓްރީޓްސް ޖޫރިމަނާކޮށް އެ ޓީމަށް އިންޒާރުދީފި އެވެ.

22 އޯގަސްޓް

August 22, 2017 3
ރެފްރީން ކުރިއަރުވަން އަންނަ މަހު މަސައްކަތް ފަށަނީ

ރެފްރީން ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް އޭއެފްސީގެ ރެފްރީޒް ޑިޕާޓްމަންޓުގެ އެހީގައި އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

04 އޯގަސްޓް

August 04, 2017 5
"ބަދަލު ގެންނަން ޖެހިއްޖެ ނަމަ ގެންނަން ތައްޔާރު"

އެފްއޭއެމުން ރާވައި ހިންގާ ފުޓްބޯޅަ މުބާރާތްތަކަށް ބަދަލު ގެންނާނީ ކަމާ ބެހޭ ހުރިހާ ފަރާތްތަކެއްްގެ ލަފާ ހޯދުމަށް ފަހު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

03 އޯގަސްޓް

August 03, 2017 13
ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކުރުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް ގައުމީ ފުޓްބޯޅަ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2017 1
އުރީދޫ އިން ދިވެހި ޕްރިމިއާ ލީގު ސްޕޮންސަކޮށްފި

ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އެންމެ ބޮޑު ލީގު ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

August 02, 2017 2
ޕްރިމިއާ ލީގު ހުޅުވައިދޭ މެޗުގެ މެހްމާނަކަށް ޑެސައިލީ

އަންނަ ހުކުރު ދުވަހުގެ ރޭ ފަށާ އުރީދޫ ދިވެހި ޕްރިމިއާ ލީގު ހުޅުވައިދޭ މެޗުގެ ޝަރަފްވެރި މެހެމާނަކަށް ފްރާންސްގެ ކުރީގެ ކެޕްޓަން މާސެލް ޑެސައިލީ ގެންނަން ނިންމައިފި އެވެ.

30 ޖުލައި

July 30, 2017 40
ފަސްޓް ލޭޑީގެ އޮފީސް އެފްއޭއެމް އިމާރާތަށް

ރައީސް އަބްުދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމްގެ އޮފީސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިމާރާތަށް ބަދަލުކޮށްފި އެވެ.

24 ޖުލައި

July 24, 2017 3
ކޮލިފިކޭޝަން ކެންސަލް، ހަތަރު ޓީމު މާލޭ ލީގަށް

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ކްލަބް ޒެފްރޯލާއި ރަނަރަޕް ކުޑަހެންވޭރު ޔުނައިޓެޑް ބައިވެރިނުވާތީ މާލޭ ލީގު ކޮލިފިކޭޝަން މުބާރާތް ކެންސަލްކޮށް، އަނެއް ހަތަރު ޓީމު އަންނަ އަހަރުގެ މާލޭ ލީގަށް އޮޓޮމެޓިކުން ކޮލިފައިވީ ކަމަށް އެފްއޭއެމުން ކަނޑައަޅައިފި އެވެ.

23 ޖުލައި

July 23, 2017 9
މަޖިލީހުގެ ތިން މެމްބަރަކު އެފްއޭއެމުން ވަކިކޮށްފި

ބައްދަލުވުންތަކަށް ހާޒިރުނުވާ ކަމަށް ބުނެ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އަދި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ވަކިކޮށްފި އެވެ.

17 ޖުލައި

July 17, 2017 8
ގްރީންގެ އޮފިޝަލަކު ސަސްޕެންޑްކޮށް ކްލަބަށް އިންޒާރުދީފި

އެސްޓީއޯ މާލޭ ލީގުގައި ވާދަކުރާ ކްލަބް ގްރީން ސްޓްރީޓްސްގެ އޮފިޝަލަކު ސަސްޕެންޑްކޮށް ކުޅިވަރުގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އަންގައި އެފްއޭއެމުން އެ ޓީމަށް އިންޒާރުދީފި އެވެ.

12 ޖުލައި

July 12, 2017 1
އޭއެފްސީގެ މާކެޓިން ކޮމިޓީގެ ޗެއާމަނަކަށް ޝަވީދު

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ދާއިމީ ކޮމިޓީއެއް ކަމަށްވާ މާކެޓިން ކޮމިޓީގެ ޗެއާމަންގެ މަގާމަށް އޭއެފްސީން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އައްޔަންކޮށްފި އެވެ.

15 ޖޫން

June 15, 2017 4
ފަހު ބުރު ބާއްވަން ހަ ރަށަކުން ބިޑްކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގެ ފަހު ބުރު ބާއްވަން ހަ ރަށަކުން ބިޑްކޮށްފައިވާ ކަމަށާއި ބާއްވާނެ ދެ ރަށެއް ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

02 ޖޫން

June 02, 2017 5
އެފްއޭއެމުން ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޑިވެލޮޕްމެންޓަށް ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން މައުލޫމާތު އެއް ކުރުމަށް ރެފްރީންނާއި ކޯޗުން ރަޖިސްޓްރީ ކުރަން ހުޅުވާލައިފި އެވެ.

18 މެއި

May 18, 2017 8
ނިއު އަށް ދިން އަދަބު ދަމަހައްޓަން ނިންމައިފި

އެސްޓީއޯ މާލޭ ލީގުގައި މި މަހުގެ 7 ވަނަ ދުވަހު އީގަލްސް އަތުން ނިއު ރޭޑިއަންޓް 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ނިއުގެ ކުޅުންތެރިންނަށް ދިން އަދަބު އެ ކްލަބުން އެޕީލްކުރި ނަމަވެސް، އަދަބު ލުއިނުކުރަން އެފްއޭއެމްގެ އެޕީލް ކޮމިޓީން ނިންމައިފި އެވެ.

17 މެއި

May 17, 2017 27
އިމްރާން، ގަލާޑޯ، ޖަމީލް އަދި މުއްކި ސަސްޕެންޑްކޮށްފި

އެސްޓީއޯ މާލޭ ލީގުގައި މި މަހު ހަތް ވަނަ ދުވަހު ނިއު ރޭޑިއަންޓް އަތުން އީގަލްސް 1-0 އިން މޮޅުވި މެޗަަށް ފަހު ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އެފްއޭއެމުން އެ މައްސަލަތައް ބެލުމަށް ފަހު އެ ދެ ކްލަބަށް އަދަބުދީފި އެވެ.

11 މެއި

May 11, 2017 7
ދުނިޔޭގެ ތަރިންނާ އެކު ބައްސާމް ފުޓްބޯޅަ ދަނޑުގައި

އޭނާ އުފަންވީ ފުޓްބޯޅައިގެ ގެއަކަށެވެ. ބޮޑުވަމުން އައީ ބައްޕަ އަދީލް ޖަލީލް ހިންގެވި ކްލަބް ވެލެންސިއާގެ ރަން ޒަމާނުގަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި ތޮއްޑޫ މުހައްމަދު ނިޒާމާއި އައްސަދު އަބްދުލްގަނީ ފަދަ ކުޅުންތެރިންނާ އެކު ހަންގޭރީގެ ލާސްލޯ ކިސްގެ ކޯޗުކަމުގެ ދަށުން ވެލެންސިއާ އަށް ދެހާހުގެ އަހަރުތަކުގައި ކުޅުއްވި އެވެ....