27 އޯގަސްޓް

August 27, 2016 5
ކުޅުދުއްފުށީ ސަޕޯޓަރުން މާލެ އަންނަން ތައްޔާރުވެފައި

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ހޯމަ ދުވަހުގެރޭ ކުޅޭ ހާއްސަ މެޗުގައި ސަޕޯޓްކުރަން މާލެ އަންނަން ހދ. ކުޅުދުއްފުށީ ރައްޔިތުން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

August 27, 2016 8
ބަކާ އާއި ނައްޓޭ ނުހިމަނައި ސްކޮޑް އިއުލާންކޮށްފި

ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ފޯވާޑް އަހުމަދު ނާޝިދު (ނައްޓޭ) ނުހިމަނައި، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރިއަށް އޮތް ތިން މެޗަށް މިއަދު ސްކޮޑް އިއުލާންކޮށްފި އެވެ.

August 27, 2016 23
ރަން ކާމިޔާބާ ގުޅިފައިވާ މެޗަށް ސަޕޯޓަރުން ތައްޔާރުތަ؟

ދިވެހިރާއްޖެ އާއި ސްރީ ލަންކާގައި 2008 ވަނަ އަހަރުގެ ޖޫން މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ފޯރި ރާއްޖޭގައި ނުހިފާނެ ކަމަށް އެއް ބަޔަކު ބުނަމުން ދިޔައީ ތިން ސަބަބެއް ދެއްކުމަށް ފަހު...

26 އޯގަސްޓް

August 26, 2016 2
ހާއްސަ މެޗަށް އަޔާލާ ރާއްޖެ އަތުވެއްޖެ

ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ އަށް އަހަރު ފުރުން ފާހަގަކުރުމަށް ކުޅޭ ހާއްސަ ފުޓްބޯޅާ މެޗުގައި ބައިވެރިވުމަށް އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ފަބިއަން އަޔާލާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

25 އޯގަސްޓް

August 25, 2016 2
ހާއްސަ މެޗުގެ ޓިކެޓް މާދަމާ ވިއްކަން ފަށަނީ

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ ދައްކާލުމުގެ މެޗުގެ ޓިކެޓް މާދަމާ ވިއްކަން ފަށާ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

August 25, 2016 1
ބޮޑު ދެ މެޗަށް ހަ ކުންފުންޏަކުން ސްޕޮންސާ ދީފި

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗު އަދި ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗުގެ ސްޕޮންސަރުންނާ އެކު އެފްއޭއެމް އިން...

August 25, 2016 5
ފުޓްބޯޅައިގެ ޕްލޭނުގެ މަސައްކަތް އަންނަ މަހު ފަށަނީ

ރާއްޖޭގެ ފުޓްބޯޅަ އަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދިއުމަށް އެކުލަވާލާ ސްޓްރެޓިޖިކް ޕްލޭންގެ މަސައްކަތް އަންނަ މަހު ފަހުކޮޅު ފަށާނެ...

24 އޯގަސްޓް

August 24, 2016 6
މިއީ ގެއްލިފައިވާ ފުޓްބޯޅަ ފޯރި އާލާކުރުމުގެ ފެށުމެއް

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ އާއި ސްޕެއިނުގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ގެންނަނީ...

August 24, 2016 11
ސްޕޭންގެ ތަރި ޒަވީ ހާއްސަ މެޗަށް ރާއްޖެ އަންނަނީ

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު މި މަހު 29 ގައި ކުޅޭ ދައްކާލުމުގެ ފުޓްބޯޅަ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ސްޕެއިނުގެ މަޝްހޫރު މިޑްފީލްޑަރު...

23 އޯގަސްޓް

August 23, 2016
ލީގުގެ ތިން ވަނަ ބުރު ބުރާސްފަތި ދުވަހު ފަށަނީ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ބުރާސްފަތި ދުވަހު ފަށާގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

August 23, 2016
ތިން މެޗަށް ހޮނިހިރު ދުވަހު ތައްޔާރުވާން ފަށަނީ

ގައުމީ ފުޓްބޯޅަ ޓީމު ކުޅެން ރާވާފައިވާ ތިން މެޗަށް ތައްޔާރުވާން އަންނަ ހޮނިހިރު ދުވަހު ޕްރެކްޓިސް ފަށަން ނިންމައިފި އެވެ.

21 އޯގަސްޓް

August 21, 2016 1
ޒޯން ހަޔެއްގެ ޗެމްޕިއަންކަން ތިމަރަފުއްޓަށް

އެސްޓީއޯ މިނިވަން ފުޓްބޯޅަ މުބާރާތުގެ ޒޯން ހައެއްގެ ޗެމްޕިއަންކަން ލ. ގަން ބަލިކުރުމަށް ފަހު ތ. ތިމަރަފުށި ހޯދައިފި އެވެ.

20 އޯގަސްޓް

August 20, 2016 14
އާ ކޯޗުގެ ވިސްނުން: ބަލިކުރަން އުނދަގޫ ޓީމެއް ނެރުން

މެއި 30 ވަނަ ދުވަހު އެފްއޭއެމް ހިންގުމާ ހަވާލުވުމަށް ފަހު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ މެދު ދެއްކެވީ ކުރިއަށް އޮތް 10 ނޫނީ 20 އަހަރަށް ރާއްޖޭގެ ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދަން ހަދާ މާސްޓަ ޕްލޭނެއްގެ ވާހަކަ އެވެ. އެ ޕްލޭންގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނީ ސީނިއާ ގައުމީ ޓީމެވެ. އެ...

18 އޯގަސްޓް

August 18, 2016 9
ފުޓްބޯޅައިގެ ހާލަތު ދެނެގަންނަން ތަޖުރިބާކާރަކު ގެންނަނީ

ދިވެހި ފުޓްބޯޅައިގެ ހާލަތު ދެނެގަނެ ލަފާ ދިނުމަށް، ޔުވެންޓަސްގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ސްޕޯޓްސް ސައިންސް ޕްރޮފެސަރު ޑެންމާކުގެ ޔެންސް ބަންގްސްބޯ މި މަހު ފަހުކޮޅު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

16 އޯގަސްޓް

August 16, 2016 4
ހުނަރު އެބަހުރި، އިސްކަންދޭނީ ނަތީޖާ ނެރުމަށް: ކޯޗު

ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރި ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ނަތީޖާ ނެރުމަށް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

06 އޯގަސްޓް

August 06, 2016 1
އޭއެފްސީ ކްލަބް ލައިސެންސިން އަށް އަހުލުވެރިކުރުވަނީ

އޭއެފްސީން 2018 ވަނަ އަހަރު ތައާރަފްކުރާ ކްލަބް ލައިސެންސިން ގަވާއިދަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް އަހުލުވެރިކުރުވުމަށް އޭއެފްސީން ހާއްސަ ސެމިނާރެއް ބާއްވައިފި އެވެ.

30 ޖުލައި

July 30, 2016 23
ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދިނުން: ރަނގަޅު!؟

ދިވެހި ފުޓްބޯޅަ މިހާރު އޮތީ ފުންވަޅުގަނޑަކަށް ވެއްޓިފަ އެވެ. ސަޕޯޓަރުން ދަނޑަށް ނުވަނުމުން ފެށިގެން ކްލަބްތަކުގެ މާލީ ހާލަތު ވެސް ދަށެވެ. ގައުމީ ޓީމަށް ވެސް ސަރަހައްދީ މުބާރާތްތަކުގައި އެކަށީގެންވާ ނަތީޖާ ނުނެރެވޭތީ ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ. މި ވަޅުގަނޑުން އަރައިގަތުމަށް، ކޮންމެ މީހަކު އަތްދިއްކޮށްލި ނަމަވެސް...

24 ޖުލައި

July 24, 2016 29
ސިފައިންނާއި ޕޮލިހަށް ފުޓްބޯޅައިން ފުރުސަތު ދީފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ގައުމީ ފެންވަރުގެ ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު ނުދޭން އެފްއޭއެމުން ނިންމާފައިވާ ނިންމުން ބާތިލްކޮށް އަލުން އެ ފުރުސަތު ދޭން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފި އެވެ.

23 ޖުލައި

July 23, 2016 13
ގައުމީ ޓީމަށް އާ ކޯޗެއް ހޯދުން، ސަމާލުވާން ޖެހޭ

ގައުމީ ފުޓްބޯޅަ ޓީމާ ކޮންމެ ކޯޗަކު ހަވާލުވާނީ ވެސް ސަޕޯޓަރުންނަށް ބޮޑު އުއްމީދެއް ދިނުމަށް ފަހު އެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް، ފެންނަނީ ކޮންމެވެސް ސަބަބަކާ ހުރެ އެ ކޯޗަކު ވަކިކުރާ މަންޒަރެވެ. އަހުލާގީ މައްސަލައެކެވެ. ނުވަތަ ނަތީޖާ ނުނެރެވުމެވެ. އެއާ އެކު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މިދިޔަ...

17 ޖުލައި

July 17, 2016 4
ޕޮމިސް ކަޕް ނުބާއްވައި، ސީޒަން އަވަހަށް ފަށަނީ

ސަރަހައްދީ ބައެއް ގައުމުތަކުގެ ގައުމީ ޓީމުތައް ބައިވެރިކޮށްގެން މި އަހަރުގެ ފަހުކޮޅު ބާއްވަން ތާވަލްކޮށްފައިވާ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް) ނުބާއްވައި، އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން އަވަހަށް ފަށަން އެފްއޭއެމުން ނިންމައިފި އެވެ.

16 ޖުލައި

July 16, 2016 7
އެފްއޭއެމުން 40 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރަށް 40.2 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ފާސްކޮށްފި އެވެ.

15 ޖުލައި

July 15, 2016 4
އެފްއޭއެމްގެ ޕްލޭނަށް ބޭރު ފަރާތެއްގެ އެހީ ހޯދަނީ

ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެކުލަވާލާ މާސްޓަ ޕްލޭނަށް ބޭރު ފަރާތެއްގެ އެހީތެރިކަން ހޯދުމަަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2016 1
އަތޮޅު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ތިމަރަފުށީގައި

މި މަހު 26 ވަނަ ދުވަހު ފަށަން ނިންމާފައިވާ މިނިވަން ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ތ. ތިމަރަފުށީގައި ބާއްވަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

July 14, 2016 6
ހާބަޓްގެ ވާހަކަތަކަށް އެފްއޭއެމުން ރައްދުދީފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް އެފްއޭއެމަށް ކުރިމަތިކުރި ފާޑުކިޔުންތަކަށް އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ރައްދު ދެއްވައިފި އެވެ.

July 14, 2016 6
އެފްއޭއެމްގެ ދަރަނި 15 މިލިއަނަށް ވުރެ މަތީގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދަރަނި 15 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެއްޖެ އެވެ.

03 ޖުލައި

July 03, 2016 2
މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް މި އަހަރު ބާއްވަނީ

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

July 03, 2016
ބަޖެޓް ފާސްކުރަން އެފްއޭއެމުން ކޮންގްރެސްއެއް ބާއްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މި އަހަރުގެ ބަޖެޓް ފާސްކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ނިންމައިފި އެވެ.

02 ޖުލައި

July 02, 2016 9
އެސޯސިއޭޝަންތަކުގެ އިންތިހާބާ އެކު އުއްމީދީ ކުލަތަކެއް

ދިވެހިރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބީ ދައުރެއް ނިމިގެން ދަނީ، އެސޯސިއޭޝަން ހިންގަން ތިބޭ ފަރާތްތަކާއި ނާކާމިޔާބުވާ ފަރާތްތަކުގެ މެދުގައި ހިނގާ ހަނގުރާމައެއްގެ ތެރޭގަ އެވެ. ކުޅިވަރު ޓީމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަށް ވުރެ ބޮޑީ އެސޯސިއޭޝަނުގެ ލީޑާޝިޕުގެ ތެރޭގައި އޮންނަ ވާދަވެރިކަމެވެ. ބަދަލަކަށް...

30 ޖޫން

June 30, 2016 4
މިނިވަން ފުޓްބޯޅަ މުބާރާތުގައި މި ފަހަރު 75 ޓީމު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެފްއޭއެމުން ބާއްވާ މިނިވަން ފުޓްބޯޅަ މުބާރާތުގައި 75 ރަށަކުން ބައިވެރިވެއްޖެ އެވެ.