16 އޯގަސްޓް

August 16, 2016 4
ހުނަރު އެބަހުރި، އިސްކަންދޭނީ ނަތީޖާ ނެރުމަށް: ކޯޗު

ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރި ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ނަތީޖާ ނެރުމަށް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

06 އޯގަސްޓް

August 06, 2016 1
އޭއެފްސީ ކްލަބް ލައިސެންސިން އަށް އަހުލުވެރިކުރުވަނީ

އޭއެފްސީން 2018 ވަނަ އަހަރު ތައާރަފްކުރާ ކްލަބް ލައިސެންސިން ގަވާއިދަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަނުގެ ކްލަބްތައް އަހުލުވެރިކުރުވުމަށް އޭއެފްސީން ހާއްސަ ސެމިނާރެއް ބާއްވައިފި އެވެ.

30 ޖުލައި

July 30, 2016 23
ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދިނުން: ރަނގަޅު!؟

ދިވެހި ފުޓްބޯޅަ މިހާރު އޮތީ ފުންވަޅުގަނޑަކަށް ވެއްޓިފަ އެވެ. ސަޕޯޓަރުން ދަނޑަށް ނުވަނުމުން ފެށިގެން ކްލަބްތަކުގެ މާލީ ހާލަތު ވެސް ދަށެވެ. ގައުމީ ޓީމަށް ވެސް ސަރަހައްދީ މުބާރާތްތަކުގައި އެކަށީގެންވާ ނަތީޖާ ނުނެރެވޭތީ ސަޕޯޓަރުން ތިބީ ހިތްހަމަނުޖެހިފަ އެވެ. މި ވަޅުގަނޑުން އަރައިގަތުމަށް، ކޮންމެ މީހަކު އަތްދިއްކޮށްލި ނަމަވެސް...

24 ޖުލައި

July 24, 2016 29
ސިފައިންނާއި ޕޮލިހަށް ފުޓްބޯޅައިން ފުރުސަތު ދީފި

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އަށް ގައުމީ ފެންވަރުގެ ފުޓްބޯޅައިގައި ވާދަކުރުމުގެ ފުރުސަތު ނުދޭން އެފްއޭއެމުން ނިންމާފައިވާ ނިންމުން ބާތިލްކޮށް އަލުން އެ ފުރުސަތު ދޭން އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފި އެވެ.

23 ޖުލައި

July 23, 2016 13
ގައުމީ ޓީމަށް އާ ކޯޗެއް ހޯދުން، ސަމާލުވާން ޖެހޭ

ގައުމީ ފުޓްބޯޅަ ޓީމާ ކޮންމެ ކޯޗަކު ހަވާލުވާނީ ވެސް ސަޕޯޓަރުންނަށް ބޮޑު އުއްމީދެއް ދިނުމަށް ފަހު އެވެ. އެކަމަކު މާގިނަ ދުވަސްތަކެއް ނުވަނީސް، ފެންނަނީ ކޮންމެވެސް ސަބަބަކާ ހުރެ އެ ކޯޗަކު ވަކިކުރާ މަންޒަރެވެ. އަހުލާގީ މައްސަލައެކެވެ. ނުވަތަ ނަތީޖާ ނުނެރެވުމެވެ. އެއާ އެކު ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. މިދިޔަ...

17 ޖުލައި

July 17, 2016 4
ޕޮމިސް ކަޕް ނުބާއްވައި، ސީޒަން އަވަހަށް ފަށަނީ

ސަރަހައްދީ ބައެއް ގައުމުތަކުގެ ގައުމީ ޓީމުތައް ބައިވެރިކޮށްގެން މި އަހަރުގެ ފަހުކޮޅު ބާއްވަން ތާވަލްކޮށްފައިވާ ޕްރެޒިޑެންޓް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް (ޕޮމިސް ކަޕް) ނުބާއްވައި، އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން އަވަހަށް ފަށަން އެފްއޭއެމުން ނިންމައިފި އެވެ.

16 ޖުލައި

July 16, 2016 7
އެފްއޭއެމުން 40 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރަށް 40.2 މިލިއަން ރުފިޔާގެ ބަޖެޓެއް މިއަދު ފާސްކޮށްފި އެވެ.

15 ޖުލައި

July 15, 2016 4
އެފްއޭއެމްގެ ޕްލޭނަށް ބޭރު ފަރާތެއްގެ އެހީ ހޯދަނީ

ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށް އެކުލަވާލާ މާސްޓަ ޕްލޭނަށް ބޭރު ފަރާތެއްގެ އެހީތެރިކަން ހޯދުމަަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

14 ޖުލައި

July 14, 2016 1
އަތޮޅު މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ތިމަރަފުށީގައި

މި މަހު 26 ވަނަ ދުވަހު ފަށަން ނިންމާފައިވާ މިނިވަން ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ތ. ތިމަރަފުށީގައި ބާއްވަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

July 14, 2016 6
ހާބަޓްގެ ވާހަކަތަކަށް އެފްއޭއެމުން ރައްދުދީފި

ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް އެފްއޭއެމަށް ކުރިމަތިކުރި ފާޑުކިޔުންތަކަށް އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ރައްދު ދެއްވައިފި އެވެ.

July 14, 2016 6
އެފްއޭއެމްގެ ދަރަނި 15 މިލިއަނަށް ވުރެ މަތީގައި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ދަރަނި 15 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުވެއްޖެ އެވެ.

03 ޖުލައި

July 03, 2016 2
މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް މި އަހަރު ބާއްވަނީ

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރު ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

July 03, 2016
ބަޖެޓް ފާސްކުރަން އެފްއޭއެމުން ކޮންގްރެސްއެއް ބާއްވަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މި އަހަރުގެ ބަޖެޓް ފާސްކުރަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އެއް ބާއްވަން ނިންމައިފި އެވެ.

02 ޖުލައި

July 02, 2016 9
އެސޯސިއޭޝަންތަކުގެ އިންތިހާބާ އެކު އުއްމީދީ ކުލަތަކެއް

ދިވެހިރާއްޖޭގެ ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބީ ދައުރެއް ނިމިގެން ދަނީ، އެސޯސިއޭޝަން ހިންގަން ތިބޭ ފަރާތްތަކާއި ނާކާމިޔާބުވާ ފަރާތްތަކުގެ މެދުގައި ހިނގާ ހަނގުރާމައެއްގެ ތެރޭގަ އެވެ. ކުޅިވަރު ޓީމުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމަށް ވުރެ ބޮޑީ އެސޯސިއޭޝަނުގެ ލީޑާޝިޕުގެ ތެރޭގައި އޮންނަ ވާދަވެރިކަމެވެ. ބަދަލަކަށް...

30 ޖޫން

June 30, 2016 4
މިނިވަން ފުޓްބޯޅަ މުބާރާތުގައި މި ފަހަރު 75 ޓީމު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެފްއޭއެމުން ބާއްވާ މިނިވަން ފުޓްބޯޅަ މުބާރާތުގައި 75 ރަށަކުން ބައިވެރިވެއްޖެ އެވެ.

29 ޖޫން

June 29, 2016 6
އެފްއޭއެމަށް ހާބަޓް ހޫނު ހަމަލާތަކެއް ފޮނުވާލައިފި!

ގައުމީ ފުޓްބޯޅަ ޓީމާ އެކު ކާމިޔާބު ނުހޯދުނީ އެފްއޭއެމުގެ ފަރާތުން އެއްބާރުލުން ނުލިބުމުން ކަމަށް ބުނެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ރިކީ ހާބަޓް އެފްއޭއެމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

25 ޖޫން

June 25, 2016 8
އަތޮޅު ފުޓްބޯޅައިގެ އީދު، މި ފަހަރު ބަދަލުތަކާ އެކު

މިނިވަން 50 ޗެމްޕިއަންޝިޕުގެ ނަމުގައި އެފްއޭއެމުން މިދިޔަ އަހަރު ތައާރަފްކުރި އަތޮޅު ފުޓްބޯޅަ މުބާރާތަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ބޮޑު ހަދިޔާއެކެވެ. ކުޅުންތެރިން އުފެއްދެ އެވެ. ފޯރި ގަދަ އެވެ. އަދި ފުޓްބޯޅާ މުޅި ރާއްޖެ އަށް ފަތުރާލެވެ އެވެ. ފުޓްބޯޅައިގެ ބޮޑު އީދެކެވެ. ނޯމަލައިޒޭޝަން ކޮމިޓީން ފެށި އެ މުބާރާތް، އެފްއޭއެމްގެ އާ...

18 ޖޫން

June 18, 2016 56
ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!

ގަލޮޅު ދަނޑުން ސަޕޯޓަރުން ހުސްވާން ފެށީ ކުއްލިއަކަށް ނޫނެވެ. ފުރިބާރުވެފައި އޮތް ދަނޑުން ސަޕޯޓަރުން މަދުވަމުން ދިޔައީ، އަހަރެމެން އެންމެންގެ ކުރިމަތީގައި އަހަރެމެން އެންމެން އެލާޓްކުރަމުންނެވެ. އެކަމަކު އެކަމަށް ހައްލެއް ނުހޯދައި ތިއްބާ ދަނޑު މިހާރު ވަނީ އެއްކޮށް ހުސްވެފަ އެވެ. މަޝްހޫރު ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ގިނަ...

11 ޖޫން

June 11, 2016
ޔޫތު ސިސްޓަމް ވަރުގަދައެއް ނޫން، މިއީ މައްސަލައެއް

ދުނިޔޭގެ ފުޓްބޯޅައިގައި ކުރި އަރާފައިވާ ގައުމުތަކުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކު ސީނިއަ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅޭއިރު، އޭނާ ހުންނަނީ ޒުވާން އުމުރުގައި އަހަރަކު މަދުވެގެން ވާދަވެރި 20 މެޗު ކުޅެފަ އެވެ. ނަމަވެސް ރާއްޖޭގައި ގިނަ ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަން ތަޖުރިބާ ކުރަން ޖެހެނީ ޔޫތު ލެވެލްގައި މާ ގިނަ...

01 ޖޫން

June 01, 2016 3
ރިހި މެޑަލް ކެޕްޓަން އަލުން ފުޓްބޯޅައިގެ ތެރެއަށް

އެފްއޭއެމްގެ އާ އެގްޒެކެޓިވް ކޮމިޓީން އިއްޔެ ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު ބޭއްވި ބައްދަލުވުމަށް، ސްޕޯޓްސް ކިޓެއްގައި ވަޑައިގެން އެ އިދާރާގެ ނައިބް ރައީސް މުހައްމަދު ކަލީމް ފުރަތަމަ ވެސް ފެއްޓެވީ ދަރިފުޅާ އެކު ބޯޅަ ކުޅުއްވާށެވެ. ފުޓްބޯޅައާ ދުރުގައި ދުވަސްތަކަކު ހުންނެވި ނަމަވެސް އެ ކުޅިވަރާ މެދު، ކަލީމްގެ ހިތުގައި އޮތް...

June 01, 2016 2
ޝަވީދަށް ހާއްސަ ޝުކުރެއް ހައްގު: ބައްސާމް

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީ ކުރީގެ ޗެއާމަން އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދަށް ހާއްސަ ޝުކުރެއް ހައްގުވާ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ...

June 01, 2016 4
އަޝްފާގުގެ ނިންމުން ބަދަލުކުރަން އެދޭނަން: ޓޮމް

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ސަރަހައްދީ ފުޓްބޯޅަ މުބާރާތްތަކުން ރިޓަޔަކުރަން ނިންމި ނިންމުން ބަދަލުކުރަން އޭނާ ކައިރިން އެދޭނެ ކަމަށް އެފްއޭއެމްގެ އާ...

31 މެއި

May 31, 2016 5
ޓޮމްގެ އަމާޒު: ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް މިއަދު އިންތިހާބުވި އަހުމަދު ތޯރިގް (ޓޮމް) ފުރަތަމަ ވެސް ފާހަގަކުރެއްވީ ރާއްޖޭގެ ފުޓްބޯޅަ މި ވަގުތު އޮތް ހާލަތުން އެހެން މިސްރާބަކަށް ގެންދިއުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމެވެ. ޓޮމް ވިދާޅުވީ ދިވެހި ފުޓްބޯޅަ އަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފުޓްބޯޅަ...

May 31, 2016 3
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ބައްސާމް

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިން ވެސް އެ މަގާމް ފުރުއްވި އަދި ފަހުން ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަން ކުރެއްވި ބައްސާމް އަދީލް ޖަލީލް އައްޔަންކޮށްފި އެވެ.

May 31, 2016 11
އެފްއޭއެމްގެ ރައީސަކަށް ޓޮމް އިންތިހާބުވެއްޖެ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް...

30 މެއި

May 30, 2016 5
އުއްމީދުތަކާ ގުޅިފައިވާ އެފްއޭގެ އިންތިހާބު މާދަމާ

އެފްއޭއެމްގެ ރައީސްކަމުން އިލްހާމް އަހުމަދު ދުރުކޮށް އެ އިދާރާ ހިންގުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބެއް ބޭއްވުމަށް މަގުފަހިކުރުމަށެވެ. އެ ކޮމިޓީއަށް ވެސް ގިނަ ހުރަސްތަކެއް މިހާތަނަށް ކުރިމަތިވެ ތަން ހަމަކަޅަށް ނޭޅި ގިނަ...

19 މެއި

May 19, 2016
ޓޮމްގެ އެކްސްކޯގައި ނާޒިމާ އާއި ޝަކީބް އަދި އައްސަދު

އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) ގެ އެގްޒެކެޓިވް ކޮމިޓީގައި ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ އާއި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަން އަހުމަދު ޝަކީބް (ޑޮކް) އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީ ހިމަނައިފި އެވެ.