17 އޮކްޓޯބަރ

October 17, 2019 4
އަލީ ހަމީދަށް ކުރާ ދައުވާއާ މެދު ސުވާލުތަކެއް

ސުޕްރީމް ކޯޓުގެ ފޯނަކުން އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ދެ ބޭފުޅެއްގެ ފޯނަށް ފައިސާ ޓްރާންސްފާ ކުރި ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ދެވަނަ ފަހަރަށް ދައުވާ ކޮށްފައި ވާތީ، އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގައި ސުވާލުތަކެއް ދައުލަތަށް އަމާޒުވެއްޖެ އެވެ.

07 އޮކްޓޯބަރ

October 07, 2019 12
ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަންވެއްޖެ

ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ގުޅިގެން، އޭރުގެ ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހައްޔަރުކޮށް ޖަލަށް ހުކުމްކުރި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ ހުކުމް ތަންފީޒުކޮށް ނިމި މިނިވަންވެއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2018 11
އަލީ ހަމީދު ފޯނު ނުދިން މައްސަލައިގެ ހުކުމް ބާތިލް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު، ތަހުގީގަށް ނުދެއްވި މައްސަލައިގައި އޭނާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

18 ނޮވެމްބަރ

November 18, 2018 12
ކުރީގެ ދެ ފަނޑިޔާރުންނާއި މުހުތާޒާއި ނިހާން ގޭބަންދަށް

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން އަދި އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން ދެންމެ ގޭ ބަންދަށް ބަދަލުކޮށްފި އެވެ.

14 ނޮވެމްބަރ

November 14, 2018 1
ކުރީގެ ދެ ފަނޑިޔާރުން ގެއަށް ބަދަލުކުރަންޖެހޭ: ފާއިޒް

މިހާރު ޖަލުގައި ތިއްބެވި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ގެ އަށް ބަދަލު ކުރެވޭނެ މަގެއް ހޯދަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2018 34
އަބްދުﷲ ސައީދަށްޓަކައި ކޮއްކޮ އެކަނިމާއެކަނި!

"އަލްއުސްތާޒު އަބްދުﷲ ސައީދު އަދިވެސް ހުރީ ޖަލުގައި"، މިހެން ޖަހާފައި ހުރި ކަރުދާސްގަނޑެއް ހިފައިގެން، ރައްޔިތުންގެ މަޖިލިހުގެ ކުރިމަތީ، އެކަނިމާއެކަނި އިބްރާހިމް ސައީދު އިންނަތާ އޭރު ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވެއްޖެ އެވެ. މަގުމަތިން ދާ ބައެއް މީހުން ހުއްޓި، ބަލައިލުން ފިޔަވާ، އޭނާ އަށް ލިބުނު ސަމާލުކަމެއް ނެތެވެ....

12 ނޮވެމްބަރ

November 12, 2018 3
ދައުވާ އާއި އިޖުރާއާތުތައް ވެސް ގޯސް: އަލީ ހަމީދު

ފޯނު ނުދިން މައްސަލާގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރި ދައުވާ އޮތީ ހުރިހާ ގޮތަކުން ވެސް ގޯސްކޮށް ކަމަށް އޭނާ މިއަދު ހައި ކޯޓުގައި ވިދާޅުވެއްޖެ އެވެ.

07 ނޮވެމްބަރ

November 07, 2018 18
އަބްދުﷲ ސައީދާއި އަލީ ހަމީދު މިނިވަންކުރަންޖެހޭ:ނަޝީދު

ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ގޮވާލައްވައިފި އެވެ.

01 ނޮވެމްބަރ

November 01, 2018 7
ރިޝްވަތުގެ ދައުވާތަކުގެ މައްސަލަ އިސްތިއުނާފެއް ނުކުރާނެ

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު އަމުރާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލަ އިސްތިއުނާފް ނުކުރަން ނިންމާފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2018 20
އަޅުގަނޑު ޖަލަށް ލީ އެންމެން ބޭރުވެއްޖެ: ނާޒިމް

ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެމަނިކުފާނާ ދެކޮޅަށް މިއަދު ނިމުމާ އެކު، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އުމުރަށް ޖަލަށް ލުމުގައި އިސްވެ ބައިވެރިވި އެންމެން މަގާމުތަކުން ބޭރުވީ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2018 10
އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކުރި ދައުވާއެއް ބާތިލް

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

24 ސެޕްޓެމްބަރ

September 24, 2018 14
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ބަންދު ރިވިއު ކުރަން ކްރިމިނަލް ކޯޓަށް މިރޭ ހާޒިރު ކުރުމަށް ފަހު، އެކަން އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

20 ސެޕްޓެމްބަރ

September 20, 2018 38
އަބްދުﷲ ސައީދާއި އަލީ ހަމީދު މިނިވަންކުރާނަން: އިބޫ

ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރައްވަން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ސ. މީދޫގައި ވައުދުވެވަޑައިގެންފި އެވެ.

19 ޖުލައި

July 19, 2018 4
ހަސަން ސައީދު ހަތަރު މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ސައީދު، ފުލުހުންނަށް ފިއްލަވައިގެން އުޅުއްވިކަން ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން މިއަދު ކްރިމިނަލް...

July 19, 2018 44
ސިޔާދު ބަންދުން ދޫކޮށްލައިފި

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް، ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

29 ޖޫން

June 29, 2018 7
ކުރީގެ ދެފަނޑިޔާރުންގެ މައްސަލާގައި އދ.ކަންބޮޑުވެއްޖެ

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

27 ޖޫން

June 27, 2018 15
އުއްތަމަފަނޑިޔާރު ކަމަށް ޑީޑީ އައްޔަންކުރަން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ. އަދި ހައި ކޯޓުގެ ދެ ފަނޑިޔާރަކު، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ވެސް މަޖިލީހުން ފާސްކުރި އެވެ.

June 27, 2018
އިސްތިއުނާފް ބަލައިނުގަތް މައްސަލަ ރިވިއުކުރަން އެދެފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި...

June 27, 2018 12
އުއްތަމަ ފަނޑިޔާރަކަށް ޑީޑީ އައްޔަން ކުރުން މިރޭ

މިހާރު ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ (ޑރ. ޑީޑީ) އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ރައްޔިތުންގެ...

26 ޖޫން

June 26, 2018 31
އުއްތަމަ ފަނޑިޔާރަކަށް ޑރ. ޑީޑީ އައްޔަން ކުރަނީ

އުއްތަމަ ފަނޑިޔާރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަން ކުރުމަށާއި ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ އޮތް ދެ މަގާމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަން ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް އަބްދުﷲ ޔާމީނަށް މިއަދު...

24 ޖޫން

June 24, 2018
ފޯނު ނުދިން މައްސަލާ އިއްވި ހުކުމް އިސްތިއުނާފަށް

ދާދި ފަހުން މަގާމު ގެއްލުނު ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ނުދިން މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް އިއްވި އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރަން އެ ބޭފުޅުންގެ ފަރާތްޕުޅުން މިއަދު ހުށަހަޅައިފި އެވެ.

21 ޖޫން

June 21, 2018 10
އުއްތަމަ ފަނޑިޔާރާ ކުޅުން، ފަސޭހަ ކަމެއް!

ގާނޫނީ ހުކޫމާތު ފުރިހަމަ އަށް ހިނގާ ގައުމެއް ނަމަ، ފަނޑިޔާރުންނަށް ވެސް އެ ބޭފުޅުންގެ މަގާމުގެ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި އެކަން ވެސް މިހާރު މި ވަނީ ތަފާތުވެފަ އެވެ؛ ގާނޫނުއަސާސީން ފަނޑިޔާރުންނަށް ފުރިހަމަ ބާރުވެރިކަމާއި، ހިމާޔަތާއި ރައްކާތެރިކަން ލިބިދީފައި އޮތް ނަމަވެސް، ރާއްޖޭގައި...

20 ޖޫން

June 20, 2018 18
"ނިންމުން ރިވިއުކުރަން އެދޭނަން، މަގާމެއް ނުގެއްލޭ"

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިސްތިއުނާފް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އަލުން ބަލައިދޭން އެދި ހުށަހަޅާނެ ކަމަށާއި އެ ބޭފުޅުން އަދިވެސް މަގާމުން ވަކިނުވާ ކަމަށް އެ ބޭފުޅުންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

June 20, 2018 50
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ އެކު، އެ ދެ ބޭފުޅުން މިއަދުން...

June 20, 2018 26
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ދެ މަހަށް ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، އެ މައްސަލައިގެ އިސްތިއުނާފް...