15 ޖޫން

June 15, 2018 16
މައުމޫނާއި ފަނޑިޔާރުންގެ ހުކުމަށް އެމެރިކާގެ ފާޑުކިއުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް...

June 15, 2018 45
މައުމޫނަށް ހުކުމްކުރީ ގާނޫނުތަކާ އެއްގޮތަށް: ސަރުކާރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށް ލުމަށް އިއްޔެ ކުރި ހުކުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުރި ހުކުމެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފި އެވެ.

14 ޖޫން

June 14, 2018 57
މިނިވަން އިންތިހާބަކާ މެދު ސުވާލު އުފެދޭ: އިންޑިއާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލީ އިންސާފުވެރިކަމާ އެކު ބޭއްވި ޝަރީއަތަކުން ނޫން ކަމަށާއި އެ ޝަރީއަތް ދިޔަ ގޮތުން މިނިވަން ރިޔާސީ އިންތިހާބަކާ މެދު ސުވާލު އުފެދޭ ކަމަށް އިންޑިއާ އިން މިއަދު ބުނެފި އެވެ.

12 ޖޫން

June 12, 2018
މައުމޫނާއި ދެ ފަނޑިޔާރުންގެ އަޑުއެހުން ފަސްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާގެ ފަހު އަޑުއެހުން މާދަމާ އަށް ފަސްކޮށްފި އެވެ.

11 ޖޫން

June 11, 2018 11
ދިފާއީ ހެކިބަސް ނުނަގާނެ، ފަހު އަޑުއެހުން ބާއްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ...

June 11, 2018 5
"މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ފުލުހުންނަށް ނުދޭ"

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެންގުމުން...

06 ޖޫން

June 06, 2018 1
ޖެމްސް ހުއްޓުވި މައްސަލާގެ އިސްތިއުނާފް މާދަމާ ނިންމަނީ

ސުޕްރީމް ކޯޓުގައި ޖެމްސް ސިސްޓަމް ހުއްޓުވާލަން އެންގެވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހަށް ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ހައި ކޯޓުން ނިންމައިފި އެވެ.

04 ޖޫން

June 04, 2018
ދެ ފަނޑިޔާރުންނަށް ކުރާ ރިޝްވަތުގެ ދައުވާ މާދަމާ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ކުރާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

03 ޖޫން

June 03, 2018 2
ހެކިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އަސާސެއް ނެތް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދަށު ކޯޓުގައި ހެކިބަސް ދިން ދެ ހެކިންނަކީ ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައެއް...

June 03, 2018 22
ދެ ފަނޑިޔާރުންގެ ހުކުމަށް ތާއީދުކޮށް އަދަބު ލުއިކޮށްފި

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކުރި ހުކުމް...

30 މެއި

May 30, 2018 3
އަލީ ހަމީދުގެ އަދަބުގެ ބާވަތް ބަދަލުކޮށްދޭން އެދެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އިއްވާފައިވާ އެއް އަހަރާއި ހަތް މަހުގެ ހުކުމުގެ އަދަބުގެ ބާވަތް މުޖްތަމައަށް ޚިދުމަތް ކުރުން ފަަދަ އަދަބަކަށް ބަދަލު ކޮށްދިނުމަށް އޭނާގެ...

May 30, 2018 16
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޯނު ފުލުހުންނަށް ދިނުމަށް އިންކާރު ކުރެއްވި ބުނެ އެމަނިކުފާނަށް ކުރާ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅި ކަމުގެ ދައުވާގެ...

28 މެއި

May 28, 2018 11
އަލީ ހަމީދުގެ ދެބޭފުޅުންނަށް ފައިސާ ޓްރާންސްފާ ކުރި

ސުޕްރީމް ކޯޓުގެ ފޯނަކުން، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދެ ބޭފުޅުންނަށް 2،200ރ. ޓްރާންސްފާ ކުރި ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

27 މެއި

May 27, 2018 4
ސިއްރު ދެ ހެކިންގެ އަދުލުވެރިކަމެއް ނުގެއްލޭ: ދައުލަތް

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ހެކިބަސް ދިން ދެ ހެކިންނަކީ އަދުލުވެރިކަން ގެއްލިފައި ތިބި ބައެއް ނޫން ކަމަށް ބުނެ، އެ މީހުންގެ ހެކިބަސް ދައުލަތުން ހައި ކޯޓުގައި މިއަދު ދިފާއުކޮށްފި އެވެ.

26 މެއި

May 26, 2018 2
ދެ ފަނޑިޔާރުންގެ އިސްތިއުނާފް މާދަމާ ވެސް ބާއްވަނީ

ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުމެއް މާދަމާ ވެސް ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.

24 މެއި

May 24, 2018 6
"ދެ ފަނޑިޔާރުން ނުފޫޒު ފޯރުވިކަމުގެ ހެއްކެއް ނެތް"

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ބޭފުޅުންނާ ދެކޮޅަށް ހެކިބަސް ދިން...

May 24, 2018 3
މައުމޫނާއި ދެ ފަނޑިޔާރުންގެ މިއަދުގެ އަޑުއެހުން ކެންސަލް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާو އަދުލު އިންސާފު ގާއިމު ކުރުމަށް...

23 މެއި

May 23, 2018
ދެ ފަނޑިޔާރުންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން...

May 23, 2018 6
ދެ ފަނޑިޔާރުން ހުށަހެޅި އިސްތިއުނާފް ބަލައިގެންފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމުގެ އިސްތިއުނާފު މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ.

20 މެއި

May 20, 2018 16
ސިޔާދަށް ދައުވާ ކުރިއިރު، މުހިންމު ހެކި އަދި ނުލިބޭ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދިން ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދަރިކަލުން ސިޔާދް ގާސިމަށް ދައުވާ ކުރިއިރު، އެ މައްސަލާގައި ސިޔާދާ ދެކޮޅަށް ބޭނުންކުރާ އެންމެ މުހިންމު ހެކި ދައުލަތަށް މިހާތަނަށް ވެސް ނުލިބޭ ކަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި...

17 މެއި

May 17, 2018 7
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް އިސްތިއުނާފަށް

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޖަލަށް ލުމަށް އިއްވި ދެ ހުކުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އިއްވި ޖަލު ހުކުމް އެ ދެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފި އެވެ.

14 މެއި

May 14, 2018 108
އަމުރު ނެރުމުގައި 3ފަނޑިޔާރުންގެ ނުބައި ނިޔަތެއް ނެތް

ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ނެރުނު އަމުރުގައި، ސުޕްރީމް ކޯޓުގައި މިހާރު މަސައްކަތް ކުރައްވާ ތިން ފަނޑިޔާރުން ސޮއި ކުރެއްވީ...

May 14, 2018 6
ސިއްހީ މައްސަލަތަކާ ގުޅިގެން އަލީ ހަމީދުގެ ޝަކުވާތައް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، އެ ޝަކުވާތައް ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމްއާ އޭނާ މިއަދު ހިއްސާ...

12 މެއި

May 12, 2018 8
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލްކޮށްފި އެވެ.