11 ޑިސެމްބަރ

December 11, 2016
ފްރާންސްގެ އެންމެ މަތީ ޝަރަފް ޖޯން ކެރީ އަށް

ޕެރިސް (ޑިސެމްބަރު 11) - ފްރާންސްގެ އެންމެ މަތީ ޝަރަފް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ އަށް އަރުވައިފަ އެވެ.

27 އޮކްޓޯބަރ

October 27, 2016 1
ނޫހަކާ ދެކޮޅަށް ކިމް ކުރި ދައުވާ ނަގައިފި

ރިއަލިޓީ ޝޯތަކުން މަޝްހޫރުކަން ހޯދި އެމެރިކާގެ ތަރި ކިމް ކާޑޭޝިއަން މި މަހުގެ ކުރީކޮޅު ޕެރިހަށް ގޮސް އުޅެނިކޮށް އޭނާގެ އަތުން ގަހަނާތަކެއް ފޭރި ގަނެ، ވައްކަން ކުރި މައްސަލާއާ ގުޅިގެން އެއީ ހިނގާފައިވާ ކަމެއް ނޫން ކަމަށާއި އެއީ ކިމް ޖެއްސި "ފޭކް ސްޓަންޓެއް" ކަމަށް ބުނެ ހަބަރު ފެތުރި އޮންލައިން ނޫސް މީޑިއާ ޓޭކް އައުޓާ ދެކޮޅަށް އޭނާ...

11 އޮކްޓޯބަރ

October 11, 2016 4
ރަޝިޔާ މައްސަލަ އައިސީސީ އަށް ވައްދަފާނެކަމުގެ އިންޒާރު

ޕެރިސް (އޮކްޓޯބަރު 11) - ސީރިއާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ހަލަބަށް ބޮން އަޅަމުންދާތީ ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި ރަޝިޔާގެ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ބެލުމަށް ފްރާންސްގެ ރައީސް ފްރާންސުވާ އޮލެންޑާ ހުށަހަޅުއްވައިފި އެވެ.

04 އޮކްޓޯބަރ

October 04, 2016 6
ހަމަލާދީގެން ސައުދީ ޕްރިންސަސްގެ ބޮޑީގާޑާ ސުވާލުކޮށްފި

ޕެރިސް (އޮކްޓޯބަރު 4) - ސައުދީ ޕްރިންސަސްއެއް ޕެރިހުން ގަނެފައިވާ އަގު ބޮޑު އެޕާޓްމަންޓުގެ އެތެރޭގެ މަސައްކަތެއް ކުރަން ގެންދިޔަ މީހާ އެ ތަނުގެ ފޮޓޯއެއް ނެގުމުން ބޮޑީގާޑު ހަމަލާ ދިން...

October 04, 2016 3
ކާޑޭޝިއަން އަތުން 11 މިލިއަން ޑޮލަރުގެ ގަހަނާ ފޭރުނު

ނިއު ޔޯކް (އޮކްޓޯބަރު 4) - ޕެރިހުގެ ލަގްޒަރީ ހޮޓަލެއްގައި ބަޑިން ބިރު ދައްކައިގެން، ރިއަލިޓީ ޝޯތަކުން މަގޫބުލުކަން ހޯދާފައިވާ އެމެރިކާގެ ތަރި ކިމް ކާޑޭޝިއަންގެ އަތުން ފޭރިގަތް...

30 ސެޕްޓެމްބަރ

September 30, 2016 3
ފްރާންސުން އައިއެސް އަށް ވައިގެ ހަމަލާދޭން ފަށައިފި

ޕެރިސް (ސެޕްޓެމްބަރު 29) - އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ފްރާންސުން ވައިގެ ހަމަލާތައް މިއަދު ފަށައިފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

20 ސެޕްޓެމްބަރ

September 20, 2016
އިސްލާމް ދީނާއި ޓެރަރިޒަމް އޮޅުވާ ނުލުމަށް މުސްލިމް ކުއްޖާ އެދިއްޖެ

ޕެރިސް (ސެޕްޓެމްބަރު 20) - އިސްލާމް ދީނާއި ޓެރަރިޒަމް އޮޅުވާނުލުމަށް، ފްރާންސްގެ ނީސްގައި ޖުލައި މަހު ދިން ހަމަލާގައި ތިން މެންބަރުން މަރުވި އާއިލާއެއްގެ 21 އަހަރުގެ އަންހެން ކުއްޖަކު އެދިއްޖެ އެވެ.

September 20, 2016 3
ފްރާންސްގައި ޕްލާސްޓިކް ތަށި މަނާކުރަނީ

ޕެރިސް (ސެޕްޓެމްބަރު 20) - ކާން ބޭނުންކުރާ ޕްލާސްޓިކް ތައްޓާއި އުލާއި ވަޅި، ސަމުސާ އަދި ފެންބޯތަށި ފަދަ ތަކެތި ފްރާންސްގައި މަނާކުރަން ނިންމައިފި އެވެ.

September 20, 2016 7
ބުރުގާ އެޅި އަންހެނަކު ފްރާންސްގެ ބީޗަކުން ބޭރުކޮށްފި

ސިޑްނީ (އޮސްޓްރޭލިއާ 20) - ބުރުގާއާ އެކު އަޅާ ބުރްކިނީ އަޅައިގެން ހުރި އޮސްޓްރޭލިއާގެ ދަރިވަރަކާއި އޭނާގެ މަންމަ ފްރާންސްގެ ދެކުނުގެ ގޮނޑުދޮށަކުން ބޭރުކޮށްފައިވާ ކަމަށް އޭނާ ބުނެފި...

11 ސެޕްޓެމްބަރ

September 11, 2016 2
ވައްކަމާ ގުޅިގެން ސޯލާ ޓުކް-ޓުކްގެ ދަތުރު ހުއްޓުމަށް

ޕެރިސް (ސެޕްޓެމްބަރު 11) - އިންޑިއާ އިން އިނގިރޭސި ވިލާތަށް ދަތުރު ކުރުމަށް އިންޑިއާގެ އިންޖިނޭރަކު ސޯލާ އަދި ކަރަންޓުން ދުއްވާ ގޮތަށް ތައްޔާރު ކުރި ޓުކް ޓުކް އިން ވައްކަން ކުރުމުން ފްރާންސްއާ ހަމައިން މި ދަތުރަށް ހުއްޓުމެއް އަތުވެއްޖެ އެވެ.

09 ސެޕްޓެމްބަރ

September 09, 2016 6
ފަގީރު ކުއްޖާ އަކީ ފްރާންސްގެ އެޑިއުކޭޝަން މިނިސްޓަރު

މިއީ ފްރާންސްގެ އެންމެ ފުރަތަމަ މުސްލިމް މިނިސްޓަރުގެ ގޮތުގައި އެންމެންނަށް އެނގުނު ނަޒާތު ވަލާއުދު ބަލްކަސިމް އެވެ. އުމުރުން 36 އަހަރުގައި 2014 ވަނަ އަހަރު އޭނާ އަށް ފްރާންސްގެ ވިމެން މިނިސްޓަރުކަން ލިބިވަޑައިގެން ނަމަވެސް އޭރު އެއީ މުސްލިމެއް ކަމަށް ބުނާ ވާހަކަ ނޫނީ މާބޮޑަށް މީޑިއާގައި ދެކެވިފައެއް ނުވެ އެވެ. މީޑިއާ އިން ބުނާ...

07 ސެޕްޓެމްބަރ

September 07, 2016 8
ބުރްކިނީ މަނާކަމަށް ފްރާންސްގެ ކޯސިކާ އިން ނިންމައިފި

ޕެރިސް (ސެޕްޓެމްބަރު 7) - ފްރާންސްގެ އެންމެ މަތީ އިދާރާ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ގޮން ޖަހާ ބުރްކިނީ މަނާ ކަމަށް ފްރާންސްގެ ދެކުނުގެ ކޯސިކާގެ ކޯޓަކުން މިއަދު ނިންމައިފި އެވެ.

September 07, 2016
މޫނު ބަދަލުކުރި ފުރަތަމަ މީހާ މަރުވެއްޖެ

ޕެރިސް (ސެޕްޓެމްބަރު 7) - ދުނިޔޭގައި ފުރަތަމަ ފަހަރަށް މޫނު ބަދަލު ކުރި ފްރާންސްގެ އަންހެނެއް ކަމަށްވާ އިސަބެއްލާ ޑައިނޮޔާ މަރުވެއްޖެ ކަމަށް އެ ގައުމުގެ ޑޮކްޓަރުން ބުނެފި އެވެ.

06 ސެޕްޓެމްބަރ

September 06, 2016 3
ބުރުގާ އެޅި ބަޔަކު ސްކޫލަކަށް ވައްދަން ދެކޮޅު ހަދައިފި

ޕެރިސް (ސެޕްޓެމްބަރު 6) - ފްރާންސްގެ ދެކުނުގެ ޓައުނެއް ކަމަށްވާ ކޯސިކާގެ ނާސަރީ ސްކޫލަކަށް ބުރުގާ އެޅި ފަސް ބެލެނިވެރިއަކު ވަންނަން އެހެން ބެލެނިވެރިންތަކެއް ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

29 އޯގަސްޓް

August 29, 2016 3
ބުރްކިނީ މަނާކުރުން ވާނީ ގާނޫނުއަސާސީއާ ޚިލާފު ކަމަކަށް

ޕެރިސް (އޮގަސްޓް 29) - ފްރާންސްގައި ބުރްކިނީ މަނާކުރުމަށް ގާނޫނެއް ފާސްކުރުން ވާނީ އެ ގައުމުގެ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ދާޚިލީ ވަޒީރު ބާނާޑް ކެޒެނެއުވް ވިދާޅުވެއްޖެ އެވެ.

August 29, 2016 11
ބުރުގާ އަޅާތީ ޚިދުމަތްދޭން ރެސްޓޯރެންޓުން ދެކޮޅުހަދައިފި

ޕެރިސް (އޮގަސްޓް 29) - ފްރާންސްގެ ވެރިރަށް ޕެރިހުގެ ރެސްޓޯރެންޓެއްގައި ބުރުގާ އެޅި މުސްލިމް ދެ އަންހެނަކަށް ޚިދުމަތް ދޭން ދެކޮޅު ހެދި ވީޑިއޯއެއް އާއްމުވުމާ އެކު އެތައް ބަޔަކު...

27 އޯގަސްޓް

August 27, 2016
ސަބްމެރިންގެ މައުލޫމާތު ލީކުކުރުމަކީ ނުރައްކަލެއް ނޫން

ނިއު ދިއްލީ (އޮގަސްޓް 27) - ފްރާންސްގެ ސަބްމެރިން އުފައްދާ ކުންފުނި ޑީސީއެންއެސް އިން އިންޑިއާ އަށް އުފައްދާ ސަބްމެރިންނާ ބެހޭ މައުލޫމާތު ލީކު ކުރުމަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ނޫން ކަމަށް އިންޑިއާ އިން ބުނެފި އެވެ.

26 އޯގަސްޓް

August 26, 2016 3
ފްރާންސްގައި ބުރްކިނީ މަނާކުރުން ކޯޓުން ހުއްޓުވައިފި

ޕެރިސް (އޮގަސްޓް 26) - މުސްލިމް އަންހެނުންނަށް ހާއްސަ ސްވިމްވެއާ ބުރްކިނީ ފްރާންސްގެ އެކި ހިސާބުތަކުގައި މަނާކުރި ކުރުން އެ ގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

24 އޯގަސްޓް

August 24, 2016 9
ފްރާންސް ފުލުހުން އަންހެނެއްގެ ބުރުގާ ބާލުވައިފި

ޕެރިސް (އޮގަސްޓް 24) - ފްރާންސްގެ ނީސްގެ ގޮނޑުދޮށެއްގައި ބުރުގާ އަޅަައިގެން އުޅުނު އަންހެނެއްގެ ބުރުގާ ފުލުހުން ބާލުވައިފި އެވެ.

27 ޖުލައި

July 27, 2016 5
ފްރާންސްގެ ފާދިރީ މަރާލީ ޓެގް އަޅުވާފައި ހުރި މީހެއް

ޕެރިސް (ޖުލައި 27) - ފްރާންސްގެ އުތުރުގެ ފައްޅިއެއްގެ ފާދިރީގެ ކަރު ކަނޑާލައިގެން މަރާލި ދެ މީހުންގެ ތެރޭގައި ޓެކް އަޅުވާފައި ހުރި މީހަކު ހިމެނޭ ކަމަށް އޮފިޝަލުން ބުނެފި އެވެ.

16 ޖުލައި

July 16, 2016 3
ނީސްގައި ލޮރީން ޖައްސާ މީހުން މަރާލީ ކާކު؟

ނީސް (ޖުލައި 16) - ފްރާންސްގެ ނީސްގައި ގައުމީ ދުވަސް ފާހަގަކުރަމުން ދަނިކޮށް ލޮރީއެއްގައި ދުއްވާފައި ގޮސް މީހުންތަކުގެ ތެރެއަށް ވަދެ ޖައްސާ 84 މީހުން މަރާލި ޑްރައިވަރުގެ މައުލޫމާތު ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފި އެވެ.

15 ޖުލައި

July 15, 2016 3
ފްރާންސްގައި ލޮރީއަކުން ޖައްސާ 84 މީހުން މަރު

ނީސް (ޖުލައި 15) - ފްރާންސްގެ ދެކުނުގެ ސިޓީ ނީސްގައި ބަސްޓީލް ޑޭ ނުވަތަ ގައުމީ ދުވަސް ފާހަގަކުރަން ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް މީހުންގަނޑު ތެރެއަށް ލޮރީއެއް ވަދެ ޖެއްސުމުން މިހާތަނަށް 84 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ހިމެނެ އެވެ.

21 ޖޫން

June 21, 2016
ދަރިފުޅު މަރުވާން ދޫކޮށްލި މަންމަ އަށް ދައުވާ ކުރަނީ

ޕެރިސް (ޖޫން 21) - ނޮވެމްބަރު މަހެއްގެ ފިނި ރެއެއްގައި ކުޑަ ދަރިފުޅު މަރުވާން ބީޗަކަށް ދޫކޮށްލި މަންމައާ ދެކޮޅަށް ފްރާންސް އިން ދައުވާ އުފުލައިފި އެވެ.

14 ޖޫން

June 14, 2016
ފްރާންސް ޕޮލިހެއް އައިއެސް އިން މަރާލުމަކީ ޓެރަރިޒަމް

ޕެރިސް (ޖޫން 14) - އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ ކަމަށް ބުނާ މީހަކު ވަޅިން ހަމަލާދީ ފްރާންސްގެ ފުލުހުންގެ މީހަކާއި އޭނާގެ ބައިވެރިޔާ މަރާލުމަކީ ކަނޑައެޅިގެން ޓެރަރިސްޓް އަމަލެއް ކަމަށް އެ ގައުމުގެ ދާޚިލީ ވަޒީރު ވިދާޅުވެއްޖެ އެވެ.

01 ޖޫން

June 01, 2016 1
ޔޫރޯ އަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އެބަ އޮތް

ޕެރިސް (ޖޫން 1) - މި މަހު 10 ވަނަ ދުވަހު ފްރާންސްގައި ފަށާ ޔޫރޯ މުބާރާތުގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ނުރައްކާ އެބަ އޮތް ކަމަށް އެމެރިކާ އިން ބުނެފި އެވެ.