ލަންޑަން (ނޮވެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މެޗެއްގައި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
ލަންޑަން (ނޮވެމްބަރު 23) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި މެޗެއްގައި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ.
ލަންޑަން (ނޮވެމްބަރު 20) - ޗެލްސީގެ ކޯޗުކަމާ މި ސީޒަނުގައި ހަވާލުވެ ފްރޭންކް ލަމްޕާޑް އަންނަނީ ފެންވަރު ސާބިތުކޮށްދެމުން ކަމަށާއި އޭނާ ކުރި މަސައްކަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށް މި ސީޒަނުގައި ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވި ބެލްޖިއަމްގެ ތަރި އެޑެން ހަޒާާޑް ބުނެފި އެވެ.
ލަންޑަން (އޮކްޓޫބަރު 30) - ޒުވާން ކުޅުންތެރިންނަށް ފުރުސަދު ދިނުމަކީ ޗެލްސީއާ ހަވާލުވިއިރު ވެސް އެންމެ ބޭނުންވި ކަންތައް ކަމަށާއި އެކަމަށް ފުރުސަތު ފަހިވީ ފީފާ އިން ޗެލްސީ އަށް ޓްރާންސްފާ ނުކުރެވޭގޮތަށް ދީފައިވާ އަދަބު ކަމަށް ވިޔަސް އެއީ ނަސީބެއްގެ ގޮތުގައި ނުދެކޭ ކަމަށް ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ލަންޑަން (އޮކްޓޫބަރު 4) - މި ސީޒަނުގައި ފްރޭންކް ލަމްޕާޑް، ޗެލްސީގެ ކޯޗުކަމާ ހަވާލުވެ އެ ޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެމުން އަންނައިރު އޭގެ ތެރެއިން އެންމެ ބޮޑަށް ވިދަމުން އަންނަ ކުޅުންތެރިއަކީ ކުރިއަށްކުޅޭ ޓެމީ އަބްރަހަމް އެވެ. ޓެމީ ކުރިއަރުވަން ލަމްޕާޑް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޭގެ ތެރެއިން އެއް...
ލަންޑަން (ސެޕްޓެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަކީ ޗެލްސީ އަށް އިމްތިހާނެއް ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
މެންޗެސްޓާ (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 4-0 އިން ޗެލްސީ އަތުން މޮޅުވުމުން އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ މި ސީޒަނާ ކުރިމަތިލި ކުރީގެ ކުޅުންތެރިޔާ ފްރޭންކް ލަމްޕާޑަށް ހިތްދަތި ފެށުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މެންޗެސްޓާ (އޮގަސްޓް 11) - މެންޗެސްޓާ ޔުނައިޓެޑް ކުރިން އޮތް ހިސާބަށް ދިއުމަކީ އެ ކްލަބާ ގުޅުންހުރި އެންމެން ބޭނުންވާނެ ކަމެއް ކަމަށާއި އެކަމަކު އެކަން ހާސިލުކުރަން އާ ސީޒަނެއް ފަށާ ދުވަހު ކުޅުންތެރިންނަށް ގޯސް ޕްރެޝަރުތަކެއް ދޭން ބޭނުމެއްނުވާ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
ސައިޓަމާ، ޖަޕާން (ޖުލައި 24) - ޕްރީ ސީޒަން މެޗުތަކުގައި ޗެލްސީގެ ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން، ޓީމާ މެދު ކުރެވޭ އިތުބާރު ބޮޑުވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ލަންޑަން (ޖުލައި 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ބޮޑެތި އެހެން ޓީމުތަކާ އަޅާކިޔާއިރު އެންމެ އުނދަގޫވާނީ ޗެލްސީ ކޯޗެއްގެ ގޮތުގައި ދެމިހުރުން ކަމަށް ދާދި ފަހުން އެ ކްލަބުގެ ކޯޗުކަމާ ހަވާލުވި އެ ޓީމުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ލަންޑަން (ޖުލައި 4) - ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމާ އެ ޓީމުގެ ކުރީގެ ތަރި އަދި ޑާބީ ކައުންޓީގެ ކޯޗު ފްރާންކް ލަމްޕާޑް ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވެއްޖެ އެވެ.
ލަންޑަން (ޖޫން 26) - ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމާ ހަވާލުވާން އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޖޫން 18) - ޗެލްސީގެ ކޯޗުކަމާ ހަވާލުވާނީ ވަކި ކަންތައްތަކާ މެދު އެ ކްލަބުން އެއްބަސްވާނަމަ ކަމަށް ބުނެ، އެ ޓީމުގެ ކުރީގެ ތަރި އަދި ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ހުށަހެޅި ޝަރުތުތަކަށް ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޖޫން 15) - ޗެލްސީގެ ކޯޗުކަމާ ހަވާލުވާނީ ވަކި ކަންތައްތަކާ މެދު އެ ކްލަބްގެ މެނޭޖްމަންޓުން އެއްބަސްވާނަމަ ކަމަށް ބުނެ، އެ ޓީމުގެ ކުރީގެ ތަރި އަދި ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ޝަރުތުތަކެއް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (ޖޫން 12) - ޗެލްސީގެ ކޯޗުކަމަށް އެ ޓީމުގެ ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ގެންނަން ކުރާ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ އެ މަގާމުގައި މިހާރު ހުރި އިޓަލީގެ ކޯޗު މައުރީޒިއޯ ސާރީ މަޑުކުރުވަން ޗެލްސީން މަސައްކަތްކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލަންޑަން (މެއި 27) - އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ޖާގައަށް މިރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ ޕްލޭއޮފް ފައިނަލަކީ އޭނާ އަށް ވަރަށް ހާއްސަ މެޗެއް ކަމަށް ޑާބީ ކައުންޓީގެ ކޯޗު އަދި ކުރީގެ ތަރި ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ލަންޑަން (މެއި 16) - އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ޖާގައަށް ކުޅޭ ޕްލޭއޮފް ފައިނަލުގައި ޑާބީ ކައުންޓީ އާއި އެސްޓަން ވިލާ ވާދަކުރާ މެޗު އެ ދެ ޓީމުގެ ކޯޗުން ކަމަށްވާ ޗެލްސީގެ ކުރީގެ ދެ ތަރިން، ޖޯން ޓެރީ އާއި ފްރޭންކް ލަމްޕާޑަށް ހާއްސަވާނެ އެވެ. ކޯޗިންގެ ޅަފަތުގައި މުހިއްމު މަސައްކަތެއް ކުރަމުން އަންނަ ލަމްޕާޑަކީ ޑާބީގެ...
ލަންޑަން (ފެބްރުއަރީ 12) - ޗެލްސީ ކޯޗުކަން މި ވަގުތު ބޭނުންނުވާ ކަމަށް އެ ޓީމުގެ ކުރީގެ ތަރި އަދި މިހާރު ޑާބީ ކައުންޓީގެ ކޯޗު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ލަންޑަން (ޖޫން 26) - ޗެލްސީގެ ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ވިއްކާލުމަކީ އެ ކްލަބަށް ހެދޭނެ ގޯހެއް ކަމަށް އެ ކްލަބްގެ ކުރީގެ ކުޅުންތެރިއާ ފްރޭންކް ލަމްޕާޑް ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 2) - ޗެލްސީ އާއި އިންގްލެންޑުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް 21 އަހަރަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލައިފި އެވެ.
ލަންޑަން (ޖެނުއަރީ 28) - ފުޓްބޯޅައިން ރިޓަޔާކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި ބައިވަރު ހުށަހެޅުންތައް ލިބިފައިވާ ކަމަށް ޗެލްސީ އަދި އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ބުނެފި އެވެ.