22 ޖެނުއަރީ

January 22, 2020
ބަރުދަން ލުއިކުރަން މުހިންމު 5

ބަރުދަން ލުއިކުރަން ބޭނުން ނަމަ ކެއުމުގެ ވައްޓަފާޅި އާއި ކަސްރަތަށް ދޭ ސަމާލުކަން ބޮޑުކުރަންޖެހެ އެވެ. ހާއްސަކޮށް ރަނގަޅު ޑައިޓެއްގެ މަތީގައި ސާބިތުވެ ހުރެގެން ނޫނީ، ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

21 ޑިސެމްބަރ

December 21, 2019
ވިޓަމިން ބީ12 ކިހާ މުހިއްމު މާއްދާއެއް؟

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިހާރު ގިނަ ބަޔަކު ޕްލާންޓް-ބޭސްޑް ޑައިޓް ނުވަތަ މުޅިން ވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް ބަރޯސާވާ ޑައިޓްތައް ފޮލޯކުރަމުން ދިއުމަކީ އާންމު ކަމެކެވެ. އެހެން ގޮތަކަށް ސިފަކުރާ ނަމަ އެފަދަ ކާނާތައް ބޭނުންކުރާ މީހުންނަކީ ވެޖެޓޭރިއަނުންނެވެ.

03 ޑިސެމްބަރ

December 03, 2019 4
އާ ވައްތަރެއްގެ އާފަލެއް، ހަލާކުނުވެ 1 އަހަރު ހުރޭ

ހަލާކު ނުވެ އެއް އަހަރު ވަންދެން ހުންނާނެ ކަމަށް ބުނާ، އާފަލުގެ އާ ބްރީޑެއް، 20 އަހަރު ދުވަހުގެ މަސައްކަތުން އުފަންކޮށްފި އެވެ.

28 އޮކްޓޯބަރ

October 28, 2019
މޫނު ރީތިކުރާށާއި ދަތް ހުދުކުރަން ވެސް ދޮންކެޔޮ ތޮށި

ދޮންކެޔޮ ކެއުމަށް ފަހު އޭގެ ތޮށިގަނޑު އެއްލައިލުމުގެ ބަދަލުގައި އެހެން ކަމަކަށް ބޭނުންކުރުމާ މެދު ވިސްނާލަން ޖެހެ އެވެ.

14 އޮކްޓޯބަރ

October 14, 2019 1
އެންމެ ބަރު އެވޮކާޑޯގައި ދެ ކިލޯ

އެންމެ ބޮޑު އެވޮކާޑޯއާ އެކު ދުނިޔޭގެ ރެކޯޑް ފޮތުން ވެސް ޖާގަ ހޯދާފައި އޮތް އެވޮކާޑޯއެއްގެ ރެކޯޑް ކުޑަ ތަފާތަކުން މުގުރާލައި، ހަވާއީގެ އާއިލާއަކުން އަނެއްކާ ވެސް ރިކޯޑް ގާއިމުކޮށްފި އެވެ.

17 ޖުލައި

July 17, 2019 11
ކަޅު އާފަލު، މިއީ އެންމެ ތަދު އާފަލު

ބްލެކް ޑައިމަންޑް އެޕަލްގެ ނަން ދީފައިވާ މި އާފަލަށް ސްކޯޕިއަން ފުރުޓް ވެސް ކިޔަ އެވެ. އަދި މިވައްތަރު، އެހެން ހުރިހާ އާފަލަކަށްވުރެ ފޮނި ރަހަ ގަދަވެފައި މުރަނަ އެވެ. މި އާފަލު ހެދޭ ހަމައެކަނި ތަނަކީ ޗައިނާގެ ޓިބެޓްގައިވާ ފަރުބަދަމަތީގެ ސަރަހައްދެކެވެ.

14 މެއި

May 14, 2019
ފަޅޮލުގެ ފައިދާތައް ވަރަށް ގިނަ

ރާއްޖޭގައި ވެސް އާންމުކޮށް ހެދޭ ފަޅޮލަކީ ސިއްހީ ފައިދާތައް ގިނަ މީރު މޭވާއެކެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި ވެސް ތަފާތު އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. ފަޅޮލަކީ އެ އޮތް ގޮތަށް ކާލެވޭ އެއްޗެކެވެ. އެކަމަކު ފަޅޮލުން ސަޓަނި ހެދުމާއި ފެނުކައްކައިގެން ކެއުމާއި ޖޫސް ގިރައިގެން ވެސް ބޯންވީ އެވެ.

02 މެއި

May 02, 2019 1
ތަރުކާރީ އާއި މޭވާ ގިނަ ދުވަހު ބެހެއްޓޭނެ ގޮތްތަކެއް

ކާނާ ނުބައި ނުވާނެހެން ތާޒާކަންމަތީ ގިނަ ދުވަހު ބެހެއްޓޭނެ ގޮތްތައް ހުރެ އެވެ. މި ކިޔައިދެނީ މިގޮތުން ކުރެވިދާނެ ބައެއް ކަމެކެވެ.

12 މާޗް

March 12, 2019 1
މިހެން އަލަނާސި ކެވޭނެ؟

އަހަރެމެން އަލާނާސި ކަނީ އޭގެ ތޮށި ވަރަށް ރަނގަޅަށް މަށައި ކޮށައިގެންނެވެ. އެކަމަކު ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާ ކުރުކުރު ވީޑިއޯއެއްގައި ފެންނަނީ ކަށިކެޔޮ ގަނޑަކުން ވައްތައް ނައްޓާ ގޮތަށް ފަހަރަކު ވަކެއް އަލަނާސިގަނޑުން ނައްޓަމުން ކަނިކޮށެވެ. ވަޅިއެއް ބޭނުމެއް ނުވެ އެވެ.

04 މާޗް

March 04, 2019 3
ދުންފަތާ ދުރުވެ މޭވާ އާއި ތަރުކާރީ ކެއުން ގިނަކުރޭ

ތަރުކާރީ އާއި މޭވާ ކެއުމަކީ ބަލިތަކުން ރައްކާތެރިވެ ތިބުމަށް މުހިންމު ކަމެއްކަން އެނގެ އެވެ. ސައިންސްވެރިން މި ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މޭވާ އާއި ތަރުކާރީން އަދާކުރާ ރޯލަކީ ކޮބައިތޯ ބަލައިފަ އެވެ.

20 ފެބުރުއަރީ

February 20, 2019
ނަފްސާނީ މައްސަލަތަކާ ދެކޮޅަށް މޭވާ އާއި ތަރުކާރީ

މޭވާ އާއި ތަރުކާރީ ކާ ނަމަ ނަފްސާނީ މައްސަލަތަކުން ދުރުކޮށްދޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

23 ޖެނުއަރީ

January 23, 2019 1
ސައްކޭލަކީ ދޫކޮށްލެވޭނެ މޭވާއެއް ނޫން

ސައްކޭލަކީ ރާއްޖޭގައި ހައްދާ މޭވާއަކަށް ނުވިޔަސް މިއީ އާންމުކޮށް ގަންނަން ލިބޭ އެއްޗެކެވެ. ސިއްހަތަށް ބަލައިގެން އުޅޭ މީހުންނަށް މިއީ ކޮންމެހެން ވެސް ކާން މުހިއްމު އެއްޗަކަށް ވާނެ އެވެ. ސަބަބަކީ ސިއްހީ ފައިދާތައް ގިނަވުމެވެ.

10 ޖެނުއަރީ

January 10, 2019 1
މުރާކި: ފައިދާތައް ގިނަ، އާންމު މޭވާއެއް

އަހަރެމެން ވިނައެއް ކަމަށް ބަލާ މުރާތްކަކީ ސިއްހީ ފައިދާތައް ގިނަ އެއްޗެކެވެ. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ހެދޭ މި ކުޑަކުޑަ ގަހުގައި އަޅާ ކުޑަކުޑަ މޭވާ ކައި އުޅެނީ މަޖަލަކަށެވެ. އަނގައިގެ ތެރެއަށް މި މޭވާ ފެޅޭއިރު ކުއްލިއަކަށް އެ ދޭ ހުތް ފޮނި ރަހަ ކަމުދަނީ އެވެ.

20 ޑިސެމްބަރ

December 20, 2018 1
އެވޮކާޑޯ ފަޅާލަންވާނީ ރަނގަޅަށް ދޮވެފައި

އެވޮކާޑޯގެ ހަރު ތޮށްޓަކީ އެތެރޭގައިވާ މަޑު މޭވާކޮޅުގެ ރައްކަލެކެވެ. އެވޮކާޑޯ ކިތަންމެ މަގުބޫލަސް އޭގެ ހަރު ތޮށިގަނޑު އެއްލައިލަން ޖެހޭތީ އެއީ މާބޮޑަށް ދޮވެ ސާފުކުރާ ބައެއް ވެސް ނޫނެވެ. އެކަމަކު އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ލަފާ ދެނީ ބޭރު ތޮށިގަނޑު ވެސް ރަނގަޅަށް ދޮވުމަށެވެ.

25 ނޮވެމްބަރ

November 25, 2018 1
އެންމެން އެކުގައި ކެއުމުން ގުޅުން ބަދަހިވޭ

އާއިލާ އެންމެން އެކީގައި ކެއުންތަކަށް އިންސާފު ކުރާ ނަމަ ގުޅުން ބަދަހިވާ ކަމަށާއި ސިއްހަތަށް ފައިދާ ހުރި ކާނާ ކާން ވެސް މިކަމުން ބާރުއަޅާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

24 ނޮވެމްބަރ

November 24, 2018
އޮރެންޖާއި ބެރީ ޖޫހުން ފިރިހެނުންގެ ހަނދާން ގަދަކޮށްދޭ

އޮރެންޖާއި އެކި ކަހަލަ ބެރީތަކުން ތައްޔާރުކުރާ ތާޒާ ޖޫހަކީ ފިރިހެނުންގެ ހަނދާން ގަދަކޮށްދޭން އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ. ނިއުރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ބުނި ގޮތިގައި އޮރެންޖާއި ބެރީ އާއި އެ ނޫން ވެސް ރަތާއި ފެހިކަން ގަދަ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން ތައްޔާރު ކުރާ ޖޫހަކީ އުމުރުން ދުވަސްވާ...

30 މެއި

May 30, 2018 3
ކެރަލާގެ ތަރުކާރީ ޔޫއޭއީ އަށް އެތެރެކުރުން މަނާކޮށްފި

އަބޫ ދާބީ (މެއި 30) - ނިޕާ ވައިރަސް ފެތުރެމުންދާތީ އިންޑިއާގެ ކެރަލާ ސްޓޭޓުގެ މޭވާ އާއި ތަރުކާރީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އެތެރެ ކުރުން މަނާކޮށްފި އެވެ.

22 އެޕްރީލް

April 22, 2018
ތާޒާކޮށް ހުންނަން، ތާޒާ މޭވާ އާއި ތަރުކާރީ

ސިއްހީ ތަޖުރިބާކާރުން އަބަދު ވެސް ދޭ ނަސޭހަތެއް އޮވެ އެވެ؛ ވީހާ ވެސް ގިނައިން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކާށެވެ. ވަކިން ހާއްސަކޮށް، ތާޒާ މޭވާ އާއި ތަރުކާރީ ކޮންމެ ދުވަހަކު ވެސް ކާށެވެ.

17 ޑިސެމްބަރ

December 17, 2017 6
ފްރެޝް ގުޑްސް، މާލޭގެ އެންމެ "ތާޒާ" ފިހާރަ!

ތަޒާ މޭވާ ކެއުމަށް އެންމެން ވެސް ލޯބި ކުރާނެ އެވެ. ނަމަވެސް މިފަދަ މޭވާ، އަތްފޯރާފަށުގައި މާލެއިން ލިބެން ހުރޭ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު މިއަދު ވަރަށް ސާފެވެ. އާންމުންގެ އަތްފޯރާފަށުގައި، ތާޒާ އަދި ކޮލެޓީ ރަގަޅު މޭވާގެ ގިނަ ބާވަތްތަކެއް މިހާރު މާލޭން ލިބެން އެބަހުއްޓެވެ.

06 ޖޫން

June 06, 2017 31
އެކި ކުލަކުލައިގެ "ފޭކު" ފޭރު!

ލޯކަލް މާރުކޭޓްގައި ބޭރުގެ އުފެއްދުންތައް ގިނަ އަދަދަކަށް ވިއްކަން ހުރި އިރު އޭގެ ތެރެއިން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވާ އެކައްޗަކީ ކުލަ ރީތި ފޭރެވެ. ރަބަރު ކޮތަޅެއްގައި ބަންދުކޮށްފައި ހުންނަ، ގުރާފެހި ކުލަ އާއި ގަދަ ފިޔާތޮށި ކުލައިގެ މި ފޭރުތައް ރީތިކަމުން އެތައް ބަޔަކު އެ ގަނެ އެވެ. އެކަމަކު ސިއްހީ ގޮތުން މިއީ...