އަހުމަދު ނިޝާތު
18 އޯގަސްޓް 2018
މާލެ: އޮގަސްޓް 18، 2018- އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ކަމަށްވާ ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ނަން ތަރުތީބު ކުރުމަށް ބޭއްވި ހަފުލާ: ގުރުއަތުން ރައީސް ޔާމީނަށް އެއްވަނަ ނަމްބަރު ލިބިވަޑައިގެންނެވިއިރު، އިބޫގެ ނަމްބަރަކީ 2: އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ގުރުއަތުގައި ބައިވެރިވެވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު. އިބޫގެ ފަރާތުން ގުރު ނެންގެވީ އިންތިޚާބީ އެޖެންޓް ގާނޫނީ ވަކީލް ހިސާން ހުސައިން.---ފޮޓޯތައް: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ގުރު ނެންގެވި ހިސާން ހުސައިން [އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އިންތިޚާބީ އެޖެންޓު] އާއި މޫސާ ޒަމީރު [ރައީސް ޔާމީންގެ ފަރާތްޕުޅުން] މިއަދުގެ ހަފުލާގައި ބައިވެރިވެވަޑައިގަންނަވަނީ: ރައީސް ޔާމީންގެ ކެންޑިޑޭޓް ނަމްބަރަކީ 1، އިބޫގެ ނަމްބަރަކީ 2.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި ބޭއްވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ނިހާން (ކ) ޖޭޕީގެ ނައިބު ރައީސް ޑރ، މައުސޫމް (ވ) ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި ބޭއްވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް (ކ) އާއި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރު އަލީ އާރިފް (ވ) ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި ބޭއްވި ހަފުލާގައި (ކ-ވ) މުހައްމަދު އަސްލަމް (އެމްޑީޕީ) އާއި އަހުމަދު ނިހާން (ޕީޕީއެމް) އަދި ޑރ. އަބްދުﷲ މައުސޫމް (ޖޭޕީ) ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ގުރު ނެންގެވި ހިސާން ހުސައިން [އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އިންތިޚާބީ އެޖެންޓު] އާއި މޫސާ ޒަމީރު [ރައީސް ޔާމީންގެ ފަރާތްޕުޅުން] ކަމާ ގުޅޭ ލިޔުމުގައި ސޮއިކުރައްވަނީ: ރައީސް ޔާމީންގެ ކެންޑިޑޭޓް ނަމްބަރަކީ 1، އިބޫގެ ނަމްބަރަކީ 2.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ގުރުއަތުން ލިބިވަޑައިގެންނެވި ދެވަނަ ނަމްބަރު، އޭނާގެ އިންތިޚާބީ އެޖެންޓު ހިސާން ދައްކާލައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނަށް ގުރުއަތުން ލިބިވަޑައިގެންނެވި އެއްވަނަ ނަމްބަރު، އެ ޕާޓީގެ ނައިބު ރައީސް ޒަމީރު ދައްކާލައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފުލާގައި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވި ޒަމީރު (ވ) ކަމާއި ގުޅޭ ލިޔުމެއްގައި ސޮއިކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފުލާގައި، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އިންތިޚާބީ އެޖެންޓް ހިސާން (ކ) ކަމާއި ގުޅޭ ލިޔުމެއްގައި އިނގިލީގެ ނިޝާން ޖައްސަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފުލާގައި، އެ ކޮމިޝަންގެ ރައީސް ޝަރީފް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފުލާގައި، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީންގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވި ޒަމީރު، ކަމާއި ގުޅޭ ލިޔުމެއްގައި ސޮއިކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފުލާގައި، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އިންތިޚާބީ އެޖެންޓް ހިސާން، ކަމާއި ގުޅޭ ލިޔުމެއްގައި ސޮއިކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފުލާގައި، އެ ކޮމިޝަންގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ހަފުލާގައި، އެ ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބް އެއްޗެއްގައި ލިޔުއްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ގުރު ނެންގެވި ހިސާން ހުސައިން [އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އިންތިޚާބީ އެޖެންޓު] އާއި މޫސާ ޒަމީރު [ރައީސް ޔާމީންގެ ފަރާތްޕުޅުން] ކަރުދާސްކޮޅު ދައްކާލައްވަނީ: ރައީސް ޔާމީންގެ ކެންޑިޑޭޓް ނަމްބަރަކީ 1، އިބޫގެ ނަމްބަރަކީ 2.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މާލެ: އޮގަސްޓް 18، 2018- މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށްޓަކައި އެ ދެ ބޭފުޅުންގެ ފަރާތްޕުޅުން ގުރު ނެންގެވި ހިސާން ހުސައިން [އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ އިންތިޚާބީ އެޖެންޓު] އާއި މޫސާ ޒަމީރު [ރައީސް ޔާމީންގެ ފަރާތްޕުޅުން] ސަލާމް ކުރައްވަނީ: ރައީސް ޔާމީންގެ ކެންޑިޑޭޓް ނަމްބަރަކީ 1، އިބޫގެ ނަމްބަރަކީ 2.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy