ހުސެއިން ވަހީދު
5 މެއި 2019
މާލެ: މޭ 5، 2019- މިރޭ ފެށި މި އަހަރުގެ ރޯދަ މަހުގެ އެންމެ ފަހުގެ ތައްޔާރީތައް: އެކި އިމާރާތްތަކުގެ މަތީގައި ތިބެގެން ނަގާފައިވާ މި ފޮޓޯތަކުން ފެންނާނީ މުލަ ރޯދަ އަށް ގެ އަށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި އާންމުން މާލޭގެ ލޯކަލް މާރުކޭޓާއި މަސް މާރުކޭޓު އަދި މަގުތަކުގައި ހަރަކާތްތެރިވަމުން އަންނަ މަންޒަރުތައް.---ފޮޓޯ: ނިޝާން އަލީ އަދި ހުސައިން ވަހީދު/މިހާރު
މާލެ: މޭ 5، 2019- ނޯތު ހާބަރުގައި އޮތް މަސްދޯންޏަކުން ކުޑަ ޑިންގީއަކަށް މަސްތަކެއް އަރުވައިގެން އެއްގަމަށް ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މާލެ: މޭ 5، 2019- މާލޭގެ ނޯތު ހާބަރު ސަރަހައްދުން ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް: ރޯދަ މަސް ފެށެންވާއިރަށް ގިނަ ބޯޓުތަކާއި ދޯނިތައް ވަނީ މުދާ ބަރުކޮށްގެން އެކި ރަށްރަށަށް ފުރާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ނޯތު ހާބަރުގައި އޮތް މަސްދޯންޏަކުން ކުޑަ ޑިންގީއަކަށް މަސްތަކެއް އަރުވައިގެން އެއްގަމަށް ގެންދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މާލެ: މޭ 5، 2019- ލޯކަލް މާރުކޭޓު ކައިރިން މީހަކު ޓައްޕުގައި ފަރުމަސްތަކެއް އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ލޯކަލް މާރުކޭޓު ކައިރިން ފީފާބުރިއެއްގައި ބަޔަކު ފަރުމަސްތަކެއް އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- މުލަ ރޯދަ އަށް ދެ މީހަކު ބާޒާރުކޮށްގެން ގެންދާ ސާމާނުތަކެއް ސައިކަލްގެ ވަށިގަނޑަށް ލާއިރު، އެ މީހުންގެ ސައިކަލާއި ކައިރީގައި ޕާކް ކޮށްފައި ހުރި އެހެން ސައިކަލެއްގައި ޓްރެފިކް ވަޔަލޭޝަން ސްޓިކާ ޖަހާފައި. އަދި މަސް މާރުކޭޓު ސަރަހައްދުގައި ގަވައިދާ ޚިލާފަށް ޕާކްކުރާ ވެހިކަލްތަކުގައި ސްޓިކާ ޖެހުމުގައި ފުލުހަކު އަވަދިނެތި ހަރަކާތްތެރިވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ލޯކަލް މާރުކޭޓު ކައިރިން ބަޔަކު ޓްރޯލީއެއްގައި މުދާ ތަކެއް ގެންދާއިރު، ދެ ކަންނެލި ހިފައިގެން މީހަކު ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ލޯކަލް މާރުކޭޓު ކައިރިން މީހަކު ގާޑިޔަލެއްގައި މޭވާތަކެއް އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ވަޅޯމަސް މާރުކޭޓު ސަރަހައްދުން ޕިކަޕުތަކުގައި މޭވާ އާއި ތަރުކާރީ އުފުލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ވަޅޯމަސް މާރުކޭޓު ސަރަހައްދުގައި ބަޔަކު ކަރާ އުފުލާއިރު، ރޯދަ އަށް ބާޒާރު ކުރަން ނުކުތް ބަޔަކު ހިނގާފައި ދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ވަޅޯމަސް މާރުކޭޓުގައި ވިޔަފާރިކުރާ މީހަކު ބަނބުކެޔޮތަކެއް އަތުރާލައިގެން އިށީނދެލައިގެން---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ނޯތު ހާބަރުގައި އޮތް މަސްދޯންޏަކުން ކުޑަ ޑިންގީއަކަށް ކަންނެލި އަރުވައިގެން އެއްގަމަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- މަސް މާރުކޭޓު ސަރަހައްދުގައި ބަޔަކު ފަޅޮލާއި ކެޔޮގަނޑުތައް އުފުލަނީ: އެކި ރަށްރަށުން ގިނަ ބާވަތްތަކުގެ މޭވާ އާއި ތަރުކާރީ މާލޭގެ ބާޒާރަށް ގެނެސްފައިވީ ނަމަވެސް އަގުތައް ތިރިއެއް ނުވޭ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މާލެ: މޭ 5، 2019- މާލޭގެ ނޯތު ހާބަރު ސަރަހައްދުން ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތައް: ރޯދަ މަސް ފެށެންވާއިރަށް ގިނަ ބޯޓުތަކާއި ދޯނިތައް ވަނީ މުދާ ބަރުކޮށްގެން އެކި ރަށްރަށަށް ފުރާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- ނޯތު ހާބަރު ސަރަހައްދުން ތަރުކާރީ އަރުވައިގެން ޕިކަޕެއް ދުއްވާފައި ދަނީ: ރޯދަ މަހުގެ ތައްޔާރީތަކާ އެކު، މާލޭގެ ބާޒާރުމަތީގެ ސަރަހައްދު ވަރަށް ބޮޑަށް ހަލަބޮލިވެ، ޓްރެފިކް މައްސަލަތައް ވަނީ ބޮޑުވާން ފަށާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭ 5، 2019- މަސް މާރުކޭޓު ކުރިމަތިން އެއްގަމަށް ޑިންގީ އަކުން ކަންނެލި ބާލަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy