ނިޝާން އަލީ
12 އޮކްޓޯބަރ 2020
ކޮވިޑް-19ގެ ބަލި މީހުން ގިނަވަމުން ދިއުމާ އެކު ހުޅުމާލޭގައި ގާއިމްކުރި ހެލްތު ފެސިލިޓީޒްއަށް ޒިޔާރަތްކުރުމުގެ ފުރުސަތު "މިހާރު"ގެ ނޫސްވެރިންނަށް މި ފަހުން ލިބުނު. އެތަން ހިންގަމުން އަންނަ އައިޖީއެމްއެޗުގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް ވިދާޅުވި ގޮތުގައި ކޮވިޑް ބަލިމީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ހަރަކާތްތެރިވަނީ ވަރަށް ހިތްވަރު ގަދަ ބައެއް. އޭނާ އެ އެންމެންނަށް ޝުކުރު އަދާކުރެއްވި -- ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮވިޑް ބަލިމީހަކަށް ކާ އެއްޗެހި ހިފައިގެން ނަރުހަކު ދަނީ: ކޮވިޑަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގާއިމްކުރި ހެލްތު ފެސިލިޓީޒްގައި ގިނަ ބަޔަކަށް ފަރުވާ ދިން --ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮވިޑް ބަލިމީހަކަށް ކާ އެއްޗެހި ހިފައިގެން ނަރުހަކު ދަނީ: ކޮވިޑަށް ހާއްސަކޮށްގެން ހުޅުމާލޭގައި ގާއިމްކުރި ހެލްތު ފެސިލިޓީޒްގައި ގިނަ ބަޔަކަށް ފަރުވާ ދިން --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ސިއްހީ ޚިދުމަތްތެެރިން މަސައްްކަތް ކުރަނީ. ރާއްޖޭން އެބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށް ވުރެ މަތިވެފައި
ކޮވިޑް-19 ގެ ބަލި މީހުންނަށް ފަރުވާދޭން ހާއްސަކޮށްފައިވާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރިން މަސައްކަތުގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ހުޅުމާލޭގައި ކޮވިޑަށް ހާއްސަކޮށްގެން ތައްޔާރުކުރި މެޑިކަލް ފެސިލިޓީޒްގެ ގޯތިތެރެ: މި ތަނުގައި އެއް ފަހަރާ 300 މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސި --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ އައިސީޔޫގައި ނަރުހަކު މަސައްކަތުގައި: ކޮވިޑް ބަލިމީހުންގެ ތެރެއިން އައިސީޔޫގައި އެޑްމިޓްކުރަން ޖެހުނީ ނިސްބަތުން މަދު ބަޔަކު --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ އައިސީޔޫގައި ބަލިމީހަކަށް ފަރުވާދެނީ: ކޮވިޑްގެ ކޭސްތައް އެންމެ ގިނަވިއިރު މި ފެސިލިޓީޒްގައި އެތައް ސަތޭކަ ބަޔަކަށް ވަނީ ފަރުވާދީފައި. އެކަމަކު އައިސީޔޫއަށް ލާން ޖެހުނީ ނިސްބަތުން ވަރަށް މަދު ބަޔަކު --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި މީހަކު ކުނި އުކަން ކުނި ނަގަނީ: ރާއްޖޭގައި ކޮވިޑް ފެތުރޭލެއް ގިނަވުމުން ސަރުކާރުން މި ފެސިލިޓީޒް ހެދީ އައިޖީއެމްއެޗު ފަދަ ހޮސްޕިޓަލްތަކަށް އަރާފާނެ ބުރުލުން ސަލާމަތްވާން. މި ފެސިލިޓީޒްގައި 300 މީހުންނަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެއްސި --ފޮޓޯ: ނިޝާން އަލީ/މިހާރު
ޑޮކްޓަރުންނާއި ނަރުހުން މަސައްކަތުގައި: ހުޅުމާލޭ މެޑިކަލް ފެސިލިޓީޒް ހެދީ ރާއްޖޭގެ ސިއްހީ އެހެން ނިޒާމުތަކަށް އަރާފާނެ ބުރުލުން ސަލާމަތްކުރަން. ކޮވިޑް ކޭސްތައް އެންމެ ގިނަވި ދުވަސްވަރު، މި ފެސިލިޓީޒަށް ވަރަށް ބާރު ބޮޑުވި --ފޮޓޯ: ނިޝާން އަލީ/މިހާރު
ޕީޕީއީއާ އެކު ނަރުހަކު ބަލިމީހުންގެ މައުލޫމާތު ޗެކްކުރަނީ: ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ ކޮންމެ މުވައްޒަފަކު ވެސް ނަގަނީ ވަރަށް ބޮޑު ރިސްކެއް ކަމަށް، އައިޖީއެމްއެޗުގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް ވިދާޅުވި --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ ވޯޑެއް: ބަލިމީހުން ހިތްހަމަޖައްސާލަން ކުޅެވޭ ގޮތަށް އޮއްވަޅުގޮނޑިއެއް ބަހައްޓާފައި ހުރި އިރު، މި ތަނުގައި އެޑްމިޓްކުރި ގިނަ މީހުންނަށް ސިއްހީ މާ ބޮޑު މައްސަލަތަކެއް ކުރިމައްޗެއް ނުވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު
ދެ ނަރުހަކު ވޯޑްގައި ހިނގާފައި ދަނީ: ހުޅުމާލޭ މެޑިކަލް ފެސިލިޓީޒް އަކީ ކޮވީޑާ ގުޅިގެން ރާއްޖޭގައި އެންމެ ރައްކާތެރިކަމާ އެކު ހަދާފައިވާ އެއް ތަން. މިތަނުގެ ހުރިހާ ކަމެއް ވެސް ބިނާކޮށްފައި ހުރީ ތަނުގައި ހިދުމަތް ފޯރުކޮށްދޭ މީހުންގެ ރައްކާތެރިކަމަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ ލޯންޑްރީ: އެއް ފަހަރާ 300 މީހުންނަށް ފަރުވާ ދެވޭ ފެންވަރަށް ގާއިމްކުރި މި ފެސިލިޓީޒްގައި ބޭނުންކުރާ އެއްޗެހި ދޮންނަން ހާއްސަ ލޯންޑްރީއެއް ވެސް ހަދާފައިވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު
ހިނަވާގެ: ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި މީހަކު މަރުވެއްޖެ ނަމަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހިނަވާނެ ތަނެއް ވެސް ގާއިމްކުރި. އެކަމަކު މި ތަނުގައި އެއްވެސް މީހަކު މިހާތަނަށް ހިނަވާފައެއް ނުވޭ --ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮވިޑް ބަލިމީހުންނަށް ކެއުން ތައްޔާރުކޮށްފައި: ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި ތިބޭ މީހުންގެ ސިއްހީ މައްސަލަތަކަށް ބަލައި، އެކި މީހުންނަށް އެކި ވައްތަރުގެ ކެއުން ފޯރުކޮށްދޭ --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި އެޑްމިޓްކޮށްފައި ތިބި ބަލިމީހުންނަށް ބޭނުންވާ ކެއުން ވޯޑްތަކަށް ފޮނުވަން ޕެކްކޮށްފައި: އެ ފެސިލިޓީޒްގައި އެޑްމިޓްކޮށް ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދިން --ފޮޓޯ: ނިޝާން އަލީ/މިހާރު
އައިޖީއެޗުގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް، "މިހާރު"ގެ ނޫސްވެރިންނަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ދެއްވަނީ: އޭނާ އެ ހުންނެވީ އޮކްސިޖަން ބޭނުންވާ މީހުންގެ އެނދާ ހަމައަށް އޮކްސިިޖަން ފޯރުކޮށްދޭން ގާއިމްކޮށްފައި ހުރި ތަނުގައި --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ މުވައްޒަފަކު، އެތަނުގެ ބޭސް ގުދަނުން ބޭސްތަކެއް ނަގަނީ: ކޮވިޑް-19ގެ ބަލިމީހުން އިތުރުވަމުން ދިއުމުން، ހުޅުމާލޭގައި އެކަމަށް ހާއްސަ ފެސިލިޓީޒްއެއް ގާއިމްކުރުމުން، އައިޖީއެމްއެޗަށް އޮތް ބުރަ ވަރަށް ބޮޑަށް ލުއިވި --ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގެ އޮފީސް ބައި: ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން ދިޔަ ނިސްބަތުން އާންމު ސިއްހީ ހިދުމަތްތަކަށް ބުރޫއަރާފާނެކަމުގެ ބިރު އޮތުމުން، ސަރުކާރުން ހުޅުމާލޭގައި ކޮވިޑް ފެސިލިޓީޒްއެއް ގާއިމްކޮށް، ވަރަށް ބޮޑު މަސައްކަތްތަކެއް އަންނަނީ ކުރަމުން. ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭ މެޑިކަލް ފެސިލިޓީޒްގައި މަސައްކަތް ކުރިއަށް ދާ ގޮތް، އައިޖީއެމްއެޗުގެ ސީއީއޯ ބަންދު އިބްރާހިމް ސަލީމް، "މިހާރު"ގެ އެސިސްޓެންޓް އެޑިޓަރު އަހުމަދު ހަމްދޫންއަށް ކިޔައިދެއްވަނީ: އޭނާ ވިދާޅުވި ގޮތުގައި ކޮވިޑަށް ފަރުވާ ދޭން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ އާއި ހުޅުމާލޭ ކޮވިޑް ފެސިލިޓީޒްގައި މަސައްކަތްކުރާ އެންމެންނަކީ ވަރަށް ހިތްވަރު ގަދަ ބައެއް -- ފޮޓޯ: ނިޝާން އަލީ/މިހާރު
ހުޅުމާލޭގެ މެޑިކަލް ފެސިލިޓީޒްގެ އައިސީޔޫގައި ބަލިމީހަކަށް ފަރުވާދެނީ: ކޮވިޑްގެ ކޭސްތައް އެންމެ ގިނަވިއިރު މި ފެސިލިޓީޒްގައި އެތައް ސަތޭކަ ބަޔަކަށް ވަނީ ފަރުވާދީފައި. އެކަމަކު އައިސީޔޫއަށް ލާން ޖެހުނީ ނިސްބަތުން ވަރަށް މަދު ބަޔަކު --ފޮޓޯ: ނިޝާން އަލީ/މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy