ފޮޓޯގެލަރީ / ޓޫރިޒަމް

އެއާޕޯޓް ފުރާލައިފި، ރެޕުން އަވަދިނެތި

ނިޝާން އަލީ

21 ޑިސެމްބަރ 2020

21 ޑިސެމްބަރ 2020: ކޮވިޑް-19އާ އެކު ހުއްޓުނު ރާއްޖޭގެ ޓޫރިޒަމް ލަފާކުރި ވަރަށް ވުރެ އަވަހަށް ރަނގަޅުވެ ޓޫރިސްޓުންތަކުން އެއާޕޯޓް މިހާރު އޮންނަނީ ފުރިފައި. އިއްޔެ އެކަނިވެސް 5،500 އަށް ވުރެ ގިނަ ޓޫރިސްޓުން އައި. ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ރެޕުން ފެންނަނީ ވަރަށް އަވަދިނެތި އުޅޭތަން --.ފޮޓޯ: ނިޝާން އަލީ

21 ޑިސެމްބަރ 2020: އެއާޕޯޓުގެ ރެޕުން ގެސްޓުންނަށް މަރުހަބާ ކިޔަނީ ، ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތް ޓޫރިޒަމް ލަފާކުރި ވަރަށް ވުރެ އަވަހަށް ރަނގަޅުވެ، ދުވަހުން ދުވަހަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އަންނަނީ މައްޗަށް އަރަމުން--.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: އެއާޕޯޓްގައި މަސައްކަތްކުރާ ރިސޯޓެއްގެ ރެޕަކު މައުލޫމާތުތަކެއް ޗެކްކުރަނީ: ކޮވިޑުން ރާއްޖޭގެ ޓޫރިޒަމަށް ގެނައި ހުއްޓުމަށް ފަހު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑުތަން ވަނީ އިތުރުވެފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: އެއާޕޯޓްގެ ރެޕަކު ޓޫރިސްޓުންތަކެއްގެ ފޮށި ހިފައިގެން އެއާޕޯޓުން ނުކުންނަނީ: ކްރިސްމަސް އާއި އާ އަހަރަށް ރާއްޖޭގެ ބައެއް ރިސޯޓްތައް ވަނީ ފުރިފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ބުކް ކުރި ރިސޯޓް ނުވަތަ ގެސްޓްހައުސްގެ ނަން ފެނޭތޯ ޓޫރިސްޓަކު، އެއާޕޯޓްގެ ރެޕުންގެ ނަން ބޯޑުތަކަށް ބަލަމުން ހިނގާފައި ދަނީ: ރާއްޖޭގެ ޓޫރިޒަމަށް އައި ހުއްޓުން ކޮވިޑްގެ ކުރީގެ ހާލަތަށް މިހާރު ވަނީ މިސްރާބު ޖަހާފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ރާއްޖެ އައި ޓޫރިސްޓަކު އެރައިވަލް ހޯލުން ނިކުންނަނީ: ކޮވިޑާ ގުޅިގެން ހުއްޓިފައި އޮތް ޓޫރިޒަމް ލަފާކުރި ވަރަށް ވުރެ އަވަހަށް ރަނގަޅުވެ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިހާރު ވަނީ ކޮވިޑްގެ ކުރީގެ މިންވަރަށް އުފުލިފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ޓޫރިސްޓުން އަންނަ ރިސޯޓް ނުވަތަ ގެސްޓްހައުސްގެ ނަން އެނގޭ ގޮތަށް ރެޕުން ނަން ބޯޑުތައް ހިފަހައްޓައިގެން: ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ދިރުމެއް މިހާރު ވަނީ އަންނަން ފަށާފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ޓޫރިސްޓުންގެ ބަޔަކަށް އެއާޕޯޓްގެ ރެޕަކު މައުލޫމާތު ދެނީ: ކޮވިޑާ އެކު ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވި ބޮޑު ވެއްޓުމަށް ފަހު މިދުވަސްވަރު ވަނީ އަނެއްކާވެސް ކޮވިޑްގެ ކުރީގެ ހާލަތަށް ޓޫރިޒަމް ދަތުރުކުރަން ފަށާފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ރިސޯޓެއްގެ އަންހެން ރެޕަކު ޓޫރިސްޓުން ގޮވައިގެން އެއާޕޯޓުން ނުކުންނަން ދަނީ: ކޮވިޑްގެ އުނދަގޫ މަރުހަލާއަށް ފަހު ޓޫރިޒަމް އަނެއްކާވެސް ދިރި، އެއާޕޯޓުން ފެންނަނީ ބިޒީކޮށް އުޅޭ އެކި މުވައްޒަފުން --ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ކޮވިޑާ ގުޅިގެން މާޗު މަހު އެއާޕޯޓް ހުސްވި ފަހުން މިއީ ވަރަށް އުފާވެރި މަންޒަރެއް: ޓޫރިސްޓުންގެ އަދަދު ގިނަވެ، އެއާޕޯޓް ވަނީ އަނެއްކާވެސް ބިޒީ ތަނަކަށް ވެފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ރިސޯޓްތަކާއި ގެސްޓްހައުސްތަކުގެ ދެ ޖިންސްގެ ރެޕުންނަކީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ފުރަތަމަ ހިދުމަތް ދޭ އެއް ގްރޫޕް: މިދުވަސްކޮޅު ރެޕުންނަކީ އެންމެ ބިޒީ އެއް ވަޒީފާ އަދާކުރާ މީހުން --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: އެއާޕޯޓް ރެޕުން ޓޫރިސްޓުންގެ އިންތިޒާރުގައި: ކޮވިޑްގެ ބަލިމަޑުކަމުގައި ހުއްޓުނު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވެ، ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު މި ދުވަސްކޮޅު އެތައް ހާހަކުން ގުނާލެވޭ --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ވީއައިއޭގައި ހުންނަ ޓީއެމްއޭގެ ކައުންޓަރު ކައިރީގައި އެކި ރިސޯޓްތަކަށް ދާން ތައްޔާރުވެފައި ތިބި ޓޫރިސްޓުން: ގިނަ އަދަދެއްގެ ޓޫރިސްޓުން ސީޕްލޭނުން ދަތުރުކުރޭ --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: އެއާޕޯޓްގެ ރެޕަކު ޓޫރިސްޓަކަށް މައުލޫމާތު ދެނީ: ޓޫރިޒަމް ރަނގަޅުވެ، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ކޮވިޑްގެ ކުރީގެ ހާލަތަށް މި ދުވަސްކޮޅު ވަނީ އަރާފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: އެއާޕޯޓް ރެޕުން ޓޫރިސްޓުންގެ އިންތިޒާރުގައި: ޑިސެމްބަރުގެ ފަހު ދިހަ ދުވަހު ދުވާލަކު މަދުވެގެން 4،000 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ޓޫރިސްޓުންތަކެއް އެއާޕޯޓުން ނުކުންނަން ހިނގާފައި ދަނީ: ކޮވިޑްގައި ހުއްޓުނު ޓޫރިޒަމްގައި މިހާރު އަނެއްކާ ފެންނަނީ ދިރުންތަކެއް އައި ތަން --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: އުފާވެރި ޗުއްޓީއަކަށް އެދެން: ކޮވިޑް ތެރޭގައި ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން އަންނަ ޓޫރިސްޓުންނަށް ރާއްޖެއަކީ ހުވަފެނީ މަންޒިލެއް --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ދެ ޓޫރިސްޓަކު ގޮވައިގެން ރެޕަކު އެއާޕޯޓުން ނުކުންނަނީ: ކޮވިޑް ބަލިމަޑުކަމުގައި ހުސްކޮށް އޮތް ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް މިހާރު ވަނީ އަނެއްކާވެސް ކުރިއެކޭ އެއްގޮތަށް ހަރަކާތްތައް ގިނަ ތަނަކަށް ބަދަލުވެފައި --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ޓޫރިސްޓުން ޓާމިނަލުން ނުކުތުމުން ފުރަތަމަ ބައްދަލުކުރާ ރެޕުންނަކީ ޓޫރިޒަމްގެ ވަރަށް މުހިންމު ބައެއް. ކޮވިޑަށް ފަހު މިއީ އަނެއްކާވެސް އެއާޕޯޓަށް ބިޒީ ދުވަސްކޮޅެއް --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ރިސޯޓްތަކުގެ ރެޕުންތަކެއް ވީއައިއޭގައި އުފާވެރިކަން ދައްކާލަނީ: މާޗު މަހުން ފެށިގެން ހުސްކޮށް އޮތް އެއާޕޯޓަށް ދިރުން އައިސް މިހާރު ފެންނަނީ ބިޒީކޮށް އުޅޭ މުވައްޒަފުން --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ރާއްޖެ އައި ދެ ރޫޓިސްޓަކަށް މައުލޫމާތު ދެނީ: ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖެއަށް މިހާރު ދުވާލަކު 4،000 އަށް ވުރެ ގިނަ ޓޫރިސްޓުން އާދޭ --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: ރާއްޖެ އައި ޓޫރިސްޓުންތަކެއް ޓާމިނަލުން ނުކުންނަނީ: ހީކުރި ވަރަށް ވުރެ އަވަހަށް ރާއްޖޭގެ ޓޫރިޒަމް އަންނަނީ ރަނގަޅުވަމުން --.ފޮޓޯ:ނިޝާން އަލީ/މިހާރު

21 ޑިސެމްބަރ 2020: މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓްތައް ޕާކްކޮށްފައި: ރާއްޖޭގެ ޓޫރިޒަމް ކޮވިޑްގެ ކުރީގެ ހާލަތަށް މިހާރު އަންނަނީ ބަދަލުވަމުން --.ފޮޓޯ:ނިޝާން އަލީ/މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy