ހަސަން އާމިރު
8 ޖެނުއަރީ 2021
އެމެރިކާގެ ރިޔާސީ އިންތިޚާބަކުން ނާކާމިޔާބުވުމުން ބަލި ގަބޫލް ނުކުރައްވައި ހަމަނުޖެހުން ހިންގަން މީގެ ކުރިން އެއްވެސް ރައީސަކު އުޅުއްވައިފައެއް ނުވެ އެވެ. ނަމަވެސް ބަލި ގަބޫލް ނުކުރައްވައި ޑޮނަލްޑް ޓްރަމްޕް އަމަލު ކުރެއްވި ގޮތުން މުޅި އެމެރިކާގެ ޑިމޮކްރެޓިކް ނިޒާމްތަކާ މެދު ވަނީ ސުވާލު އުފައްދައިފަ އެވެ. މިދިޔަ ބުދަ ދުވަހަކީ އެމެރިކާގެ ތާރީޚު ވެސް ނުދެކޭ ފަދަ ކަޅު ދުވަހެކެވެ. ޓްރަމްޕުގެ ހިތްވަރު ދެއްވުމުގެ ބަސްތަކުން އެތައް ބަޔަކު ވަނީ ކޮންގްރެސް އިމާރާތަށް ގޮސް ޗެމްބަރަށް ވަދެ ހަމަނުޖެހުން ހިންގައިފަ އެވެ. އެ ހަމަނުޖެހުމުގައި ފަސް މީހަކު ވަނީ މަރުވެފަ އެވެ. ވޭތުވެދިޔަ 200 އަހަރަށް ބަލާއިރު ވެސް އިންތިޚާބީ ރައީސް އަށް ކޮންގްރެސް އިން ރުހުން ދިނުން ނިމިފައި ވަނީ ވަރަށް އޮމާންކޮށެވެ.
ވޮޝިންޓަން - ޖެނުއަރީ 7، 2020: ކެޕިޓޮލް އިމާރާތުގައި ސްވޮޓް ޓީމުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަން - ޖެނުއަރީ 7، 2020: ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސް އަށް ވަދެ ހިންގި ހަމަނުޖެހުމުގައި ބައެއް ތަކެއްޗަށް ގެއްލުންދީފައިވާ އިރު ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަން - ޖެނުއަރީ 7، 2020: ޓްރަމްޕުގެ ސަޕޯޓަރަކު ކޮންގްރެސްގެ ޗެމްބަރަށް ވަންނަން އުޅޭ އިރު ސަލާމަތީ އޮފިސަރަކު އޭނާ ހުއްޓުވަން މަސައްކަތް ކުރަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން - ޖެނުއަރީ 7، 2020: ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ ޗެމްބަރަށް ވަނުމުން ބައެއް ސްޓާފުން ގޮނޑިތަކުގެ ކައިރިއަށް ތިރިވެ ހިމާޔަތް ހޯދަނީ. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަން - ޖެނުއަރީ 7، 2020: ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ ޗެމްބަރަށް ވަދެ ހިންގި ހަމަނުޖެހުމަށް ފަހު ކެޕިޓޮލް ފުލުހުންގެ ސްވޮޓް ޓީމުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަން - ޖެނުއަރީ 7، 2020: ހަމަނުޖެހުމަށް މަގުފަހިކޮށްދިން އެއްވުމުގައި ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން - ޖެނުއަރީ 7، 2020: ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތުގެ ތެރެއަށް ވަދެގަތުމުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވަނީ ހިމާޔަތް ހޯދަން ޖެހިފައި. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން - ޖެނުއަރީ 7، 2020: ޓްރަމްޕުގެ ސަޕޯޓަރުން ކޮންގްރެސްގެ އިމާރާތުގެ އެކި ދިމަދިމާލުން ވަންނަން ފެށުމުން ސަލާމަތީ ފަރާތްތަކުން ހަމަނުޖެހުން ކޮންޓްރޯލް ކުރެވޭތޯ ބަލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން - ޖެނުއަރީ 7، 2020: ޓްރަމްޕް އެއްވުން ބޭއްވި ސަރަހައްދު އަދި ކެޕިޓޮލް ބިލްޑިން ދައްކުވައިދޭ ޗާޓެއް.
ވޮޝިންޓަން - ޖެނުއަރީ 7، 2020: ކޮންގްރެސްގެ އިމާރަތަށް ވަން ޓްރަމްޕުގެ ސަޕޯޓަރަކު ހައުސްގެ ސްޕީކަރު ނެންސީ ޕެލޯސީގެ އޮފީހުގައި. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން - ޖެނުއަރީ 7، 2020: ކޮންގްރެސްގެ ސަލާމަތީ ކަންކަން ބަލަހައްޓާ 2،300 ފުލުހުން ހިމެނޭ ކެޕިޓޮލް ޕޮލިސްގެ ސްވޮޓް ޓީމުން އިމާރާތުގެ ބޭރުގައި ހަރަކާތްތެރި ވަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން - ޖެނުއަރީ 7، 2020: ޓްރަމްޕުގެ ސަޕޯޓަރަކު ކޮންގްރެސް އިމާރާތުގެ ތެރެއަށް ފުންމާލަނީ. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން - ޖެނުއަރީ 7، 2020: ކޮންގްރެސްގެ ކުޑަ ދޮރެއް ހަލާކުކޮށްލާ އިރު ސަލާމަތީ ފަރާތްތަކުން ފިސްތޯލަ އަމާޒުކޮށްގެން. --ފޮޓޯ:ގެޓީ އިމޭޖަސް
ވޮޝިންޓަން - ޖެނުއަރީ 7، 2020: އެމެރިކާގެ ކޮންގްރެސްގެ އިމާރާތުގައި ކެޕިޓޮލް ފުލުހުންނާއި ޓްރަމްޕުގެ ސަޕޯޓަރުން ކުރިމަތިލަނީ. --ފޮޓޯ:އޭއެފްޕީ
ވޮޝިންޓަން - ޖެނުއަރީ 7، 2020: ވައިޓް ހައުސްއާ ކައިރީގައިވާ އެލިޕްސް ޕާކުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ޓްރަމްޕް ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy