ނިޝާން އަލީ
15 އެޕްރީލް 2021
އޭޕްރިލް 15، 2021: މީގެ އެއް އަހަރު ކުރިން މިއަދަކީ މިއިން ޒަމާނަކު ވެސް ނުދެކޭ ފަދަ ބިރުވެރިކަމެއްގެ ތެރެއަށް މުޅި މާލެ ސަރަހައްދު ވައްޓާލި ދުވަހެވެ؛ މުޅި ދުނިޔެ ނާމާންކުރަމުން ދިޔަ ކޮވިޑް-19 ބަލީގެ ފުރަތަމަ ކޭސް، ތޮއްޖެހިފައިވާ މާލެއިން ފެނުނު ދުވަސް، އޭޕްރީލް 15، 2020 ގެ މެންދުރު ފަހު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނުގައި ބުނީ މާލެ ހިޔާ ކައިރީގައި ގާއިމްކޮށްފައި ހުރި ފްލޫ ކްލިނިކަށް އޭގެ ކުރީ ދުވަހު ދިޔަ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ވަކިގޮތެއް އަންގަންދެން 24 ގަޑިއިރަށް ގެއިން ބޭރަށް ނުނިކުތުމަށާއި އާއްމު ދަތުރުފަތުރު ކުރުމުގެ ހިދުމަތް މެދުކަނޑާލުމާއެކު މާލެ ސަރަހައްދާއި ތިލަފުށީ އަދި ގުޅިފަޅަށް މީހުން އަރައި ފޭބުން އެޗްޕީއޭއިން މަނާކުރިއެވެ--. ފޮޓޯތައް: މިހާރު
މާލޭން ފެނުނު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ އުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި. -- ފޮޓޯ: މިހާރު
ހުޅުމާލެ- އޭޕްރިލް 13، 2020- ކޮވިޑް-19 ބަލީގެ މީހުންނަށް ފަރުވާދިނުމަށް ތައްޔާރުކުރާ ހާއްސަ ފެސިލިޓީހެދުމުގެ މަސައްކަތުގައި ހަކާތްތެރި ވަނީ --- ޕޮޓޯ: އަހުމަދު އަވްޝަން/މިހާރު
ވީއައިއޭގެ ގޮނޑިތައް ހުހަށް: މި އެއާޕޯޓް ހުސްކޮށް އޮތުމަކީ އިގުތިސާދު ވެސް ވެއްޓުން --ފޮޓޯ/ނިޝާން އަލީ/މިހާރު
ލޮކްޑައުން ކުރުމާ ގުޅިގެން ޓީއެމްއޭގެ ގިނަ އަދަދެއްގެ ސީޕްލޭންތައް ޕަީކު ކޮށްފައި-- ފޮޓޯ: ސޯޝަލް މީޑިއާ
ލޮކްޑއުންގެ ބިރާއެކު އެސްޓީޢޯ ސުޕަމާޓުގައި މުދާ ގަންނަން މީހުން ކިޔޫ ހަދައިގެން-- ފޮޓޯ: އަހުމަދު އައުޝަން އިލްޔާސް
މާލެ- އޭޕްރިލް 16، 2020: މާލޭގެ ގެ އަކަށް ފިހާރަ އަކުން ތަކެތި ގެންގޮސްދެނީ، ގިނަ ފިހާރަތަކުން އޮންލައިން ވިޔަފާރީގެ ހިދުމަތާއި ޑެލިވަރީގެ ހިދުމަތް ވަނި ދީފައި--. ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮވިޑް-19 މާލެ ލޮކްޑައުން ކުރުމާއެކު ރެޑްވޭވްއިން ގޭގެއަށް ޑެލިވަރީކުރުމަށް ތައްޔާރު ވަނީ--.ޕޓޯ:ނިޝާން އަލީ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކުރާ މަސައްކަތުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މީޑިއާ ބްރީފިން އެއްްގައި ، މިއީ އޭރު ޓީވީތަކުން ފެންނަ އެންމެ މަގުބޫލު މޫނު
މާލެ: އޭޕްރިލް 17، 2020: އެސްޓީއޯ އިން ގޭގެ އަށް ޑެލިވަކޮށްދޭންޖެހޭ މުދާ ގިނަވެ ބާރުބޮޑުވުމާ އެކު މުދާ އުފުލައިދިނުމަށް ސިފައިން އެސްޓީއޯ ސުޕަމާޓު ތެރޭގައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
މާލެ: އޭޕްރިލް 17، 2020: އެސްޓީއޯ އިން ގޭގެ އަށް ޑެލިވަކޮށްދޭންޖެހޭ މުދާ ގިނަވެ ބާރުބޮޑުވުމާ އެކު މުދާ އުފުލައިދޭން ސިފައިން ނުކުމެ ޑެލިވަރީގައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
ކޮވިޑް 19 އާއި ގުޅިގެން ބަންގަލަދޭޝް އާއި ނޭޕާލުގައި ތިބި ދިވެހިން، ބަންގަލަދޭޝްގެ އަސްކަރީ މަތިންދާބޯޓުން މާލެ ގެނައުން.---ފޮޓޯ: ފޮރިން މިނިސްޓްރީ
މާލެ: އޭޕްރިލް 24، 2020: މާލެއިން ގިނަ ބަޔަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މާލެ 14 ދުވަހަށް ލޮކްޑައުން ކުރުމުން، މިދިޔަ ރަމަޟާން މަހު އެއްވެސް މީހަކަށް ބޭރަށް ނުކުމެވެން ނެތުމުން ގިނަބަޔަކު ރޯދަ ކުރު ކުރުމަށް ބެލްކަނީގައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
މާލެ: އޭޕްރިލް 20، 2020: ކޮރޯނާވައިރަހާ ގުޅިގެން ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައިވުމުން މާލޭގެ މިސްކިއްތައް ބަންދު ކޮއްފައި.-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
މާލެ: މެއި 2020- ކޮވިޑް-19 ފެތުރެން ފެށުމުން ދަތުރުފަތުރު ހުއްޓުމަކަށް އައުމުން، އެކި ގައުމުތަކުގައި ތާށިވެފައި ތިބި އިންޑިއާ މީހުން އަނބުރާ ގައުމަށް ގެންދަން އެ ގައުމުން ހިންގި ބޮޑު އޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގައި ތިބި އިންޑީއާގެ ރައްޔިތުން އިމިގްރޭޝަނުން ނިންމަންޖެހޭ ކަންކަން ނިންމުމައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓައް ގެންދިއުމައް ހާއްސަ ހެދުމެއްގައި ތިބި ބަޔަކު ހަރަކާތްތެރި ވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ހުޅުމާލެ: މެއި 21، 2020: ހުޅުމާލެ ލޮކްޑައުން ކުރުމުން، ހުޅުމާލޭގައި ހުންނަ ރެޑްވޭވް ފިހާރައަށް ވަންނަން ކިޔު ހަދާފައިވާ މީހުންގެ ތެރެއިން މީހަކު ފިހާރައަށް ވަނުމުގެ ކުރިން ޗެކް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ހުޅުމާލެ: މެއި 21، 2020: ހުޅުމާލެ ލޮކްޑައުންގައި ޕޮލިހަކު މަގުމަތީ ހުރި މީހަކު ޗެކް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
މާލެ- މޭއި 31، 2020: ސަރުކާރުން އުމުރުން 60 އަހަރުން މަތީ މީހުންނަށް ފަތިހު 5:00 އިން ހެނދުނު 8:00 އާ ދެމެދު ބޭރަށް ނުކުމެ އުޅުމުށް ދިން ހުއްދައާއެކު އުމުރުން ދުވަސްވީ މީހުން ހިތްފަސޭސަކޮށްލަން ނިކުމެ މަގުމަތީގައި --. ފޮޓޯ: ނިޝާން އަލީ/މިހާރު
މާލެ: މޭއި 6، 2020:މާލެ ލޮކްޑައުން ތެރޭގައި ކަރަންޓީނު ކޮށްފައި ހުރިގެއެއްގައި ފޯރިމަރަން ހުރި ފުލުހަކު ނަމާދު ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މާލެ: ޖޫން 15، 2020: ދެ މަހުގެ ބަންދަކަށް ފަހު، މާލެއިން ރަށް ރަށަށް ދިއުމަށް ވިލިގިލި ޓާމިނަލުގައި ތިބި ބަޔަކު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ލޯންޗަށް އަރަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު
ނިއު ނޯމަލްގައި ކިޔަވައިދިނުމަށް އަހުމަދިއްޔާ ސްކޫލުގެ ކްލާސްރޫމެއް ތައްޔާރުވެފައި-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy