އަހުމަދު އަވްޝަން އިލްޔާސް
1 ޖޫން 2021
މާލެ- ޖޫން 1، 2021- ކޮވިޑް-19 އަށް މިދިޔަ މަހު ޓެސްޓްކުރި ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކު އެ ބައްޔަށް ޕޮޒިޓިވްވެ، ދުވާލަކު އެވްރެޖްކޮށް 1،115 ކޭސް އަލަށް ފެނި މާލެ ސަރަހައްދު ހަވީރު 4 އިން ހެނދުނު 8 އަށް ކާފިއުގަޑި އިތުރު ކޮށްފައިވީ ނަމަވެސް މަގުމަތިން އަދިވެސް ފެންނަނީ ފިޔަވަޅުތަކާ ހިލާފަށް ތަންތަނުގައި އެއްވެ އުޅުމާއި މާސްކު އެޅުމެއް ނެތި ގިނަ މީހުން އުޅޭ މަންޒަރު. ކޮވިޑުން ރައްކާތެރިވުމަށް އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން ކަމަށް ވިޔަސް މިކަމަށް ފަރުވާކުޑަ ކުރާ މީހުން ވަރަށް ގިނަ.--- ފޮޓޯތައް: އަހުމަދު އަވްޝަން/މިހާރު
ހެންވޭރުގައި ހުންނަ ކެފޭއަކުން ހިދުމަތް ހޯދާ ބަޔަކު މާސްކް ނާޅާ ތިބިއިރު، އެ ތަނުގައި ހިދުމަތް ދޭން ހުރި މީހާ ވެސް އެ ފެންނަނީ ދަތްދޮޅިއާ ހަމައަށް މާސްކް ތިރިކޮށްފައިވާ ތަން: މިއީ ކެފޭ/ރެސްޓޯރަންޓުތަކާއި ފިހާރަތަކުން ފެންނަ ވަރަށް އާންމު މަންޒަރެއް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭގެ ބާޒާރުމަތީގެ ސަރަހައްދުގެ ފިހާރައަކަށް މީހަކު ފުށްބަސްތާތަކެއް އުފުލާއިރު، މާސްކް ދަތްދޮޅިއާ ހަމައަށް ތިރިކޮށްފައި: ކޮވިޑުން ރައްކާތެރިވުމަށް ތިމާ އާއި އެހެން މީހުންގެ ސަލާމަތަށް އޮތް އެންމެ މުހިންމު ކަމަކީ އަނގަމައްޗާއި އާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭގެ އިސްލާމީ މަރުކަޒުގެ ސަރަހައްދުން ދެ ޒުވާނަކު ދަތްދޮޅިއާ ހަމައަށް މާސްކު ތިރިކޮށްލައިގެން ހިނގާފައި ދަނީ: ކޮވިޑުން ރައްކާތެރިވުމުގެ އެންމެ މުހިންމު އެއް ފިޔަވަޅަކީ އާންމު ތަންތަނުގައި އުޅޭއިރު ވެސް މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭގެ ބާޒާރުމަތީގެ ސަރަހައްދުގައި ބިދޭސީއަކު އިށީނދެގެން އިން އިރު، މާސްކް އެ ފެންނަނީ ދަތްދޮޅިއާ ހަމައަށް ތިރިކޮށްފައިވާ ތަން: ކޮވިޑުން ރައްކާތެރިވާން އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭގެ ބާޒާރުމަތީގެ ސަރަހައްދުގައި، ރަނގަޅަށް މާސްކު އަޅަން ސަމާލުކަން ނުދީ ތިބި ބަޔަކު މަޑުކޮށްލައިގެން: ކޮވިޑުން ރައްކާތެރިވާން އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލެ އަށް އައި ލޯންޗަކުން ތަކެތި ބަލާ އަރައި ތިބި ބަޔަކު ރަނގަޅަށް މާސްކު އަޅަން ސަމާލުކަން ނުދީ، އެހެން މީހުންގެ ތެރޭގައި ގައިދުރުކަމެއް ނެތި ހަރަކާތްތެރިވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އެމްޕީއެލް ސަރަހައްދުގައި ހުރި ފިހާރައެއްގެ ދޮރުމަތީގައި ތިބި ބަޔަކު ގައިދުރުކަމެއް ނެތި ހިދުމަތް ހޯދަނީ: ކޮވިޑުން ރައްކާތެރިވާން އެންމެ މުހިންމު އެއް ކަމަކީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭގެ ބާޒާރުމަތީގެ ސަރަހައްދުގައި މީހަކު މާސްކު އެޅުމެއް ނެތި، އިށީނދެގެން އިނދެ ބައެއް ޑޮކިއުމަންޓުތައް ބަަލަނީ. ކޮވިޑުން ރައްކާތެރިވާން އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭގެ ބާޒާރުމަތީގެ ސަރަހައްދުގައި މަޑުކޮށްލައިގެން އޮތް ޕިކަޕެއްގެ ޑްރައިވަރަކު މާސްކް ނާޅާ. ކޮވިޑުން ރައްކާތެރިވާން އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭގެ ބާޒާރުމަތީގެ ސަރަހައްދުގައި ސައިކަލެއްގެ މަތީގައި ހުރި މީހަކު މާސްކް ނޭފަތުގެ ތިރީގައި ބަހައްޓައިގެން ހުރެ ފޯނާ ކުޅެނީ. ކޮވިޑުން ރައްކާތެރިވާން އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ކަސްޓަމްސް ކައިރީގައި މަޑުކޮށްލައިގެން ހުރި މީހަކު މާސްކް ނާޅާ ހުރެ ފޯނުން މީހަކާ ވާހަކަ ދައްކަނީ: ކޮވިޑުން ރައްކާތެރިވާން އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މާލޭގެ ގެއަކަށް ޑެލިވަރީ ކުރަން ދިޔަ މީހަކު މާސްކް ނޭފަތުގެ ތިރީގައި ބަހައްޓައިގެން ހިދުމަތް ދެނީ. ކޮވިޑުން ރައްކާތެރިވާން އެންމެ މުހިންމު އެއް ފިޔަވަޅަކީ މާސްކު އެޅުން.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy