ފޮޓޯގެލަރީ / ޓީއެފްޖީ

ޓީއެފްޖީގެ "އެމްވީރަން"

ފަޔާޒް މޫސާ

3 ޖޫން 2022

ހުުޅުމާލެ - ޖޫން 3، 2022: "އެމްވީރަން" ގެ ނަމުގައި ޓީއެފްޖީއިން ހުޅުމާލޭގައި ބޭއްވި މި ދުވުމަކީ ފައިސާގެ އިނާމު ދޭ ގޮތަށް ބޭއްވި ފުރަތަމަ ދުވުން. އަދި ކޮވިޑް-19 އާ ގުޅިގެން ޓީއެފްޖީން މާލެ ސަރަހައްދުގައި ރޭހެއް ނުބާއްވާތާ ދެ އަހަރު ފަހުން ބޭއްވި ފުރަތަމަ ރޭސް. ޖުމްލަ 277 މީހުންނާ އެކު ކުރިއަށް ގެންދިއަ 10 ކިލޯމީޓަރުގެ ދުވުން ކާމިޔާބުކުރީ ހުސައިން ފަޒީލް ހާރޫން އާއި އައިމަނތު ޖައިޝާ ޖުނީޒް. ޓީއެފްޖީން ކަނޑައެޅި ވަގުތުގެ ކުރިިން ރޭސް ނިންމި މީހުންގެ މެދުގައި ގުރެއް ނަގައިގެން ހަ ބައިވެރިޔަކަށް 42،000ރ. ގެ ފައިސާގެ އިނާމު ވަނީ ދީފައި.

"އެމްވީރަން" ގައި ދުވުންތެރިޔާ ލީލާ އަހުމަދު (މ) އާ އެކު ދެބައިވެރިއަކު ދުވަނީ: ދިހަ ކިލޯ މީޓަރުގެ މި ދުވުމުގައި ބައިވެރިވެ ޓީއެފްޖީން ކަނޑައަޅާފައިވާ ވަގުތަށް ދުވުން ނިންމި ދުވުންތެރިންގެ މެދުގައި ގުރުނަގައިގެން ހޮވި ހަ ފަރާތަކަށް ވަނީ 42،000ރ. ގެ ފައިސާގެ އިނާމް ދީފައި، -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީން ހުޅުމާލޭގައި ބޭއްވި "އެމްވީރަން" ގެ ވަނަތަކަށް ހޮވުނު ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީން ހުޅުމާލޭގައި ބޭއްވި "އެމްވީރަން"ގެ ބައިވެރިންނަށް މެޑެލް ހަވާލުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީގެ "އެމްވީރަން" ކާމިޔާބުކުރި ހުސައިން ފަޒީލް ހާރޫން އުފާފާޅުކުރަނީ: ދިހަ ކިލޯމީޓަރުގެ ދުވުން އޭނާ ނިންމާލީ 32:33 މިނެޓްގެ ތެރޭގައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ދެ އަހަރު ދުވަސް ފަހުން މާލޭ ސަރަހައްދުގައި ޓީއެފްޖީގެ ފަރާތުން ބޭއްވި ފުރަތަމަ ރަންގެ ދެ ވަނަ ހޯދި ޔޫސުފް އިބްރާހިމް ދުވުން ނިންމާލުމަށް ފަހު ސަޖިދައެއް ޖަހަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްވީރަންގެ ބައިވެރިޔަކާއެކު ޓީއެފްޖީގެ ޓްރޭނަރަކު ސެލްފީއެއް ނަގާލަނީ: މި ދުވުމަކީ ދެ އަހަރު ފަހުން ޓީއެފްޖީގެ ފަރާތުން މާލެ ސަރަހައްދުގައި ބޭއްވި ފުރަތަމަ ދުވުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްވީރަންގައި ވާދަކުރި އަންހެން ދުވުންތެރިޔަކު ދުވުން ނިންމާލަމުން ވަގުތު ބަލާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްވީރަންގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ބައިވެރިވެ 10ކިލޯ މީޓަރު ދުވުން ނިންމާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެމްވީރަން"ގައި ބައިވެރިވި އަލީ އަޝްފާގް 10 ކިލޯމީޓަރު ހަމަކޮށް ދުވުން ނިންމާލުމުން ކޯޗު ނަސްރުﷲ އަހްމަދު މަރްހަބާ ކިޔަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީ "އެމްވީރަން"ގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ދުވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެމްވީރަން"ގައި ދުވުންތެރިން ދުވަނީ: މި ދުވުމުގައި ބައިވެރިވި މީހުންގެ މެދުގައި ގުރުއަތުލައިގެން ހޮވި ހަ ފަރާތަކަށް ފައިސާގެ އިނާމު ވަނީ ދީފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެމްވީރަން"ގެ ދުވުންތެރިން ސެންޓްރަލް ޕާކް ސަރަހައްދުގައި ދުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީ "އެމްވީރަން"ގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކު ދުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީގެ "އެމްވީރަން"ގެ ދުވުންތެރިން ސެންޓްރަލް ޕާކް ސަރަހައްދުގައި ދުވަނީ: މި ދުވުމުގެ ވަނަ ހޯދި ދުވުންތެރިނަނަށް ވަނީ ފައިސާގެ އިނާމް ދީފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީ "އެމްވީރަން"ގެ ދުވުންތެރިން ސެންޓްރަލް ޕާކް ސަރަހައްދުގައި ދުވަނީ: މިއީ 10 ކިލޯމީޓަރުގެ ދުވުމެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީގެ "އެމްވީރަން"ގައި ރާއްޖޭގެ ބައެއް ސީނިޔާ ދުވުންތެރިން ދުވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީގެ ފަރާތުން ހުޅުމާލޭގައި ބޭއްވި "އެމްވީރަން"ގެ ބައިވެރިން ދުވަނީ: މި ދުވުމުގައި ބައިވެރިވި މީހުންގެ މެދުގައި ގުރުނަގައިގެން ހަ ފަރާތަކަށް ވަނީ 42،000ރ ގެ ފައިސާގެ އިނާމް ދީފަ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީގެ " އެމްވީރަން"ގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު (މ) ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީއެފްޖީން ބޭއްވި "އެމްވީރަން" ގެ ބައިވެރިން ރޭސް ފަށަނީ: މި ރަންގައި ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ވެސް ވަނީ ދުވެފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy