ފަޔާޒް މޫސާ
5 އޯގަސްޓް 2022
ގާތްގަނޑަކަށް ދޮޅު މަސް ދުވަހުގެ އަހަރީ ޗުއްޓީ އަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މާދަމާ ފަށާނެ. ދިރާސީ ކޮންމެ އަހަރަކަށް ވެސް ސްކޫލު ޔުނިފޯމާއި ސްކޫލަށް ބޭނުންވާ އެހެނިހެން ސާމާނު އާކުރުމަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ އާދައެއް. އެހެންވެ މާލޭގެ މަގުތަކުން ވެސް، ވޭތުވެދިޔަ ހަފުތާއެއްހާ ދުވަސް ވަންދެން އެ ހަލަބޮލިކަން ފެނުނު. މިއީ އޭގެ ތެރެއިން ބައެއް މަންޒަރުތައް -- ފޮޓޯތައް؛ ފަޔާޒް މޫސާ/ މިހާރު
"ބެކް ޓު ސްކޫލް" ޖަހާފަ ހުރި ސްކޫލް ސާމާނު ވިއްކާ ފިހާރައެއްގެ ބޭރުން ބެލެނިވެރިޔަކު ކުއްޖެއް ގޮވައިގެން ސްކޫލަށް ބޭނުންވާ ސާމާނު ހޯދުމަށް ހަރަކާތްތެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސްކޫލަށް ބޭނުންވާ ސާމާނު ހޯދަން އެތައް ބަޔަކު އެއްފަހަރާ ނުކުތުމުން މަޖީދީމަގަށް ވަނީ ބާރުބޮޑުވެފައި: ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަސް، ކޮންމެ ރެއެއް ވެސް ދަނީ މިކަހަލަ ގޮތަކަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސްކޫލަށް ބޭނުންވާ ސާމާނު ހޯދަން އެތައް ބަޔަކު އެއްފަހަރާ ނުކުތުމުން މަޖީދީމަގަށް ވަނީ ބާރުބޮޑުވެފައި: ވޭތުވެދިޔަ ދެ ހަފުތާއެއްހާ ދުވަސް، ކޮންމެ ރެއެއް ވެސް ދަނީ މިކަހަލަ ގޮތަކަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޔުނިފޯމް ވިއްކާ ފިހާރައަކުން ބަޔަކު ނުކުންނަނީ: ސްކޫލުތަކުގެ ރަސްމީ ޔުނީފޯމާއި އެކްޓިވިޓީ ޔުނިފޯމާއި އެއާ ގުޅޭ ސާމާނު ވިއްކާ ފިހާރަތަކުގެ ކިޔޫތައް ވަނީ ދިގުވެފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ސްކޫލް ބޫޓު ވިއްކާ ފިހާރައެއްގައި ބެލެނިވެރިޔަކު ކުއްޖަކަށް ބޫޓު ހެޔޮވަރުތޯ ބަލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ފިހާރައެއްގައި ވިއްކަން ހުރި ފެން އަޅާ ފުޅިތަކެއް މީހަކު ބަލާލަނީ: އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ފުޅީގެ ބަދަލުގައި މިހާރު ގެންދެވެނީ މި ފަދަ ފުޅި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސްކޫލަށް ބޭނުންވާ ސާމާނު ހަމަކުރަނީ: ދިރާސީ އާ އަހަރުގެ ކިޔެވުން މި ފަށަނީ ދޮޅު މަހުގެ ބޮޑު ޗުއްޓީއަކަށް ފަހު -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
މީހަކު ފިހާރައެއްގައި ހުރި ސްކޫލް ދަބަސްތަކެއް ބަލަނީ: ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދިރާސީ އާ އަހަރު މާދަމާ ފަށާއިރު ދަރިވަރުންނަށް އެއްޗެހި ހަމަކުރުމަށް ބެލެނިވެރިން އަންނަނީ މަސައްކަތްކުރަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބޫޓު ވިއްކާ ފިހާރައެއްގައި ބަޔަކު އެއްޗެހި ގަންނަނީ: މި ދުވަސްވަރު އެންމެ ބޮޑު ވިޔަފާރިއެއް ވެސް އޮތީ ސްކޫލަށް ބޭނުންވާ ސާމާނު ވިއްކާ ފިހާރަތަކުގައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ސްކޫލު ސާމާނު ވިއްކާ ފިހާރައެއްގައި ބަޔަކު ވިޔަފާރި ކުރަނީ: ސްކޫލު ހުޅުވެންވާ އިރަށް އެއްޗެހި ހަމަކުރަން ގިނަ ބަޔަކު ވަނީ ފިހާރަތައް ފުރާލައިފައި -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ސްކޫލަށް ބޭނުންވާ ސާމާނު ހޯދުމަށް މާލޭގެ ގަލޮޅުދަނޑު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ: ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާދަމާ ފަށާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ސްކޫލަށް ބޭނުންވާ ސާމާނު ހޯދުމަށް މާލޭގެ ގަލޮޅުދަނޑު ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ: ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާދަމާ ފަށާނެ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
Copyright © 2025 Mihaaru · Terms and Conditions · Privacy Policy